Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރިޔާސީ ބަޔާން 2026

ރިޔާސީ ބަޔާނުގައި ރައީސް ފާހަގަކުރެއްވި ގޮތަށް، އެސް.ޓީ.އޯ މެދުވެރިކޮށް އަގުހެޔޮކޮށް ވިއްކާ 23 ބާވަތް އައްޑޫ ސިޓީއިން ލިބެން ނެތް: ނިޒާރު

އެސް.ޓީ.އޯ މެދުވެރިކޮށް އައްޑޫ ސިޓީއަށް އަސާސީ 23 ބާވަތެއް ހެޔޮއަގުގައި ފޯރުކޮށްދޭން ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ނަމަވެސް، އެކަން އެގޮތަށް ހިނގަމުން ނުދާ ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވި. މޭޔަރު ފާހަގަކުރެއްވި ގޮތުގައި އައްޑޫގައި ތަކެތީގެ އަގުތައް އަދިވެސް ހުރީ ބޮޑުކޮށް.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 9 ފެބުރުއަރީ 2026 | ހޯމަ 08:13
ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑުއަށް ކުރެއްވި ދަތުރުފުޅެއްގައި އައްޑޫ ސިޓީ ކައުންސިލުގެ މޭޔަރު އަލީ ނިޒާރުއާ އެމަނިކުފާނު ވާހަކަދައްކަވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑުއަށް ކުރެއްވި ދަތުރުފުޅެއްގައި އައްޑޫ ސިޓީ ކައުންސިލުގެ މޭޔަރު އަލީ ނިޒާރުއާ އެމަނިކުފާނު ވާހަކަދައްކަވަނީ | ރައީސް އޮފީސް

ރިޔާސީ ބަޔާނުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވި ގޮތަށް އައްޑޫ އިން އެސް.ޓީ.އޯ. އިން އަގުހެޔޮކޮށް 23 ބާވަތް ލިބެމުން ނުދާ ކަމަށް އައްޑޫގެ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ. 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޤައުމުގެ އިޤްތިޞާދުގެ ހަރުދަނާކަން ދޭހަކޮށްދޭ މައިގަނޑު އެއްކަމަކީ ރައްޔިތުންގެ ދިރިއުޅުމަށް ބޭނުންވާ އަސާސީ ބާވަތްތަކުގެ އަގުތައް، އެއްހަމައެއްގައި ހިފެހެއްޓޭ މިންވަރު ކަމަށެވެ. އެކަމަށް ބަލައިލާއިރު، ފާއިތުވެދިޔަ އަހަރު މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

އަސާސީ ކާބޯތަކެތީގެ އަދަދު، 23 ބާވަތަށް އިތުރުކޮށް، މާލޭގެ ބާޒާރުގައި ހެޔޮއަގުގައި ލިބެން ހުންނާނެކަން ޔަޤީންކުރައްވާފައިވާނެ ކަމަށް ރައީސް ވިދާޅުވި ނަމަވެސް އޭގެ އިތުރު ތަފްސީލެއް އެ މަނިކުފާނުގެ ރިޔާސީ ބަޔާނުގައި ހިއްސާކުރައްވާފަ އެއް ނުވެ އެވެ.

" އާބާދީގައި 3,000 ހަމަވާ މީހުން ރަށްރަށަށް، މި 23 ބާވަތް ފޯރުކޮށްދިނުމަށް، އެސް.ޓީ.އޯ.ގެ އޭޖެންޓުން ހޯދުމަށް އިޢުލާނުކޮށް، އެސް.ޓީ.އޯ.ގެ ރޭޓުގައި މި 23 ބާވަތް ފޯރުކޮށްދިނުމުގެ އިންތިޒާމުތައް މިހާރު ދަނީ ހަމަޖައްސަމުން. މީގެ އިތުރުން، އެސް.ޓީ.އޯ.އިން އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީއަށް މި 23 ބާވަތުގެ އަސާސީ ކާބޯތަކެތި، ރާއްޖެއިން ބޭރުން އެތެރެކުރަން ވަނީ ފަށާފައި. ނަތީޖާއެއްގެ ގޮތުން، މާލެއެކޭ އެއް އަގެއްގައި، އަސާސީ ބާވަތްތަކުގެ 23 ބާވަތް އެ ސިޓީތަކުން ލިބެން ހުންނާނެ." ރައީސް ވިދާޅުވި އެވެ.

ރައީސްގެ މި ވާހަކަތަކާއި ގުޅިގެން ސުވާލުކުރުމުން ނިޒާރު ވިދާޅުވީ އެސްޓީއޯ އިން އައްޑޫގައި ވިއްކާ ތަކެތި ވިއްކަނީ ބޮޑުތަނުން އަގު ބޮޑުކޮށް ކަމަށެވެ. ނޫޑްލްސް ކަހަލަ މަދު އެއްޗެއް އަގު ހެޔޮކޮށް ލިބިދާނެ ކަަމަށާއި އެއީ އިޚުލާސްތެރި ނިޔަތެއްގައި ކޮށްފައިވާ ކަމެއް ނޫން ކަަމަށް ނިޒާރު ވިދާޅުވި އެވެ. ރައްޔިތުންނަށް ފައިދާ ވާނެ ފަދަ ގޮތަކަށް ތަކެތީގެ އަގު ދަށްކޮށްފައިވާ ކަމަށް ފާހަގަ ނުކުރެވޭ ކަމަށް ނިޒާރު ވިދާޅުވި އެވެ.

"އަޑު އެހިތާ މިހުރީ. ރައީސް ވިދާޅުވާ ގިނަ ވާހަކަތައް ދިމަ އެއް ނުވޭ. ތިވަރުގެ އެއްޗެއް ބަދަލުވި ކަމަށް. ނުވިތާކަށް އައްޑޫ އިން އިމާރާތްކުރުމުގެ ސިނާއަތަށް ބޭނުންވާ ސިމެންތި ނުލިބި ސިމެންތި އަށް ވެސް ޖެހިފައި 4 މަސް ވަރު ވެއްޖެ އައްޑޫގައި." ނިޒާރު ވިދާޅުވި އެވެ. 

މި އަަހަރުގެ ރިޔާސީ ބަޔާނުގައި ރއީށް ވަނީ ކުޅުދުއްފުށީ ޕޯޓުގައި ޑިއުޓީ ފްރީކޮށް މުދާ ބަހައްޓާ ޒޯނެއް، މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 26 ވަނަ ދުވަހު ވާނީ ޤާއިމުކޮށްފައިވާ ކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި އެފަދަ ޑިއުޓީ ފްރީ ޒޯނެއް އައްޑޫ ޕޯޓުގައި  މި މަހުގެ ތެރޭގައި ޤާއިމުކޮށް، ޚިދުމަތް ދޭން ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެކަމާއި ގުޅޭގޮތުން ސުވާލުކުރުމުން ނިޒާރު ވިދާޅުވީ އެފަދަ ކަންކަމަކީ ރައީސް ވިދާޅުވީމަ، ވިދާޅުވިހާ ގޮތަކަށް ވާ ކަންކަން ނޫން ކަމަށެވެ. އެފަދަ ޒޯނެއް އެކުލަވާލާ، ޓެކްސް އާއި ގުޅުން ހުރި ބަދަލުތައް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކަމަށް ނިޒާރު ވިދާޅުވި އެވެ. އަދި އެފަދައިން ކަނޑައަޅާ ޒޯނެއްގެ ތަފްސީލާއި އެކަމުގެ ތަފްސީލް ވެސް ހާމަކުރަން ވާނެ ކަމަށް ނިޒާރު ވިދާޅުވި އެވެ.

ނިޒާރު ވަނީ އެފަދަ ވާހަކަތަކައް ތަފްސީލަކާއި ނުލާ ދެއްކެވުމަކީ ކަންބޮޑުވުމެއް ކަމަށް ވިދާޅުވެފަ އެވެ. ސަބަބަކީ ތަފްސީލެއް ނެތި ދައްކާ އެފަދަ ވާހަކަތަކަށް ޖަވާބުދާރީކުރުވަން އުނދަނގޫވުން ކަމަށް ނިޒާރު ވަނީ ވިދާޅުވެފަ އެވެ. އެފަދަ މަސައްކަތެއް ކުރަނީ އިޚްލާސްތެރި ނިޔަތެއްގައި ކަމަށް ވާނަމަ އެ ފަދަ ޒޯނެއް އެކުލަވާލަން ވާނީ އައްޑޫ އަށް އެންމެ ފައިދާ ހުރި ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ކައުންސިލާއި މަޝްވަރާ ނުކޮށް އެފަދަ ކަންކަން ނިންމުމަކީ ސަރުކާރުގެ އިޚުލާސްތެރިކަމާއި މެދު ސުވާލު އުފެދޭ ކަމެއް ކަމަށް ވެސް ނިޒާރު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއަލީ ނިޒާރުއައްޑޫއެސްޓީއޯމާލެ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިންޓަރނަލް އޮޑިޓް އާއްމުކޮށް ހާމަކުރުމަކީ ފޮރުވުމެއް ނެތި ކައުންސިލް ހިންގަމުންދާކަން ސާފުކޮށް ދައްކުވައިދޭ ކަމެއް: އާޒިމް

އިންޓަރނަލް އޮޑިޓް އާއްމުކޮށް ހާމަކުރުމަކީ ފޮރުވުމެއް ނެތި ކައުންސިލް ހިންގަމުންދާކަން ސާފުކޮށް ދައްކުވައިދޭ ކަމެއް: އާޒިމް

08 ފެބުރުއަރީ 2026
އައިސީޓީ ހަބެއް ތަރައްގީކުރުމުގެ ނަމުގައި ސަރުކާރުން ބިން ހޯދާފައިވަނީ، ލޭންޑް ޔޫސް ޕްލޭން ފާސްކޮށްނުދީ ހިފަހައްޓައި އޮޅުވާލުމެއްގެ ތެރެއިން: ނިޒާރު

އައިސީޓީ ހަބެއް ތަރައްގީކުރުމުގެ ނަމުގައި ސަރުކާރުން ބިން ހޯދާފައިވަނީ، ލޭންޑް ޔޫސް ޕްލޭން ފާސްކޮށްނުދީ ހިފަހައްޓައި އޮޅުވާލުމެއްގެ ތެރެއިން: ނިޒާރު

08 ފެބުރުއަރީ 2026
ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލުނު ކަމަށް ވިދާޅުވެ ރައީސް މުއިއްޒު މިހާރު އެކުރައްވާ ކަންތަކުން ސަރަހައްދުގައި ހަމަނުޖެހުން އުފެދޭނެ: ރައީސް ސޯލިހު

ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލުނު ކަމަށް ވިދާޅުވެ ރައީސް މުއިއްޒު މިހާރު އެކުރައްވާ ކަންތަކުން ސަރަހައްދުގައި ހަމަނުޖެހުން އުފެދޭނެ: ރައީސް ސޯލިހު

08 ފެބުރުއަރީ 2026
ޕީއެންސީ އައްޑޫ ޖަލްސާ އަށް ފިނި ތަރުހީބެއް!

ޕީއެންސީ އައްޑޫ ޖަލްސާ އަށް ފިނި ތަރުހީބެއް!

08 ފެބުރުއަރީ 2026
މިސަރުކާރުގެ ''ދަ ގްރޭޓަރ އައްޑޫ'' ގެ ސިޔާސަތަކީ ''އިންޑިއާ އައުޓް'' ކަހަލަ ދަންތުރައެއް: މޭޔަރު ނިޒާރު

މިސަރުކާރުގެ ''ދަ ގްރޭޓަރ އައްޑޫ'' ގެ ސިޔާސަތަކީ ''އިންޑިއާ އައުޓް'' ކަހަލަ ދަންތުރައެއް: މޭޔަރު ނިޒާރު

08 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

22 މާރިޗު
ސްޓްރޯބެރީ ބްރައުނީސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްޓްރޯބެރީ ބްރައުނީސް

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް
20242 އަހަރު ކުރިން
ރިޕޯޓު

ލޯނު ދެއްކުމުގައި ލުއި ގޮތްތަކެއް ބޭނުންފުޅުވީ ހިނދު ރައީސްގެ ހިފެހެއްޓުމެއްނެތް ތައުރީފް އިންޑިއާއަށް

އެގް ބްރީޓޯ
20233 އަހަރު ކުރިން
ލައިފް ސްޓައިލް

އެގް ބްރީޓޯ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް
20224 އަހަރު ކުރިން
ދުނިޔެ

ރަޝިޔާގެ ދެމިއޮތުމަށް ނުރައްކާވާ ހިސާބަށް ދިޔުމުން ނިޔުކުލިއަރ ހަތިޔާރުގެ ބޭނުންކުރާނެކަމުގެ އިޝާރާތެއް

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ޑރ މުއިއްޒުގެ މެއިޑް ދަންޖެހި މަރުވިގޮތް ތަހުޤީޤުކުރުމަށް ޖާބިރު ގޮވާލައިފި

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
20197 އަހަރު ކުރިން
ރިޕޯޓު

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު