Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެޑިއުކޭޝަން މިނިސްޓްރީ

އެޑިޔުކޭޝަން މިނިސްޓްރީގެ މުވައްޒަފުންގެ ޕެންޝަން ފައިސާ ޖަމާ ނުކުރާތާ ފަސް މަހަށްވުރެ ގިނަ ދުވަސް!

ފ.އަތޮޅު ސްކޫލުގައި މަސައްކަތް ކުރާ ޓީޗަރެއް ރާއްޖެއެމްވީއަށް ވިދާޅުވީ ޕެންޝަންގެ ފައިސާ އެންމެފަހުން ޖަމާކޮށްފައިވަނީ 2025 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި ކަމަށް. އޭގެ ފަހުން އެފައިސާ ޖަމާ ކޮށްފައިނުވާ ކަމަށާއި، އެކަން އެޗްއާރްގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށް. މި މައްސަލައާ ގުޅިގެން މިނިސްޓްރީގެ ބަހެއް ލިބިފައިނުވާއިރު، މީގެ ކުރިން ސަރުކާރުގެ ބައެއް ކުންފުނިތަކުގައި ވެސް މިފަދަ މައްސަލަތައް ވަނީ ފެންމަތިވެފައި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 12 ފެބުރުއަރީ 2026 | ބުރާސްފަތި 07:34
މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގައި ފެށި ރަސްމިއްޔާތުގައި ރައީސް ޑރ.މުހައްމަދު މުއިއްޒާއި، އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ބައިވެރިވެވަޑައިގަންނަވަނީ

މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގްރާމްގައި ފެށި ރަސްމިއްޔާތުގައި ރައީސް ޑރ.މުހައްމަދު މުއިއްޒާއި، އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ބައިވެރިވެވަޑައިގަންނަވަނީ | ރައީސް އޮފީސް

އެޑިޔުކޭޝަން މިނިސްޓްރީ މުވައްޒަފުންގެ ޕެންޝަން ފައިސާ ޕެންޝަން ފަންޑަށް ޖަމާ ނުކުރާތާ ފަސް މަހަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ. 

ފ.އަތޮޅު ސްކޫލުގައި މަސައްކަތް ކުރާ ޓީޗަރެއް ރާއްޖެއެމްވީއަށް ވިދާޅުވީ ޕެންޝަން ފައިސާ އެންމެފަހުން ޖަމާކޮށްފައިވަނީ 2025 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި ކަމަށެވެ. އޭގެ ފަހުން އެފައިސާ ޖަމާ ކޮށްފައިނުވާ ކަމަށާއި، އެކަން އެޗްއާރްގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށެވެ. 

Advertisement - newsAdvertisement

ނަމަވެސް މިއަދާ ހަމައަށް ހައްލެއް ނުލިބޭ ކަމަށާއި، ފައިސާ ޖަމާނުކުރާ ސަބަބު ސާފު ކުރުމަށް މަސައްކަތް ކުރި ނަމަވެސް މިއަދާ ހަމައަށް ޖަވާބެއް ލިބިފައިނުވާ ކަަމަށެވެ. 

އޭނާ ވިދާޅުވީ ޓީޗަރުންގެ އިތުރުން އެޑިޔުކޭޝަން މިނިސްޓްރީގެ ދަށުން މަސައްކަތް ކުރާ އެކި މުވައްޒަފުންނަށް މި މައްސަލަ ކުރިމަތިވެފައިވާ ކަމަށެވެ. 

ފ.އަތޮޅު ސްކޫލުގައި މަސައްކަތް ކުރާ ޓީޗަރެއްގެ ޕެންޝަންގެ ފައިސާ އެންމެފަހުން ޖަމާކޮށްފައިވަނީ 2025 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި
ފ.އަތޮޅު ސްކޫލުގައި މަސައްކަތް ކުރާ ޓީޗަރެއްގެ ޕެންޝަންގެ ފައިސާ އެންމެފަހުން ޖަމާކޮށްފައިވަނީ 2025 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި

މުވައްޒަފުގެ އަތުން ޕެންޝަނަށް ކަނޑަނީ އަސާސީ މުސާރައިގެ ހަތް ޕަސެންޓެވެ. މުވައްޒަފުންގެ މުސާރައިން ޕެންޝަނަށް ރުފިޔާ ކަނޑާއިރު، އެފައިސާ ޖަމާ ނުކުރަނީ އެޑިޔުކޭޝަން މިނިސްޓްރީނެވެ. 

މި މައްސަލައާ ގުޅޭގޮތުން ބަހެއް ހޯދުމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއުއަށް ގުޅި ނަމަވެސް ފޯނަށް ޖަވާބެއް ދެއްވާފައިނުވެ އެވެ. އަދި މިނިސްޓްރީގެ ބަހެއް ވެސް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. 

އެޑިޔުކޭޝަން މިނިސްޓްރީ މުވައްޒަފުންގެ ޕެންޝަން ފައިސާ ޕެންޝަން ފަންޑަށް ޖަމާ ނުކުރާ މައްސަލަ ބޮޑު ވެފައިވާއިރު، ޖެނުއަރީ މަހުގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނި، ވޭސްޓް މެނޭޖުމެންޓު ކޯޕަރޭޝަން (ވެމްކޯ) މުވައްޒަފުންގެ ޕެންޝަން ފައިސާ ޕެންޝަން ފަންޑަށް ޖަމާ ނުކުރާ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އަދި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އާރްޑީސީގެ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާ މައްސަލަ ވެސް ބޮޑުވެގެން ދިޔަ އެވެ. 

ވަޒީފާ އަދާ ކުރާ ކޮންމެ ދިވެއްސަކު އަދި އެމީހަކަށް ވަޒީފާ ދޭ ފަރާތުން ޕެންޝަނަށް ފައިސާ ދައްކަން ގާނޫނުން ލާޒިމް ކުރެ އެވެ. އަދި ޕެންޝަނަށް ފައިސާ ޖަމާ ކުރަމުންދާ އަދަދާއި ތާރީހު އަދި ފަންޑުން ލިބޭ ނަފާތައް ޕެންޝަން ޕޯޓަލް މެދުވެރިކޮށް ބެލޭނެ އެވެ. 

އެޑިއުކޭޝަން މިނިސްޓްރީޕެންޝަން ފަންޑްޑރ. އިސްމާއީލް ޝަފީޢު

ކޮމެންޓް

އިތުރަށް ކިޔާލަން

ވެރިކަން ބަދަލުވި އިރު ފިނިޝިންގ މަސައްކަތް ކުރަމުން ދިޔަ މަނަދޫ ސްކޫލުގެ 3 ބުރީގެ އިމާރާތުގެ ބޭނުން ކުރެވޭނެ ގޮތެއް އަދިވެސް ނުވޭ

ވެރިކަން ބަދަލުވި އިރު ފިނިޝިންގ މަސައްކަތް ކުރަމުން ދިޔަ މަނަދޫ ސްކޫލުގެ 3 ބުރީގެ އިމާރާތުގެ ބޭނުން ކުރެވޭނެ ގޮތެއް އަދިވެސް ނުވޭ

11 ފެބުރުއަރީ 2026
ރައީސް ނަޝީދު މި ސަރުކާރަށް: ރާއްޖޭގެ މާލިއްޔަތު ހަލާކު ނުކުރައްވާ! އަޅުގަނޑުމެން މިދަނީ ކަނުބަނދެވި ތިބެ އަނދަވަޅަކަށް ވެއްޓެން

ރައީސް ނަޝީދު މި ސަރުކާރަށް: ރާއްޖޭގެ މާލިއްޔަތު ހަލާކު ނުކުރައްވާ! އަޅުގަނޑުމެން މިދަނީ ކަނުބަނދެވި ތިބެ އަނދަވަޅަކަށް ވެއްޓެން

03 ފެބުރުއަރީ 2026
ވެމްކޯ މުވައްޒަފުންގެ ޕެންޝަން ފައިސާ ފަންޑަށް އަދިވެސް ޖަމާ ނުވޭ

ވެމްކޯ މުވައްޒަފުންގެ ޕެންޝަން ފައިސާ ފަންޑަށް އަދިވެސް ޖަމާ ނުވޭ

28 ޖެނުއަރީ 2026
ނަން ދެއްވީ ރައީސް

ނަން ދެއްވީ ރައީސް

28 ޖެނުއަރީ 2026
8218 ދަރިވަރުންނާއެކު އޯލެވެލް އިމްތިހާނު ފަށައިފި

8218 ދަރިވަރުންނާއެކު އޯލެވެލް އިމްތިހާނު ފަށައިފި

28 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

9 މެއި
"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"
20251 އަހަރު ކުރިން
ރިޕޯޓު

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި
20242 އަހަރު ކުރިން
ކުޅިވަރު

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟
20233 އަހަރު ކުރިން
ކުޅިވަރު

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން
20215 އަހަރު ކުރިން
ރިޕޯޓު

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން

ޑެވިލްޑް ޗިކަން ރެސިޕީ
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ޑެވިލްޑް ޗިކަން ރެސިޕީ

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް
20188 އަހަރު ކުރިން
ރިޕޯޓު

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު