Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމަގޭ ރިޕޯޓް

ނަން ދެއްވީ ރައީސް

28 ޖެނުއަރީ 2026 | ބުދަ 13:43

މިދިޔަ އަންގާރަ ދުވަހު މިނިސްޓަރު ޝަފީއު ވަނީ ޝަހީދް އަލީ ސްކޫލްގެ ފުރަތަމަ އެސެމްބްލީގައި ދަރިވަރުންނާ މުޚާތަބު ކުރެއްވުމުގެ ބަދަލުގައި ރައީސް މުއިއްޒަށް ސަނާ ވިދާޅުވެ، ޝަހީދު އަލީ ސްކޫލަށް ނަން ދެއްވީ ރައީސް މުއިއްޒުކަމަށް ވިދާޅުވެ ގައުމީ ބަތަލެއްގެ ނަން ސިޔާސީ ބޭނުމަކަށް ބޭނުންކުރަށްވާފައި. މިއީ ކުޑަކުދިންގެ ސިކުނޑިތަކަށް ސިޔާސީ ނުފޫޒު ފޯރުވައި، ގައުމީ ރަމްޒުތައް ސިޔާސީ ޕްރޮޕެގަންޑާގެ ވަސީލަތަކަށް ހެދުން.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 28 ޖެނުއަރީ 2026 | ބުދަ 13:43
ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު | ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރަކީ އެކި ގޮތްގޮތުން ނަމޫނާ ދައްކަމުންދާ ސަރުކާރެކެވެ. މި ސަރުކާރުން ދަނީ ތަކުރާރުކޮށް، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެކި ފަހަރުމަތިން ތަކުރާރު ކޮށް އެކި ކަންކަމުގައި ނަމޫނާ ދައްކަމުންނެވެ. ރައީސް މުއިއްޒުގެ ވަޒީރުންނާ އަރިސް ބޭފުޅުންނަކީ ވެސް ހަމަ މިދަފަ ކަންކަމުގައި ލާމަސީލު މިސާލުތަކެކެވެ. ޚާއްސަކޮށް ރާއްޖޭގެ މާދަމާގެ މުސްތަގްބަލު ކަމުގައިވާ ކުޑަކުދިންނަށް އެންމެ ރަނގަޅަށް ނަމޫނާ ދައްކަވާނެ ކަމަށް އެކިފަހަރު މަތިން ވިދާޅުވެފައި ވަނީ މުއިއްޒުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ. 

މިދިއަ އަންގާރަ ދުވަހު މިނިސްޓަރު ޝަފީއު މިވަނީ ދަރިވަރުންނަށް ވަރުގަދަ ނަމޫނާ އެއް ދައްކަވާފަ އެވެ. ތައުލީމީ ވަޒީރުކަމުގައި ހުންނަވާ ތައުލީމީ ނިޒާމަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ، އަދި ދަރިވަރުންނަށް ރީތި "ނަމޫނާ" ދައްކާނެ ނިޒާމަކަށް ހައްދަވާނެ ކަމަށް ވިދާޅުވި ޝަފީއު ވަނީ މިކަމާ މުޅިން އިދިކޮޅަށް އަމަލު ކުރައްވާފަ އެވެ. 

މިނިސްޓަރު ގެ ވާހަކައިގައި ދަރިވަރުންނާ މުޚާތަބު ކުރެއްވުމުގެ ބަދަލުގައި އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރެއްވި ރައީސް މުއިއްޒަށް ސަނާ ކިޔުއްވުމެވެ. ސަނާ ކިޔުއްވަމުން ކިޔުއްވަމުން ގޮސް އެންމެ ފަހުން އެ ހުރިހާ ދަރިވަރުންގެ ކުރިމަތީގައި ސިޔާސީ ބޭނުމަށް އެންމެ ފަހުން ޝަހީދެއްގެ ނަން ވެސް ހަތިޔާރަކަށް ހެއްދެވީ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ސްކޫލަށް "ޝަހީދު އަލީ" ގެ ނަން ދެއްވީވެސް ރައީސް މުއިއްޒު އެވެ. ގައުމީ ބަތަލުންގެ ނަންތައް ތަރުބަވީ ބިނާތަކަށް ދިނުމަކީ ރާއްޖޭގައި އަބަދުވެސް އޮންނަ އުސޫލެކެވެ. ނަމަވެސް، އެކަންވެސް ވަކި ބޭފުޅެއްގެ ޚާއްސަ އިހުސާންތެރިކަމެއްގެ ގޮތުގައި ކުޑަކުދިންގެ ކުރިމަތީގައި ތަކުރާރުކޮށް ވިދާޅުވުމަކީ، ތާރީޚީ ހަގީގަތަކަށް ވުރެ ބޮޑަށް ސިޔާސީ ޝަހުސިއްޔަތުތަކަށް ސަނާކިޔަން ދަސްކޮށްދިނުމެވެ. މިއީ ކަނޑައެޅިގެން ގައުމީ ބަތަލެއްގެ ނަންފުޅު ސިޔާސީ ބޭނުމަކަށް ބޭނުންކުރުމެވެ. 

ހަގީގަތުގައި ކްރެޑިޓް ނަންގަވަން މި އުޅުއްވީ ހަމަ މިނިސްޓަރެއް ނޫން ތޯ އެވެ. އެވެސް ގައުމީ ބަތަލެއްގެ ނަން ފުޅު ބޭނުން ކުރައްވައިގެންނެވެ.  މިނިސްޓަރު ޝަފީއު ޝަހީދު އަލީ ސްކޫލަށް ނަން ދެއްވީ ރައީސް ޑރ. މުއިއްޒު ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅަކީ ގައުމީ ބަތަލުންގެ މަތިވެރި ނަންފުޅުތައް ސިޔާސީ "ކްރެޑިޓް" ހޯދުމުގެ ހަތިޔާރަކަށް ބަދަލުކުރައްވައިގެން ކުރެއްވި ކަމެކެވެ. 

ޝަހީދު އަލީ ގެ ނަންފުޅު ތައުލީމީ ބިނާއަކަށް ދިނުމަކީ ވަކި ވެރިއެއްގެ އަމިއްލަ "އިހުސާންތެރިކަމެއް" ނުވަތަ "ރަނގަޅު" ކަމެއް ގެ ގޮތުގައި ކުޑަކުދިންގެ ކުރިމަތީގައި ސިފަކޮށް ސިޔާސީ ޝަޚުސިއްޔަތު ތަކަށް ސަނާކިޔަން ދަސްކޮށްދީ ދަރިވަރުންގެ ޅަ ސިކުނޑިތަކަށް ސިޔާސީ ނުފޫޒު ފޯރުވުން ނޫން ދެން ކޯޗެއްތޯ އެވެ. މިފަދަ ވާހަކަތަކާއެކު ތަރުބަވީ މަގްސަދުތައް ގެއްލި ގައުމީ ރަމްޒުތައް ސިޔާސީ ޕްރޮޕެގަންޑާ ފެތުރުމުގެ ވަސީލަތަކަށް މި ސަރުކާރުން މި ވަނީ ހަދާފަ އެވެ. ސްކޫލްގެ ފުރަތަމަ އެސެމްބްލީގައި ވެސް ކުދިންގެ ޅަ ސިކުނޑިތަކަށް މިނިސްޓަރު ވައްދައިދެއްވީ "މި ސްކޫލަކީ ރައީސް މުއިއްޒު ދެއްވި އެއްޗެއް" ކަމުގެ އިހުސާސެވެ. 

މިވަރުން ދާނަމަ ލިޔަން ގެންގުޅޭ ފޮތް ފަންސޫރާ ފޮހޭ ރަބަރު ވެސް ދެއްވީ ރައީސް މުއިއްޒޭ ދަރިވަރުން ގާތު ބުނާނެ ދުވަހެއް އަތުވެދާނެތޯ ވެސް ހިތަށް އަރަ އެވެ. 

މިނިސްޓަރު ދަރިވަރުންނަށް މިފަހަރު މި ނަމޫނާ ދެއްކެވީ ސިޔާސީ ކޯޅުމާ ސިޔާސީ ގޮތުން ބަހުގެ ހަމަލާ ބަދަލު ކުރާނެ ގޮތްތަކާ ގައުމީ ކަންކަން ސިޔާސީ މަންފާ ހޯދުމަށް ބޭނުން ކުރެވޭނެ ގޮތްތަކުންނެވެ. 

ރައީސް ޑރ. މުހައްމަދު މުއިއްޒުޑރ. އިސްމާއީލް ޝަފީޢުޝަހީދު ޢަލީ ސްކޫލް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2026

އަގު ހާމަނުކޮށް، ބީއެމްއެލްގެ އެފޯޑަބަލް ހައުސިންގެ 5 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށައިފި

28 ޖެނުއަރީ 2026
އަގު ހާމަނުކޮށް، ބީއެމްއެލްގެ އެފޯޑަބަލް ހައުސިންގެ 5 މަޝްރޫއެއްގެ އަމަލީ މަސައްކަތް ފަށައިފި
27 ޖެނުއަރީ 2026

2025 ވަނަ އަހަރު ވެސް ނިމުނީ ރައީސް މުއިއްޒު ދެއްވި ޔަގީންކަމާ ހިލާފަށް، ހެނބަދޫ ބިންހިއްކުމުގެ މަސައްކަތް ނުފެށި: ހެނބަދޫ ކައުންސިލް

27 ޖެނުއަރީ 2026
2025 ވަނަ އަހަރު ވެސް ނިމުނީ ރައީސް މުއިއްޒު ދެއްވި ޔަގީންކަމާ ހިލާފަށް، ހެނބަދޫ ބިންހިއްކުމުގެ މަސައްކަތް ނުފެށި: ހެނބަދޫ ކައުންސިލް
27 ޖެނުއަރީ 2026

ދަރިވަރުންގެ ކުރިމަތީގައި ރައީސް މުޢިއްޒުގެ އެޑިއުކޭޝަން މިނިސްޓަރު ސިޔާސީގޮތުން ޗެލެންޖު ކުރައްވައިފި

27 ޖެނުއަރީ 2026
ދަރިވަރުންގެ ކުރިމަތީގައި ރައީސް މުޢިއްޒުގެ އެޑިއުކޭޝަން މިނިސްޓަރު ސިޔާސީގޮތުން ޗެލެންޖު ކުރައްވައިފި
27 ޖެނުއަރީ 2026

ސްކޫލުތައް އޭސީ ކުރުން: ވައުދުވީ މިދިއަ ސެޕްޓެމްބަރަށް ނިންމަން، 4 މަސް ފަހުން ދިރާސީ އައު އަހަރު ފެށިއިރު ވެސް ވައުދު ނުފުއްދޭ

27 ޖެނުއަރީ 2026
ސްކޫލުތައް އޭސީ ކުރުން: ވައުދުވީ މިދިއަ ސެޕްޓެމްބަރަށް ނިންމަން، 4 މަސް ފަހުން ދިރާސީ އައު އަހަރު ފެށިއިރު ވެސް ވައުދު ނުފުއްދޭ
27 ޖެނުއަރީ 2026

"ޝަހީދު ޢަލީ" ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި ދަރިވަރުންނަށް ދިން މުއިއްޒު ގެ ފޮޓޯ ޖެހި ލިޔުމަށް އެތައް ބައެއް ގެ ފާޑުކިޔުން!

27 ޖެނުއަރީ 2026
"ޝަހީދު ޢަލީ" ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި ދަރިވަރުންނަށް ދިން މުއިއްޒު ގެ ފޮޓޯ ޖެހި ލިޔުމަށް އެތައް ބައެއް ގެ ފާޑުކިޔުން!
27 ޖެނުއަރީ 2026

ޓެކްސްޓް ފޮތްތައް ހަމަޔަށް ފޮނުވާފައިވާ ކަމަށް އެޑިއުކޭޝަނުން ބުނި ނަމަވެސް އައު އަހަރުގެ ކިޔަވައިދޭން ފެށި އިރު ސްކޫލްތަކަށް ފޮތްތައް ހަމަ އެއް ނުވޭ

27 ޖެނުއަރީ 2026
ޓެކްސްޓް ފޮތްތައް ހަމަޔަށް ފޮނުވާފައިވާ ކަމަށް އެޑިއުކޭޝަނުން ބުނި ނަމަވެސް އައު އަހަރުގެ ކިޔަވައިދޭން ފެށި އިރު ސްކޫލްތަކަށް ފޮތްތައް ހަމަ އެއް ނުވޭ
27 ޖެނުއަރީ 2026

ތައުލީމާ ބެހޭ ވަޒީރު ފަޚުރުވެރިކަމާ އެކު ފާހަގަ ކުރައްވަނީ މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން ދަރިވަރުން އައިސް މާލެ ސަރަހައްދަށް ޖަމާވެއްޖެ ކަމަށް

27 ޖެނުއަރީ 2026
ތައުލީމާ ބެހޭ ވަޒީރު ފަޚުރުވެރިކަމާ އެކު ފާހަގަ ކުރައްވަނީ މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން ދަރިވަރުން އައިސް މާލެ ސަރަހައްދަށް ޖަމާވެއްޖެ ކަމަށް
27 ޖެނުއަރީ 2026

ރައީސް ސޯލިހު ގެ ސަރުކާރުން 2021 ވަނަ އަހަރު މަސައްކަތް ހަވާލުކުރި، ސްކޫލެއް ހުޅުވައި އެއީ ރައީސް މުއިއްޒުގެ ދެ އަހަރު ތެރޭ ހުރިހާ މަސައްކަތެއް ކުރި ތަނެއްކަން ދައްކާ ހަގީގަތް އޮޅުވާލަން ދައުލަތުގެ މީޑިޔާ އިން މަސައްކަތް ކޮށްފި

ފަރސްޓްލޭޑީ ސާޖިދާ އަށް ނޮވެމްބަރު 3 ގެ ހާދިސާ ހިނގި ދުވަސް އޮޅިވަޑައިގަންނަވައިފި

27 ޖެނުއަރީ 2026
ފަރސްޓްލޭޑީ ސާޖިދާ އަށް ނޮވެމްބަރު 3 ގެ ހާދިސާ ހިނގި ދުވަސް އޮޅިވަޑައިގަންނަވައިފި
26 ޖެނުއަރީ 2026

ހާލު ކިހިނެއް؟ - ނ.ވެލިދޫ: ރައީސް މުއިއްޒު ދައްކަވާ ވާހަކަ އާއި އަމަލާއި ދިމާ ނުވެ ރައްޔިތުން މާޔޫސްކަމުގައި!

26 ޖެނުއަރީ 2026
ހާލު ކިހިނެއް؟ - ނ.ވެލިދޫ: ރައީސް މުއިއްޒު ދައްކަވާ ވާހަކަ އާއި އަމަލާއި ދިމާ ނުވެ ރައްޔިތުން މާޔޫސްކަމުގައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް