Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވޭސްޓް މެނޭޖުމެންޓު ކޯޕަރޭޝަން

ވެމްކޯ މުވައްޒަފުންގެ ޕެންޝަން ފައިސާ ފަންޑަށް އަދިވެސް ޖަމާ ނުވޭ

ވެމްކޯއިން އެންމެ ފަހުން ޕެންޝަނަށް ފައިސާ ދައްކާފައިވަނީ 2024 އޮކްޓޫބަރު 16 ގައި ކަމަށާއި އޭގެފަހުން 14 މަސް ވެސް ފައިސާ ދައްކާފައި ނުވާކަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ހާމަކޮށްފައިވެ. ވެމްކޯއިން ބުނެފައިވަނީ 20 މިލިއަން ރުފިޔާ ޕެންޝަނަށް ޖަމާނުކުރެވެނީ ކޭޝް ފްލޯ ތާށިވުމާއި އެކި ފަރާތްތަކަށް ފައިސާ ނުދައްކާތީ ކަމަށް.

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 28 ޖެނުއަރީ 2026 | ބުދަ 13:45
ވެމްކޯ ގެ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ޖަލީލް

ވެމްކޯ ގެ މެނޭޖިންގ ޑިރެކްޓަރު މުޖުތަބާ ޖަލީލް | ރާއްޖެ އެމްވީ

ސަރުކާރު ހިއްސާވާ ކުންފުނި، ވޭސްޓް މެނޭޖުމެންޓު ކޯޕަރޭޝަން (ވެމްކޯ) މުވައްޒަފުންގެ ޕެންޝަން ފައިސާ ޕެންޝަން ފަންޑަށް އަދިވެސް ޖަމާ ނުވާކަން ހާމަވެއްޖެ އެވެ. 

ވެމްކޯގައި މަސައްކަތް ކުރާ މުވައްޒަފުންގެ ޕެންޝަން ފައިސާ ފަންޑަށް ޖަމާނުވާކަން ހާމަވީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާ ބައްދަލުކުރައްވާ ބޭއްވި ބައްދަލުވުމުގައި އެ ކުންފުނީގެ މުވައްޒަފަކު އެވާހަކަ އެ ބައްދަލުވުމުގައި ދެއްކުމުންނެވެ. 

ކުންފުނިތަކުން އެންމެ ފަހުން ޕެންޝަނަށް ފައިސާ ދެއްކި ތާރީޚުތަކާއި ދެއްކި ފައިސާގެ އަދަދު ހޯދުމަށް އެދުމުން އެ މައުލޫމާތު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ ހިއްސާ ކޮށްފަ އެވެ. 

އެ އޮފީހުން ހާމަ ކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި ވެމްކޯ އިން އެންމެ ފަހުން ޕެންޝަނަށް ފައިސާ ދައްކާފައި ވަނީ މިދިއަ 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހުގަ އެވެ. އޭގެ ފަހުން 14 މަސް ފާއިތުވި އިރު އެންމެ މަހަކު ވެސް އެ ކުންފުނިން ޕެންޝަނަށް ފައިސާ ދައްކާފަ އެއް ނުވެ އެވެ.

ވެމްކޯގެ މުވައްޒަފުންގެ ޕެންޝަން ފައިސާ ފަންޑަށް އަދިވެސް ޖަމާކޮށްފައި ނުވާތީ ރާއްޖެއެމްވީ އިން އެ ކުންފުނީގެ އެމްޑީ މުޖުތަބާ ޖަލީލަށް ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައެއް ނުވެ އެވެ. 

މިކަމާގުޅިގެން މީގެކުރިން ވެމްކޯ އިން މީގެ ކުރިން ބުނީ، ވެމްކޯގެ މުވައްޒަފުންގެ ރިޓަޔަމެންޓް ޕެންޝަނަށް ގަވާއިދުން ފައިސާ ޖަމާނުކުރެވެނީ، އެކި ފަރާތްތަކުން ހޯދާފައިވާ ހިދުމަތްތަކަށް ފައިސާ ނުދައްކާތީކަމަށެވެ. އަދި ކޭޝް ފްލޯ ތާށިވެފައިވާތީ، ވެމްކޯގެ މުވައްޒަފުންގެ ރިޓަޔަމެންޓް ޕެންޝަނަށް 20 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ޖަމާނުކުރާކަން، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން އަމިއްލަ މީހަކަށް ދިން މައުލޫމާތުތަކުން ވަނީ ހާމަވެފަ އެވެ.

އެކަމާ ގުޅިގެން، ފޭސްބުކްގައި ވެމްކޯއިން އާންމުކުރި ބަޔާނެއްގައި ބުނީ، ކުންފުނީގެ ހިންގުމުގެ ހަރަދުތަކުގެ ތެރޭގައި މުވައްޒަފުންގެ މުސާރަ އާއި އެހެންނިހެން އިނާޔަތްތައް ދެމުން ގެންދަނީ، އެ ކުންފުންޏަށް ލިބޭ އާމްދަނީ އާއި ސަރުކާރުން ދޭ ސަބްސިޑީގެ ފައިސާއިން ކަމަށެވެ. ވެމްކޯއިން ބުނީ ފައިސާ ހޯދުމުގައި ފިނޭންސް މިނިސްޓްރީ އާއެކު ވެސް ދަނީ މަޝްވަރާތައް ކުރެވެމުން ކަމަށެވެ.

ވެމްކޯމުޖުތަބާ ޖަލީލްޕެންޝަން ފަންޑް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ބާ މުސްހަފު ތަކާއި ދީނީ ލިޔުންތަށް ނައްތާލުމަށް ސިޓީ ކައުންސިލާ ހަވާލުކުރަން ހުޅުވާލައިފި

ބާ މުސްހަފު ތަކާއި ދީނީ ލިޔުންތަށް ނައްތާލުމަށް ސިޓީ ކައުންސިލާ ހަވާލުކުރަން ހުޅުވާލައިފި

23 ޖެނުއަރީ 2026
ވެމްކޯ އަށް ލިބެން ޖެހޭ ފައިސާ ނުލިބިގެން ޕެންޝަން ފައިސާ ނުދައްކަންޏާ، ސަރުކާރުން އަމިއްލަ ކުންފުންޏަށް ދޭން ޖެހޭ ފައިސާ ނުދެންޏާ ޖީއެސްޓީ ދައްކަން ޖެހެންވީ ކީއްވެ؟

ވެމްކޯ އަށް ލިބެން ޖެހޭ ފައިސާ ނުލިބިގެން ޕެންޝަން ފައިސާ ނުދައްކަންޏާ، ސަރުކާރުން އަމިއްލަ ކުންފުންޏަށް ދޭން ޖެހޭ ފައިސާ ނުދެންޏާ ޖީއެސްޓީ ދައްކަން ޖެހެންވީ ކީއްވެ؟

14 ޖެނުއަރީ 2026
ވެމްކޯ އިން ޕެންޝަނަށް ފައިސާ ނުދައްކާތާ 14 މަސް! އެންމެ ފަހުން ފައިސާ ދެއްކީ 2024 ގައި

ވެމްކޯ އިން ޕެންޝަނަށް ފައިސާ ނުދައްކާތާ 14 މަސް! އެންމެ ފަހުން ފައިސާ ދެއްކީ 2024 ގައި

13 ޖެނުއަރީ 2026
ދުވަސްވީ މީހުންނަށް ޕެންޝަނަށް ލިބޭ ފައިސާ އަށް ވުރެ ބޮޑު އާމްދަނީ އެއް ނަމަ ޕެންޝަން ކަނޑާލަން ގާނޫނަށް ބަދަލު ގެންނަން ހުށަހަޅައިފި

ދުވަސްވީ މީހުންނަށް ޕެންޝަނަށް ލިބޭ ފައިސާ އަށް ވުރެ ބޮޑު އާމްދަނީ އެއް ނަމަ ޕެންޝަން ކަނޑާލަން ގާނޫނަށް ބަދަލު ގެންނަން ހުށަހަޅައިފި

04 ޖެނުއަރީ 2026
ވެމްކޯ މުވައްޒަފުންގެ ޕެންޝަން ފައިސާ ފަންޑަށް ޖަމާ ނުވާތާ 1 އަހަރު

ވެމްކޯ މުވައްޒަފުންގެ ޕެންޝަން ފައިސާ ފަންޑަށް ޖަމާ ނުވާތާ 1 އަހަރު

21 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު