Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިސްމާއީލް ޝަފީއު

ދިރާސީ އައު އަހަރު ފެށެން ބާކީ އެންމެ ދުވަހެއް، އަދިވެސް ފޮތްތައް ހަމަނުވާތީ ބެލެނިވެރިންގެ ކަންބޮޑުވުން

މިކަމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ވިދާޅުވީ، ކިޔެވުން ފެށުމުގެ ކުރިން ފޮތް ހަމަވާނެ ކަމަށާއި، ގާތްގަނޑަކަށް ހުރިހާ ސުކޫލުތަކަށް ފޮތް ޑިސްޕެޗް ކުރެވިފައިވާ ކަމަށް. އެހެންނަމަވެސް ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މީގެ ކުރިން މިނިސްޓަރު ވިދާޅުވެފައިވަނީ ފޮތްތައް ފޯރުކޮށްދިނުމުގައި ބައެއް ދަތިތައް ކުރިމަތިވެފައިވާ ކަމަށް.

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 25 ޖެނުއަރީ 2026 | އާދީއްތަ 09:44
ސުކޫލު ދަރިވަރުންތަކެއް

ސުކޫލު ދަރިވަރުންތަކެއް | އެޑިއުކޭޝަން މިނިސްޓްރީ

އަންނަ އަންގާރަ ދުވަހު ދިރާސީ އައު އަހަރުގެ ކިޔެވުން ފެށެމަށް ތައްޔާރުވަމުން އަންނައިރު ބައެއް ގްރޭޑު ތަކުގެ ދަރިވަރުންނަށް ޓެކްސްޓް ފޮތްތައް ހަމަނުވާތި ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ. 

އަތޮޅު ތެރެއާއި މާލެގެ ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންނަށް ފޮތް ލިސްޓަށް ފޮތް ހަމަނުވާ މައްސަލަ ފާހަގަ ކުރެވިފައިވާއިރު، ބައެއް ދަރިވަރުންނަށް ދިވެހި އިސްލާމް ފޮތް ނުލިބޭ ކަމަށް ބައެއް ބެލެނިވެރިން ފާހަގަކުރެ އެވެ. 

މިކަމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ރާއްޖެ އެމްވީ އަށް ވިދާޅުވީ، ކިޔެވުން ފެށުމުގެ ކުރިން ފޮތް ހަމަވާނެ ކަމަށާއި، ގާތްގަނޑަކަށް ހުރިހާ ސުކޫލުތަކަށް ފޮތް ޑިސްޕެޗް ކުރެވިފައިވާ ކަމަށެވެ. އަދި މާލެ އޭރިއާ އަށް އަދިވެސް ކުދިން ކިޔެވުން ބަދަލުކުރަމުން އަންނަކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މާލެ އޭރިއާ އަށްވެސް މިއަދު ހުރިހާ ފޮތެއް ފޮނުވާ ނިމޭނެ ކަމަށެވެ،

ފޮތް ހަމަވާނެ، ކިޔެވުމަށް އަސަރުކުރާ ކަމެއް ދިމާނުވާނެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މީގެ ކުރިން މިނިސްޓަރު ވިދާޅުވެފައިވަނީ ފޮތްތައް ފޯރުކޮށްދިނުމުގައި ބައެއް ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ. އަދި މާލޭގެ އުތުރު ބަނދަރު ސަރަހައްދުގައި ކުރިއަށްދާ މަސައްކަތްތަކުގެ ސަބަބުން، އަތޮޅުތަކަށް ފޮތް ފޮނުވުމަށް ބޯޓުތަކަށް ތަކެތި ބަރުކުރުމުގައި ވެސް ދަތިތަކެއް ހުރިކަން ވަޒީރު ފާހަގަކުރެއްވި އެވެ. އޭގެ އިތުރުން މިނިސްޓަރު އޭރު ވިދާޅުވީ، މީގެ ކުރިން ފޮތްތައް ތަރުތީބު ކުރަމުން އައީ އަރަބިއްޔާ ސުކޫލުގައި ކަމަށްވީ ނަމަވެސް މިހާރު އެ މަސައްކަތް އަމީނިއްޔާ ސްކޫލަށް ބަދަލުކުރުމުން ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށެވެ. ސްކޫލްތަކުގެ ކިޔެވުން ފެށުމުގެ ކުރިން ހުރިހާ ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ހަމައަށް ލިބޭނެ ކަމުގެ ސައްތައިން ސައްތަ ޔަގީންކަން މިނިސްޓަރު ވަނީ މީގެ ކުރިން ދެއްވާފަ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ދަރިވަރުން މިހާރު ތިބީ، ބޮޑު ޗުއްޓީގަ އެވެ. ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ، މި މަހު 27 ވާ އަންގާރަ ދުވަހު ކަމަށްވާއިރު، ޓީޗަރުން މި މަހު 25ގައި ސުކޫލުތަކަށް ވަނީ ނިކުމެފަ އެވެ. 

އެޑިއުކޭޝަން މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ރޯދަމަހު ސުކޫލުތަކުގައި ކިޔެވުން އޮންނާނީ ފުރަތަމަ ހަފްތާ އެކަނި

ރޯދަމަހު ސުކޫލުތަކުގައި ކިޔެވުން އޮންނާނީ ފުރަތަމަ ހަފްތާ އެކަނި

22 ޖެނުއަރީ 2026
އަތޮޅުތެރޭ ރަށްރަށުގެ ސްކޫލުތަކުން 1500ށް ވުރެ ގިނަ ދަރިވަރުން މާލޭގެ ސްކޫލުތަކަށް ބަދަލުވެފައިވޭ: މިނިސްޓްރީ

އަތޮޅުތެރޭ ރަށްރަށުގެ ސްކޫލުތަކުން 1500ށް ވުރެ ގިނަ ދަރިވަރުން މާލޭގެ ސްކޫލުތަކަށް ބަދަލުވެފައިވޭ: މިނިސްޓްރީ

21 ޖެނުއަރީ 2026
މި އަހަރުގެ ކިޔެވުން ނިމި ސްކޫލުތައް ބޮޑު ޗުއްޓީ އަށް، ގްރޭޑް 10ގެ ދަރިވަރުންގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ކަމަށްވާތީ ތިބީ މާޔޫސް ކަމުގައި

މި އަހަރުގެ ކިޔެވުން ނިމި ސްކޫލުތައް ބޮޑު ޗުއްޓީ އަށް، ގްރޭޑް 10ގެ ދަރިވަރުންގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ކަމަށްވާތީ ތިބީ މާޔޫސް ކަމުގައި

25 ޑިސެމްބަރު 2025
މާރާމާރީ ހިންގި ޓީޗަރު ސަސްޕެންޑުކޮށް މައްސަލަ ފުލުހަށް ހުށަހަޅައިފި

މާރާމާރީ ހިންގި ޓީޗަރު ސަސްޕެންޑުކޮށް މައްސަލަ ފުލުހަށް ހުށަހަޅައިފި

10 ޑިސެމްބަރު 2025
ގްރޭޑް 10ގެ ދަރިވަރުން ގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ސްކޫލުތައް ޗުއްޓީ އަށް، މިނިސްޓްރީ ގެ ބަހެއް ނެތް

ގްރޭޑް 10ގެ ދަރިވަރުން ގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ސްކޫލުތައް ޗުއްޓީ އަށް، މިނިސްޓްރީ ގެ ބަހެއް ނެތް

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު