Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދިރާސީ އަހަރު 2026

ސްކޫލުތައް އޭސީ ކުރުން: ވައުދުވީ މިދިއަ ސެޕްޓެމްބަރަށް ނިންމަން، 4 މަސް ފަހުން ދިރާސީ އައު އަހަރު ފެށިއިރު ވެސް ވައުދު ނުފުއްދޭ

2026 ވަނަ އަހަރުގެ ދިރާސީ އަހަރު 80،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު 219 ސްކޫލެއްގައި ފަށާފައިވާއިރު 4،790 ދަރިވަރުން އަލަށް ގްރޭޑް 1 ގައި ކިޔަވަން ވަނީ އެދިފަ. ބައެއް ދަރިވަރުންނަށް ފޮތްތައް އަދި ހަމަނުވާކަން ބެލެނިވެރިން ފާހަގަކުރޭ. ކޫލް ސްކޫލް ޕްރޮޖެކްޓްގެ ދަށުން ސްކޫލްތަކުގައި އޭސީ ހަރުކުރުމުގެ ވައުދު 2025 ސެޕްޓެމްބަރު ކުރިން ނިންމާނެ ކަމަށް ބުނި ނަމަވެސް 4 މަސް ފަހުން އަދި ފުއްދާފައި ނުވާތީ ސަރުކާރަށް ފާޑުކިޔުން ވަނީ އަމާޒުވެފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 27 ޖެނުއަރީ 2026 | އަންގާރަ 13:06
ތައުލީމީ ވަޒީރު ޑރ.އިސްމާއިލް ޝަފީއު

ތައުލީމީ ވަޒީރު ޑރ.އިސްމާއިލް ޝަފީއު | ޕީއެސްއެމް

އެޑިއުކޭޝަން މިނިސްޓްރީގެ "ކޫލް ސްކޫލް" ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލެއްގެ ކްލާސްރޫމްތަކުގައި އޭސީ ހަރުކުރުމުގެ މަސައްކަތް 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރިން ނިންމަން ބުނި ނަމަވެސް އޭގެ 4 މަސް ފަހުން 2026 ވަނަ އަހަރުގެ ދިރާސީ އަހަރު ފެށުނު އިރު ވެސް އެ ވައުދު ފުއްދާފައިނުވާތީ ބެލެނިވެރިންގެ ފާޑުކިއުން މި ސަރުކާރަށް އަމާޒު ވެއްޖެ އެވެ. 

80،000 އަށް ވުރެ ގިނަ ދަރިވަރުންނާ އެކު 2026 ވަނަ އަހަރުގެ ދިރާސީ އަހަރު ފަށާފައި ވަނީ އަންގާރަ ދުވަހުގަ އެވެ. 219 ސްކޫލެއްގައި ކިޔަވައިދޭން ފަށާފައިވާއިރު 4،790 ދަރިވަރުން ވަނީ މި އަހަރު އަލަށް ސަރުކާރު ސްކޫލުތަކު ގައި ގްރޭޑް 1 ގައި ކިޔަވަން އެދިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުގެ ސްކޫލުތަކަށް ވެއްދި 1748 ދަރިވަރުންނާއި އަތޮޅުތަކުން އަލަށް ގްރޭޑް އެކަކަށް ވެއްދި 3042 ދަރިވަރުންނެވެ.

Advertisement - newsAdvertisement

މިނިސްޓްރީން ބުނީ، މިއަހަރު އަތޮޅުތަކުން މާލޭގެ ސްކޫލްތަކަށް 1530 ދަރިވަރަކު ބަދަލުވެފައިވާ ކަމަށާއި، މާލެއިން ހުޅުމާލޭގެ ސްކޫލްތަކަށް 836 ދަރިވަރުން ބަދަލުވެފައިވާ ކަމަށެވެ.

ދިރާސީ އަހަރުގެ ކިޔެވުން ފެށުނު އިރު އަދިވެސް ބައެއް ސްކޫލްތަކުގެ ދަރިވަރުންނަށް ފޮތްތައް ހަމަނުވާތީ އެކަމުގެ ޝަކުވާ ބެލެނިވެރިން ދަނީ ކުރަމުންނެވެ. އަތޮޅު ތެރެއާއި މާލޭ ގެ ސްކޫލުތަކު ގައި ކިޔަވާ ދަރިވަރުންނަށް ފޮތް ލިސްޓަށް ފޮތް ހަމަނުވާ މައްސަލައިގައި ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަމުންދާއިރު ބައެއް ދަރިވަރުންނަށް ދިވެހި އިސްލާމް ފޮތް ނުލިބޭ ކަން ވެސް ބައެއް ބެލެނިވެރިން ފާހަގަކުރެ އެވެ.  

ފޮތް ތަކުގެ އިތުރުން  އެޑިއުކޭޝަން މިނިސްޓްރީގެ "ކޫލް ސްކޫލް" ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލެއްގެ ކްލާސްރޫމްތަކުގައި އޭސީ ހަރުކުރުމަށް ވީ ވައުދު އަދިވެސް ފުއްދާފައި ނުވާތީ އެކަމާ ގުޅިގެން ވެސް ބެލެނިވެރިން ގެ ފާޑުކިއުން ވަނީ މި ސަރުކާރަށް އަމާޒުވެފަ އެވެ. 

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އޭރު ވިދާޅުވެފައި ވަނީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރިން ހުރިހާ ސްކޫލުތަކެއްގެ ކްލާސްރޫމުތަކުގައި އޭސީ ހަރުކޮށް ނިންމުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށެވެ.

ނަމަވެސް ސެޕްޓެމްބަރު މަސް ނިމުނު އިރުވެސް އެ ވައުދު މި ސަރުކާރުން ފުއްދާފައި ނުވާއިރު އޭގެ ފަހުން 4 މަސް ފާއިތުވެ 2026 ވަނަ އަހަރުގެ ދިރާސީ އަހަރު ފެށުނު އިރު ވެސް އެ ވައުދު ފުއްދާފައި ނުވާތީ ގިނަ ބަޔަކު ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. 

އެޑިއުކޭޝަން މިނިސްޓްރީކޫލް ސްކޫލްޑރ. އިސްމާއީލް ޝަފީޢުދިރާސީ އަހަރު

ކޮމެންޓް

އިތުރަށް ކިޔާލަން

ޓެކްސްޓް ފޮތްތައް ހަމަޔަށް ފޮނުވާފައިވާ ކަމަށް އެޑިއުކޭޝަނުން ބުނި ނަމަވެސް އައު އަހަރުގެ ކިޔަވައިދޭން ފެށި އިރު ސްކޫލްތަކަށް ފޮތްތައް ހަމަ އެއް ނުވޭ

ޓެކްސްޓް ފޮތްތައް ހަމަޔަށް ފޮނުވާފައިވާ ކަމަށް އެޑިއުކޭޝަނުން ބުނި ނަމަވެސް އައު އަހަރުގެ ކިޔަވައިދޭން ފެށި އިރު ސްކޫލްތަކަށް ފޮތްތައް ހަމަ އެއް ނުވޭ

27 ޖެނުއަރީ 2026
ދިރާސީ އައު އަހަރު ފެށެން ބާކީ އެންމެ ދުވަހެއް، އަދިވެސް ފޮތްތައް ހަމަނުވާތީ ބެލެނިވެރިންގެ ކަންބޮޑުވުން

ދިރާސީ އައު އަހަރު ފެށެން ބާކީ އެންމެ ދުވަހެއް، އަދިވެސް ފޮތްތައް ހަމަނުވާތީ ބެލެނިވެރިންގެ ކަންބޮޑުވުން

25 ޖެނުއަރީ 2026
ރޯދަމަހު ސުކޫލުތަކުގައި ކިޔެވުން އޮންނާނީ ފުރަތަމަ ހަފްތާ އެކަނި

ރޯދަމަހު ސުކޫލުތަކުގައި ކިޔެވުން އޮންނާނީ ފުރަތަމަ ހަފްތާ އެކަނި

22 ޖެނުއަރީ 2026
އަތޮޅުތެރޭ ރަށްރަށުގެ ސްކޫލުތަކުން 1500ށް ވުރެ ގިނަ ދަރިވަރުން މާލޭގެ ސްކޫލުތަކަށް ބަދަލުވެފައިވޭ: މިނިސްޓްރީ

އަތޮޅުތެރޭ ރަށްރަށުގެ ސްކޫލުތަކުން 1500ށް ވުރެ ގިނަ ދަރިވަރުން މާލޭގެ ސްކޫލުތަކަށް ބަދަލުވެފައިވޭ: މިނިސްޓްރީ

21 ޖެނުއަރީ 2026
މި އަހަރުގެ ކިޔެވުން ނިމި ސްކޫލުތައް ބޮޑު ޗުއްޓީ އަށް، ގްރޭޑް 10ގެ ދަރިވަރުންގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ކަމަށްވާތީ ތިބީ މާޔޫސް ކަމުގައި

މި އަހަރުގެ ކިޔެވުން ނިމި ސްކޫލުތައް ބޮޑު ޗުއްޓީ އަށް، ގްރޭޑް 10ގެ ދަރިވަރުންގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ކަމަށްވާތީ ތިބީ މާޔޫސް ކަމުގައި

25 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު