Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދިރާސީ އައު އަހަރު

ޓެކްސްޓް ފޮތްތައް ހަމަޔަށް ފޮނުވާފައިވާ ކަމަށް އެޑިއުކޭޝަނުން ބުނި ނަމަވެސް އައު އަހަރުގެ ކިޔަވައިދޭން ފެށި އިރު ސްކޫލްތަކަށް ފޮތްތައް ހަމަ އެއް ނުވޭ

އަހަރުގެ ދިރާސީ އަހަރު ކިޔެވުން ފެށުމުގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީ އިން އެކަމަށް ދުރާލާ ތައްޔާރުވާން ފަށާ، ޚާއްސަކޮށް ސަރުކާރުގެ ސްކޫލްތަކުގެ ދަރިވަރުންނަށް ޓެކްސްޓްފޮތްތައް ފޮނުވާ ނިންމާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައި.

ރާއްޖެ އެމްވީ | 27 ޖެނުއަރީ 2026 | އަންގާރަ 08:21
ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ޝަހީދު ޢަލީ ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުން - 27 ޖެނުއަރީ 2026.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ޝަހީދު ޢަލީ ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުން - 27 ޖެނުއަރީ 2026. | ރައީސް އޮފީސް

ދިރާސީ އައު އަހަރުގެ ކިޔެވުން ފެށި އިރު ރާއްޖޭގެ އަތޮޅުތަކުގެ ބައެއް ސްކޫލްތަކަށް ފޮތްތައް ހަމަ ނުވާ ކަން ހާމަ ވެއްޖެ އެވެ.

ރާއްޖެ އެމްވީ އާ ވާހަކަ ދެއްކި ބައެއް ސްކޫލުތަކުގެ ވެރިން ވިދާޅުވީ، އަދި ވެސް ބައެއް ގްރޭޑްތަކަށް ފޮތްތައް ހަމަ ނުވާ ކަމަށާއި، ކިޔެވުން ފެށުނު ދުވަހު ވެސް ބައެއް ފޮތްތައް އަންނަމުންދާ ކަމުގަ އެވެ.

Advertisement - newsAdvertisement

ދަރިވަރުން ސްކޫލުތަކަށް ނުކުތް އިރު ފޮތްތައް ހަމަވެފައި ނުވާ އިރު، އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެފައިވަނީ ސްކޫލް ފަށަންވާއިރަށް އެ މިނިސްޓްރީން ކުރަންޖެހޭ ކަންކަން އަދި ސްކޫލްގެ މާހައުލުގައިވެސް ކުރަންޖެހޭ ކަންކަން ފުރިހަމަކަމާއެކު ދަރިވަރުންގެ އުނގެނުމަށް އެއްވެސް ވަރެއްގެ ގޮންޖެހުން ކުރިމަތިނުވާ މިންވަރަށް ތައްޔާރުވެފައިވާ ކަމަށެވެ.

އޭގެ އިތުރުން، އަހަރުގެ ދިރާސީ އަހަރު ކިޔެވުން ފެށުމުގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީ އިން އެކަމަށް ދުރާލާ ތައްޔާރުވާން ފަށާ، ޚާއްސަކޮށް ސަރުކާރުގެ ސްކޫލްތަކުގެ ދަރިވަރުންނަށް ޓެކްސްޓްފޮތްތައް ފޮނުވާ ނިންމާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފަށުނު އިރު ސަރުކާރުގެ 218 ސްކޫލްގައި 77،000 އަށް ވުރެ ގިނަ ދަރިވަރުން ތިބޭނެ ކަމަށް އެޑިއުކޭޝަނުން ބުނެފައިވެ އެވެ.

ރާއްޖޭގެ އަތޮޅުތަކުގެ ތައުލީމީ ހާލަތު ދަށްވެ، ރަނގަޅު ތައުލީމު ދަރިވަރުންނަަށް ހޯދައިދިނުމަށް މިއަހަރު އަތޮޅުތަކުން މާލެ އަށް 1530 ދަރިވަރުން ބަދަލުވެފައިވެ އެވެ.

މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާއިރު ސަރުކާރުގެ ސްކޫލްތަކުގައި 10،500 މުދައްރިސުން ހަރަކާތްތެރިވާނެ ކަމަށާއި އޭގެ ތެރޭގައި 8،000 ދިވެހި މުދައްރިސުންނާއި 2،500 ބިދޭސީ މުދައްރިސުން ހިމެނޭ ކަމަށް އެޑިއުކޭޝަނުން ބުނެފައިވެ އެވެ.

ޑރ. އިސްމާއީލް ޝަފީޢުއެޑިއުކޭޝަން މިނިސްޓްރީތައުލީމް

ކޮމެންޓް

އިތުރަށް ކިޔާލަން

ތައުލީމާ ބެހޭ ވަޒީރު ފަޚުރުވެރިކަމާ އެކު ފާހަގަ ކުރައްވަނީ މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން ދަރިވަރުން އައިސް މާލެ ސަރަހައްދަށް ޖަމާވެއްޖެ ކަމަށް

ތައުލީމާ ބެހޭ ވަޒީރު ފަޚުރުވެރިކަމާ އެކު ފާހަގަ ކުރައްވަނީ މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން ދަރިވަރުން އައިސް މާލެ ސަރަހައްދަށް ޖަމާވެއްޖެ ކަމަށް

27 ޖެނުއަރީ 2026
ދިރާސީ އައު އަހަރު ފެށެން ބާކީ އެންމެ ދުވަހެއް، އަދިވެސް ފޮތްތައް ހަމަނުވާތީ ބެލެނިވެރިންގެ ކަންބޮޑުވުން

ދިރާސީ އައު އަހަރު ފެށެން ބާކީ އެންމެ ދުވަހެއް، އަދިވެސް ފޮތްތައް ހަމަނުވާތީ ބެލެނިވެރިންގެ ކަންބޮޑުވުން

25 ޖެނުއަރީ 2026
ރޯދަމަހު ސުކޫލުތަކުގައި ކިޔެވުން އޮންނާނީ ފުރަތަމަ ހަފްތާ އެކަނި

ރޯދަމަހު ސުކޫލުތަކުގައި ކިޔެވުން އޮންނާނީ ފުރަތަމަ ހަފްތާ އެކަނި

22 ޖެނުއަރީ 2026
އަތޮޅުތެރޭ ރަށްރަށުގެ ސްކޫލުތަކުން 1500ށް ވުރެ ގިނަ ދަރިވަރުން މާލޭގެ ސްކޫލުތަކަށް ބަދަލުވެފައިވޭ: މިނިސްޓްރީ

އަތޮޅުތެރޭ ރަށްރަށުގެ ސްކޫލުތަކުން 1500ށް ވުރެ ގިނަ ދަރިވަރުން މާލޭގެ ސްކޫލުތަކަށް ބަދަލުވެފައިވޭ: މިނިސްޓްރީ

21 ޖެނުއަރީ 2026
މި އަހަރުގެ ކިޔެވުން ނިމި ސްކޫލުތައް ބޮޑު ޗުއްޓީ އަށް، ގްރޭޑް 10ގެ ދަރިވަރުންގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ކަމަށްވާތީ ތިބީ މާޔޫސް ކަމުގައި

މި އަހަރުގެ ކިޔެވުން ނިމި ސްކޫލުތައް ބޮޑު ޗުއްޓީ އަށް، ގްރޭޑް 10ގެ ދަރިވަރުންގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ކަމަށްވާތީ ތިބީ މާޔޫސް ކަމުގައި

25 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 މެއި
ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!
20251 އަހަރު ކުރިން
ރާއްޖެ

ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ
20242 އަހަރު ކުރިން
ދުނިޔެ

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް
20224 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟
20188 އަހަރު ކުރިން
ރިޕޯޓު

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު