Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޑިއުކޭޝަން މިނިސްޓްރީ

8218 ދަރިވަރުންނާއެކު އޯލެވެލް އިމްތިހާނު ފަށައިފި

28 ޖެނުއަރީ 2026 | ބުދަ 10:56

މި އަހަރުގެ އޯލެވެލް އިމްތިހާނުގައި 8218 ދަރިވަރުން ބައިވެރިވެރިވާއިރު، މާލެއާއި އަތޮޅުތެރޭގެ ޖުމްލަ 267 ސެންޓަރެއްގައި މާޗު 6 ވަނަ ދުވަހުގެ ނިޔަލަށް އިމްތިހާނު ކުރިއަށްދާނެ. އިމްތިހާނު ފަށާއިރު ޑިސެމްބަރު 25 ގައި ބޮޑު ޗުއްޓީ ފެށުމުން ގްރޭޑް 10 ދަރިވަރުންނަށް އެންމެ މުހިންމު ދުވަސްވަރު ތައްޔާރުވެވޭނެ ނިޒާމެއް ނެތުމުން ބެލެނިވެރިން ކަންބޮޑުވެފައިވޭ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 28 ޖެނުއަރީ 2026 | ބުދަ 10:56
ދަރިވަރުންތަކެއް އިމްތިހާނު ހޯލުގައި އިމްތިހާން ހަދަމުންދާ މަންޒަރު ފެންނަ ފޮޓޯ އެއް.

ދަރިވަރުންތަކެއް އިމްތިހާނު ހޯލުގައި އިމްތިހާން ހަދަމުންދާ މަންޒަރު ފެންނަ ފޮޓޯ އެއް. | ރާއްޖެއެމްވީ

ކެމްބްރިޖް އޯލެވެލް އާއި އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނު ފަށައިފި އެވެ.

އިމްތިހާނާއި ގުޅޭގޮތުން އެޑިޔުކޭޝަން މިނިސްޓްރީ އިން ބުނީ މި އަހަރުގެ އޯލެވެލް އިމްތިހާނުގައި 8218 ދަރިވަރުން ބައިވެރިވެރިވާ ކަމަށެވެ. މި ފަހަރުގެ އޯލެވެލް އިމްތިހާނު މާލެ ސަރަހައްދުގައި 21 ސެންްޓަރެއްގައި ކުރިއަށްދާ އިރު އަތޮޅުތެރޭ ގެ 246 ސެންޓަރެއްގައި އިމްތިހާނު ކުރިއަށް ދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ. އެހެންކަމުން ޖުމަލަ 267 ސެންޓަރެއްގައި މިފަހަރުގެ އޯލެވެލް އިމްތިހާނު ހަދާނެ އެވެ. އޯލެވެލް އިމްތިހާނުތައް އޮންނާނީ މާޗު މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި އިމްތިހާން ބުދަ ދުވަހު ފެށި އިރު ޑިސެމްބަރު 25 ވަނަ ދުވަހު ދަރިވަރުންނާއި މުދައްރިސުން ވަނީ ދިރާސީ ކަލަންޑަރުގައި ވާ ގޮތަށް ބޮޑު ޗުއްޓީ އަށް ގޮސްފަ އެވެ. މި އާއެކު ގްރޭޑް 10 ގެ ދަރިވަރުންގެ އެންމެ ފަހުގެ ތައްޔާރީ ތަކުގައި އެހީތެރިވެވޭނެ ނިޒާމެއް ނެތް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

ގްރޭޑް 10 ގެ ދަރިވަރުންގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ޗުއްޓީ އާ ދިމާވުމާ އެކު ބެލެނިވެރިންނާއި ދަރިވަރުން ތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައި ކަމަށް ނިމިދިޔަ ސަރުކާރު ގެ އެޑިއުކޭޝަން މިނިސްޓްރީ ގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވެސް މީގެ ކުރިން ވިދާޅުވެފައި ވެ އެވެ. ނަމަވެސް މި މައްސަލައާ ގުޅޭގޮތުން އެޑިޔުކޭޝަން މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. 

2021 ވަނަ އަހަރުގެ ތެރޭގައި ސްކޫލުތަކުގެ ބޮޑު ޗުއްޓީ ޖޫން، ޖުލައި އަށް ބަދަލުކުރީ ކޮވިޑް-19 އާ ގުޅިގެން އައި ބަދަލުތަކުގެ އިތުރުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މީހުންނަށް ވަރަށް ބޮޑަށް ބުރަވާތީ ގިނަ ބަޔަކު އެކަމަށް އެދުމުން ކަމަށް އޭރުގެ ސަރުކާރުން ބުނެފައިވެ އެވެ.

4 އަހަރަށްފަހު މި ސަރުކާރުން ސްކޫލުތަކުގެ ޗުއްޓީ ޑިސެންބަރަށް ބަދަލު ކުރުމާ ގުޅިގެން ރަނގަޅަށް ސިލަބަސް ކަވަރު ނުކުރެވި، ސްކޫލުތަކުގެ ދަރިވަރުންނާ ޓީޗަރުންނަށް ވަރަށް ބޮޑަށް ބުރަ ވެފައިވާ ކަމަށް ގިނަ ބަޔަކު ބުނެ އެވެ. އަދި ސަރުކާރުތަކުން ސިޔާސީ ވަކި މަގުސަދެއް ހާސިލް ކުރުމަށް ދަރިވަރުންގެ ތައުލީމަށް ނޭދެވޭ އަސަރު ކުރާ ގޮތަށް ސްކޫލުގެ ސިސްޓަމާ ނުކުޅުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. 

އެޑިއުކޭޝަން މިނިސްޓްރީ

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2026

ސްކޫލުތައް އޭސީ ކުރުން: ވައުދުވީ މިދިއަ ސެޕްޓެމްބަރަށް ނިންމަން، 4 މަސް ފަހުން ދިރާސީ އައު އަހަރު ފެށިއިރު ވެސް ވައުދު ނުފުއްދޭ

27 ޖެނުއަރީ 2026
ސްކޫލުތައް އޭސީ ކުރުން: ވައުދުވީ މިދިއަ ސެޕްޓެމްބަރަށް ނިންމަން، 4 މަސް ފަހުން ދިރާސީ އައު އަހަރު ފެށިއިރު ވެސް ވައުދު ނުފުއްދޭ
27 ޖެނުއަރީ 2026

ޓެކްސްޓް ފޮތްތައް ހަމަޔަށް ފޮނުވާފައިވާ ކަމަށް އެޑިއުކޭޝަނުން ބުނި ނަމަވެސް އައު އަހަރުގެ ކިޔަވައިދޭން ފެށި އިރު ސްކޫލްތަކަށް ފޮތްތައް ހަމަ އެއް ނުވޭ

27 ޖެނުއަރީ 2026
ޓެކްސްޓް ފޮތްތައް ހަމަޔަށް ފޮނުވާފައިވާ ކަމަށް އެޑިއުކޭޝަނުން ބުނި ނަމަވެސް އައު އަހަރުގެ ކިޔަވައިދޭން ފެށި އިރު ސްކޫލްތަކަށް ފޮތްތައް ހަމަ އެއް ނުވޭ
25 ޖެނުއަރީ 2026

ދިރާސީ އައު އަހަރު ފެށެން ބާކީ އެންމެ ދުވަހެއް، އަދިވެސް ފޮތްތައް ހަމަނުވާތީ ބެލެނިވެރިންގެ ކަންބޮޑުވުން

25 ޖެނުއަރީ 2026
ދިރާސީ އައު އަހަރު ފެށެން ބާކީ އެންމެ ދުވަހެއް، އަދިވެސް ފޮތްތައް ހަމަނުވާތީ ބެލެނިވެރިންގެ ކަންބޮޑުވުން
22 ޖެނުއަރީ 2026

ރޯދަމަހު ސުކޫލުތަކުގައި ކިޔެވުން އޮންނާނީ ފުރަތަމަ ހަފްތާ އެކަނި

22 ޖެނުއަރީ 2026
ރޯދަމަހު ސުކޫލުތަކުގައި ކިޔެވުން އޮންނާނީ ފުރަތަމަ ހަފްތާ އެކަނި
21 ޖެނުއަރީ 2026

އަތޮޅުތެރޭ ރަށްރަށުގެ ސްކޫލުތަކުން 1500ށް ވުރެ ގިނަ ދަރިވަރުން މާލޭގެ ސްކޫލުތަކަށް ބަދަލުވެފައިވޭ: މިނިސްޓްރީ

21 ޖެނުއަރީ 2026
އަތޮޅުތެރޭ ރަށްރަށުގެ ސްކޫލުތަކުން 1500ށް ވުރެ ގިނަ ދަރިވަރުން މާލޭގެ ސްކޫލުތަކަށް ބަދަލުވެފައިވޭ: މިނިސްޓްރީ
25 ޑިސެމްބަރު 2025

މި އަހަރުގެ ކިޔެވުން ނިމި ސްކޫލުތައް ބޮޑު ޗުއްޓީ އަށް، ގްރޭޑް 10ގެ ދަރިވަރުންގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ކަމަށްވާތީ ތިބީ މާޔޫސް ކަމުގައި

25 ޑިސެމްބަރު 2025
މި އަހަރުގެ ކިޔެވުން ނިމި ސްކޫލުތައް ބޮޑު ޗުއްޓީ އަށް، ގްރޭޑް 10ގެ ދަރިވަރުންގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ކަމަށްވާތީ ތިބީ މާޔޫސް ކަމުގައި
10 ޑިސެމްބަރު 2025

މާރާމާރީ ހިންގި ޓީޗަރު ސަސްޕެންޑުކޮށް މައްސަލަ ފުލުހަށް ހުށަހަޅައިފި

10 ޑިސެމްބަރު 2025
މާރާމާރީ ހިންގި ޓީޗަރު ސަސްޕެންޑުކޮށް މައްސަލަ ފުލުހަށް ހުށަހަޅައިފި
07 ޑިސެމްބަރު 2025

ގްރޭޑް 10ގެ ދަރިވަރުން ގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ސްކޫލުތައް ޗުއްޓީ އަށް، މިނިސްޓްރީ ގެ ބަހެއް ނެތް

07 ޑިސެމްބަރު 2025
ގްރޭޑް 10ގެ ދަރިވަރުން ގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ސްކޫލުތައް ޗުއްޓީ އަށް، މިނިސްޓްރީ ގެ ބަހެއް ނެތް
07 ޑިސެމްބަރު 2025

ޔުނިފޯމު ބަދަލުކުރަން ޖެހޭ ގޮތަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި

07 ޑިސެމްބަރު 2025
ޔުނިފޯމު ބަދަލުކުރަން ޖެހޭ ގޮތަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި
04 ޑިސެމްބަރު 2025

ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި

04 ޑިސެމްބަރު 2025
ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް