Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކައުންސިލް އިންތިހާބު

ހުޅުމާލެ އުތުރު ދާއިރާގައި އެމްޑީޕީ އިން ކުރިޔަށް ގެންދިޔަ ދޮރުން ދޮރަށް ހަރަކާތަށް ހޫނު ތަރުހީބެއް

އެމްޑީޕީ އަށް ވޯޓް ދީގެން ރައްޔިތުން މާޔޫސް ވާން ނުޖެހޭނެ ކަމަށާއި، ކުރިޔަށް އޮތް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ހުރިހާ ރައްޔިތުން ވެސް އެމްޑީޕީގެ ކެނޑިޑޭތުންނަށް ވޯޓު ދިނުމަށް މޭޔަރ އާޒިމް ވަނީ ގޮވާލައްވާފަ.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 7 ފެބުރުއަރީ 2026 | ހޮނިހިރު 14:16
ހުޅުމާލެ އުތުރު ދާއިރާގައި ހުކުރު ދުވަހު އެމްޑީޕީ އިން ކުރިޔަށް ގެންދިޔަ ކެމްޕެއިން ހަރަކާތުގެ ތެރެއިން

ހުޅުމާލެ އުތުރު ދާއިރާގައި ހުކުރު ދުވަހު އެމްޑީޕީ އިން ކުރިޔަށް ގެންދިޔަ ކެމްޕެއިން ހަރަކާތުގެ ތެރެއިން | އާދަމް އާޒިމް ކެމްޕެއިން ޓީމް

ހުކުރު ދުވަހު ހަވީރު އެމްޑީޕީގެ ފަރާތުން ހުޅުމާލެ އުތުރު ދާއިރާގައި ކުރިޔަށް ގެންދިޔަ ދޮރުން ދޮރަށް ކެމްޕެއިން ހަރަކާތަށް އެދާއިރާގެ ރައްޔިތުންގެ ހޫނު ތަރުހީބެއް ލިބިއްޖެ އެވެ. 

 މި ކެމްޕެއިން ހަރަކާތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓުން އަދި އާއްމު ރައްޔިތުންނާ އެކު ވަގުތު ކޮޅެއް ހޭދަކޮށްލައްވާފަ އެވެ. 

Advertisement - newsAdvertisement
ހުޅުމާލެ އުތުރު ދާއިރާގައި ހުކުރު ދުވަހު އެމްޑީޕީ އިން ކުރިޔަށް ގެންދިޔަ ކެމްޕެއިން ހަރަކާތުގެ ތެރެއިން
ހުޅުމާލެ އުތުރު ދާއިރާގައި ހުކުރު ދުވަހު އެމްޑީޕީ އިން ކުރިޔަށް ގެންދިޔަ ކެމްޕެއިން ހަރަކާތުގެ ތެރެއިން

މި ހަރަކާތުގައި މޭޔަރު އާދަމް އާޒިމްގެ އިތުރުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި އެމްޑީޕީ ގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އެގޮތުން ހުޅުމާލެ އުތުރު ދާއިރާގެ ސިޓީ ކައުންސިލް މެމްބަރު ކަމަށް ވާދަކުރައްވާ ފާތިމަތު ޒަހިއްޔާ، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ކަމަށް ވާދަކުރައްވާ އައިޝަތު ރީޝާ ގެ އިތުރުން، އެ ދާއިރާގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުކަމަށް ވާދަކުރައްވާ ފާތިމަތު ސިބާ ވަނީ އަމަލީގޮތުން ބައިވެރިވެ، ރައްޔިތުންނާ ބައްދަލުކުރައްވާފަ އެވެ.

މި ހަރަކާތުގެ ތެރެއިން ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަމުން މޭޔަރު އާދަމް އާޒިމް ވިދާޅުވީ ހުޅުމާލޭގެ މުނިސިޕަލް ކަންކަން އެޗްޑީސީ އަށް ރަނގަޅަށް ނުކުރެވޭކަން ފާހަގަކުރައްވާފަ އެވެ. އަދި ހުޅުމާލޭގެ މުނިސިޕަލް ކަންކަން ކައުންސިލާ ހަވާލުކުރުމުގެ މުހިންމުކަމަށް ވެސް އަލިއަޅުއްވާލާފަ އެވެ. 

ހުޅުމާލެ އުތުރު ދާއިރާގައި ހުކުރު ދުވަހު އެމްޑީޕީ އިން ކުރިޔަށް ގެންދިޔަ ކެމްޕެއިން ހަރަކާތުގެ ތެރެއިން
ހުޅުމާލެ އުތުރު ދާއިރާގައި ހުކުރު ދުވަހު އެމްޑީޕީ އިން ކުރިޔަށް ގެންދިޔަ ކެމްޕެއިން ހަރަކާތުގެ ތެރެއިން
އަބަދުވެސް ރައްޔިޔުން ތިބެންޖެހޭނީ ކައުންސިލެއްގެ ދަށުގަ، އެއީ ގާނޫނު ބުނާގޮތް. އެގޮތަށް އެ އޮންނަ ސަބަބަކީ ރައްޔިތުންގެ ކަންކަން ގާތުން ބެހޭލީ ކައުންސިލަކުން ކަމަށް ވާތީ. ކުންފުންޔަކާ ޚިލާފަށް ކައުންސިލަކުން މަސައްކަތް ކުރާނީ ވިޔަފާރި ފައިދާ އަކަށް ނޫން. ކުންފުންޏަކުން މަސައްކަތް ކުރާނީ އެމީހުންނަށް އެންމެ ފައިދާވާ ގޮތަކަށް. ހުޅުމާލޭގެ މުނިސިލަޕް ކަންކަން ކައުންސިލްގެ ދަށަށް ގެނައުމަކީ ވަރަށް މުހިންމު ކަމެއް. ހުޅުމާލޭގެ މުނިސިޕަލް ކަންކަން އެންމެ ރަނގަޅަށް ކުރެވޭނީ ރައްޔިތުން އިންތިހާބުކުރާ، ރައްޔިތުންނަށް ޖަވާބުދާރީ ކުރެވޭ ބަޔަކަށް.  
މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް

އެމްޑީޕީ އަށް ވޯޓް ދީގެން ރައްޔިތުން މާޔޫސް ވާން ނުޖެހޭނެ ކަމަށާއި، ކުރިޔަށް އޮތް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ހުރިހާ ރައްޔިތުން ވެސް އެމްޑީޕީގެ ކެނޑިޑޭތުންނަށް ވޯޓު ދިނުމަށް މޭޔަރ އާޒިމް ވަނީ ގޮވާލައްވާފަ އެވެ. 

ހުޅުމާލެ އުތުރު ދާއިރާގައި ހުކުރު ދުވަހު އެމްޑީޕީ އިން ކުރިޔަށް ގެންދިޔަ ކެމްޕެއިން ހަރަކާތުގެ ތެރެއިން
ހުޅުމާލެ އުތުރު ދާއިރާގައި ހުކުރު ދުވަހު އެމްޑީޕީ އިން ކުރިޔަށް ގެންދިޔަ ކެމްޕެއިން ހަރަކާތުގެ ތެރެއިން

ހުޅުމާލެ ފޭސް 2 ގައި އެމްޑީޕީގެ ފަރާތުން ކުރިޔަށް ގެންދިޔަ މި ކެމްޕެއިން ހަރަކާތް ނިންމާލާފައިވާނީ ރައީސް ސޯލިހު ބައިވެރިވަޑައިގެންނެވި މާހެފުމަކާ އެކުގަ އެވެ. މި ހަރަކާތުގައި ގިނަ އަދަދެއްގެ އެމްޑީޕީ ގެ ސަޕޯޓަރުންނާއި އާއްމު ރައްޔިތުންވަނީ ބައިވެފަ އެވެ. 

އެމްޑީޕީހުޅުމާލެ އުތުރުއިބްރާހިމް މުހައްމަދު ސާލިހުއާދަމް އާޒިމްލޯކަލް ކައުންސިލް އިންތިހާބުއެމްޑީޕީ ދޮރުން ދޮރަށް ކެމްޕެއިންއަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ކުރީ ސަރުކާރުގައި ހިތާދޫ ބަނދަރު މަޝްރޫއުގެ 90 އިންސައްތަ މަސައްކަތް ނިންމި ނަމަވެސް މިސަރުކާރުގައި މަސައްކަތް ކުރިއަށް ނުދޭ

ކުރީ ސަރުކާރުގައި ހިތާދޫ ބަނދަރު މަޝްރޫއުގެ 90 އިންސައްތަ މަސައްކަތް ނިންމި ނަމަވެސް މިސަރުކާރުގައި މަސައްކަތް ކުރިއަށް ނުދޭ

07 ފެބުރުއަރީ 2026
ރައީސް ސޯލިޙް ފޯކައިދޫ އަށް ފުރާވަޑައިގެންފި

ރައީސް ސޯލިޙް ފޯކައިދޫ އަށް ފުރާވަޑައިގެންފި

07 ފެބުރުއަރީ 2026
ކުރިއަށް އޮތް ރަމަޟާން މަހު ކަރަންޓު ލިބޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް: މޭޔަރު ނިޒާރު

ކުރިއަށް އޮތް ރަމަޟާން މަހު ކަރަންޓު ލިބޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް: މޭޔަރު ނިޒާރު

07 ފެބުރުއަރީ 2026
އައްޑޫ ރައްޔިތުން އެމްޑީޕީ އަށް ވޯޓުދޭންވީ އައްޑޫގެ ރައްޔިތުން ތާއަބަދު ގުނބޯހެއްދުމަށް ސަރުކާރަށް ފުރުސަތު ނުލިބޭނެކަން ދައްކަން: ޝުއާއު

އައްޑޫ ރައްޔިތުން އެމްޑީޕީ އަށް ވޯޓުދޭންވީ އައްޑޫގެ ރައްޔިތުން ތާއަބަދު ގުނބޯހެއްދުމަށް ސަރުކާރަށް ފުރުސަތު ނުލިބޭނެކަން ދައްކަން: ޝުއާއު

06 ފެބުރުއަރީ 2026
އެމް.އެމް.އޭގެ ކޮންޓްރޯލްގެ ދަށުގައި ހުރީ 129 މިލިއަން ޑޮލަރު، އެންމެ ބޮޑު ލާރިއެއް ވެސް އިތުރަށް ނެތް: ޣަފޫރު

އެމް.އެމް.އޭގެ ކޮންޓްރޯލްގެ ދަށުގައި ހުރީ 129 މިލިއަން ޑޮލަރު، އެންމެ ބޮޑު ލާރިއެއް ވެސް އިތުރަށް ނެތް: ޣަފޫރު

06 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު