Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއޭސީސީ

އިންތިޚާބާ ދިމާކޮށް ސަރުކާރުގެ ކޮރަޕްޝަންގެ ތުހުމަތުތަކަށް އޭސީސީން ދިނީ ބީރު ކަންފަތެއް

29 ޖެނުއަރީ 2026 | ބުރާސްފަތި 14:51

ކޮރަޕްޝަންގެ ތުހުމަތުތައް ފެންމަތިވިޔަސް އޭސީސީން އެއްވެސް މައުލޫމާތެއް ދިނުމަށް ވަނީ ދެކޮޅު ހަދާފަ

ޢާއިޝަތު އައިނީ އާމިރު
ޢާއިޝަތު އައިނީ އާމިރު | 29 ޖެނުއަރީ 2026 | ބުރާސްފަތި 14:51
އޭސީސީގެ ރައީސް

އޭސީސީގެ ރައީސް | ރާއްޖެ އެމްވީ

މި އަންނަ އެޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ސަރުކާރުން ގިނަ އަދަދެއްގެ ވަޒީފާތަކެއް ބަހައި، މަޝްރޫޢުތައް އިޢުލާން ކުރަމުންދާތީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ފެންމަތިވެފައިވީ ނަމަވެސް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ދެކޮޅު ހަދައިފިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ގާތްވެފައިވަނިކޮށް، އެކި މިނިސްޓްރީތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް (އެސްއޯއީ) ގިނަ އަދަދެއްގެ މުވައްޒަފުން ނަގަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ. މިގޮތުން، ޕަބްލިކް ވޯކްސްއަށް އެކަނިވެސް 500 އަށްވުރެ ގިނަ މުވައްޒަފުން ނަގަން އުޅޭކަމަށް ލޯކަލް ގަވަރންމަންޓް މިނިސްޓަރު އާދަމް ޝަރީފް ދާދި ފަހުން ވިދާޅުވެފައިވެއެވެ.

Advertisement - newsAdvertisement

ނަމަވެސް، މި މައްސަލައިގައި މީޑިއާތަކުން ސުވާލު ކުރުމުންވެސް އޭސީސީން ވަނީ އެއްޗެއް ބުނަން އިންކާރުކޮށްފައެވެ. އަދި މާލޭގައި ހުންނަ މިނިސްޓްރީތަކުގެ މުވައްޒަފުންގެ ނަމުގައި ރަށްރަށުން މީހުން ވަޒީފާއަށް ނަގަމުންދާއިރު، ބައެއް ރަށްރަށުގައި ކުރާނެ މަސައްކަތެއް ނެތިވެސް އެސްއޯއީތަކަށް މުވައްޒަފުން އިތުރުކުރަމުންދާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.

މީގެ އިތުރުން، އިންތިޚާބާ ދިމާކޮށް ބޯހިޔާވެހިކަމުގެ ގިނަ މަޝްރޫޢުތަކަކަށް ކުރިމަތިލުމުގެ ފުރުސަތު ސަރުކާރުން މިހާރު ވަނީ ހުޅުވާލާފައެވެ. އޭގެ ތެރޭގައި ރަސްމާލެއިން ދޫކުރާ 15,000 ބިމާއި 7,900 ފްލެޓް ހިމެނެއެވެ. އަދި ބ. ތުޅާދޫ އާއި ތ. ވިލުފުށީގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓަށް ކުރިމަތިލާން ހުޅުވާލާފައިވަނީ، ތުޅާދޫ ކައުންސިލުން އެ މަސައްކަތް ކުރަމުން ދަނިކޮށް ކައުންސިލްގެ އަތުން އެކަން އަތުލުމަށްފަހުކަން ފާހަގަކޮށްލެވެއެވެ.

މި ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު އޭސީސީން ނެރުނު ބަޔާނެއްގައި، އިންތިޚާބާ ދިމާކޮށް ރިޝްވަތު ދީފިނަމަ އެކަން ރިޕޯޓް ކުރުމަށް އެދިފައިވެއެވެ. އަދި ރިޝްވަތު ދިނުމާއި ހިފުމަކީ ކުށެއް ކަމަށާއި، އެފަދަ އެއްވެސް މައްސަލައެއް ނުބަލައި ދޫކޮށްނުލާނެ ކަމުގެ ޔަގީންކަންވެސް އެ ކޮމިޝަނުން ދީފައިވެއެވެ. އެހެންނަމަވެސް، ސަރުކާރުން މިހާރު ކުރިއަށްގެންދާ މި ހަރަކާތްތަކާ ގުޅިގެން އެއްވެސް މައްސަލައެއް ހުށަހެޅިފައިވޭތޯ ސުވާލު ކުރުމުން އޭސީސީން އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

މިކަމާ ގުޅިގެން އާންމުންގެ މެދުގައި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންދާއިރު، އޭސީސީގެ މިހާރުގެ ރައީސް އަކީ މީގެ ކުރިންވެސް މަގާމު ދިފާއުކުރުމަށްޓަކައި އޭރު އޮންނަ ސަރުކާރަކަށް ތާއީދުކޮށް، ސަރުކާރުގެ އިސް ފަރާތްތަކާ ގުޅުންހުރި މައްސަލަތައް ބެލުމަށް ފަސްޖެހިވަޑައިގަންނަވާ ބޭފުޅެއްގެ ގޮތުގައި ވަނީ ތުހުމަތު ކުރެވިފައެވެ.

އެންޓި ކަރަޕްޝަން ކޮމިޝަން (އޭސީސީ)ލޯކަލް ކައުންސިލް އިންތިހާބު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2026

ކައުންސިލް މެންބަރުން ހޮވުމުގަ ބަލަންވީ ލާމަރުކަޒީ ނިޒާމު ދަންނަނީ ކޮންބައެއް ތޯ: ނިޔާޒް

23 ޖެނުއަރީ 2026
ކައުންސިލް މެންބަރުން ހޮވުމުގަ ބަލަންވީ ލާމަރުކަޒީ ނިޒާމު ދަންނަނީ ކޮންބައެއް ތޯ: ނިޔާޒް
22 ޖެނުއަރީ 2026

އެމްއެމްޕީއާރުސީ ޚިޔާނާތުގެ ލިސްޓުގައި ނަން އޮތް ބޭފުޅުން ރައީސް މުއިއްޒުގެ ޕީއެންސީ އިން މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގެ ކެނޑިޑޭޓުންގެ ގޮތުގައި ނެރެފައިވޭ: ގަފޫރު

"މިސްކިތްތަކަށް ވެސް މީހުން ނެގުން މިސަރުކާރުން ވަނީ ހުއްޓުވާފަ" - މޭޔަރު އާދަމް އާޒިމް

22 ޖެނުއަރީ 2026
"މިސްކިތްތަކަށް ވެސް މީހުން ނެގުން މިސަރުކާރުން ވަނީ ހުއްޓުވާފަ" - މޭޔަރު އާދަމް އާޒިމް
22 ޖެނުއަރީ 2026

ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ކައުންސިލްތަކަކީ ރައީސް އޮފީހުން އަންގާ އެންގުންތައް އެކަނި ތަންފީޒު ކުރާ އިދާރާއަކަށް ހެދުމަށް: ނިޔާޒު

22 ޖެނުއަރީ 2026
ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ކައުންސިލްތަކަކީ ރައީސް އޮފީހުން އަންގާ އެންގުންތައް އެކަނި ތަންފީޒު ކުރާ އިދާރާއަކަށް ހެދުމަށް: ނިޔާޒު
22 ޖެނުއަރީ 2026

އިލެކްޝަން ކޮމިޝަންގެ "މައި ޕޯޓަލް" އަށް ޕީއެންސީ އަށް އެކްސަސް އެބައޮތް: އެމްޑީޕީ

22 ޖެނުއަރީ 2026
އިލެކްޝަން ކޮމިޝަންގެ "މައި ޕޯޓަލް" އަށް ޕީއެންސީ އަށް އެކްސަސް އެބައޮތް: އެމްޑީޕީ
21 ޖެނުއަރީ 2026

އަޑި ނޭނގޭ ޑީލެއްގެ ދަށުން ހުޅުމާލެ އިން ބޮޑު ބިމެއް ލަގްޒަރީ ހައުސިންގ އެޅުމަށް ބަޔަކަށް ދިން މަައްސަލަ އޭސީސީ އިން ތަހުގީގު ކުރާ ކަމަށް ބުނެފި

21 ޖެނުއަރީ 2026
އަޑި ނޭނގޭ ޑީލެއްގެ ދަށުން ހުޅުމާލެ އިން ބޮޑު ބިމެއް ލަގްޒަރީ ހައުސިންގ އެޅުމަށް ބަޔަކަށް ދިން މަައްސަލަ އޭސީސީ އިން ތަހުގީގު ކުރާ ކަމަށް ބުނެފި
16 ޖެނުއަރީ 2026

މާލޭގެ މޭޔަރުގެ ޓިކެޓް އާދަމް އާޒިމް ކާމިޔާބު ކުރައްވައިފި

16 ޖެނުއަރީ 2026
މާލޭގެ މޭޔަރުގެ ޓިކެޓް އާދަމް އާޒިމް ކާމިޔާބު ކުރައްވައިފި
15 ޖެނުއަރީ 2026

ޕްރައިމަރީގައި ވޯޓުލާ މަރުކަޒުތައް ތައްޔާރު، އެދެނީ މެންބަރުން ނުކުމެ ސުލްހަވެރިކަމާއެކު ވޯޓުގެ ކަންތައް ނިންމާލުން: ގަފޫރު

15 ޖެނުއަރީ 2026
ޕްރައިމަރީގައި ވޯޓުލާ މަރުކަޒުތައް ތައްޔާރު، އެދެނީ މެންބަރުން ނުކުމެ ސުލްހަވެރިކަމާއެކު ވޯޓުގެ ކަންތައް ނިންމާލުން: ގަފޫރު
12 ޖެނުއަރީ 2026

ކައުންސިލް އިންތިޚާބުގެ ޕްރައިމަރީ އަށް މި ސަރުކާރުން ދަނީ ހުރަސް އަޅަމުން: އެމްޑީޕީ

12 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބުގެ ޕްރައިމަރީ އަށް މި ސަރުކާރުން ދަނީ ހުރަސް އަޅަމުން: އެމްޑީޕީ
12 ޖެނުއަރީ 2026

ޝަމާހު ވަކިކުރިތާ 24 ގަޑި އިރު ނުވަނީސް އޭނާގެ މައްސަލަ އެއް އޭސީސީ އިން ބަލަން ފަށައިފި

12 ޖެނުއަރީ 2026
ޝަމާހު ވަކިކުރިތާ 24 ގަޑި އިރު ނުވަނީސް އޭނާގެ މައްސަލަ އެއް އޭސީސީ އިން ބަލަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް