Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

ކައުންސިލް އިންތިޚާބާ އެކު ރިފަރެންޑަމް ވޯޓު ނަގާނަމަ އިތުރު 20 މިލިއަން ބޭނުންވާނެ: އީސީ

ލޯކަލް ކައުންސިލް އިންތިޚާބާއެކު ރިފަރެންޑަމް ވޯޓު ކުރިއަށްގެންދާ ނަމަ، ވޯޓު ކަރުދާސް ޗާޕުކުރުމާއި އޮފިޝަލުންގެ އެލަވަންސްތަކަށް އިތުރު 20 މިލިއަން ރުފިޔާ ބޭނުންވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ. ވަކިން މި ވޯޓު ނަގާ ނަމަ 60 އާއި 80 މިލިއަން ރުފިޔާއާ ދެމެދުގެ ބޮޑު ޚަރަދެއް ހިނގާނެ ކަމަށް އެ ކޮމިޝަނުން ލަފާކުރޭ. އެހެންކަމުން، މިކަމަށް ބޭނުންވާ ގާނޫނީ ބަދަލުތައް ވީހާވެސް އަވަހަށް ނިންމައި، އާންމުން ހޭލުންތެރިކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް އެ ކޮމިޝަނުން ވަނީ މަޖިލީހުގައި އެދިފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 2 ފެބުރުއަރީ 2026 | ހޯމަ 09:37
މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އިން އިލެކްޝަންސް ކޮމިޝަން އަދި ބަންޑާރަނައިބުގެ އޮފީހުގެ ބޭފުޅުންނާ ބައްދަލުކުރުން.

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އިން އިލެކްޝަންސް ކޮމިޝަން އަދި ބަންޑާރަނައިބުގެ އޮފީހުގެ ބޭފުޅުންނާ ބައްދަލުކުރުން. | ރައްޔިތުންގެ މަޖިލިސް

 ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭގޮތުން ފެންނަ ނުފެންނަ ވޯޓު ނެގުން ލޯކަލް ކައުންސިލް އިންތިޚާބާ އެކު ބާއްވާ ގޮތަށް ގާނޫނު ފާސް ކޮށްފި ނަމަ އިތުރު 20 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް، އިލެކްޝަންސް ކޮމިޝަން ގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވާހަަކަދައްކަވަމުން ޒާހިދު ވިދާޅުވީ މި ދެ އިންތިޚާބު އެއް ދުވަހެއްގައި ކުރިއަށްގެންދާ ނަމަ ވޯޓު ކަރުދާސް ޗާޕު ކުރުމާއި އޮފިޝަލުން ވެސް އިތުރަށް ނެގުމާއެކު އެލަވަންސް ދިނުމަށް އިތުރު ޚަރަދު ކުރަންޖެހޭނެ ކަމަށެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން ޚިޔާލު ހޯދުމަށް ރިފަރެންޑަމް ވޯޓަށް ބޭނުންވާ އިތުރު ފޮށިތައް ވެސް ރަށް ރަށަށް ފޮނުވަން ޖެހޭނެ ކަމަށާ އެކަމަށް ވެސް ފުދޭވަރެއްގެ ޚަރަދެއްގެ ދާނެ ކަމަށް ޒާހިދު ވިދާޅުވި އެވެ. އެހެންކަމުން ރިފަރެންޑަމް ވޯޓާ ކައުންސިލް އިންތިޚާބު ވޯޓު އެއްކޮށް ނަގަން ގާނޫނު ފާސް ކޮށްފި ނަމަ އިތުރަށް 20 މިލިއަން ރުފިޔާގެ ބަޖެޓް އެއް އެ ކޮމިޝަނަށް ބޭނުންވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

އުސޫލެއްގެ ގޮތުން ވަކިން ބާއްވާކަމުގަ ވަނީނަމަ އަޅުގަނޑުމެން މި ބަލަނީ ގާތްގަނޑަކަށް ވަކިން މިސާލަކަށް ރިފަރެންޑަމް ބާއްވަންޏާ ގާތްގަނޑަކަށް 60 މިލިއަން އާ 80 މިލިއަން އާ ދޭތެރޭގެ ޚަރަދެއް ދާނެ ވަކިން ބާއްވާ ކަމަށް ވަންޏާ. އެކަމު އެއްކޮށް ބާއްވާ ކަމަށް ވާނަމަ 20 މިލިއަނުން އަޅުގަނޑުމެންނަށް ވާނެ،
އިލެކްޝަންސް ކޮމިޝަން ގެ ރައީސް މުހައްމަދު ޒާހިދު 

ކޮމިޓީގައި ޒާހިދު ވިދާޅުވީ ދެ އިންތިޚާބު އެއްކޮށްލުމަކީ ރާއްޖޭގެ ޑިމޮކްރެޓިކް ވެއްޓަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް އެކަމާ ބެހޭ މައުލޫމާތު ފޯރުކޮށްދޭނެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

އެހެން ކަމުން ލޯކަލް ކައުންސިލް އިންތިޚާބާ އެކު ރިފަރެންޑަމް ބާއްވާ ނަމަ ރައްޔިތުންގެ މަޖިލީހުން ގާނޫނު އަސާސީ އަށް ބަދަލުގެނައުމާއި އެކަމާ ގުޅިގެން ދެން ކުރަން ޖެހޭ ކަންކަން ވީ އެންމެ އަވަހަކަށް ކޮށް އިލެކްޝަނަށް މިކަން ފަސޭހަކަމާއެކު ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ވެސް ޒާހިދު ވަނީ އެދިވަޑައިގެންފަ އެވެ. 

ރިފަރެންޑަމް ގާނޫނުގައިވާ ގޮތުން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ބޭއްވުމަށް އެދި ހުށަހަޅާ ތާރީހާއި ވޯޓު ނެގުމާ ދެމެދު މަދުވެގެން 45 ދުވަސް އަދި ގިނަވެގެން 90 ދުވަހުގެ މުއްދަތެއް އޮންނަންޖެހެ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި އާންމުން ހޭލުންތެރިކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދަންޖެހޭނެ ކަމަށް ވެސް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

މުޙައްމަދު ޒާހިދުއިލެކްޝަންސް ކޮމިޝަންރިޔާސީ އިންތިޚާބުމަޖިލީސް އިންތިޚާބުލޯކަލް ކައުންސިލް އިންތިހާބުޚިޔާލު ހޯދުމުގެ ވޯޓުމިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ރިފަރެންޑަމް ވޯޓާ ގުޅޭ ގޮތުން އީސީގެ ރައީސް އޮޅުވާލައްވަން އުޅުއްވުމުން ކޮމިޓީ ހޫނުވެއްޖެ

ރިފަރެންޑަމް ވޯޓާ ގުޅޭ ގޮތުން އީސީގެ ރައީސް އޮޅުވާލައްވަން އުޅުއްވުމުން ކޮމިޓީ ހޫނުވެއްޖެ

02 ފެބުރުއަރީ 2026
ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު ޝަރުތު ހަމަވީ 2،993 ކެންޑިޑޭޓުން

ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު ޝަރުތު ހަމަވީ 2،993 ކެންޑިޑޭޓުން

02 ފެބުރުއަރީ 2026
ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ޓިކެޓުގައި ވާދަ ކުރަން އީސީ އަށް 912 ކެނޑިޑޭޓުން ހުށަހަޅައިފި

ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ޓިކެޓުގައި ވާދަ ކުރަން އީސީ އަށް 912 ކެނޑިޑޭޓުން ހުށަހަޅައިފި

01 ފެބުރުއަރީ 2026
ހީލަތްތެރި ގޮތުގައި މުއިއްޒުގެ ފައިސާ ޗާޕު ކުރުމަށް ދެކޮޅުހެދި ޕެންޝަން ބޯޑަށް ސެލިއުޓް!!

ހީލަތްތެރި ގޮތުގައި މުއިއްޒުގެ ފައިސާ ޗާޕު ކުރުމަށް ދެކޮޅުހެދި ޕެންޝަން ބޯޑަށް ސެލިއުޓް!!

01 ފެބުރުއަރީ 2026
ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީ އަށް ކުރިމަތިލާން  އިތުރުކޮށް ދިން ސުންގަޑީގެ މުއްދަތު އާދިއްތަ ދުވަހު ހަމަވާނެ.

ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީ އަށް ކުރިމަތިލާން އިތުރުކޮށް ދިން ސުންގަޑީގެ މުއްދަތު އާދިއްތަ ދުވަހު ހަމަވާނެ.

31 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު