Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ ހަރުގެ ޖަލްސާ

ޕީއެންސީގެ ލަދެއް ހަޔާތެއް ހުރި ނަމަ ކެންޑިޑޭޓުން ނެރެގެން، ލޯގޯ ޖަހައިގެން ކައުންސިލް އިންތިޚާބަށް ނުނިކުންނާނެ - އައްޑޫ މޭޔަރ

ޕީއެންސީގެ ފިކުރަކީ ހަރުކަށި ރައްޔިތުންނާއި ބީރައްޓެހި ފިކުރެއް ކަމަށް ނިޒާރު ވަނީ ވިދާޅުވެފަ. މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ ޕީއެންސީ އަށް އޮތް ނަމަވެސް ލާމަރުކަޒީ ޤާނޫނަށް އެއްވެސް ހެޔޮ ބަދަލެއް ނުގެންނަ ކަަމަށް ނިޒާރު ވިދާޅުވި.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 3 ފެބުރުއަރީ 2026 | އަންގާރަ 11:54
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު | ރާއްޖެ އެމްވީ

ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ލަދެއް ހަޔާތެއް ހުރި ނަމަ ކެންޑިޑޭޓުން ނެރެގެން، ލޯގޯ ޖަހައިގެން ކައުންސިލް އިންތިޚާބަށް ނުނިކުންނާނެ ކަމަށް އައްޑޫގެ މޭޔަރ އަދި އެމްޑީޕީގެ މޭޔަރ ކެންޑިޑޭޓް އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ އަންގާރަ ދުވަހުގެ ރޭ އެމްޑީޕީގެ ހަރުގެ ޖަލްސާގައި އޮންލައިންކޮށް ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުންނެވެ. 

Advertisement - newsAdvertisement

ކައުންސިލްތަކުގެ ބާރުތައް އެއްކޮށް ކަނޑުވާލައި، ސަރުކާރުން އިންތިޚާބަށް ކުރިމަތިލުމަކީ ލަދުވެތި ކަމެއްގެ ގޮތުގައި ނިޒާރު ސިފަކުރެއްވި އެވެ. ކައުންސިލްތަކުގެ ބާރުތައް ނިގުޅައިގަނެ، އަމަލީ ގޮތުން އެ އިދާރާތައް ސަސްޕެންޝަނެއްގައި އޮންނަތާ އަހަރެއްވާން ކައިރިވެފައިވާ ކަން ނިޒާރު ފާހަގަކުރެއްވި އެވެ. ނިޒާރު އެގޮތަށް ފާހަގަކުރެއްވީ، ކައުންސިލްތަކުގެ މަސައްކަތްތައް ހުއްޓޭ މިންވަރަށް ބާރުތައް ކޮންޓްރޯލް ކޮށްފައިވާތީ އެވެ.

ޕީއެންސީން ރިޔާސީ އިންތިޚާބު ކާމިޔާބުކުރީ އަވަށްޓެރި ގައުމުތަކާމެދު ނަފްރަތު އުފައްދައި، ރައްޔިތުންނަށް ހަގީގަތް އޮޅުވާލައިގެން ކަމަށާއި، އެކަން ނޭނގޭ ދިވެހި ރައްޔިތަކު ނެތް ކަމަށް ނިޒާރު ވިދާޅުވި އެވެ. މީގެއިތުރުން، ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ވެސް ސަރުކާރުން ކާމިޔާބީ ހޯދުމަށް މަސައްކަތް ކުރަމުންދަނީ އޮޅުވާލުމާއި މަކަރުވެރިކަމުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ. ނިޒާރު އިތުރަށް ސިފަކުރެއްވި ގޮތުގައި، ޕީއެންސީގެ ފިކުރަކީ ރައްޔިތުންނާ ބީރައްޓެހި، ހަރުކަށި ފިކުރެކެވެ.

"ޕީއެންސީ އިން ގެންގުޅެނީ ހަރުކަށި ވަތަނީ ފިކުރެއް. އެމްޑީޕީ އިން ގެންގުޅެނީ ހުޅުވިފައިވާ ފިކުރެއް." ނިޒާރު ވިދާޅުވި އެވެ.

ކައުންސިލްތައް ބާރުވެރިކުރުވައިގެން ހިންގުމުގައި އެމްޑީޕީން ތަފާތު ދައްކާފައިވާކަން ފާހަގަކުރައްވައި، ނިޒާރު ވިދާޅުވީ ޕީއެންސީން ލާމަރުކަޒީ ގާނޫނަށް ގެއްލުންވާ ގޮތަށް ވިޔާނުދާ ކޮށް އެތައް ކަމެއް ކޮށްފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އަގުލަބިއްޔަތު ޕީއެންސީއަށް ލިބިފައިވީ ނަމަވެސް، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށް ގާނޫނަށް އެއްވެސް ހެޔޮ ބަދަލެއް ނުގެންނަ ކަމަށް ނިޒާރު ވިދާޅުވި އެވެ.

ޕްރޮގްރެސިވް ނޭޝަނަލް ކޮންގްރެސްއަލީ ނިޒާރުއައްޑޫއެމްޑީޕީކައުންސިލް އިންތިޚާބު

ކޮމެންޓް

އިތުރަށް ކިޔާލަން

ކުރިއަށް އޮތް ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވާދަކުރާ ގއ.ކޮލަމާފުށީގެ އެމްޑީޕީގެ ކެންޑިޑޭޓުންނާއި، އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް ބައްދަލުކުރައްވައިފި

03 ފެބުރުއަރީ 2026
ފައިސާ ބެހުމާއި ނަފްސު ވިއްކާލުމަކީ އެމްޑީޕީގެ މެމްބަރުން ކުރާނެ ކަމެއް ނޫން: ކުޑޫ

ފައިސާ ބެހުމާއި ނަފްސު ވިއްކާލުމަކީ އެމްޑީޕީގެ މެމްބަރުން ކުރާނެ ކަމެއް ނޫން: ކުޑޫ

03 ފެބުރުއަރީ 2026
ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މިއަދު އޮތީ ގޮނޑުގަ: ޣަފޫރު

ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މިއަދު އޮތީ ގޮނޑުގަ: ޣަފޫރު

03 ފެބުރުއަރީ 2026
ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީ ގެ އިންތިޚާބަކީ ދެފުށް ފެންނަ ގޮތަށް ވޯޓުލުމަށް ފުރުސަތު ލިބޭ ފަހު އިންތިޚާބަށް ވެދާނެ: އަބްދުﷲ ޝާހިދު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީ ގެ އިންތިޚާބަކީ ދެފުށް ފެންނަ ގޮތަށް ވޯޓުލުމަށް ފުރުސަތު ލިބޭ ފަހު އިންތިޚާބަށް ވެދާނެ: އަބްދުﷲ ޝާހިދު

03 ފެބުރުއަރީ 2026
ގއ.ކޮލަމާފުށީ އިންޖީނުގެ ހިންގުމާއި ހަވާލުވެ ހުރި ނާސިރު މަޤާމުން ވަކިކުރުމަކީ، މިނިވަންކަމާ އެކު ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ ހުރިހާ މުވައްޒަފުންނަށް ބިރުދައްކަން ސަރުކާރުން ހިންގި ފިނޑި އަމަލެއް: ފައްޔާޒް

02 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

17 މެއި
ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ވިލާ ޓްރެވެލްސްގެ ޙިދުމަތްތައް އިތުރަށް ފުޅާކޮށް، ޗާންދަނީ މަގުގައި އައު އޮފީސް ހުޅުވައިފި

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އެންމެ ނާކާމިޔާބު ކެންޑިޑޭޓު، ފިސާރި ކާމިޔާބު!

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

މުސްކުޅި ބައްޕަގެ ހާލަތު ފެނިފައި އަސަރު ކުރީ ދުރު ހިލޭ މީހަކަށް!

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި
20224 އަހަރު ކުރިން
ދުނިޔެ

ޔޫރަޕްގެ ބަޔެއް ގައުމުތަކުގައި މަންކީ ޕޮކްސް ފެތުރެންފަށައިފި

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި
20215 އަހަރު ކުރިން
ދުނިޔެ

ފަތާފައި ސްޕެއިނަށް އެރި ގިނަ އަދަދެއްގެ ބަޔަކު އަނބުރާ ފޮނުވާލައިފި

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!
20197 އަހަރު ކުރިން
ރާއްޖެ

މަޖިލިސް ރައީސް ކަމަށް ގެނައުމަށް ރައީސް ޞާލިހް \"ލޮބީ\" ކުރައްވަނީ އަފީފް އަށް!

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު
20188 އަހަރު ކުރިން
ދިވެހި ބަސް

ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު