Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ޑިކްޓޭޓަރު ތުހުމަތު

ރައީސް މުއިއްޒު އަކީ ޑިކްޓޭޓަރެއް ކަމަށް އަމިއްލަފުޅަށް ތަކުރާރުކޮށް އެބަ އިއުތިރާފްވެވަޑައިގަންނަވާ: މީކާއިލް

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މިކާއިލް އަހުމަދު ނަސީމް ވިދާޅުވީ ރައީސް މުއިއްޒު އިދާރާތަކުގެ ކޮންޓްރޯލް އެ މަނިކުފާނުގެ އަތްޕުޅުގައި އޮންނަން ޖެހޭ ކަމަށް ބުނުމަކީ ޚުދުމުހުތާރު ކަމަށް އަމިއްލަފުޅަށް އިއުތިރާފް ވުން ކަމަށް.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 30 ޖެނުއަރީ 2026 | ހުކުރު 14:10
މެމްބަރު މީކާއިލް އެމްޑީޕީގެ ޖަލްސާގައި ވާހަކަދައްކަވަނީ

މެމްބަރު މީކާއިލް އެމްޑީޕީގެ ޖަލްސާގައި ވާހަކަދައްކަވަނީ | ރާއްޖެ އެމްވީ

ރައީސް ޑރ.މުހައްމަދު މުއިއްޒު އަކީ ޑިކްޓޭޓަރެއް ކަމަށް އަމިއްލަފުޅަށް ތަކުރާރުކޮށް އެބަ އިއުތިރާފްވެވަޑައިގަންނަވާ ކަމަށް ރައްޔިތުން ގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާ ގެ މެންބަރު މިކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. 

Advertisement - newsAdvertisement

ރައީސް މުއިއްޒު ގެންދަވަނީ އިލެކްޝަންސް ކޮމިޝަން ހިމެނޭހެން އެކި އިދާރާތަކުގެ ކޮންޓްރޯލް އެ މަނިކުފާނުގެ އަތްޕުޅުގައި އޮންނަން ޖެހޭ ކަމަށް ބުނަމުން ކަމަށާއި އެއީ ވަރަށް ޚުދުމުހުތާރު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. މީކާއިލް ވިދާޅުވީ ޖަވާބުދާރީ ކުރެވޭ ގޮތަށް އެކުލަވާލާފައިވާ ވެރިކަމުގެ ނިޒާމް ސަރުކާރުން އެއްކޮށް ނިގުޅައިގަންނަމުންދާ ކަމަށެވެ. މީގެ އިތުރުން ރައީސް މުއިއްޒު، ބޭރު ފައިސާ މާރުކުރާނެ ކަމަށް ވިދާޅުވުމާއި، އެމްއެމްއެމްއޭ އަށް އެކަން ފާސްކުރަން ފުރުސަތު ނުދޭނެ ކަަމަށް ވިދާޅުވުމާއި، ސިވިލް ސަރވިސް ޤާނޫނާއި މެދު ރައީސް ބަސް ވިދާޅުވުމަކީ އަމިއްލަފުޅު ޚުދުމުހުތާރުކަން އަމިއްލަ އަށް ވިދާޅުވެދެއްވުން ކަމަށް މީކާއިލް ވިދާޅުވި އެވެ. އިންތިޚާބީ ވެރިއެއްގެ އެއްވެސް ސިފަ އެއް މުއިއްޒުގެ ކިބައިން ނުފެންނަ ކަމަށް މީކާއިލް ވިދާޅުވި އެވެ. 

"މިކަމަށް ފާރަވެރިވާން ޖެހޭ. މި ކެމްޕެއިން ބާރަށް ކުރިއަށް ގެންގޮސް ބޮޑުކޮށް ބަލިކޮށްލަން އެބަ ޖެހޭ. އަދި މި އިންތިޚާބަށް ނުކުންނަ އިރު ކޮމިޝަން އޮތީ ކޮން ހާލަތެއްގައި ކަން ވަރަށް ސާފު. ރައީސް އާއި އެކު ސިއްރު ބައްދަލުވުންތައް އެބަ ބާއްވާ، އެއީ ޤާނޫނުއަސާސީ ތަސައްވުރު ކުރާ ގޮތެއް ނޫން." އޭނާ ވިދާޅުވި އެވެ.

މީކައިލް ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު މުހިންމުވާ ސަބަބަކީ އުމްރާނީ ތަރައްޤީ ފުރިހަމަ ވުން އިންތިޚާބާއި ގުޅިފައިވާތީ ކަމަށެވެ. އެ އިންތިޚާބު މުހިންމުވާ އަނެއް ސަބަބަކީ މިއީ ޑިމޮކްރަސީ އާއި ލާމަރުކަޒީ ނިޒާމް ދަމަހައްޓަން ލިބޭ ފަހު ފުރުސަތަށް ވާތީ ކަަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. ކައުންސިލް އިންތިޚާބުގައި އެންމެން އެކު އެކީގައި މަސައްކަތް ކުރުން ވަރަށް މުހިންމު ކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުމީކާއިލް އަހުމަދު ނަސީމްމޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއިލެކްޝަންސް ކޮމިޝަންލޯކަލް ކައުންސިލް އިންތިޚާބު 2026

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސަރުކާރަށް ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ ލިބިއްޖެނަމަ ކައުންސިލްތަކުގެ ހުރިހާ ވިޔަފާރިއެއް ހުއްޓުވާނެ: ޔައުގޫބް

ސަރުކާރަށް ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ ލިބިއްޖެނަމަ ކައުންސިލްތަކުގެ ހުރިހާ ވިޔަފާރިއެއް ހުއްޓުވާނެ: ޔައުގޫބް

30 ޖެނުއަރީ 2026
އެމްޑީޕީއާ އިދިކޮޅު ފިކުރުގެ ސިޔާސީ ބޭފުޅުންނަކީ އަބަދުވެސް ޖެއްސުން ކުރުމުގެ ސަގާފަތެއް ގެންގުޅޭ ބައެއް: މެންބަރު އަމީން

އެމްޑީޕީއާ އިދިކޮޅު ފިކުރުގެ ސިޔާސީ ބޭފުޅުންނަކީ އަބަދުވެސް ޖެއްސުން ކުރުމުގެ ސަގާފަތެއް ގެންގުޅޭ ބައެއް: މެންބަރު އަމީން

30 ޖެނުއަރީ 2026
ހުއްޓިފައި އޮތް ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފަށައިފިކަން ރައީސް މުޢިއްޒު އިއުލާން ކުރައްވައިފި

ހުއްޓިފައި އޮތް ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފަށައިފިކަން ރައީސް މުޢިއްޒު އިއުލާން ކުރައްވައިފި

30 ޖެނުއަރީ 2026
ދަމަނަވެށިން ވެކްސިން ހުސްވެ، އުމްރާ ވެރިންނަށް ބައެއްކަހަލަ ވެކްސިން ދިނުން މެދުކަނޑާލައިފި

ދަމަނަވެށިން ވެކްސިން ހުސްވެ، އުމްރާ ވެރިންނަށް ބައެއްކަހަލަ ވެކްސިން ދިނުން މެދުކަނޑާލައިފި

29 ޖެނުއަރީ 2026
މުއިއްޒު ތިމާވެށީގެ ގާނޫނުގެ ބާރު ކަނޑުވާލައިފި، ވިހަފަރު ހިއްކަން ފެށީ ތިމާވެށީގެ ގާނޫނާއި ޚިލާފަށް!

މުއިއްޒު ތިމާވެށީގެ ގާނޫނުގެ ބާރު ކަނޑުވާލައިފި، ވިހަފަރު ހިއްކަން ފެށީ ތިމާވެށީގެ ގާނޫނާއި ޚިލާފަށް!

29 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

20 ފެބުރުއަރީ
ޖުމްލަ އާމްދަނީ ދަށަށް، މުސާރައިގެ ޚަރަދު މައްޗަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ޖުމްލަ އާމްދަނީ ދަށަށް، މުސާރައިގެ ޚަރަދު މައްޗަށް

ދިހަ މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު، ނާޖާއިޒު މަންފާއަކަށް ނުވޭތޯ؟
20242 އަހަރު ކުރިން
ރިޕޯޓު

ދިހަ މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު، ނާޖާއިޒު މަންފާއަކަށް ނުވޭތޯ؟

ރާއްޖޭގައި ކުޅުނު ލަންކާ ކީޕަރު ސުޖަންގެ ކަންބޮޑުވުންތައް އޮއްސާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

ރާއްޖޭގައި ކުޅުނު ލަންކާ ކީޕަރު ސުޖަންގެ ކަންބޮޑުވުންތައް އޮއްސާލައިފި

މޭރީގެ ލޭގައި މީހަކު މަރާލެވިދާނެ ފަދަ ކެމިކަލްއެއް، އެ ކެމިކަލް ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގައި!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ ލޭގައި މީހަކު މަރާލެވިދާނެ ފަދަ ކެމިކަލްއެއް، އެ ކެމިކަލް ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގައި!

ދިވެހި ކަނޑުތައް ދިފާއުކުރުމުގެ ގާބިލު ކަމާއި ޖޯރު ދިވެހި އަސްކަރިއްޔާއަށް ލިބެންޖެހޭ
20215 އަހަރު ކުރިން
ރިޕޯޓު

ދިވެހި ކަނޑުތައް ދިފާއުކުރުމުގެ ގާބިލު ކަމާއި ޖޯރު ދިވެހި އަސްކަރިއްޔާއަށް ލިބެންޖެހޭ

ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
20197 އަހަރު ކުރިން
ރާއްޖެ

ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!

ކުއްލި ހާލަތެއް ނެތް، ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލަން ޕީޖީ އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ހާލަތެއް ނެތް، ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލަން ޕީޖީ އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު