Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ށ.ފޯކައިދޫ ޖަލްސާ

އިންތިޚާބުވާ މީހުންނަކީ ރައްޔިތުންގެ ޚާދިމުން ކަމުގެ ވިސްނުން ގެންގުޅޭ ހަމައެކަނި ޕާޓީ އަކީ އެމްޑީޕީ، ޚިދުމަތް ދިނުމުގައި ތަފާތު ވަނީ އެ ސަބަބާއި ހުރެ: ސަލީމް

ށ. ފޯކައިދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ކުރީގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ، ރައްޔިތުންނަށް ރަނގަޅު ކުރިމަގެއް ހޯދުމަށް ކުރިއަށް އޮތް ކައުންސިލް އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކޮށްދިނުން މުހިންމު ކަމަށް. ރަށްރަށުގެ ތަރައްގީއަށް މައި ސަރުކާރަށްވުރެ ކައުންސިލްތަކުގެ ދައުރު ބޮޑުކަން ފާހަގަކުރައްވައި، ލާމަރުކަޒީ ނިޒާމު އިތުރަށް ފައްކާކުރުމަށް އެ ޕާޓީއަށް ވޯޓުދޭންޖެހޭ ކަމަށް އޭނާ ވިދާޅުވި.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 7 ފެބުރުއަރީ 2026 | ހޮނިހިރު 20:40
ރައްޔިތުން މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް

ރައްޔިތުން މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް | އެމްޑީޕީ

އިންތިޚާބުވާ މީހުންނަކީ ރައްޔިތުންގެ ޚާދިމުން ކަމުގެ ވިސްނުން ގެންގުޅޭ ހަމައެކަނި ޕާޓީ އަކީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ކަމަށާއި ޚިދުމަތް ދިނުމުގައި އެމްޑީޕީ ތަފާތު ވަނީ އެ ސަބަބާއި ހުރެ ކަމަށް ރައްޔިތުން މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.

ސަލީމް އެފަދައިން ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ އެމްޑީޕީ އިން ފޯކައިދޫގައި ބޭއްވި ހޭވައްލާ ތައްޔާރު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އެމްޑީޕީ އާއި  އެހެނިހެން ޕާޓީތަކާއި އޮތް ތަފާތަކީ ރައްޔިތުންނަށްޓަކާ ހިތުގައި އޯގާތެރިކަން އޮތް ޕާޓީ އަކަށް އެ ޕާޓީ ވުން ކަމަށް ސަލީމް ވަނީ ވިދާޅުވެފަ އެވެ. 

އެމްޑީޕީ އަށް ވޯޓުލައިގެން ނޫނީ ރަނގަޅު ފަހި މުސްތަގްބަލެއް ނުލިބޭނެ ކަމަށް ވެސް ސަލީމް ވިދާޅުވި އެވެ. ށ.ފޯކައިދޫ އަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަތުމުން އެ ރަށުން ކީ ހޫނު މަރުޚަބާ ފާހަގަކުރައްވާ ސަލީމް ވިދާޅުވީ އެކަމުގެ ސަބަބުން އެމްޑީޕީ އިން ކައުންސިލް އިންތިޚާބު ކާމިޔާބުކުރުމަށް ކުރަމުންދާ މަސައްކަތަށް އުންމީދެއް ލިބުނު ކަމަށެވެ. 

މީގެ އިތުރުން ށ.ފޯކައިދޫ އޮތީ ބީވެދިޔަ އެމްޑީޕީގެ ހެޔޮ، އޯގާވެެރި ވެރިކަމަށް ބޭނުންވެފައި ކަން، ފޯކައިދޫ އަށް ކުރި ދަތުރުން އެނގުނު ކަމަށް ސަލީމް ވިދާޅުވި އެވެ. އެމްޑީޕީގެ ވެރިކަމެއް އަލުން ހޯދުމަށް އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ކައުންސިލް އަދި ޑަބްލިއުޑީސީ އިންތިޚާބުގައި އެ ޕާޓީ އަށް ވޯޓު ދިނުން ކަމަށް ސަލީމް ވަނީ ވިދާޅުވެފަ އެވެ

ރައީސް ސޯލިހު އަށް މަރުޚަބާ ކިޔުމަށް އެމްޑީޕީ ނޫން ރަށަށް ލޯބިވާ މީހުން ވެސް ގޮސް ތިބި ކަމަށް ސަލީމް ވިދާޅުވި އެވެ. ރަށަށް ހެޔޮ އެދޭ މީހާ ޕާޓީ އަށް ވުރެ ބޮޑަށް އިސްކުރާނީ ރަށުގެ މަސްލަހަތުކަން ށ.ފޯކައިދޫ އިން ދައްކުވައިދީފައިވާ ކަމަށް ސަލީމް ވިދާޅުވި އެވެ. 

"މި ރަށުގެ ރައްޔިތުންނަކީ މި ރަށަށް ވާނެ އެއްޗެއް ވާން އެ ގޮތް ބައްލަވައިގެން ތިއްބަވާނެ ބައެއް ނޫނޭ ދޭހަވީ. އެހެންވީމަ އުންމީދު އާވީ. މި ރަށަށް ވެރިން ވަޑައިގެން ހާދަ ވާހަކަ އެއް ދައްކަވާފައި އެބަ އޮތޭ. މުޅިން ވެސް ބަނދަރުގެ ވާހަކަ. ރުހުން ހޯދަން ތާއީދު ހޯދަން އެންމެ ބޮޑަށް ދެއްކެވީ ބަނދަރުގެ ވާހަކަ. އެކަމަކު ހަވީރު ބަނދަރުން ދިމާވި މީހެއް ބުނި މާގިނަ ވާހަކަ ނުދައްކަވާ އެކަން ކޮށްދެއްވީ ރައީސް ސޯލިހު އޭ." ސަލީމް ވިދާޅުވި އެވެ.

ށ.ފޯކައިދޫގައި ވެސް އެހެނިހެން ކައުންސިލްތަކުގައި ވެސް ކުރިމަގު ރަނގަޅުވާނީ އެމްޑީޕީ އާއި އެކުގައި ކުރިއަށް ގޮސްގެން ކަމަށް ސަލީމް ވިދާޅުވި އެވެ. އޭގެ އިތުރުން ސަލީމް ވިދާޅުވި ގޮތުގައި މައި ސަރުކާރަށް ވުރެ ރަނގަޅަށް ރަށްރަށުގެ ކަންކަން ކުރެވޭނީ ކައުންސިލްތަކަށެވެ. އެގޮތުން މައި ސަރުކާރަށް ވުރެ ރަށު ފެންވަރުގައި ކަންކަން ކުރަން ކައުންސިލްތައް މާ ޤާބިލްކަން ކައުންސިލްތަކުން ދައްކުވައިދީފައިވާ ކަަމަށް ސަލީމް ވަނީ ވިދާޅުވެފަ އެވެ. ލާމަރުކަޒީ ނިޒާމް އިތުރަށް ފައްކާކުރަން އަދިވެސް ވަރަށް ބައިވަރު މަސައްކަތް ކުރަން ޖެހޭ ކަމަށް ސަލީމް ވިދާޅުވި އެވެ. 

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީފޯކައިދޫއިބްރާހިމް މުހައްމަދު ސާލިހުލާމަރުކަޒުކުރުންހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް

ކޮމެންޓް

އިތުރަށް ކިޔާލަން

ލާމަރުކަޒީ ނިޒާމް ދަމަހައްޓާ ރަށްރަށް ތަރައްގީކުރަން އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓުދޭންޖެހޭ: ރައީސް ސޯލިޙް

ލާމަރުކަޒީ ނިޒާމް ދަމަހައްޓާ ރަށްރަށް ތަރައްގީކުރަން އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓުދޭންޖެހޭ: ރައީސް ސޯލިޙް

07 ފެބުރުއަރީ 2026
ށ. ފޯކައިދޫ އިން ރައީސް ޞާލިހަށް ހޫނު މަރުހަބާއެއް

ށ. ފޯކައިދޫ އިން ރައީސް ޞާލިހަށް ހޫނު މަރުހަބާއެއް

07 ފެބުރުއަރީ 2026
ހުޅުމާލެ އުތުރު ދާއިރާގައި އެމްޑީޕީ އިން ކުރިޔަށް ގެންދިޔަ ދޮރުން ދޮރަށް ހަރަކާތަށް ހޫނު ތަރުހީބެއް

ހުޅުމާލެ އުތުރު ދާއިރާގައި އެމްޑީޕީ އިން ކުރިޔަށް ގެންދިޔަ ދޮރުން ދޮރަށް ހަރަކާތަށް ހޫނު ތަރުހީބެއް

07 ފެބުރުއަރީ 2026
ކުރީ ސަރުކާރުގައި ހިތާދޫ ބަނދަރު މަޝްރޫއުގެ 90 އިންސައްތަ މަސައްކަތް ނިންމި ނަމަވެސް މިސަރުކާރުގައި މަސައްކަތް ކުރިއަށް ނުދޭ

ކުރީ ސަރުކާރުގައި ހިތާދޫ ބަނދަރު މަޝްރޫއުގެ 90 އިންސައްތަ މަސައްކަތް ނިންމި ނަމަވެސް މިސަރުކާރުގައި މަސައްކަތް ކުރިއަށް ނުދޭ

07 ފެބުރުއަރީ 2026
ރައީސް ސޯލިޙް ފޯކައިދޫ އަށް ފުރާވަޑައިގެންފި

ރައީސް ސޯލިޙް ފޯކައިދޫ އަށް ފުރާވަޑައިގެންފި

07 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

11 އެޕްރީލު
ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!

އަނެކާއަށް ދުޢާކޮށްދޭށެވެ.
20233 އަހަރު ކުރިން
އިސްލާމް

އަނެކާއަށް ދުޢާކޮށްދޭށެވެ.

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟
20224 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު