Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލޯކަލް ކައުންސިލް އިންތިޚާބު

ވެރިކަމުގެ ބާރާއި ނުފޫޒުގައި ވެސް ކައުންސިލްގެ ހުރިހާ ގޮނޑިއަކަށް ވެރިކަން ކުރާ ޕީއެންސީ އަށް ކެންޑިޑޭޓުން ނުނެރެވުނު!

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ޖުމްލަ 2،993 ކެންޑިޑޭޓުން ވާދަކުރާއިރު، އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި މި އިންތިޚާބުތަކުގައި 6 ސިޔާސީ ޕާޓީއަކުންނާއި އަމިއްލަ ގޮތުން ގިނަ އަދަދެއްގެ ބަޔަކު ވާދަކުރާއިރު، ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުމަށް ގުރުއަތުލުން އަންނަ ހަފްތާގައި ބޭއްވުމަށް ވަނީ ނިންމާފައި.

ރާއްޖެ އެމްވީ | 3 ފެބުރުއަރީ 2026 | އަންގާރަ 09:22
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026ގައި ހަރަކާތްތެރިވާ އޮފިޝަލުންގެ ތަމްރީން ޕްރޮގްރާމްގެ ތެރެއިން.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026ގައި ހަރަކާތްތެރިވާ އޮފިޝަލުންގެ ތަމްރީން ޕްރޮގްރާމްގެ ތެރެއިން. | އިލެކްޝަންސް ކޮމިޝަން

ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ޖުމްލަ 678 ކެންޑިޑޭޓުން އިންތިޚާބުކުރާއިރު ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ކެންޑިޑޭޓުން ނެރެވުނީ 665 ގޮނޑިއަށް ކަމަށް އިލެކްޝަންސް ކޮމިޝަންގެ މައުލޫމާތުން ހާމަ ވެއްޖެ އެވެ.

އޭގެ އިތުރުން އަންހެނުންގެ ތަރައް ޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ތަކަށް ޖުމްލަ 678 ކެންޑިޑޭޓުން އިންތިޚާބުކުރާއިރު ޕީއެންސީ އިން ވާދަ ކުރަނީ 665 ކެންޑިޑޭޓުންނެވެ.

Advertisement - newsAdvertisement

ކައުންސިލް އަދި ޑަބްލިޔުޑީސީ ގެ އިންތިޚާބަށް އިއުލާނު ކުރުމުގެ މާކުރިން ރަށްރަށަށް ސަރުކާރުގެ އެކިވަރުގެ ނުފޫޒު ހުރި ފަރާތްތައް ހިމެނޭ ވަފުދުތައް ފޮނުވައިގެން ކެންޑިޑޭޓުން ހޯދުމުގެ މަސައްކަތް ކޮށްފައިވާކަން ފާހަގަ ކުރެވެ އެވެ.

އަންނަ އޭޕްރީލު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި 6 ސިޔާސީ ޕާޓީ އަކުން 1،210 ކެންޑިޑޭޓުންނާއި އަމިއްލަ ގޮތުން 401 ކެންޑިޑޭޓުން ވާދަ ކުރާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަ ކޮށްފަ އެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގައި ވާދަ ކުރާ ޖުމްލަ ކެނޑިޑޭޓުންގެ އަދަދަކީ 2،993 އެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު ޕީއެސްއެމް އަށް މައުލޫމާތު ދެއްވަމުން ހޯމަ ދުވަހު ވިދާޅުވީ، ކައުންސިލް އިންތިޚާބުގައި ވާދަކުުރުމުގެ ޝަރުތު ހަމަވާ ކަމަށް 1،611 ފަރާތެއްގެ އެޕްލިކޭޝަން ގަބޫލު ކޮށްފައިވާ ކަމަށެވެ.

ކައުންސިލްތަކަށް ޖުމްލަ 678 ކެންޑިޑޭޓުން އިންތިޚާބުކުރުމަށް ހަމަޖެހިފައިވާއިރު، ޕީއެންސީ އިން 665 ކެންޑިޑޭޓުން ވާދަކުރާ އިރު، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން 495 ކެންޑިޑޭޓުން ވާދަ ކުރެ އެވެ. މީގެ އިތުރުން އަމިއްލަ ގޮތުން ވާދަ ކުރާ 401 ކެންޑިޑޭޓުންގެ އިތުރުން ދެން ހިމެނެނީ ކުދި ޕާޓީތަކުން ނެރޭ މަދު އަދަދެއްގެ ކެންޑިޑޭޓުންނެވެ. އެ ގޮތުން މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އިން 31 ކެނޑިޑޭޓުން، ޖުމްހޫރީ ޕާޓީ އިން 8 ކެންޑިޑޭޓުން، ދަ ޑިމޮކްރެޓްސް އިން 8 ކެންޑިޑޭޓުން އަދި ޢަދާލަތު ޕާޓީ އިން 3 ކެންޑިޑޭޓުން ވާދަ ކުރެ އެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް  678 ކެނޑިޑޭޓުން އިންތިޚާބު ކުރުމަށް ހަމަޖެހިފައިވާއިރު، މި އިންތިޚާބަށް ހުށަހެޅި 1،611 ފޯމުގެ ތެރެއިން 1،383 ފަރާތުގެ ކެނޑިޑެންސީ ގަބޫލުކޮށްފައިވެ އެވެ. މީގެ ތެރެއިން ސިޔާސީ ޕާޓީ ތަކަށް ނިސްބަތްވަނީ، 5 ސިޔާސީ ޕާޓީ ތަމްސީލު ކުރާ 1،116 ކެނޑިޑޭޓުންނެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ޕީއެންސީ އިން 658 ކެންޑިޑޭޓުން ވާދަކުރާއިރު، އެމްޑީޕީ އިން 417 ކެންޑިޑޭޓުން ވާދަ ކުރެ އެވެ. ދެން އެންމެ ގިނަ ކެންޑިޑޭޓުން ވާދަ ކުރަނީ އަމިއްލަ ގޮތުންނެވެ. އެއީ 267 ކެންޑިޑޭޓުންނެވެ. އޭގެ އިތުރުން މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އިން 28 ކެނޑިޑޭޓުން، ޖުމްހޫރީ ޕާޓީ 7 ކެންޑިޑޭޓުން، ދަ ޑިމޮކްރެޓްސް 8 ކެންޑިޑޭޓުން އަދި އަދާލަތު ޕާޓީ އިން 6 ކެންޑިޑޭޓުން ވާދަ ކުރާނެ އެވެ.

އަންނަ ހަފްތާގެ ތެރޭގައި، ފެބްރުއަރީ 12 ނުވަތަ 13 ގައި ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރުމަށް ގުރުއަތު ނެގުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި، އޭގެ ކުރިން ނަން އަނބުރާ ގެންދިޔުމުގެ ފުރުޞަތު އޮންނާނެ ކަމަށް ވެސް އިލެކްޝަންސް އިން ބުނެފައިވެ އެވެ.

ޕީއެންސީލޯކަލް ކައުންސިލް އިންތިޚާބު 2026އިލެކްޝަންސް ކޮމިޝަންމޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީޢަބްދުއްރަޙްމާން ޞަލާޙް ރަޝީދު

ކޮމެންޓް

އިތުރަށް ކިޔާލަން

ފައިސާ ބެހުމާއި ނަފްސު ވިއްކާލުމަކީ އެމްޑީޕީގެ މެމްބަރުން ކުރާނެ ކަމެއް ނޫން: ކުޑޫ

ފައިސާ ބެހުމާއި ނަފްސު ވިއްކާލުމަކީ އެމްޑީޕީގެ މެމްބަރުން ކުރާނެ ކަމެއް ނޫން: ކުޑޫ

03 ފެބުރުއަރީ 2026
ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީ ގެ އިންތިޚާބަކީ ދެފުށް ފެންނަ ގޮތަށް ވޯޓުލުމަށް ފުރުސަތު ލިބޭ ފަހު އިންތިޚާބަށް ވެދާނެ: އަބްދުﷲ ޝާހިދު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީ ގެ އިންތިޚާބަކީ ދެފުށް ފެންނަ ގޮތަށް ވޯޓުލުމަށް ފުރުސަތު ލިބޭ ފަހު އިންތިޚާބަށް ވެދާނެ: އަބްދުﷲ ޝާހިދު

03 ފެބުރުއަރީ 2026
އެންމެ ރަނގަޅު ގޮތަކީ ކައުންސިލް އިންތިޚާބު އޮންނަ ދުވަހު ރިފަރެންޑަމް ވޯޓު ވެސް ނެގުން: އޭޖީ އުޝާމް

އެންމެ ރަނގަޅު ގޮތަކީ ކައުންސިލް އިންތިޚާބު އޮންނަ ދުވަހު ރިފަރެންޑަމް ވޯޓު ވެސް ނެގުން: އޭޖީ އުޝާމް

02 ފެބުރުއަރީ 2026
ޓެކްނިކަލް މައްސަލަ އަކުން ކަަމަށް ބުނެ ޑީޖޭއޭ އިން ކުށުގެ ރެކޯޑް ސާފުކޮށް ނުދީ ހިފެހެއްޓުމުން ކެނޑިޑެސީ ފުރުސަތު ގެއްލިއްޖެ

ޓެކްނިކަލް މައްސަލަ އަކުން ކަަމަށް ބުނެ ޑީޖޭއޭ އިން ކުށުގެ ރެކޯޑް ސާފުކޮށް ނުދީ ހިފެހެއްޓުމުން ކެނޑިޑެސީ ފުރުސަތު ގެއްލިއްޖެ

02 ފެބުރުއަރީ 2026
ކައުންސިލް އިންތިޚާބާ އެކު ރިފަރެންޑަމް ވޯޓު ނަގާނަމަ އިތުރު 20 މިލިއަން ބޭނުންވާނެ: އީސީ

ކައުންސިލް އިންތިޚާބާ އެކު ރިފަރެންޑަމް ވޯޓު ނަގާނަމަ އިތުރު 20 މިލިއަން ބޭނުންވާނެ: އީސީ

02 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު