Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެޕްސްޓީން ފައިލްސް

ރައީސް ވަހީދު އެޕްސްޓީން އަށް ހުށަހެޅުއްވި ފުއްގިރި، ފަހުން ބިޑަކާ ނުލައި މި ރަށް ބަޔަކަށް ދިން މައްސަލަ ރައީސް ޔާމީން އަށް ވެސް ކުރިމަތިވި!

ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު، ޖެފްރީ އެޕްސްޓީންއަށް 25 މިލިއަން ޑޮލަރުގެ ފުއްގިރީގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަޝްރޫއެއް ހިންގަން ހުށަހެޅުއްވިކަން އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުގެ ރެކޯޑުތަކުން ވަނީ ހާމަވެފައި. މި މުއާމަލާތްތަކާ ގުޅިގެން އެމަނިކުފާނު މިހާރު ހުންނެވި ސަރުކާރުގެ މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު، ރައީސް ވަޙީދަށް ފަހު ވެރިކަމަށް ވަޑައިގަތް ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް މިހާރު ދަނީ، ފުއްގިރި ބިޑަކާ ނުލައި ކުއްޔަށް ދިނުމާ ގުޅިގެން 1.1 މިލިއަން ޑޮލަރުގެ ރިޝްވަތު ގަބޫލުކުރި ކަމުގެ ތުހުމަތުގައި ޝަރީއަތް ހިންގަމުން.

ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2026 | ބުދަ 16:04
ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން އަދި ޖެފްރީ އެޕްސްޓީން.

ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން އަދި ޖެފްރީ އެޕްސްޓީން. | ރާއްޖެއެމްވީ ގްރެފިކްސް

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އަލަށް އާންމުކުރި ރެކޯޑުތަކުން ހާމަވާގޮތުގައި، ދިވެހިރާއްޖޭގެ ކުރީގެ ރައީސް މުޙައްމަދު ވަޙީދު ޙަސަން މަނިކު ވަނީ 25 މިލިއަން ޑޮލަރުގެ ރަށެއްގެ އިންވެސްޓްމަންޓެއް ޖެފްރީ އެޕްސްޓީން އަށް ހުށަހަޅުއްވާފަ އެވެ. މިއީ 2008 ވަނަ އަހަރު އެޕްސްޓީންގެ މައްޗަށް ކުށް ސާބިތުވި ފަހުން ވެސް، ދުނިޔޭގެ ސިޔާސީ އަދި ވިޔަފާރީގެ އިސް ފަރާތްތަކާއެކު އޭނާ ގުޅުން ބަދަލުކުރަމުންދިޔަ ގޮތް ހާމަވާ އިތުރު ހެއްކެއް ކަމަށް އޮގަނައިޒްޑް ކްރައިމް އެންޑް ކަރަޕްޝަން ރިޕޯޓިންގ ޕްރޮޖެކްޓް އިން ހާމަ ކޮށްފައިވެ އެވެ.

ރައީސްކަމުގެ މަގާމުން ވަކިވެވަޑައިގަތްތާ އަށް މަސް ފަހުން، 18 މޭ 2014 ގައި ރައީސް ވަޙީދު އެޕްސްޓީން އަށް ފޮނުއްވި މެސެޖެއްގައި ރާއްޖޭގެ ކުޑަ ރަށެއް ކަމަށްވާ ފުއްގިރިއާ ބެހޭގޮތުން ވިދާޅުވެފައިވަނީ، އެ ރަށަކީ ތިނެއް ނުވަތަ ހަތަރު ކޮޓަރީގެ 10 ވިލާ ހިމެނޭ، ހިތްގައިމު ރީތި ރަށަކަށް ވާނެ ކަމަށެވެ. އަދި މި މަޝްރޫއަކީ މެދުއިރުމަތީގެ ޝާހީ އާއިލާތަކާއި ރަޝިޔާގެ މުއްސަނދި ކްލައިންޓުންނަށް އަމާޒުކޮށްގެން ހިންގާ މަޝްރޫއެއް ކަމަށްވެސް ވަހީދު ވިދާޅުވެފައިވެ އެވެ. މި މެސެޖު ނިންމަވާލައްވަމުން ވަޙީދު ވިދާޅުވެފައިވަނީ، އެޕްސްޓީންއަށާއި އޭނާގެ "ރީތި ދަރިވަރުންނަށް" ހެޔޮއެދުންތައް ފޮނުއްވާ ކަމަށެވެ.

މި މުއާމަލާތްތަކުން އެނގޭގޮތުގައި އެޕްސްޓީން ވަނީ މި މަޝްރޫ އަށް ޝައުގުވެރިކަން ފާޅުކޮށް، އޭގެ ބަޖެޓާ ބެހޭގޮތުން ސުވާލުކޮށްފަ އެވެ. ނަމަވެސް މި އެއްބަސްވުން ކުރިއަށްދިޔަ ކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. އޭގެ ފަހުން 2015 ވަނަ އަހަރު، ދިވެހި ސަރުކާރުން ވަނީ ފުއްގިރި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް، ދުބާއީގެ ކުންފުންޏެއް ކަމަށްވާ ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސް އަށް ބިޑަކާ ނުލައި ކުއްޔަށް ދީފަ އެވެ.

ފަހުން މި ރަށުގެ މައްސަލަ އޮގަނައިޒްޑް ކްރައިމް އެންޑް ކޮރަޕްޝަން ރިޕޯޓިންގ ޕްރޮޖެކްޓުން ތަހުގީގުކުރިއިރު، ޕެންޑޯރާ ޕޭޕާސް އިން ހާމަވިގޮތުގައި އެ ރަށް ކުއްޔަށް ހިފި ކުންފުންޏަކީ އިންޑިއާގެ ދެ ވިޔަފާރިވެރިން ކަމަށްވާ އަމިތު ގާނދީ އާއި އަވިނާޝް ކުމާރު ގާނދީގެ ކޮންޓްރޯލް އޮންނަ ކުންފުންޏެކެވެ. ރައީސް ވަޙީދަށް ފަހު ވެރިކަމަށް ވަޑައިގަތް ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް މިހާރު ދަނީ، ފުއްގިރި ބިޑަކާ ނުލައި ކުއްޔަށް ދިނުމާ ގުޅިގެން 1.1 މިލިއަން ޑޮލަރުގެ ރިޝްވަތު ގަބޫލުކުރި ކަމުގެ ތުހުމަތުގައި ޝަރީއަތް ހިންގަމުންނެވެ. ނަމަވެސް ރައީސް ޔާމީން ވަނީ މި ތުހުމަތުތަކަށް އިންކާރު ކުރައްވާފަ އެވެ.

އޮގަނައިޒްޑް ކްރައިމް އެންޑް ކޮރަޕްޝަން ރިޕޯޓިންގ ޕްރޮޖެކްޓުގެ ހޯދުންތަކުގެ މައްޗަށް ބުނެފައިވަނީ އަލަށް އާންމުވި އެޕްސްޓީންގެ ފައިލްތަކުން އެނގޭގޮތުގައި، ރިސޯޓް މަޝްރޫއުތަކުގައި ރައީސް ވަޙީދާއެކު ބައިވެރިވި ވިޔަފާރި ބައިވެރިއަކީ ރާއްޖޭގެ މަޝްހޫރު ޑިވެލޮޕަރެއް ކަމަށްވާ އިބްރާހީމް މުޙައްމަދު ދީދީ އެވެ. ލިޔެކިޔުންތަކުން ދައްކާގޮތުގައި، ޑުބާއީގެ ޕޯޓް އޮޕަރޭޓަރު ޑީޕީ ވޯލްޑްގެ ޗީފް އެގްޒެކެޓިވް ސުލްޠާން އަޙްމަދު ބިން ސުލައިމް އާ ގުޅުން އުފެއްދުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރީ އިބްރާހީމް މުޙައްމަދު ދީދީ އެވެ. އެޕްސްޓީންގެ މެސެޖުތަކުގައި ބިން ސުލައިމްގެ ނަން ތަކުރާރުކޮށް ފެންނަން އޮތްއިރު، އެ ދުވަސްވަރު ރައީސް ވަޙީދު މި ދެ ފަރާތާ ވެސް ގުޅުން ބޭއްވިކަން ޓެކްސްޓް މެސެޖުތަކުން ހާމަވާކަން އޮގަނައިޒްޑް ކްރައިމް އެންޑް ކޮރަޕްޝަން ރިޕޯޓިންގ ޕްރޮޖެކްޓުން ބުނެފައިވެ އެވެ.

ޖޫން 2012 ގައި ބަދަލުކުރި މެސެޖެއްގައި، ސުލްޠާންގެ ބޯޓުގައި އޭނާއާ ބައްދަލުކުރައްވާނެ ކަމަށް ރައީސް ވަޙީދު ވިދާޅުވުމުން، ސުލްޠާން އެތަނުގައި ހުރިކަން އެނގޭ ކަމަށް އެޕްސްޓީން ޖަވާބު ދީފައިވެ އެވެ. ރެކޯޑުތަކުން ދައްކާގޮތުގައި، ނޮވެމްބަރު 2013 ގައި ވެރިކަމާ ހަވާލުވެވަޑައިގަތް ރައީސް ޔާމީނާއެކު ބަނދަރުގެ އިންވެސްޓްމަންޓްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް 2014 ވަނަ އަހަރު ބިން ސުލައިމް ރާއްޖެއަށް ޒިޔާރަތް ކުރެއްވި އެވެ.

ރައީސް ވަޙީދާއި އެޕްސްޓީންގެ މެދުގައި މުއާމަލާތްތައް ފެށުނީ ސެޕްޓެމްބަރު 2011 ގައި ވަޙީދު ނައިބު ރައީސްގެ މަގާމުގައި ހުންނެވި ދުވަސްވަރު އެވެ. ނިއުޔޯކްގައި އޮތް އދ. ގެ އާންމު މަޖިލީހުގެ ތެރެއިން އެޕްސްޓީން އާ ބައްދަލުވުމަށް ފަހު، އެއްވެސް ބޮޑާކަމެއް ނެތް މީހަކާ ބައްދަލުވުމުން އުފާވާ ކަމަށް ވިދާޅުވެ ރައީސް ވަޙީދު މެސެޖެއް ފޮނުއްވި އެވެ. އޭގެ ޖަވާބުގައި "ވީ ވިލް ހޭވް ފަން" ކަމަށް އެޕްސްޓީން ބުނެފައިވެ އެވެ. މި މުއާމަލާތްތައް 2016 ވަނަ އަހަރުގެ ކުރީކޮޅާ ހަމައަށް ކުރިއަށް ގޮސްފައިވާއިރު، މީގެ ތެރޭގައި އެޕްސްޓީންގެ މެންހަޓަން ޓައުންހައުސްގައި ބޭއްވި ރޭގަނޑުގެ ކެއުންތަކާއި، އީދު ތަހުނިޔާ އަދި އާ އަހަރުގެ މެސެޖުތައް ހިމެނެ އެވެ.

މި އީމެއިލްތައް އާންމުވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބުގެ މަގާމުން ރައީސް ވަޙީދު މި މަހު ވަނީ އިސްތިއުފާ ދެއްވާފަ އެވެ. އެމަނިކުފާނު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެޕްސްޓީންއާ އެކު ބޭއްވި ގުޅުމަކީ ހަމައެކަނި "ޕްރޮފެޝަނަލް" ގުޅުމެއް ކަމަށާއި، އެއީ އިޖުތިމާއީ ގުޅުމެއް ނޫން ކަމަށެވެ. އަދި އެ ދުވަސްވަރު އެޕްސްޓީންގެ މައްޗަށް 2008 ގައި ކުށް ސާބިތުވެފައިވާކަން އެނގިވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވި އެވެ.

2014 ވަނަ އަހަރު އެޕްސްޓީން އާ އެކު ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވި ރައީސް ވަޙީދުގެ ދަރިކަލުން ޖެފްރީ ސާލިމް ވަޙީދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެޕްސްޓީން ހިންގާފައިވާ ޖަރީމާތަކުގެ ފުރިހަމަ މައުލޫމާތު އާއިލާއަށް އެނގުނީ އޭގެ އެތައް އަހަރެއް ފަހުން ކަމަށެވެ. އެޕްސްޓީންއަކީ "ނުލަފާ މީހެއް" ކަމަށާއި، ނަމަވެސް އޭނާގެ ނުބައިކަން އެނގުނީ އޭނާއާ އޮތް ގުޅުން ކަނޑާލި ފަހުން ކަމަށް ޖެފްރީ ވިދާޅުވި އެވެ.

މި ލިޔެކިޔުންތަކުން، ހުށަހެޅުނު ރަށުގެ އިންވެސްޓްމަންޓް ނިމުމަކަށް އައިކަމެއް ނުވަތަ ރައީސް ވަޙީދު އެއްވެސް ޖިނާއީ އަމަލެއްގައި ބައިވެރިވިކަމެއް ހާމައެއް ނުވެ އެވެ. ނަމަވެސް، އެޕްސްޓީންގެ ކުށުގެ ރެކޯޑު އާންމުކޮށް އެނގެން އޮތްއިރު ވެސް، ދައުލަތްތަކުގެ ކުރީގެ ވެރިންނާއި ނުފޫޒުގަދަ މީހުން މެދުވެރިކޮށް، އޭނާއަކީ މާލީ މުއާމަލާތްތައް ހިންގާ މީހެއްގެ ގޮތުގައި ދެމިހުރުމަށް މަސައްކަތްކޮށްފައިވާ ގޮތް މި ލިޔެކިޔުންތަކުން ވަރަށް ތަފްސީލުކޮށް ހާމަވާކަން އޮގަނައިޒްޑް ކްރައިމް އެންޑް ކަރަޕްޝަން އިން ބުނެފައިވެ އެވެ.

މަސްދަރު: އޮގަނައިޒްޑް ކްރައިމް އެންޑް ކަރަޕްޝަން ޕްރޮޖެކްޓް

ޑރ. މުހައްމަދު ވަހީދު ހަސަންޖެފްރީ އެޕްސްޓީންރ. ފުއްގިރިއަބްދުﷲ ޔާމީންއެޕްސްޓީން ފައިލްސްއެޕްސްޓީން-ޑރ.ވަހީދު

ކޮމެންޓް

އިތުރަށް ކިޔާލަން

ސްޓާމާގެ ހޫނު ރައްދެއް: މި ހުރީ ފަސް އަހަރަށް، އިސްތިއުފާ ނުދޭނަން

ސްޓާމާގެ ހޫނު ރައްދެއް: މި ހުރީ ފަސް އަހަރަށް، އިސްތިއުފާ ނުދޭނަން

11 ފެބުރުއަރީ 2026
ވެރިކަން ހޯދަން 14 އަހަރު ނެގި، ބޮޑު ވަޒީރު އިސްތިއުފާ ދޭކަށް ނުޖެހޭ: ބޮޑު ވަޒީރުގެ ނައިބު

ވެރިކަން ހޯދަން 14 އަހަރު ނެގި، ބޮޑު ވަޒީރު އިސްތިއުފާ ދޭކަށް ނުޖެހޭ: ބޮޑު ވަޒީރުގެ ނައިބު

10 ފެބުރުއަރީ 2026
އެންމެ ފަހުން ބޮޑު ވަޒީރު ސްޓާމާގެ ދިފާއުގައި ހުރިހާ ވަޒީރުން ނިކުންނަވައިފި

އެންމެ ފަހުން ބޮޑު ވަޒީރު ސްޓާމާގެ ދިފާއުގައި ހުރިހާ ވަޒީރުން ނިކުންނަވައިފި

10 ފެބުރުއަރީ 2026
އެޕްސްޓީންގެ ޝިކާރަކަށްވީ މީހުންނަަށް ހަމްދަރުދީވާ ކަމަށް ވިލިއަމް އާއި ކެތަރިން ވިދާޅުވެއްޖެ

އެޕްސްޓީންގެ ޝިކާރަކަށްވީ މީހުންނަަށް ހަމްދަރުދީވާ ކަމަށް ވިލިއަމް އާއި ކެތަރިން ވިދާޅުވެއްޖެ

10 ފެބުރުއަރީ 2026
ބޮޑު ވަޒީރު ސްޓާމާ އިސްތިއުފާ ނުދެއްވާނެ ކަމަށް ބުނެފި

ބޮޑު ވަޒީރު ސްޓާމާ އިސްތިއުފާ ނުދެއްވާނެ ކަމަށް ބުނެފި

09 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު