Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސިވިލާތް

ބޮޑު ވަޒީރު ސްޓާމާ އިސްތިއުފާ ނުދެއްވާނެ ކަމަށް ބުނެފި

ހޯމަ ދުވަހުގެ ވަގުތެއްގައި ބޮޑު ވަޒީރުކަމުން ސްޓާމާ އިސްތިއުފާ ދެއްވަފާނެ ކަމުގެ އަޑު ތަކެއް ފެތުރެމުން އަންނަނިކޮށް، ބޮޑު ވަޒީރުގެ އޮފީސް - ޑައުނިން ސްޓްރީޓް އިން ބުނެފައި ވަނީ، ބޮޑު ވަޒީރު އިސްތިއުފާ ނުދެއްވާނެ ކަމަށް. އޭގެ ބަދަލުގައި ބޮޑު ވަޒީރު ގެންދަވަނީ މަސައްކަތަކަށް ފޯކަސް ކުރައްވައި، ކަންކަން ފުރިހަމަ ކުރައްވަމުން ކަމަށް އެ އޮފީހުން ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 ފެބުރުއަރީ 2026 | ހޯމަ 14:10
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ | ގެޓީއިމޭޖަސް

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ، މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް ހާމަ ކޮށްފި އެވެ. 

އެމެރިކާގެ ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީންއާ ގުޅުން އޮތްކަން އެނގިހުރެ، ޕީޓާ މެންޑެލްސަން ސަފީރު ކަމަށް އައްޔަން ކުރި މައްސަލައިގައި ސްޓާމާ އަށް ވަނީ އެތައް ޕްރެޝަރެއް އަމާޒުވެފަ އެވެ. އެކަމުގެ ތެރެއިން ސްޓާމާ އިސްތިއުފާ ދިނުމަށް ވެސް އެތައް ބަޔަކު އަންނަނީ ގޮވާލަމުންނެވެ. 

ހޯމަ ދުވަހުގެ ވަގުތެއްގައި ބޮޑު ވަޒީރުކަމުން ސްޓާމާ އިސްތިއުފާ ދެއްވަފާނެ ކަމުގެ އަޑު ތަކެއް ފެތުރެމުން އަންނަނިކޮށް، ބޮޑު ވަޒީރުގެ އޮފީން ޑައުނިން ސްޓްރީޓް އިން ބުނެފައި ވަނީ، ބޮޑު ވަޒީރު އިސްތިއުފާ ނުދެއްވާނެ ކަމަށެވެ. އޭގެ ބަދަލުގައި ބޮޑު ވަޒީރު ގެންދަވަނީ މަސައްކަތަކަށް ފޯކަސް ކުރައްވައި، ކަންކަން ފުރިހަމަ ކުރައްވަމުން ކަމަށް އެ އޮފީހުން ބުނެފައިވެ އެވެ. 

މީގެ އިތުރުން ބޮޑު ވަޒީރުގެ ތަރުޖަމާނު ވިދާޅުވީ ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް ބޮޑު ވަޒީރުގެ އަތްޕުޅުގައި އޮތް ކަމަށެވެ. ސަރުކާރުގެ ވަޒީރުންގެ ފުރިހަމަ އިތުބާރާއި ތާއީދު ވެސް ބޮޑު ވަޒީރަށް އެބަ އޮތް ކަމަށާއި، ބޮޑު ވަޒީރު ހުންނެވީ ޔަގީންކަމާއި، އިތުބާރާ އެކު ކަމަަށް އޭނާ ވިދާޅުވި އެވެ.

ހޯމަ ދުވަހު ޑައުނިން ސްޓްރީޓްގެ މުވައްޒަފުންނާ ވާހަކަ ދައްކަވަމުން ސްޓާމާ ވިދާޅުވެފައި ވަނީ، މަސައްކަތައިގެން ކުރިއަށް ދިޔުމަށް އެދޭ ކަމަށާއި، އޭނާގެ ސަރުކާރުން ޙާސިލު ކުރަން ބޭނުންވާ ކަންކަން ހުރި ކަމަށެވެ. އެޕްސްޓީންއާ ގުޅުމެއް އޮތް މެންޑެލްސަން ސަފީރު ކަމަށް އައްޔަން ކުރެެވުމަކީ ހިތާމަ ކުރައްވާ ކަމެއް ކަމަށާއި، އެކަމާ މައާފަށް އެދިވަޑައިގެންފައި ވާނެ ކަމަށް ވެސް ސްޓާމާ ވިދާޅުވެފައިވެ އެވެ. 

މީގެ އިތުރުން ހޯމަ ދުވަހު ސްޓާމާ ވަނީ ލޭބާ ޕާޓީގެ މެމްބަރުންނާ ވަކިން ބައްދަލު ކުރައްވަން ނިންމަވައިފަ އެވެ. އެގޮތުން އެ ބައްދަލުވުމުގައި އޭނާގެ ތާއީދު ދަމަހައްޓައި، ސަރުކާރު ކުރިއަށް ގެންދިޔުމާ ގުޅޭ ގޮތުން ސްޓާމާ ޕާޓީގެ މެމްބަރުންނާ މަޝްވަރާ ކުރައްވާނެ އެވެ.

މަސްދަރު: ބީބީސީ

އިނގިރޭސިވިލާތްލޭބާ ޕާޓީ - ޔޫކޭކީ ސްޓާމާ (އިނގިރޭސި ބޮޑު ވަޒީރު)ޕީޓާ މެޑެލްސަންޖެފްރީ އެޕްސްޓީން

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2026

އިސްތިއުފާގެ އަޑު ގަދަވެފައި ވަނިކޮށް، ބޮޑު ވަޒީރު ސްޓާމަރ ޤައުމާ މުޚާތަބު ކުރައްވައި، ޕާޓީގެ މެމްބަރުންނާ ބައްދަލު ކުރައްވަނީ

09 ފެބުރުއަރީ 2026
އިސްތިއުފާގެ އަޑު ގަދަވެފައި ވަނިކޮށް، ބޮޑު ވަޒީރު ސްޓާމަރ ޤައުމާ މުޚާތަބު ކުރައްވައި، ޕާޓީގެ މެމްބަރުންނާ ބައްދަލު ކުރައްވަނީ
09 ފެބުރުއަރީ 2026

ބޮޑު ވަޒީރު ސްޓާމާ ޕްރެޝަރަށް ވެއްޓިފައި ވަނިކޮށް، ޗީފް އޮފް ސްޓާފް އިސްތިއުފާާ ދެއްވައިފި

09 ފެބުރުއަރީ 2026
ބޮޑު ވަޒީރު ސްޓާމާ ޕްރެޝަރަށް ވެއްޓިފައި ވަނިކޮށް، ޗީފް އޮފް ސްޓާފް އިސްތިއުފާާ ދެއްވައިފި
08 ފެބުރުއަރީ 2026

ޑރ. ވަހީދު ދައުލަތުގެ ސިއްރުތައް ވިއްކާލައްވައި، ރަށްތައް އަމިއްލަ ކުރެއްވުމަށް ރޭއްވެވި މަކަރުވެރި ރޭވުންތައް!

08 ފެބުރުއަރީ 2026
ޑރ. ވަހީދު ދައުލަތުގެ ސިއްރުތައް ވިއްކާލައްވައި، ރަށްތައް އަމިއްލަ ކުރެއްވުމަށް ރޭއްވެވި މަކަރުވެރި ރޭވުންތައް!
08 ފެބުރުއަރީ 2026

އެޕްސްޓީންއާ މެކްރޮންއާ ދެމެދު ގުޅުމެއް އޮތް ކަމަށް ބުނެ، ރަޝިޔާއާ ގުޅުން ހުރި ބަޔަކު ދޮގު ޚަބަރު ތަކެއް ފެތުރި

08 ފެބުރުއަރީ 2026
އެޕްސްޓީންއާ މެކްރޮންއާ ދެމެދު ގުޅުމެއް އޮތް ކަމަށް ބުނެ، ރަޝިޔާއާ ގުޅުން ހުރި ބަޔަކު ދޮގު ޚަބަރު ތަކެއް ފެތުރި
08 ފެބުރުއަރީ 2026

މެންޑެލްސަންގެ ދޮގު ތަކުގައި ޖެހެވުނީތީ، އެޕްސްޓީންގެ ޝިކާރައަކަށްވި މީހުންގެ ކިބައިން ބޮޑު ވަޒީރު ސްޓާމަރ މައާފަށް އެދިވަޑައިގެންފި

08 ފެބުރުއަރީ 2026
މެންޑެލްސަންގެ ދޮގު ތަކުގައި ޖެހެވުނީތީ، އެޕްސްޓީންގެ ޝިކާރައަކަށްވި މީހުންގެ ކިބައިން ބޮޑު ވަޒީރު ސްޓާމަރ މައާފަށް އެދިވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު