Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ޑރ. ވަހީދު ދައުލަތުގެ ސިއްރުތައް ވިއްކާލައްވައި، ރަށްތައް އަމިއްލަ ކުރެއްވުމަށް ރޭއްވެވި މަކަރުވެރި ރޭވުންތައް!

ދިވެހިރާއްޖޭގެ ކުރީގެ ރައީސް އަދި ނައިބު ރައީސްކަން ކުރައްވާފައިވާ ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު، އެމެރިކާގެ ކުޑަކުދިންގެ ޓްރެފިކިންގ ނެޓްވާރކެއް ހިންގިކަމަށް ސާބިތުވެފައިވާ ޖެފްރީ އެޕްސްޓައިންއާ ގާތް ގުޅުމެއް ބާއްވަވައި، ދައުލަތުގެ އެންމެ މަތީ ސިއްރުތަކާއި ރައްޔިތުންގެ މުދާ ނަހަމަ ގޮތުގައި ބޭނުންކުރެއްވުމަށް މަސައްކަތްކުރައްވާފައި ވާކަން އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވާ ލިޔެކިޔުންތަކުން ވަނީ ކަށަވަރު ވެފައި.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 8 ފެބުރުއަރީ 2026 | އާދީއްތަ 12:31
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު އަދި ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީން

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު އަދި ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީން | ސޯޝަލް މީޑިއާ

ދިވެހިރާއްޖޭގެ ކުރީގެ ރައީސް އަދި ނައިބު ރައީސްކަން ކުރައްވާފައިވާ ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު، އެމެރިކާގެ ކުޑަކުދިންގެ ޓްރެފިކިންގ ނެޓްވާރކެއް ހިންގިކަމަށް ސާބިތުވެފައިވާ ޖެފްރީ އެޕްސްޓައިންއާ ގާތް ގުޅުމެއް ބާއްވަވައި، ދައުލަތުގެ އެންމެ މަތީ ސިއްރުތަކާއި ރައްޔިތުންގެ މުދާ ނަހަމަ ގޮތުގައި ބޭނުންކުރެއްވުމަށް މަސައްކަތްކުރަށްވާފައި ވާކަން އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވާ ލިޔެކިޔުންތަކުން ވަނީ ކަށަވަރު ވެފައެވެ. މިކަމާ ގުޅިގެން ސަރުކާރުގެ ސްޕެޝަލް އެންވޯއީގެ މަޤާމުން އެމަނިކުފާނު އިސްތިއުފާ ދެއްވި ނަމަވެސް، މިއީ ހަމައެކަނި އިސްތިއުފާއަކުން ނިންމާލެވޭނެ ވަރުގެ ކަމެއް ނޫންކަން މިހާރު ވަނީ ހާމަވެފައެވެ. ގިނަބަޔަކު އެދަނީ އެކަމަށް ގޮވާވެސް ލަމުންނެވެ.

ދައުލަތުގެ ސިއްރުތައް ބޭރުގެ މީހަކަށް ހާމަކުރުންލީކުވެފައިވާ އީމެއިލްތަކުން އެނގޭ ގޮތުގައި، 2013 ވަނަ އަހަރުގެ ޖެނުއަރީ މަހު، ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވައިގެން ޑރ. ވަހީދު ވަނީ ވަޒީރުންގެ މަޖިލީހުގެ ސިއްރު މަޝްވަރާތައް އެޕްސްޓައިންއާ ހިއްސާކުރައްވާފައެވެ. އޭރުގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދަށް ލިބުނު 4 ބިލިއަން ޑޮލަރުގެ ޑިޕޮޒިޓް ސްކީމަކާ ގުޅޭގޮތުން، ޤައުމީ ސަލާމަތާއި އިޤްތިޞާދާ ގުޅިފައިވާ ސިއްރު މައުލޫމާތު، ކުށުގެ ރެކޯޑު އޮތް ބޭރު މީހަކާ ހިއްސާކުރަށްވައި އޭނާގެ ލަފަޔަށް އެދިވަޑައިގެންފައިވެއެވެ. މީގެ އިތުރުން ދައުލަތުން ހޯދަން މަސައްކަތްކުރި 500 މިލިއަން ޑޮލަރުގެ ލޯނުގެ ތަފްސީލުތައްވެސް ވަނީ ހިއްސާކުރައްވާފައެވެ. މިއީ ދައުލަތުގެ އިސްވެރިއެއްގެ ފަރާތުން ފެނިގެންވާނެ ކަންކަމެއް ނޫނެވެ.

ޕްރޮޖެކްޓް 1: ފުއްގިރި" – އަމިއްލަ މަންފާއަށް ރަށެއް ވިއްކާލަން އުޅުން

އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ކަމަކީ، ފަހުން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މުހިއްމު ރަށެއްގެ ގޮތުގައި ފާހަގަވި "ރ. ފުއްގިރި"، ޑރ. ވަހީދުގެ "ޕާރސަނަލް ޕްރޮޖެކްޓެއް" ގެ ގޮތުގައި އެޕްސްޓައިންއަށް ހުށަހެޅުއްވިކަމެވެ.

މި ރަށުގައި 10 ވިލާގެ އެކްސްކްލޫސިވް ރިސޯޓެއް ހަދައި، މުއްސަނދި ރަޝިޔާ މީހުންނާއި އަރަބި ޝާހީ އާއިލާތަކަށް ވިއްކުމަށް ރޭއްވެވިއެވެ."މި ރީތި ކުޑަ ރަށަކީ ކޮންމެ ކޮންމެ މީހަކަށް ވިއްކާލެވޭ ވަރަށްވުރެ އަގުހުރި ރަށެއް" ކަމަށް ވިދާޅުވެ، މި ޕްރޮޖެކްޓުގައި އަމިއްލަފުޅަށް ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާކަން ވަނީ ހާމަކުރައްވާފައެވެ.

"ޕްރޮޖެކްޓް 2: އިންނަރެހާ" އަދި ޤާނޫނީ ބާރުގެ ނަހަމަ ބޭނުން

މީގެ އިތުރުން "އިންނަރެހާ" ކިޔާ ފަޅު ރަށްތަކެއްގެ ކްލަސްޓާއެއް ތަރައްޤީކުރުމަށް 400 މިލިއަން ޑޮލަރުގެ މަޝްރޫޢެއްވެސް ހުށަހެޅުއްވިއެވެ. މިކަމުގައި "ދީދީ" ނަމަކަށް ކިޔާ ވިޔަފާރިވެރިޔަކާ ގުޅިގެން، އިންވެސްޓަރުގެ އަތުން އެއްވެސް ޚަރަދަކާ ނުލައި 40% ހިއްސާ ހޯދުމަށް ޑރ. ވަހީދު ޝަރުތުކުރެއްވިއެވެ. އަދި އޭރު އާންމުވެފައިނުވާ "99 އަހަރަށް ރަށްތައް ކުއްޔަށް ދޫކުރުމުގެ" ޤާނޫނީ ބަދަލުތައް އަންނަން އުޅޭކަމުގެ ސިއްރު މައުލޫމާތު އެޕްސްޓައިންއަށް ދެއްވައި، ނާޖާއިޒު ފައިދާ ނެންގެވުމަށް މަގުފަހިކޮށްދެއްވިއެވެ.

އެޕްސްޓައިންގެ ޝިކާރައަކަށްވީ ކުދިންނަށް ނިސްބަތްކުރެއްވުން

މި ހުރިހާ ވިޔަފާރީގެ މުއާމަލާތްތަކެއްގެ ތެރެއިން، ޑރ. ވަހީދު ވަނީ އެޕްސްޓައިން ގެންގުޅުނު ޅަ އަންހެން ކުދިންނަށް ނިސްބަތްކޮށް "ބިއުޓިފުލް ސްޓޫޑެންޓްސް" (ރީތި ދަރިވަރުން) އޭ ވިދާޅުވެ ސަލާމް ފޮނުއްވާފައެވެ. މިއީ އެޕްސްޓައިންގެ ޖަރީމާތައް އެނގިހުރެ އެކަމަށް ހިތްވަރުދިނުން ކަމުގައި ބެލެވޭ، އަޚުލާޤީ ގޮތުން ދަށު ދަރަޖައިގެ އަމަލެކެވެ.

ސަރުކާރުން މިކަން ތަޙުޤީޤުކުރަންޖެހޭ

މިއީ ހަމައެކަނި ސިޔާސީ ބޭފުޅެއްގެ އަބުރާ ގުޅިފައިވާ ކަމެއް ނޫނެވެ. މިއީ ދިވެހި ދައުލަތުގެ ސިޔާދަތާއި، ރައްޔިތުންގެ މުދަލާއި، ޤައުމީ ސަލާމަތާ ގުޅިފައިވާ ސީރިއަސް މައްސަލަތަކެކެވެ. ޑރ. ވަހީދުގެ މި ޢަމަލުތަކަކީ ކޮރަޕްޝަނާއި، މަޤާމުގެ ނުފޫޒު ބޭނުންކުރުމާއި، އަދި ދައުލަތުގެ ސިއްރުތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުން ކަމަށް ބެލެވޭތީ، މިކަންކަން "ޚިޔާނާތް" (Treason) ނުވަތަ ބޮޑެތި ޖިނާއީ ކުށްތަކުގެ ގޮތުގައި ތަޙުޤީޤުކުރުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ކުރުމަށް ރަޢީސް ޑރ. މުއިއްޒު ކުރައްވަން ޖެހެނޭ ކަމެކެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅަކު، ރައްޔިތުންގެ އިތުބާރަށް ޚިޔާނާތްތެރިވެ، އަމިއްލަ މަންފާއަށްޓަކައި ޤައުމުގެ ރަށްތައް ބޭރުގެ ކުށްވެރިންނަށް ވިއްކާލަން އުޅުމަކީ ދިވެހި ރައްޔިތުން ދުވަހަކުވެސް މާފުކުރާނެ ކަމެއް ނޫނެވެ. އެހެންކަމުން، މި މައްސަލަ ބަލައި، ޑރ. ވަހީދު ޖަވާބުދާރީ ކުރުވުމަށް މި ސަރުކާރަށްޖެހެނެ އެވެ.

ޑރ. މުހައްމަދު ވަހީދު ހަސަންޖެފްރީ އެޕްސްޓީންރ. ފުއްގިރިއިންނަރެހައަބްދުﷲ ޖިހާދުއެމްއެމްޕީއާރްސީ

ކޮމެންޓް

އިތުރަށް ކިޔާލަން

އެޕްސްޓީންއާ މެކްރޮންއާ ދެމެދު ގުޅުމެއް އޮތް ކަމަށް ބުނެ، ރަޝިޔާއާ ގުޅުން ހުރި ބަޔަކު ދޮގު ޚަބަރު ތަކެއް ފެތުރި

އެޕްސްޓީންއާ މެކްރޮންއާ ދެމެދު ގުޅުމެއް އޮތް ކަމަށް ބުނެ، ރަޝިޔާއާ ގުޅުން ހުރި ބަޔަކު ދޮގު ޚަބަރު ތަކެއް ފެތުރި

08 ފެބުރުއަރީ 2026
މެންޑެލްސަންގެ ދޮގު ތަކުގައި ޖެހެވުނީތީ، އެޕްސްޓީންގެ ޝިކާރައަކަށްވި މީހުންގެ ކިބައިން ބޮޑު ވަޒީރު ސްޓާމަރ މައާފަށް އެދިވަޑައިގެންފި

މެންޑެލްސަންގެ ދޮގު ތަކުގައި ޖެހެވުނީތީ، އެޕްސްޓީންގެ ޝިކާރައަކަށްވި މީހުންގެ ކިބައިން ބޮޑު ވަޒީރު ސްޓާމަރ މައާފަށް އެދިވަޑައިގެންފި

08 ފެބުރުއަރީ 2026
އެޕްސްޓީން ދުނިޔޭގައި ހުރިއިރު އެކަކު ވެސް އަޅާ ނުލި، މަރުވީމަ އެންމެން އެ ވާހަކަ ދައްކަނީ: ޓްރަމްޕް

އެޕްސްޓީން ދުނިޔޭގައި ހުރިއިރު އެކަކު ވެސް އަޅާ ނުލި، މަރުވީމަ އެންމެން އެ ވާހަކަ ދައްކަނީ: ޓްރަމްޕް

07 ފެބުރުއަރީ 2026
އެޕްސްޓީންއާ ގުޅުން އޮތް މެންޑެލްސަންގެ މައްސަލައިގައި، އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ ހޫނު ފެނަށް

އެޕްސްޓީންއާ ގުޅުން އޮތް މެންޑެލްސަންގެ މައްސަލައިގައި، އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ ހޫނު ފެނަށް

05 ފެބުރުއަރީ 2026
ރައީސް ވަހީދު ގެ މައްޗަށް ތަހުގީގު ހިންގުމަކީ ރައީސް މުއިއްޒު ކުރައްވަންޖެހޭނެ ކަމެއް: ރީކޯ މޫސަ

ރައީސް ވަހީދު ގެ މައްޗަށް ތަހުގީގު ހިންގުމަކީ ރައީސް މުއިއްޒު ކުރައްވަންޖެހޭނެ ކަމެއް: ރީކޯ މޫސަ

05 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު