Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިނގިރޭސިވިލާތް

ސްޓާމާގެ ހޫނު ރައްދެއް: މި ހުރީ ފަސް އަހަރަށް، އިސްތިއުފާ ނުދޭނަން

ކުރިމަތިވާ ކޮންމެ ކަމަކާ ދެކޮޅަށް ހަނގުރާމަ ކުރައްވާނެ ކަމުގެ އިންޒާރު ދެއްވަމުން ސްޓާމާ ވަނީ، ޤައުމު ދޫކޮށް ވަޑައި ނުގަންނަވާނެ ކަމަށް ވެސް ވިދާޅުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 11 ފެބުރުއަރީ 2026 | ބުދަ 07:20
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ، ވިދާޅުވީ އިސްތިއުފާ ނުދެއްވާނެ ކަމަށް

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ، ވިދާޅުވީ އިސްތިއުފާ ނުދެއްވާނެ ކަމަށް | ގެޓީ އިމޭޖަސް

އިނގިރޭސިވިލާތުގެ ރައްޔިތުން އޭނާއާ ހަވާލު ކުރީ ފަސް އަހަރު ދުވަހުގެ މެންޑޭޓެއް ކަމަށާއި، މަޤާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް އެ ޤައުމުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ ވިދާޅުވެއްޖެ އެވެ. 

ސަފީރު ކަމަށް ޕީޓާ މެންޑެލްސަން އައްޔަން ކުރެއްވި މައްސަލައިގައިި އެތައް ޕްރެޝަރެއް ކުރިމަތިވެފައި ވަނިކޮށް، ބޮޑު ވަޒީރުގެ އޮފީހުން ވަނީ ސްޓާމާ އިސްތިއުފާ ނުދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އޭގެ ފަހުން އަންގާރަ ދުވަހު ކުރިއަށް ގެންދިޔަ، ޚަރަދު ބޮޑުވުމުގެ މައްސަލައިގެ ބައްދަލުވުމެއްގައި ބައިވެރިވެ ވަޑައިގެން ސްޓާމާ ވެސް ވަނީ، މަޤާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. 

އިސްތިއުފާގެ ޕްރެޝަރުގެ ފަހުން ފުރަތަމަ ފަހަރަށް އާންމުންގެ ތެރޭގައި ވާހަކަ ދައްކަވަމުން ސްޓާމާ ވިދާޅުވީ، ވެރިކަން ކުރާ ލޭބާ ޕާޓީ އޮތީ ވަރަށް ބޮޑަށް އެއްބައިވެފައި ކަމަށެވެ. އެކަން ފާހަގަ ކުރައްވައި ސްޓާމާ ވިދާޅުވީ ދިރިއުޅުމުގެ އިޙުތިރާމް އާއި، ޝަރަފު އަދި އެ ފުރުސަތު ނެތް ނަމަ، އެކަމާ ދެކޮޅަށް ހަނގުރާމަ ވެސް ކުރަން ޖެހޭ ކަމަށެވެ. 

މީގެ އިތުރުން ބޮޑު ވަޒީރު ސްޓާމާ ވިދާޅުވީ، އޭނާގެ ކެބިނެޓު އެކުލަވާލެވިފައި އޮތީ ވަރަށް ތަފާތު ވިސްނުމާއި، ތަފާތު ޚިޔާލު ތަކުގެ މީހުންގެ މައްޗަށް ކަމަށެވެ. އެއީ ވަރަށް އުފާވާ އަދި ފަޚުރުވެރިވެ ވަޑައިގަންނަވާ ކަމެއް ކަމަށް ފާހަގަ ކުރައްވައި ސްޓާމާ ވިދާޅުވީ، ސަރުކާރު ދެމި އޮތީ އިނގިރޭސިވިލާތުގެ ރައްޔިތުންނަށް ފުރިހަމަ އަށް ޚިދުމަތް ކުރުމުގެ މަޤުސަދުގައި ކަމަށެވެ. 

ހަމަ އެއާ އެކު، އިނގިރޭސިވިލާތުގެ ރައްޔިތުން ލޭބާ ޕާޓީ އަށް ހަވާލު ކޮށްފައި ވަނީ ވަރަށް ބޮޑު މަސައްކަތެއް ކަމަށް ވެސް ސްޓާމާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރައްޔިތުން ހަވާލު ކުރީ ފަސް އަހަރު ދުވަހުގެ މެންޑޭޓެއް ކަަމަށާއި، އެ މަސައްކަތުން އެންމެ ހިނދު ކޮޅަކަށް ވެސް ދުރަށް ވަޑައި ނުގަންނަވާނެ ކަމަށެވެ. ކުރިމަތިވާ ކޮންމެ ކަމަކާ ދެކޮޅަށް ހަނގުރާމަ ކުރައްވާނެ ކަމުގެ އިންޒާރު ދެއްވަމުން ސްޓާމާ ވަނީ، ޤައުމު ދޫކޮށް ވަޑައި ނުގަންނަވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. 

ލޭބާ ޕާޓީ އިން ބަދަލު ތަކެއް ގެންނަން ޖެހޭ ކަމަށް ބޮޑު ވަޒީރު ޤަބޫލު ކުރައްވަ އެވެ. އެއާ އެކު ވިދާޅުވީ، އެ ޕާޓީ އިން ޕާޓީގެ ސްޓްރެޓެކީ ބަދަލު ކުރަން ޖެހޭ ކަމަށާއި، ފަހުގެ ދުވަސް ތަކުން އެކަން ސާފުވެގެން ގޮސްފައިވާ ކަމަށެވެ. އެކަން ފާހަގަ ކުރައްވައި ސްޓާމާ ވިދާޅުވީ ބޭރުގައި ތިބި ބަޔަކު ދައްކަމުން އަންނަ ވާހަކަ އިން އެކަން ނުކުރެވޭނެ ކަމަށާއި، އެކަން ކުރެވޭނީ ޕާޓީގެ އެތެރޭގައި ފުރިހަމަ އަށް މަޝްވަރާ ކޮށްގެން ކަމަށެވެ. 

ސްޓާމާގެ ލީޑާޝިޕާ މެދު ސުވާލު ތަކެއް އުފެދިފައި ވީ ނަމަވެސް، ސްޓާމާ ވިދާޅުވީ ކުރިއަށް އޮތް އިންތިޚާބާ ހަމައަށް ލޭބާ ޕާޓީ ދާނީ އޭނާގެ ލީޑަރު ކަމުގެ ދަށުން ކަމަށެވެ. އެއާ އެކު، ޕާޓީ އިތުރަށް ކުރިއަރުވައި، ރައްޔިތުންނަަށް ލުއި ފަސޭހަ ދިރިއުޅުމެއް ހޯދުމާ އެކު، ޤައުމު ހަމަ މަގުގައި ކުރިއަށް ގެންދިޔުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވެސް ސްޓާމާ ވިދާޅުވި އެވެ.

ސްޓާމާ އަށް އެތައް ޕްރެޝަރެއް ކުރިމަތިވެފައިވާއިރު، އޭނާގެ ސަރުކާރުގެ ކެބިނެޓުގައި ހިމެނި ވަޑައިގަންނަވާ އެންމެހާ މިނިސްޓަރުން ވަނީ ސްޓާމާ ދިފާއު ކުރައްވައިފަ އެވެ.

މަސްދަރު: ބީބީސީ

ލޭބާ ޕާޓީ - ޔޫކޭކީ ސްޓާމާ (އިނގިރޭސި ބޮޑު ވަޒީރު)އިނގިރޭސިވިލާތްޖެފްރީ އެޕްސްޓީންޕީޓާ މެޑެލްސަން

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮޑު ވަޒީރުކަން ބޭނުމެއް ނޫން، މިއީ ލޭބާ ޕާާޓީ އަށް ބަދަލު ތަކެއް ގެންނަންވީ ވަގުތު: އެނާޖީ މިނިސްޓަރު މިލިބޭންޑް

ބޮޑު ވަޒީރުކަން ބޭނުމެއް ނޫން، މިއީ ލޭބާ ޕާާޓީ އަށް ބަދަލު ތަކެއް ގެންނަންވީ ވަގުތު: އެނާޖީ މިނިސްޓަރު މިލިބޭންޑް

11 ފެބުރުއަރީ 2026
ވެރިކަން ހޯދަން 14 އަހަރު ނެގި، ބޮޑު ވަޒީރު އިސްތިއުފާ ދޭކަށް ނުޖެހޭ: ބޮޑު ވަޒީރުގެ ނައިބު

ވެރިކަން ހޯދަން 14 އަހަރު ނެގި، ބޮޑު ވަޒީރު އިސްތިއުފާ ދޭކަށް ނުޖެހޭ: ބޮޑު ވަޒީރުގެ ނައިބު

10 ފެބުރުއަރީ 2026
އެންމެ ފަހުން ބޮޑު ވަޒީރު ސްޓާމާގެ ދިފާއުގައި ހުރިހާ ވަޒީރުން ނިކުންނަވައިފި

އެންމެ ފަހުން ބޮޑު ވަޒީރު ސްޓާމާގެ ދިފާއުގައި ހުރިހާ ވަޒީރުން ނިކުންނަވައިފި

10 ފެބުރުއަރީ 2026
އެޕްސްޓީންގެ ޝިކާރަކަށްވީ މީހުންނަަށް ހަމްދަރުދީވާ ކަމަށް ވިލިއަމް އާއި ކެތަރިން ވިދާޅުވެއްޖެ

އެޕްސްޓީންގެ ޝިކާރަކަށްވީ މީހުންނަަށް ހަމްދަރުދީވާ ކަމަށް ވިލިއަމް އާއި ކެތަރިން ވިދާޅުވެއްޖެ

10 ފެބުރުއަރީ 2026
ޕްރިންސް ވިލިއަމް ސައުދީ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ރިޔާޟް އަށް ވަޑައިގެންފި

ޕްރިންސް ވިލިއަމް ސައުދީ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ރިޔާޟް އަށް ވަޑައިގެންފި

09 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

24 މެއި
ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!
20251 އަހަރު ކުރިން
ރިޕޯޓު

ސުޕްރީމު ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ޑްރާމާ ރޭވި ތަމްސީލު ވަމުން ދިޔަ ގޮތް މިއޮތީ!

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާ ވައިޓް ރާއްޖޭގައި ފެތުރި ޒުވާނުންތައް މަރުވަނީ، އިދާރާތަކުގެ ހިލަމެއް ނެތް؟

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހަމަ ނިންޖެއް ނުލިބޭ، ތަންމައްޗަށް ކުޑަކަމުދެވޭ، ބޭރަށް ނުކުމެ ކުޅެލަން ބިރުގަނޭ"

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު
20224 އަހަރު ކުރިން
ރާއްޖެ

ލޯންޗުކޮޅު ގޮއްވާލުން: އެއީ ރައީސް ޔާމީނު ތަފާތު ސީޓެއްގައި އިށީންދެވަޑައިގެންނެވި ހަމައެކަނި ދަތުރުފުޅު

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި
20215 އަހަރު ކުރިން
ރާއްޖެ

ސެލެބްރިޓީ ރޭހުގެ ޗެމްޕިއަން ޓީމަށް ގްރޭންޑް ޕްރައިޒް ދީފި

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!
20197 އަހަރު ކުރިން
ރިޕޯޓު

ހިތްތައް އަތުލި ތޮއްޑޫ ބަނޑިޔާ!

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން
20188 އަހަރު ކުރިން
ރާއްޖެ

ނަޝީދުގެ ހަޔާތްޕުޅުން ބައްޕާފުޅު އިބުރަތް ހާސިލު ކުރެއްވި: އަންވަރުގެ ދަރިކަނބަލުން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު