Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިނގިރޭސިވިލާތް

މެންޑެލްސަންގެ ދޮގު ތަކުގައި ޖެހެވުނީތީ، އެޕްސްޓީންގެ ޝިކާރައަކަށްވި މީހުންގެ ކިބައިން ބޮޑު ވަޒީރު ސްޓާމަރ މައާފަށް އެދިވަޑައިގެންފި

މެންޑެލްސަންގެ ދޮގު ތަކުގައި ޖެހި، އިނގިރޭސިވިލާތުން އެމެރިކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމަށް އޭނާ އައްޔަން ކުރެއްވުނީތީ މައާފަށް އެދިވަޑައި ގަންނަވާ ކަމަށް ބޮޑު ވަޒީރު ސްޓާމަރ ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 8 ފެބުރުއަރީ 2026 | އާދީއްތަ 04:13
ލޯކަލް ކޮމިއުނިޓީ އަށް ފަންޑު ހޯދުމަށް ބޭއްވި އިވެންޓުގައި އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ ވާހަކަ ދައްކަވަނީ

ލޯކަލް ކޮމިއުނިޓީ އަށް ފަންޑު ހޯދުމަށް ބޭއްވި އިވެންޓުގައި އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ ވާހަކަ ދައްކަވަނީ | ގެޓީ އިމޭޖަސް

އެމެރިކާގެ ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީންއާ ގުޅުން އޮތް އިނގިރޭސިވިލާތުގެ ކުރީގެ މިނިސްޓަރު ޕީޓާ މެންޑެލްސަންގެ ދޮގު ތަކުގައި ޖެހި، އޭނާ މަގާމަށް އައްޔަން ކުރެވުނީތީ އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމަރ މައާފަށް އެދިވަޑައިގެންފި އެވެ. 

އިނގިރޭސިވިލާތުން އެމެެރިކާ އަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރުގެ މަގާމުން މެންޑެލްސަން ވަކި ކުރީ ވެސް، އެޕްސްޓީންއާ އޭނާއާ ދެމެދު ގުޅުމެއް އޮތް ކަމަށް ހާމަވުމުންނެވެ. އޭގެ ފަހުން ނެރުނު ލިޔުން ތަކުގައި މެންޑެލްސަން އާއި އެޕްސްޓީންއާ ދެމެދު ގުޅުން އޮތް ކަމަށް ހާމަވުމުން، މެންޑެލްސަން ވަނީ ވެރިކަން ކުރާ ލޭބާ ޕާޓީގެ މެމްބަރު ކަމުން އިސްތިއުފާ ދެއްވައިފަ އެވެ. 

ސަފީރު ކަމުގެ މަގާމަށް މެންޑެލްސަން އައްޔަން ކުރެއްވީއިރު ވެސް، އޭނާ އާއި އެޕްސްޓީންއާ ދެމެދު ގުޅުމެއް އޮތް ކަމަށް އެނގިހުރެ، އޭނާ މަގާމަށް އައްޔަން ކުރުމުން ބޮޑު ވަޒީރު ސްޓާމަރ އަށް ވަނީ ފާޑު ކިޔުން އަމާޒުވެފަ އެވެ. ސްޓާމާ ވިދާޅުވެފައި ވަނީ މަގާމަށް އައްޔަން ކުރުމުގެ ވެޓިން މަރުހަލާގައި ވެސް، އެޕްސްޓީންއާ ގުޅުން އޮތް ކަމަށް މެންޑެލްސަން ބުނެފައިވާ ކަމަށެވެ. ނަމަވެސް، އެޕްސްޓީންއާ އޮތް ގުޅުމާ ގުޅޭ ގޮތުން މެންޑެލްސަން ދޮގު ހަދާފައިވާ ކަމަށް ސްޓާމަރ ވިދާޅުވި އެވެ. 

އޭގެ ފަހުން ލޯކަލް ކޮމިއުނިޓީ އަށް ފަންޑު ހޯދުމަށް ބޭއްވި އިވެންޓެއްގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުން ބޮޑު ވަޒީރު ސްޓާމަރ ވިދާޅުވީ، މެންޑެލްސަންގެ ދޮގު ތަކުގައި ޖެހެވިފައިވާތީ، އެޕްސްޓީންގެ ޝިކާރަ އަކަށްވީ މީހުންގެ ކިބައިން މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ. ބޮޑު ވަޒީރު ސްޓާމަރ މައާފަށް އެދިވަޑައިގެންފައިވާއިރު، އޭނާ ލީޑަރުކަން ކުރައްވާ ލޭބާ ޕާޓީގެ އެތެރެއިން ވެސް ސްޓާމަރ އަށް ވަނީ ޕްރެޝަރު އަމާޒުވެފަ އެވެ. 

ސްޓާމަރ ވިދާޅުވީ މެންޑެލްސަން އާއި، އެޕްސްޓީންއާ ދެމެދު ގުޅުމެއް އޮތްކަން ކުރިން ވެސް އެނގޭ ކަމަށެވެ. ނަމަވެސް، އެ ގުޅުމުގެ ފުން މިނާއި، އޭގެ ނުރައްކާތެރިކަން އެއްވެސް މީހަކަށް އެނގިފައި ނެތް ކަމަށް ބޮޑު ވަޒީރު ސްޓާމަރ ފާހަގަ ކުރެއްވި އެވެ. އެޕްސްޓީންގެ ޝިކާރަ އަކަށްވީ މީހުންނާ މުޚާތަބު ކުރައްވައި ސްޓާމަރ ވިދާޅުވީ، ބާރު ގަދަ މަގާމު ތަކުގައި ތިބި ބަޔަކު އެ ފަރާތް ތަަކަށް އިހުމާލުވެފައިވާތީ ހިތާމަ ކުރައްވާ ކަމަށެވެ. ހަމަ އެއާ އެކު، މެންޑެލްސަންގެ ދޮގު ތަކުގައި ޖެހި، އިނގިރޭސިވިލާތުން އެމެރިކާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމަށް އޭނާ އައްޔަން ކުރެއްވުނީތީ މައާފަށް އެދިވަޑައި ގަންނަވާ ކަމަށެވެ. 

މި މައްސަލައިގައި މިދިޔަ ހަފުތާގެ ތެރޭގައި އޮތް ޤާނޫނު ހަދާ މަޖިލީހުގެ ބައްދަލުވުމުގައި ވެސް ވަނީ ސްޓާމަރ އަށް ނުރުހުން އަމާޒުވެފަ އެވެ. މި މައްސަލައިގައި ސަރުކާރުން ހިފަހައްޓަން މަސައްކަތް ކުރި ބައެއް ލިޔެ ކިޔުންތައް، ޤާނޫނު ހަދާ މަޖިލީހުގެ އިންޓެލިޖެންސް އެންޑް ސެކިއުރިޓީ ކޮމެޓީ އަށް ހުށަހެޅުމަށް މިހާރު ވަނީ ނިންމައިފަ އެވެ. އެ މައުލޫމާތުގެ ތެރެއިން އާންމުކުރާނީ ކޮން މައުލޫމާތު ތަކެއްކަން ކަނޑައަޅާނީ ކެބިނެޓު ސެކްރެޓަރީ އެވެ. 

މަސްދަރު: ބީބީސީ

ކިއަރ ސްޓާމާޖެފްރީ އެޕްސްޓީންޕީޓާ މެޑެލްސަންއިނގިރޭސިވިލާތްލޭބާ ޕާޓީ - ޔޫކޭ

ކޮމެންޓް

އިތުރަށް ކިޔާލަން

އެޕްސްޓީން ދުނިޔޭގައި ހުރިއިރު އެކަކު ވެސް އަޅާ ނުލި، މަރުވީމަ އެންމެން އެ ވާހަކަ ދައްކަނީ: ޓްރަމްޕް

އެޕްސްޓީން ދުނިޔޭގައި ހުރިއިރު އެކަކު ވެސް އަޅާ ނުލި، މަރުވީމަ އެންމެން އެ ވާހަކަ ދައްކަނީ: ޓްރަމްޕް

07 ފެބުރުއަރީ 2026
އެޕްސްޓީންއާ ގުޅުން އޮތް މެންޑެލްސަންގެ މައްސަލައިގައި، އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ ހޫނު ފެނަށް

އެޕްސްޓީންއާ ގުޅުން އޮތް މެންޑެލްސަންގެ މައްސަލައިގައި، އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ ހޫނު ފެނަށް

05 ފެބުރުއަރީ 2026
ރައީސް ވަހީދު ގެ މައްޗަށް ތަހުގީގު ހިންގުމަކީ ރައީސް މުއިއްޒު ކުރައްވަންޖެހޭނެ ކަމެއް: ރީކޯ މޫސަ

ރައީސް ވަހީދު ގެ މައްޗަށް ތަހުގީގު ހިންގުމަކީ ރައީސް މުއިއްޒު ކުރައްވަންޖެހޭނެ ކަމެއް: ރީކޯ މޫސަ

05 ފެބުރުއަރީ 2026
ރައީސް ވަހީދު ކުރެއްވި ހުވަޔާ ޚިލާފް! ތަހުޤީގު ކުރަންޖެހޭ!!!

ރައީސް ވަހީދު ކުރެއްވި ހުވަޔާ ޚިލާފް! ތަހުޤީގު ކުރަންޖެހޭ!!!

04 ފެބުރުއަރީ 2026
އެޕްސްޓީން މައްސަލައިގެ ވާހަކަ ދެއްކުން ހުއްޓާލައި، އެހެން ކަންކަމަށް ސަމާލުކަން ދޭން ޖެހޭ: ޓްރަމްޕް

އެޕްސްޓީން މައްސަލައިގެ ވާހަކަ ދެއްކުން ހުއްޓާލައި، އެހެން ކަންކަމަށް ސަމާލުކަން ދޭން ޖެހޭ: ޓްރަމްޕް

04 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު