Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަލިކު

މަލިކު އެއީ ދިވެހިންގެ ތަނެއް، އިންޑިއާ މީހުން އެއީ އެމީހުންގެ ތަނެއް ކަމަށް ދެކިގެން ނުވާނެ: ރައީސް ޔާމީން

މަލިކަކީ ތާރީޚީ ގޮތުން ދިވެހިންގެ ތަނެއްކަން ފާހަގަކުރައްވައި، އެއީ އިންޑިއާގެ އަސްލު މިލްކެއް ނޫން ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި. ޕީއެންއެފްގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މަލިކަކީ ދިވެހި ބަހުން ވާހަކަދައްކާ، ދިވެހި ރަސްކަމުގެ ބާރު ހިނގާފައިވާ ރަށެއް ކަމަށާއި، އެތަން އިންޑިއާގެ ބާރުގެ ދަށަށް ދިޔައީ ތާރީޚީ އެކި ހާދިސާތަކާ ގުޅިގެން ކަމަށް.

ރާއްޖެ އެމްވީ | 9 ފެބުރުއަރީ 2026 | ހޯމަ 12:27
ލަކްޝަދީބު އަތޮޅުގެ އެންމެ ދެކުނަށް އޮންނަ މަލިކަކީ، އެ ރަށުގެ ކަނޑުއަޑީގެ ދިރުންތަކުގެ މުއްސަނދިކަމާއި ހުދު ދޮންވެލި ގޮނޑުދޮށްތަކުގެ ސަބަބުން މަގުބޫލުކަން ހޯދާފައިވާ ތަނެއް.

ލަކްޝަދީބު އަތޮޅުގެ އެންމެ ދެކުނަށް އޮންނަ މަލިކަކީ، އެ ރަށުގެ ކަނޑުއަޑީގެ ދިރުންތަކުގެ މުއްސަނދިކަމާއި ހުދު ދޮންވެލި ގޮނޑުދޮށްތަކުގެ ސަބަބުން މަގުބޫލުކަން ހޯދާފައިވާ ތަނެއް. | ޓްރިޕަރހަބް.ކޮމް

ރާއްޖޭގެ އުތުރުން އޮންނަ މަލިކު އެއީ ދިވެހިންގެ ތަނެއް ކަމަށާއި، އިންޑިއާ މީހުން އެތަނަކީ އެމީހުންގެ ތަނެއް ކަމަށް ދެކިގެން ނުވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ނޫސްވެރިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން، ރައީސް ޔާމީން ވިދާޅުވީ އެމީހުން ވާހަކަ ދައްކަމުން ދަނީ ތާރީޚު ބެލުމެއް ނެތި ކަމުގަ އެވެ.

Advertisement - newsAdvertisement

ރައީސް ޔާމީން ގެ ޕާޓީ، ޕީއެންއެފް ގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ހޯމަ ވިލޭރޭ އެމަނިކުފާނު ވިދާޅުވީ، އިންޑިއާގެ ބައެއް ނޫސްވެރިން މަލިކަކީ ވެސް ދިވެހިންގެ ތަނެއްތޯ އެބަ ސުވާލު ކުރާ ކަމަށާއި، އޭގެ ޖަވާބަކީ "މަލިކަކީ ދިވެހިންގެ ތަނެއް"  ކަމަށެވެ.

"މަލިކަކީ ދިވެހިންގެ ތަނެއް، އިނގޭތޯ" ރައީސް ޔާމީން ވިދާޅުވި އެވެ.

ޔާމީން ފާހަގަ ކުރެއްވި ގޮތުގައި ދިވެހިރާއްޖެ އަށް އެންމެ ފުރަތަމަ ކިޔަނީ ވެސް މަލިކައްޑޫ އަތޮޅު ކަމުގަ އެވެ.

"މަލިކުން ފެށިގެން އައްޑޫ އަތޮޅާ ދެމެދު މިހުރީ ދިވެހިރާއްޖެ،" ޔާމީން ވިދާޅުވި އެވެ.

މަލިކު ނޫނީ މިނިކޯއީ ނޫނީ ލަކްޝަދީބް ކިޔާ ސަރަހައްދަކީ ދިވެހި ވެރިކަމުގެ ބާރު ހިނގިތަނެއް ކަމަށް ރައީސް ޔާމީން ފާހަގަ ކުރެއްވި އެވެ.

ޔާމީން ވިދާޅުވީ އެތަނުގެ މީހުންނަކީ ދިވެހި ބަހުން ވާހަކަ ދައްކާ ބައެއް ކަމަށެވެ.

ނުވަ ވަނަ ހަސަން ރަސްގެފާނު، ޕޯޗުގީޒުންގެ "ނުހުރުއްޕާން ބޮޑު ކަމުން" އެމީހުން ފަހާލަން ކަންނަންނޫރު އަލީ ރާޖާ ގެ ހިމާޔަތައް ދިޔައީ ކަމަށާއި، އަދި އޭގެ ބަދަލުގައި އަގެއްގެ ގޮތުގައި އަލީ ރާޖާ އަށް މަލިކު ދިނީ ކަމަށް ރައީސް ޔާމީން ފާހަގަ ކުރެއްވި އެވެ. 

މަލިކަކީ "އެހެން ވީމާ އެއީ އިންޑިއާގެ އަސްލު އެއްޗެއް ނޫން" ކަމަށް ޔާމީން ވިދާޅުވި އެވެ. 

ތަކުރާރު ކޮށް ޔާމީން ވިދާޅުވީ، އެއީ ހަމަ "ދިވެހިންގެ އެއްޗެއް" ކަމުގަ އެވެ.

ޕޯޗުގީޒުންގެ ދުއްތުރާތަކުން ރާއްޖެ ސަލާމަތް ކުރަން އެންމެ މަސްލަހަތުު އޮތް ގޮތަކީ މަލިކު އިންޑިއާ އަށް ދިނުން ކަމަށް ނުވަ ވަނަ ހަސަން ރަސްގެފާނަށް ފެނިވަޑައިގަތް ނަމަވެސް އިންޑިއާ މީހުން އެއީ އެމީހުންގެ ތަނެއް ކަމަށް ދެކިގެން ނުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އެއީ ހަމަ ދިވެހިންގެ ތަނެއް."

މަލިކައްޑޫ - މަލިކުން ފެށިގެން އައްޑޫ އަށް

ދިވެހި ތާރީޚީ ޢިލްމުވެރިޔާ މުޙައްމަދު އިބްރާހީމް ލުޠުފީ ބަޔާންކުރައްވާ ގޮތުގައި، 1500 ގެ ކުރީކޮޅު، އައްސުލްޠާން ކަޅު މުޙައްމަދު ސިރީ ދަންމަރު ބަވަނަ މަހާރަދުންގެ ރަސްކަމުގައި ދިވެހިރާއްޖޭގެ ބާރުގެ ދަށުން މަލިކު ވަނީ ބޭރުވެގެން ގޮސްފަ އެވެ.

 17 ވަނަ ޤަރުނާއި 18 ވަނަ ޤަރުނާ ދެމެދު، އައްސުލްޠާން އިބްރާހީމް އިސްކަންދަރު (އެއްވަނަ) އާއި އައްސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީނާ ދެމެދު ބަދަލު ކުރެވިފައިވާ ރަސްމީ ސިޓީފުޅުތަކާއި ލިޔުންތަކުގައި، މަލިކަކީ ދިވެހިރާއްޖޭގެ ރަށެއްގެ ގޮތުގައި ބަޔާންކޮށްފައިވެ އެވެ.

1500 ގެ އަހަރުތަކުގައި ޕޯޗުގީޒުން ދިވެހިރާއްޖެ ހިފިއިރު، މަލިކު އޮތީ މަލަބާރީންގެ، ކަންނަންނޫރު ޢަލީ ރާޖާއިންގެ ބާރުގެ ދަށުގައެވެ. ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކޮށްދެއްވި ޤައުމީ ބަޠަލް އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމް، އެކަލޭގެފާނުގެ ޢާއިލާ ރައްކާތެރިކުރުމަށްޓަކައި މަލިކަށް ގެންދެވިއެވެ. އެ ދުވަސްވަރު މަލިކު މީހުން އެބޭފުޅުންނަށްޓަކައި ގެއަކާއި މިސްކިތެއް ބިނާކޮށްދިނެވެ.

1600 ގެ ކުރީކޮޅު ޕިރާޑް ޑި ލަވާލް މަލިކަށް ދިޔައިރު، އެ ރަށުގައި ބޭނުންކުރާ ބަހާއި، އެ މީހުންގެ އާދަކާދަތަކަކީ ދިވެހިރާއްޖޭގެ އާދަކާދަތަކާ މުޅިން އެއްގޮތް ކަންތައްތަކެއްކަން އޭނާ ފާހަގަކުރިއެވެ. އަދި އޭގެ ކުރިން އެރަށް އޮތީ ދިވެހި ރަސްކަމުގެ ދަށުގައި ކަމަށާއި، އޭރުގެ ރަދުން އެރަށް އޭނާގެ ކޮއްކޯފުޅަށް ހަދިޔާކުރެއްވި ކަމަށް ވެސް އޭނާ ލިޔެފައިވެ އެވެ.

1600 ގެ މެދުތެރޭގައި ޢަލީ ރާޖާގެ ފަރާތުން ކުރިމަތިވަމުންދިޔަ އުނދަގޫތަކާއި ގޯނާތަކުގެ ސަބަބުން، އައްސުލްޠާން އިބްރާހީމް އިސްކަންދަރު (އެއްވަނަ) ދިވެހި ސިފައިން ފޮނުއްވައި މަލިކު އަލުން ދިވެހިރާއްޖޭގެ ބާރުގެ ދަށަށް ގެންނެވި އެވެ. އެއަށްފަހު 1752 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ބޯޑަރު ނުވަތަ އިގެ ގޮތުގައި ބެލެވިފައިވަނީ "މަލިކައްޑޫ" (މަލިކުން ފެށިގެން އައްޑުއާ ހަމައަށް) އެވެ.

ޕިރާޑް ގެ ދަތުރުނާމާގައި ހިމަނާފާއިވާ ރާއްޖޭގެ ޗާޓު ދައްކުވައިދޭ ކުރެހުމެއް.
ޕިރާޑް ގެ ދަތުރުނާމާގައި ހިމަނާފާއިވާ ރާއްޖޭގެ ޗާޓު ދައްކުވައިދޭ ކުރެހުމެއް.

1752 ވަނަ އަހަރު ޢަލީ ރާޖާގެ ލަޝްކަރުން ދިވެހިރާއްޖެ ހިފިއިރު، މަލިކު ވެސް އެމީހުންގެ ބާރުގެ ދަށަށް ގެންދިޔަ އެވެ. މި ހަމަލާގައި ރާއްޖޭގެ އޭރުގެ ރަދުން އައްސުލްޠާން މުކައްރަމް މުޙައްމަދު ޢިމާދުއްދީނާއި، ވަލީޢަހުދު މުޙައްމަދު މަނިކުފާނާއި އަދި ބައެއް ވަޒީރުން ހައްޔަރުކޮށްގެން ކަންނަންނޫރަށް ގެންދިޔަ އެވެ.

ހަތަރު މަސް ފަހުން ދިވެހިން ހަނގުރާމަކޮށް ރާއްޖެ މިނިވަންކުރި ނަމަވެސް، މިފަހަރު މަލިކު އަނބުރާ ރާއްޖޭގެ ބާރުގެ ދަށަކަށް ނައެވެ. އެރަށް އޮތީ ޢަލީ ރާޖާގެ ބާރުގެ ދަށުގަ އެވެ. ހައްޔަރުކޮށްފައި ހުންނެވި ދިވެހި ރަދުން ފަހުން މަލިކަށް ފޮނުވާލެވުނުއިރު، އެމަނިކުފާނު އަވަހާރަވީ އެރަށުގައި ބަންދެއްގައި ހުންނަވަނިކޮށެވެ. މަލިކުގައިވާ އެ ރަދުންގެ މަހާނަގައަކީ މީގެ ހެތްކެއް ކަމަށް ލިޔުންތަކުގައިވެ އެވެ.

ފަހުން 1790 ވަނަ އަހަރު ބްރިޓިޝް އީސްޓް އިންޑިއާ ކޮމްޕެނީން އިންޑިއާ ބައްރުގެ ގިނަ ސަރަޙައްދުތަކެއްގެ ބާރު ހޯދުމުން، އެ ކުންފުންޏަށް ޖިޒީއެއް ދައްކާ ގޮތަށް ޢަލީ ރާޖާ ނުވަތަ އަރައްކަލް ބީބީއަށް މަލިކު ބެލެހެއްޓުމުގެ ހުއްދަ ދެވުނު ކަމަށްވެ އެވެ.

1858 ވަނަ އަހަރު މަލިކުގެ މައްޗަށް އޮތް ބާރުވެރިކަން އީސްޓް އިންޑިއާ ކޮމްޕެނީގެ އަތުން އިނގިރޭސި ތަޚުތަށް (ރާނީ ވިކްޓޯރިއާއަށް) ބަދަލުވިއެވެ. ނަމަވެސް ޢަލީ ރާޖާގެ ފުރިހަމަ ބާރު މަލިކުގެ މައްޗަށް ގެއްލިގެން ދިޔައީ 1905 ވަނަ އަހަރުއެވެ. އެ އަހަރުން ފެށިގެން މަލިކު ބަލަހައްޓަމުން ދިޔައީ މަލަބާރު ޑިސްޓްރިކްޓްގެ ދަށުންނެވެ.

1752 ވަނަ އަހަރަށްފަހު މަލިކުގެ މައްޗަށް ދިވެހި ދައުލަތުގެ ސިޔާސީ ބާރެއް ނެތެވެ. ނަމަވެސް، ރާއްޖޭގެ ކުރީގެ ބޮޑުވަޒީރު ކަކާގޭ މުޙައްމަދު ދީދީ އެމަނިކުފާނުގެ ދެ ކޮއްކޯފުޅުންނާއެކު މަލިކަށް އަރުވާލެވިފައި ހުންނަވަނިކޮށް، 1800 ގެ އަހަރުތަކުގެ ތެރޭގައި މަދްރާސް ސަރުކާރުން އެމަނިކުފާނު މަލިކުގެ ވެރިޔަކަށް އައްޔަންކުރެއްވިކަން އެނގޭ ބައެއް ލިޔުންތައް ފެންނަން އެބަހުރި ކަމަށް ވެސް ލިޔުންތަކުގައި ފާހަގަ ކޮށްފައިވެ އެވެ.

މަލިކުއަބްދުﷲ ޔާމީންރާއްޖެ-އިންޑިއާހަސަން ރަސްގެފާނުޢަލީ ރާޖާމަލިކު

ކޮމެންޓް

އިތުރަށް ކިޔާލަން

މުއިއްޒޫ، ތިޔޭ އެއްކަލަ!. ހަމަ މޮޅު އެއްޗެއް އަނެއްކާވެސް ބުނެލީ

މުއިއްޒޫ، ތިޔޭ އެއްކަލަ!. ހަމަ މޮޅު އެއްޗެއް އަނެއްކާވެސް ބުނެލީ

05 ފެބުރުއަރީ 2026
ފަތުރުވެރި ކަމުގެ ރެކޯޑެއް ރާއްޖެ އިން ޖެނުއަރީ މަހު ހެދި ކަމަށް ބުނެ މިނިސްޓަރު ތޯރިގް ފޮނި ކެނޑުއްވި އިރު ސްރީލަންކާ އިން ޖެނުއަރީ މަހު ހެދި ރިކޯޑު މާ މަތި!

ފަތުރުވެރި ކަމުގެ ރެކޯޑެއް ރާއްޖެ އިން ޖެނުއަރީ މަހު ހެދި ކަމަށް ބުނެ މިނިސްޓަރު ތޯރިގް ފޮނި ކެނޑުއްވި އިރު ސްރީލަންކާ އިން ޖެނުއަރީ މަހު ހެދި ރިކޯޑު މާ މަތި!

04 ފެބުރުއަރީ 2026
ބޮޑު ވަޒީރު މޯދީ ރައީސް މުއިއްޒު އަށް ޝުކުރު އަދާ ކުރައްވާ ކުރެއްވި ޕޯސްޓެއް، އޭއައި ގްރޮކް އިން ތަރުޖަމާ ކޮށް އާންމު ކުރި އިރު އޮންނަނީ މި ސަރުކާރުގައި ތިބީ އިންޑިއާ އާ ދެކޮޅު ހަރަކާތުގައި ކުރީ ސަފުގައި ތިބި މީހުން ކަމަށް!

ބޮޑު ވަޒީރު މޯދީ ރައީސް މުއިއްޒު އަށް ޝުކުރު އަދާ ކުރައްވާ ކުރެއްވި ޕޯސްޓެއް، އޭއައި ގްރޮކް އިން ތަރުޖަމާ ކޮށް އާންމު ކުރި އިރު އޮންނަނީ މި ސަރުކާރުގައި ތިބީ އިންޑިއާ އާ ދެކޮޅު ހަރަކާތުގައި ކުރީ ސަފުގައި ތިބި މީހުން ކަމަށް!

30 ޖެނުއަރީ 2026
ކައުންސިލް އިންތިހާބަށް ވާދަކުރާ ކެނޑިޑޭޓުންގެ ކަންކަން ހަމަ އެކަނި އީފާސް މެދުވެރިކޮށް ކުރަން މަޖުބޫރު ކޮށްފަވާތީ، ޕީއެންއެފް އިން އިލެކްޝަންސް ގެ މައްޗަށް ދައުވާކޮށްފި

ކައުންސިލް އިންތިހާބަށް ވާދަކުރާ ކެނޑިޑޭޓުންގެ ކަންކަން ހަމަ އެކަނި އީފާސް މެދުވެރިކޮށް ކުރަން މަޖުބޫރު ކޮށްފަވާތީ، ޕީއެންއެފް އިން އިލެކްޝަންސް ގެ މައްޗަށް ދައުވާކޮށްފި

26 ޖެނުއަރީ 2026
މިނިސްޓަރ ސައީދު ވިއޮން އަށް އިނގިރޭސިބަހުން ދެއްވި އިންޓަރވިއުގެ ފެންވަރު ދަށްކަމުން އެތައް ބައެއްގެ ފާޑުކިޔުން އޮއްސާލައިފި

މިނިސްޓަރ ސައީދު ވިއޮން އަށް އިނގިރޭސިބަހުން ދެއްވި އިންޓަރވިއުގެ ފެންވަރު ދަށްކަމުން އެތައް ބައެއްގެ ފާޑުކިޔުން އޮއްސާލައިފި

22 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު