Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިނގިރޭސިވިލާތް-ސައުދީ އަރަބިއްޔާ

ޕްރިންސް ވިލިއަމް ސައުދީ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ރިޔާޟް އަށް ވަޑައިގެންފި

އިނގިރޭސި ވަލީއަހުދު ޕްރިންސް ވިލިއަމް ސައުދީއަށް ކުރައްވާ މި ދަތުރުފުޅުގައި އެ ގައުމުގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާ ބައްދަލުކުރައްވައި، ތާރީޚީ އަދި ތިމާވެށީގެ ގޮތުން މުހިންމު ސަރަހައްދުތަކަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައި. މި ދަތުރުފުޅުގެ މައިގަނޑު ބޭނުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރިއާއި، ހަކަތަ އަދި އިންވެސްޓްމަންޓްގެ ގުޅުންތައް އިތުރަށް ބަދަހިކުރުން. ސައުދީއަކީ މެދުއިރުމަތީގައި އިނގިރޭސިވިލާތުގެ އެންމެ މުހިންމު އިގްތިސާދީ ބައިވެރިޔާ ކަމަށްވާއިރު، މި ޒިޔާރަތަކީ ދެ ގައުމުގެ ސިޔާސީ ގުޅުމަށް 100 އަހަރު ފުރުމާ ދިމާކޮށް ކުރައްވާ ދަތުރުފުޅެއް.

ރާއްޖެ އެމްވީ | 9 ފެބުރުއަރީ 2026 | ހޯމަ 16:49
އިނގިރޭސި ވަލީއަހުދު ޕްރިންސް ވިލިއަމް، ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟަށް 2026 ފެބްރުއަރީ 9 ވަނަ ދުވަހު ވަޑައިގަތުމުން، އެމަނިކުފާނަށް މަރުހަބާ ދެންނެވީ ރިޔާޟްގެ ޑެޕިއުޓީ ގަވަރުނަރު ޕްރިންސް މުޙައްމަދު ބިން އަބްދުއްރަޙްމާން ބިން އަބްދުލްއަޒީޒް.

އިނގިރޭސި ވަލީއަހުދު ޕްރިންސް ވިލިއަމް، ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟަށް 2026 ފެބްރުއަރީ 9 ވަނަ ދުވަހު ވަޑައިގަތުމުން، އެމަނިކުފާނަށް މަރުހަބާ ދެންނެވީ ރިޔާޟްގެ ޑެޕިއުޓީ ގަވަރުނަރު ޕްރިންސް މުޙައްމަދު ބިން އަބްދުއްރަޙްމާން ބިން އަބްދުލްއަޒީޒް. | ސޯޝަލް މީޑިއާ

އިނގިރޭސިވިލާތުގެ ވަލީއަހުދު ޕްރިންސް ވިލިއަމް، ސައުދީ އަރަބިއްޔާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ހޯމަ ދުވަހު ރިޔާޟަށް ވަޑައިގެންފި އެވެ.

ރިޔާޟަށް ވަޑައިގަތުމަށްފަހު އިންސްޓަގްރާމްގައި ހިއްސާކުރެއްވި ފޮޓޯތަކާއެކު ވިލިއަމް ވިދާޅުވީ، ރިޔާޟްގެ ޑެޕިއުޓީ ގަވަރުނަރު، ހިޒް ރޯޔަލް ހައިނަސް ޕްރިންސް މުހައްމަދު ބިން އަބްދުލްރަހްމާން ބިން އަބްދުލްއަޒީޒް ވިދާޅުވި ހޫނު މަރުހަބާއަށްޓަކައި އުފާކުރައްވާ ކަމަށެވެ.

ހޯމަ ދުވަހުގެ ފަހުގެ ވަގުތެއްގައި، ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން، އިނގިރޭސި ވަލީއަހުދު ވިލިއަމްއާ ބައްދަލުކުރައްވައި، ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދަފްތަރުގައި ހިމެނޭ އައް-ތުރައިފް އަށް ޒިޔާރަތްކުރައްވައި އެތަން ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ޒިޔާރަތަށްފަހު ދެ ބޭފުޅުންގެ ރަސްމީ ބައްދަލުވުމެއް ބޭއްވުމަށް ވެސް ވަނީ ނިންމާފަ އެވެ.

އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ދަތުރުފުޅުގެ މައިގަނޑު މަގްސަދަކީ، ދެ ގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 100 އަހަރު ފުރުން ފާހަގަކުރުމުގެ ކުރިން، ވިޔަފާރިއާއި ހަކަތަ އަދި އިންވެސްޓްމަންޓްގެ ދާއިރާއިން އޮތް ގުޅުން އިތުރަށް ބަދަހިކުރުމެވެ.

ތިމާވެށީގެ ދާއިރާގައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރައްވާ ޕްރިންސް ވިލިއަމް، މި ދަތުރުފުޅުގައި ސައުދީގެ ތާރީޚީ ސިޓީއެއް ކަމަށްވާ އަލްއުލާ އަށް ޒިޔާރަތްކުރައްވައި، އެ ސަރަހައްދު ހިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތްތައް ބައްލަވާލައްވާނެ ކަމަށް ކެންސިންގޓަން ޕެލަސް އިން މައުލޫމާތުދެ އެވެ.

ސައުދީ އަރަބިއްޔާއަކީ މެދުއިރުމަތީގައި އިނގިރޭސިވިލާތުގެ އެންމެ މުހިންމު ސްޓްރެޓީޖިކް ބައިވެރިޔާގެ ގޮތުގައި ބެލެވޭ ގައުމެކެވެ. އެގޮތުން 2025 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް، ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި ކުރެވުނު މުދަލާއި ޚިދުމަތުގެ ވިޔަފާރީގެ އަދަދު 17.2 ބިލިއަން ޕައުންޑް (23.5 ބިލިއަން އެމެރިކާ ޑޮލަރު) އަށް އަރަ އެވެ.

ޕްރިންސް ވިލިއަމްއިނގިރޭސިވިލާތްމުޙައްމަދު ބިން ސަލްމާންރިޔާޟްއިނގިރޭސިވިލާތް-ސައުދީ އަރަބިއްޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮޑު ވަޒީރު ސްޓާމާ އިސްތިއުފާ ނުދެއްވާނެ ކަމަށް ބުނެފި

ބޮޑު ވަޒީރު ސްޓާމާ އިސްތިއުފާ ނުދެއްވާނެ ކަމަށް ބުނެފި

09 ފެބުރުއަރީ 2026
އިސްތިއުފާގެ އަޑު ގަދަވެފައި ވަނިކޮށް، ބޮޑު ވަޒީރު ސްޓާމަރ ޤައުމާ މުޚާތަބު ކުރައްވައި، ޕާޓީގެ މެމްބަރުންނާ ބައްދަލު ކުރައްވަނީ

އިސްތިއުފާގެ އަޑު ގަދަވެފައި ވަނިކޮށް، ބޮޑު ވަޒީރު ސްޓާމަރ ޤައުމާ މުޚާތަބު ކުރައްވައި، ޕާޓީގެ މެމްބަރުންނާ ބައްދަލު ކުރައްވަނީ

09 ފެބުރުއަރީ 2026
ބޮޑު ވަޒީރު ސްޓާމާ ޕްރެޝަރަށް ވެއްޓިފައި ވަނިކޮށް، ޗީފް އޮފް ސްޓާފް އިސްތިއުފާާ ދެއްވައިފި

ބޮޑު ވަޒީރު ސްޓާމާ ޕްރެޝަރަށް ވެއްޓިފައި ވަނިކޮށް، ޗީފް އޮފް ސްޓާފް އިސްތިއުފާާ ދެއްވައިފި

09 ފެބުރުއަރީ 2026
މެންޑެލްސަންގެ ދޮގު ތަކުގައި ޖެހެވުނީތީ، އެޕްސްޓީންގެ ޝިކާރައަކަށްވި މީހުންގެ ކިބައިން ބޮޑު ވަޒީރު ސްޓާމަރ މައާފަށް އެދިވަޑައިގެންފި

މެންޑެލްސަންގެ ދޮގު ތަކުގައި ޖެހެވުނީތީ، އެޕްސްޓީންގެ ޝިކާރައަކަށްވި މީހުންގެ ކިބައިން ބޮޑު ވަޒީރު ސްޓާމަރ މައާފަށް އެދިވަޑައިގެންފި

08 ފެބުރުއަރީ 2026
ރައީސް މުއިއްޒު ސައުދީ ވަލީއަހުދަށް ސިޓީފުޅެއް ފޮނުއްވައިފި

ރައީސް މުއިއްޒު ސައުދީ ވަލީއަހުދަށް ސިޓީފުޅެއް ފޮނުއްވައިފި

06 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު