Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިނގިރޭސިވިލާތް

އިސްތިއުފާގެ އަޑު ގަދަވެފައި ވަނިކޮށް، ބޮޑު ވަޒީރު ސްޓާމަރ ޤައުމާ މުޚާތަބު ކުރައްވައި، ޕާޓީގެ މެމްބަރުންނާ ބައްދަލު ކުރައްވަނީ

އިނގިރޭސި މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ހޯމަ ދުވަހުގެ ވަގުތެއްގައި ބޮޑު ވަޒީރު ސްޓާމަރ ޤައުމާ މުޚާތަބު ކުރައްވާނެ. އިނގިރޭސި ބޮޑު ވަޒީރުގެ ރަސްމީ އޮފީސް، ޑައުނިންގ ސްޓްރީޓް ގައި ހުންނަވާ ޤައުމާ މުޚާތަބު ކުރައްވާނެ ކަމަށް ރިޕޯޓު ކޮށްފައިވޭ. އަދި އެއަށް ފަހު، ސްޓާމަރ ލީޑަރުކަން ކުރައްވާ ލޭބަރ ޕާޓީގެ މެމްބަރުންނާ ހޯމަ ދުވަހުގެ ރޭ ބައްދަލު ކުރައްވާނެ ކަމަށް ވެސް ރިޕޯޓު ކޮށްފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 9 ފެބުރުއަރީ 2026 | ހޯމަ 08:29
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމާ، ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅު ޑައުނިން ސްޓްރީޓް އިން ނިކުމެ ވަޑައިގަންނަވަނީ

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމާ، ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅު ޑައުނިން ސްޓްރީޓް އިން ނިކުމެ ވަޑައިގަންނަވަނީ | ގެޓީ އިމޭޖަސް

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމަރގެ އިސްތިއުފާ އަށް ގޮވާލުން ގިނަ ވެފައި ވަނިކޮށް، ޤައުމާ މުޚާތަބު ކުރައްވައި، އަދި އަމިއްލަ ޕާޓީގެ މެމްބަރުންނާ ބައްދަލު ކުރައްވަން ނިންމަވައިފި އެވެ.

އެމެރިކާގެ ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީންއާ ގާތް ގުޅުމެއް އޮތް، ޕީޓަރ މެންޑެލްސަން އަށް ސަފީރުކަން ދިން މައްސަލައިގައި ސްޓާމާ ވަނީ ވަރަށް ބޮޑަށް ހޫނު ފެނަށް ވެއްޓިފަ އެވެ. އެ މައްސަލައިގައި ސްޓާމަރގެ ޗީފް އޮފް ސްޓާފް ވެސް އިސްތިއުފާ ދެއްވާފައިވާއިރު، ލޭބަރ ޕާޓީގެ މެމްބަރުންގެ މެދުގައި ވެސް ނުތަަނަވަސްކަން ވަނީ އުފެދިފަ އެވެ.

އިނގިރޭސި މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ހޯމަ ދުވަހުގެ ވަގުތެއްގައި ބޮޑު ވަޒީރު ސްޓާމަރ ޤައުމާ މުޚާތަބު ކުރައްވާނެ އެވެ. އިނގިރޭސި ބޮޑު ވަޒީރުގެ ރަސްމީ އޮފީސް، ޑައުނިންގ ސްޓްރީޓް ގައި ހުންނަވާ ޤައުމާ މުޚާތަބު ކުރައްވާނެ ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ. އަދި އެއަށް ފަހު، ސްޓާމަރ ލީޑަރުކަން ކުރައްވާ ލޭބަރ ޕާޓީގެ މެމްބަރުންނާ ހޯމަ ދުވަހުގެ ރޭ ބައްދަލު ކުރައްވާނެ ކަމަށް ވެސް ރިޕޯޓު ކޮށްފައިވެ އެވެ. މިއީ ލޭބަރ ޕާޓީގެ ތެރޭގައި ސްޓާމަރ އަށް އޮތް ތާއީދު ދަމަހައްޓައި، މެމްބަރުންގެ އިތުބާރު އަލުން ހޯއްދެއްވުމަށް ބޮޑު ވަޒީރު ކުރައްވާ ކަމެއް ކަމަށް ބުނެފައިވެ އެވެ. 

ލޭބަރ ޕާޓީގެ އިސް މެމްބަރަކު ވިދާޅުވި ގޮތުގައި، ސްޓާމަރ މިހާރު ޖެހިވަޑައިގެންފައި ވަނީ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ސާފު ކުރުމަށެވެ. އެކަން ކުރުމަށްޓަކައި އޭނާ ގިނަ ފިޔަވަޅު ތަކެއް އަޅުއްވަން ޖެހޭނެ ކަމަށާއި، ޕާޓީގެ މެމްބަރުންގެ އިތުބާރާއި، ޤައުމުގެ ރައްޔިތުންގެ އިތުބާރު ހޯދަން ޖެހޭނެ ކަމަށް ފާހަގަ ކޮށްފައިވެ އެވެ. ބޮޑު ވަޒީރުގެ އޮފީހުގެ މަސްދަރަކުން ބުނެފައިވާ ގޮތުގައި، މެންޑެލްސަންގެ މައްސަލައިގައި ފާހަގަވި ކަންކަަމަށް ހައްލު ހޯދުމުގެ މަސައްކަތް ހުސްވި ހަފުތާގައި ވަނީ ފަށައިފަ އެވެ. 

މިކަމާ ގުޅޭ ގޮތުން ޔޯކް ސެންޓްރަލްގެ މެމްބަރު ރޭޗަލް މަސްކެލް ވިދާޅުވީ، ބޮޑު ވަޒީރުގެ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުންނެވި މޯގަން މެކްސްވީނީ އިސްތިއުފާ ދިނުމަކީ ފެށުމެއް ކަމަށެވެ. ނަމަވެސް، ޕާޓީގެ ތެރޭގައި ނިންމުންތައް ނިންމަމުންދާ ގޮތް ސާފު ވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ޚާއްސަކޮށް އޭނާ ވިދާޅުވީ މެކްސްވީނީ އާއި މެންޑެލްސަން ހިންގި "ކިޗަން ކެބިނެޓު"ގެ ދައުރާއި، ޕާޓީގެ އެތެރޭގައި އޮތް ވަކި ޕެކްޝަން ތަކަކަށް ތާއީދު ކުރުމުގެ ސަގާފަތް ނައްތާލައި، އަދި ހުރިހާ މެމްބަރުންގެ އަޑު އަހާ ސިޔާސަތެއް ޤާއިމު ކުރަން ޖެހޭ ކަމަށެވެ. 

ބައެއް މެމްބަރުން ބޮޑު ވަޒީރު ސްޓާމަރގެ އިސްތިއުފާ އަށް ގޮވާލަމުން އަންނައިރު، ލިވަޕޫލް ވެސްޓް ޑާބީގެ މެމްބަރު އިއާން ބާން ވިދާޅުވީ، ހަމައެކަނި އިސްތިއުފާ ދެއްވުމަކުން މައްސަލަ ނުނިމޭނެ ކަމަށެވެ. އޭނާ ވިދާޅުވީ، ބޮޑު ވަޒީރު އަމިއްލަފުޅަށް މަގާމުން ދުރުވާންވީތޯ ވިސްނަވަން ޖެހޭ ކަމަށެވެ. ސްޓާމަރގެ އިސްތިއުފާ އަށް މެމްބަރުން ގޮވާލަމުން އަންނައިރު، ބައެއް މެމްބަރުން އޭނާ އަށް ތާއީދު ކޮށްފައިވެ އެވެ. 

މަސްދަރު: ޖީބީ ނިއުސް

ލޭބާ ޕާޓީ - ޔޫކޭޕީޓާ މެޑެލްސަންޑައުނިންގ ސްޓްރީޓްކީ ސްޓާމާ (އިނގިރޭސި ބޮޑު ވަޒީރު)އިނގިރޭސިވިލާތް

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮޑު ވަޒީރު ސްޓާމާ ޕްރެޝަރަށް ވެއްޓިފައި ވަނިކޮށް، ޗީފް އޮފް ސްޓާފް އިސްތިއުފާާ ދެއްވައިފި

ބޮޑު ވަޒީރު ސްޓާމާ ޕްރެޝަރަށް ވެއްޓިފައި ވަނިކޮށް، ޗީފް އޮފް ސްޓާފް އިސްތިއުފާާ ދެއްވައިފި

09 ފެބުރުއަރީ 2026
މެންޑެލްސަންގެ ދޮގު ތަކުގައި ޖެހެވުނީތީ، އެޕްސްޓީންގެ ޝިކާރައަކަށްވި މީހުންގެ ކިބައިން ބޮޑު ވަޒީރު ސްޓާމަރ މައާފަށް އެދިވަޑައިގެންފި

މެންޑެލްސަންގެ ދޮގު ތަކުގައި ޖެހެވުނީތީ، އެޕްސްޓީންގެ ޝިކާރައަކަށްވި މީހުންގެ ކިބައިން ބޮޑު ވަޒީރު ސްޓާމަރ މައާފަށް އެދިވަޑައިގެންފި

08 ފެބުރުއަރީ 2026
އެޕްސްޓީންއާ ގުޅުން އޮތް މެންޑެލްސަންގެ މައްސަލައިގައި، އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ ހޫނު ފެނަށް

އެޕްސްޓީންއާ ގުޅުން އޮތް މެންޑެލްސަންގެ މައްސަލައިގައި، އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ ހޫނު ފެނަށް

05 ފެބުރުއަރީ 2026
އެޕްސްޓީން މައްސަލައިގެ ވާހަކަ ދެއްކުން ހުއްޓާލައި، އެހެން ކަންކަމަށް ސަމާލުކަން ދޭން ޖެހޭ: ޓްރަމްޕް

އެޕްސްޓީން މައްސަލައިގެ ވާހަކަ ދެއްކުން ހުއްޓާލައި، އެހެން ކަންކަމަށް ސަމާލުކަން ދޭން ޖެހޭ: ޓްރަމްޕް

04 ފެބުރުއަރީ 2026
އެޕްސްޓީން މައްސަލައިގެ ތުހުމަތު އަމާޒުވުމުން މެންޑެލްސަން، ބޮޑު ވަޒީރު ސްޓާމާގެ ލޭބާ ޕާޓީ އިން އިސްތިއުފާ ދީފި

އެޕްސްޓީން މައްސަލައިގެ ތުހުމަތު އަމާޒުވުމުން މެންޑެލްސަން، ބޮޑު ވަޒީރު ސްޓާމާގެ ލޭބާ ޕާޓީ އިން އިސްތިއުފާ ދީފި

02 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު