Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިނގިރޭސިވިލާތް

ބޮޑު ވަޒީރުކަން ބޭނުމެއް ނޫން، މިއީ ލޭބާ ޕާާޓީ އަށް ބަދަލު ތަކެއް ގެންނަންވީ ވަގުތު: އެނާޖީ މިނިސްޓަރު މިލިބޭންޑް

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކަމަށް ވަޑައިގެންނެވުމުގެ އެއްވެސް ޝައުޤުވެރި ކަމެއް އޮތްތޯ ސުވާލު ކުރުމުން މިލިބޭންޑް ވިދާޅުވީ، އޭނާގެ އެފަދަ އެއްވެސް ޝައުޤުވެރި ކަމެއް ނެތް ކަމަށާއި، އެކަން ބޭނުން ނުވާ ކަމަށް. އަދި މީގެ ކުރިން ވެސް އެ ވާހަކަ ހިއްސާ ކޮށްފައި ވާނެ ކަމަށް އޭނާ ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ފެބުރުއަރީ 2026 | ބުދަ 07:01
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ އަދި އެނާޖީ މިނިސްޓަރު އެޑްވާޑް މިލިބޭންޑް

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ އަދި އެނާޖީ މިނިސްޓަރު އެޑްވާޑް މިލިބޭންޑް | ގެޓީ އިމޭޖަސް

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާއާ ވާދަކުރައްވައި ބޮޑު ވަޒީރުކަން ހޯދަން ބޭނުންފުޅު ނުވާ ކަމަށާއި، މިއީ ލޭބާ ޕާޓީ އަށް ބަދަލު ތަކެއް އަންނަންވީ ވަގުތު ކަމަށް، އެ ޤައުމުގެ އެނާޖީ މިނިސްޓަރު އެޑްވާޑް މިލިބޭންޑް ވިދާޅުވެއްޖެ އެވެ. 

ބީބީސީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިލިބޭންޑް ވަނީ، ވެރިކަން ކުރާ ލޭބާ ޕާޓީގެ ލީޑާޝިޕް އަށް ގޮން ޖައްސަވައި، މިހާރުގެ ލީޑާޝިޕްއާ ދެކޮޅަށް އޭނާ ނިކުންނަވާނެ ކަމަށް ދެކެވޭ ވާހަކަތައް ދޮގު ކުރައްވައިފަ އެވެ. 

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކަމަށް ވަޑައިގެންނެވުމުގެ އެއްވެސް ޝައުޤުވެރި ކަމެއް އޮތްތޯ ސުވާލު ކުރުމުން މިލިބޭންޑް ވިދާޅުވީ، އޭނާގެ އެފަދަ އެއްވެސް ޝައުޤުވެރި ކަމެއް ނެތް ކަމަށާއި، އެކަން ބޭނުން ނުވާ ކަމަށެވެ. އަދި މީގެ ކުރިން ވެސް އެ ވާހަކަ ހިއްސާ ކޮށްފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ލޭބާ ޕާޓީގެ ސަރުކާރުގެ އެތެރެއިން ފެންނަނީ، މީގެ ކުރިން ކޮންޒަވޭޓިވް ޕާޓީގެ އެތެރެއިން ވެސް ފެނުނު ކަހަލަ މަންޒަރެއް ކަމަށް ޕްރެޒެންޓަރު ފާހަގަ ކުރުމުން، މިލިބޭންޑް ވިދާޅުވީ އާންމުންގެ ކަންބޮޑުވުން ހުރި ސަބަބުން އޭނާ އަށް ވިސްނޭ ކަމަށެވެ. ނަމަވެސް، ލޭބާ ޕާޓީގެ ސަރުކާރަކީ ކޮންޒަވޭޓިވް ޕާޓީގެ ސަރުކާރާ އެއްގޮތް ސަރުކާރެއް ނޫން ކަމަށް މިލިބޭންޑް ވަނީ ވިދާޅުވެފަ އެވެ. 

މީގެ އިތުރުން ބޮޑު ވަޒީރުގެ މަގާމުގައި ސްޓާމާ އަށް ދެން ހުންނެވޭނީ ކިހާ މުއްދަތަކަށްތޯ ސުވާލު ކުރުމުން މިލިބޭންޑް ވިދާޅުވީ، ހޯމަ ދުވަހަކީ ބޮޑު ވަޒީރަށް ނުރައްކާތެރި ވަގުތު ކޮޅެއް ކުރިމަތިވި ދުވަހެއް ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. އެހެން ނަމަވެސް، ލޭބާ ޕާޓީ އިން ނިންމާފައި ވަނީ ލީޑާޝިޕް ބަދަލު ކުރުމުގެ ހަލަބޮލި ކަމުގެ ތެރެއަށް ދިޔުމުގެ ބަދަލުގައި، މިހާރުގެ ލީޑަަރަށް ތާއީދު ކޮށްގެން ކުރިއަށް ދާން ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. 

ސްޓާމާގެ ދިފާއުގައި ހޯމަ ދުވަހު އެކްސްގައި ޕޯސްޓު ވެސް ކުރެެއްވި މިލިބޭންޑް ވިދާޅުވީ، ބޮޑު ވަޒީރު ސްޓާމާ އަކީ ރައްޔިތުންގެ ސާފު އަޣުލަބިއްޔަތުން، ބޮޑު މެންޑޭޓަކާ އެކު އިންތިޚާބުވެފައި ހުންނެވި ބޭފުޅެއް ކަމަށެވެ. އަދި ސަރުކާރުގެ ކަންކަން ރަނގަޅުކޮށް، ސަރުކާރު ހިންގައި ހަނެ، ޤައުމުގެ ކަންކަން ރަނގަޅު މިސްރާބުގައި ކުރިއަށް ގެންދިޔުމަށް ބޮޑު ވަޒީރު ސްޓާމާ އަށް ވަގުތު ދެއްވަން ޖެހޭ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.  

މީގެ އިތުރުން އެ ޕްރޮގްރާމްގައި މިލިބޭންޑް ވިދާޅުވީ، މިއީ ލޭބާ ޕާޓީ އަށް ބަދަލު ތަކެއް ގެންނަން ޖެހޭ ވަގުތެއް ަކމަށެވެ. އެގޮތުން ޕާޓީގެ އެތެރޭގެ މަސްލަޙަތު ތަކަަށް ވުރެ ބޮޑަށް، މުޅި ޤައުމުގެ މަސްލަޙަތަށް އިސްކަން ދީގެން މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ބޮޑު ވަޒީރުގެ މަގާމުގައި ދެން ސްޓާމާ އަށް މާ ގިނަ ދުވަހު ނުހުންނެވޭނެ ކަމަށް ބުނެ ދައްކަމުން އަންނަ ވާހަކަ ތަކަށް ރައްދު ދެއްވައި މިލިބޭންޑް ވިދާޅުވީ، ސްޓާމާ އަކީ ވަރަށް ބޮޑެތި ގޮންޖެހުން ތަކުން އަރައި ގަނެފައިވާ، ވަރަށް ވަރުގަދަ ލީޑަރެއް ކަމަށެވެ. 

މި ވަގުތަކީ އިނގިރޭސިވިލާތުގެ ސަރުކާރުގެ އެތެރޭގެ ހަމަނުޖެހުންތަކާ ގުޅޭ ގޮތުން ގިނަ ފާޑު ކިޔުން ތަކެއް އަމާޒުވަމުން އަންނަ ވަގުތެކެވެ. ނަމަވެސް، އެނާޖީ މިނިސްޓަރުގެ ވާހަކަ އިން ދޭހަވަނީ، ސަރުކާރުގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން އަދި ވެސް ތިއްބެވީ ބޮޑު ވަޒީރު ސްޓާމާ އަށް ތާއީދު ކޮށްގެން ކަމެވެ. 

މަސްދަރު: ބީބީސީ

އިނގިރޭސިވިލާތްލޭބާ ޕާޓީ - ޔޫކޭބީބީސީއެޑްވާޑް މިލިބޭންޑްކީ ސްޓާމާ (އިނގިރޭސި ބޮޑު ވަޒީރު)

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2026

ވެރިކަން ހޯދަން 14 އަހަރު ނެގި، ބޮޑު ވަޒީރު އިސްތިއުފާ ދޭކަށް ނުޖެހޭ: ބޮޑު ވަޒީރުގެ ނައިބު

10 ފެބުރުއަރީ 2026
ވެރިކަން ހޯދަން 14 އަހަރު ނެގި، ބޮޑު ވަޒީރު އިސްތިއުފާ ދޭކަށް ނުޖެހޭ: ބޮޑު ވަޒީރުގެ ނައިބު
10 ފެބުރުއަރީ 2026

އެންމެ ފަހުން ބޮޑު ވަޒީރު ސްޓާމާގެ ދިފާއުގައި ހުރިހާ ވަޒީރުން ނިކުންނަވައިފި

10 ފެބުރުއަރީ 2026
އެންމެ ފަހުން ބޮޑު ވަޒީރު ސްޓާމާގެ ދިފާއުގައި ހުރިހާ ވަޒީރުން ނިކުންނަވައިފި
10 ފެބުރުއަރީ 2026

އެޕްސްޓީންގެ ޝިކާރަކަށްވީ މީހުންނަަށް ހަމްދަރުދީވާ ކަމަށް ވިލިއަމް އާއި ކެތަރިން ވިދާޅުވެއްޖެ

10 ފެބުރުއަރީ 2026
އެޕްސްޓީންގެ ޝިކާރަކަށްވީ މީހުންނަަށް ހަމްދަރުދީވާ ކަމަށް ވިލިއަމް އާއި ކެތަރިން ވިދާޅުވެއްޖެ
09 ފެބުރުއަރީ 2026

ޕްރިންސް ވިލިއަމް ސައުދީ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ރިޔާޟް އަށް ވަޑައިގެންފި

09 ފެބުރުއަރީ 2026
ޕްރިންސް ވިލިއަމް ސައުދީ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ރިޔާޟް އަށް ވަޑައިގެންފި
09 ފެބުރުއަރީ 2026

ބޮޑު ވަޒީރު ސްޓާމާ އިސްތިއުފާ ނުދެއްވާނެ ކަމަށް ބުނެފި

09 ފެބުރުއަރީ 2026
ބޮޑު ވަޒީރު ސްޓާމާ އިސްތިއުފާ ނުދެއްވާނެ ކަމަށް ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު