Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

އެމްޑީޕީ ގެ އިތުރު ތިން މެންބަރުންގެ ނަން އިއްވާ ތަޅުމުން ބޭރު ކޮށްފި

މަޖިލީހުގެ ގަވާއިދާ ހިލާފަށް މެންބަރުންނަށް ފުރުސަތު ދޭކަމަށް ބުނެ އެމްޑީޕީގެ މެންބަރުން އިހުތިޖާޖު ކުރުމާ ގުޅިގެން، އެ ޕާޓީގެ ތިން މެންބަރެއްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ބޭރުކޮށްފި. ނަން އިއްވީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދާއި، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ އިތުރުން ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު ގެ. މެންބަރުން ތަޅުން ދޫކުރައްވަން ދެކޮޅު ހެއްދެވުމުން ޖަލްސާ މެދުކަނޑާލުމަށްފަހު އަލުން ފެށީ އެ ބޭފުޅުން ނެރުމަށްފަހުގަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 10 ފެބުރުއަރީ 2026 | އަންގާރަ 05:40
އެމްޑީޕީ އަށް ނިސްބަތްވާ މެންބަރުން ރިޔާސަތުގެ ކުރިމަތީގައި އިހުތިޖާޖު ކުރުމުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުަސައިން ޒިޔާދު، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް އަދި ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު ގެ ނަން ވަނީ އިއްވާފައި

އެމްޑީޕީ އަށް ނިސްބަތްވާ މެންބަރުން ރިޔާސަތުގެ ކުރިމަތީގައި އިހުތިޖާޖު ކުރުމުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުަސައިން ޒިޔާދު، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް އަދި ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު ގެ ނަން ވަނީ އިއްވާފައި | ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މައުރޫފް ޒާކިރުގެ ނަން އިއްވާ، މަޖިލީހުގެ ތަޅުމުން ބޭރު  ކުރުމަށްފަހު އެ ޕާޓީގެ އިތުރު 3 މެންބަރުންގެ ނަން އިއްވާ މަޖިލީހުގެ ތަޅުމުން ބޭރު ކޮށްފި އެވެ.

އަންގާރަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަށް ގާނޫނު އަސާސީ އަށް ހުށަހެޅި އިސްލާހުގެ ގެ ބިލު މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އިން ދިރާސާ ކޮށް ނިންމި ގޮތުގެ ރިޕޯޓު ވަނީ ހުށަހަޅާފަ އެވެ. އަދި އެ ރިޕޯޓަށް ބަހުސް ކޮށްފައި ވެ އެވެ.

ބަހުސްގެ ވަގުތުގައި އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީ ގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވަނީ ދެވަނަ ފުރުސަތަކަށް އެދިވަޑައިގެންފަ އެވެ. މެންބަރު ފަލާހުއަށް ރިޔާސަތުން ފުރުސަތު ދިނުމުން ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވަނީ ނިޒާމީ މައްސަލަ އެއް ނަންގަވާފަ އެވެ.

ޒިޔާދު ވިދާޅުވީ އޭނާ ފުރަތަމަ ފުރުސަތަށް އެދިވަޑައިގެންފައި ވަނިކޮށް ރިޔާސަތުން ފަލާހު އަށް ދެވަނަ ފުރުސަތެއް ދެއްވާފައި ވަނީ މަޖިލީހުގެ ގަވާއިދާ ޚިލާފަށް ކަމަށެވެ. އެގޮތުން މަޖިލީހުގެ ގަވާއިދުގައި ވާގޮތުން ދެވަނަ ފުރުސަތަކަށް އެދުނު މެންބަރަކަށް އެ ފުރުސަތު ދެވޭނީ އޭގެ ފަހުން ކަމަށް ޒިޔާދު ވިދާޅުވި އެވެ.

އެކަމަށް ރައްދު ދެއްވާ ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ފުރުސަތު ދެއްވަމުން ދަނީ ގަވާއިދާ އެއްގޮތަށް ކަމަށެވެ. އަދި ފުރުސަތު ދެއްވަމުން ދަނީ ޕޯޓަލްގައިވާ ގޮތަށް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

އެއާއެކު ޒިޔާދު ވަނީ ރިޔާސަތުގެ ކުރިމަތީގައި އިހުތިޖާޖު ކުރައްވާފަ އެވެ. ޒިޔާދުގެ އިތުރުން އެމްޑީޕީ އަށް ނިސްބަތްވެވަޑައިގަންނަވާ އެހެން މެންބަރުން ވެސް ވަނީ ރިޔާސަތުގެ ކުރިމަތީގައި އިހުތިޖާޖު ކުރައްވާފަ އެވެ. އެގޮތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް އާ، ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު އާ، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ގެ އިތުރުން މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރު އިހުތިޖާޖު ކުރެއްވި އެވެ.

މެންބަރުން އިހުތިޖާޖު ކުރައްވަން ފެއްޓެވުމާއެކު ރިޔާސަތުން ވަނީ ތަކުރާރު ކޮށް މެންބަރުންނަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ. އަދި ދެން ޖެހޭނީ ނަން އިއްވާ މަޖިލީހުގެ ތަޅުމުން ބޭރު ކުރަން ކަމަށް ވިދާޅުވުމަށްފަހު ފުރަތަމަ އިއްވީ މެންބަރު ޒިޔާދުގެ ނަމެވެ. އެއަށްފަހު މެންބަރު މީކާއިލް އަދި މެންބަރު ނިއުޝާދު ގެ ނަން ވެސް އިއްވާފައި ވެ އެވެ.

އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ އިތުރު 3 މެންބަރުންގެ ނަން އިއްވި ނަމަވެސް މެންބަރުން ތަޅުން ދޫކުރައްވާ ވަޑައިނުގެންނެވުމާއެކު މަޖިލީހުގެ ޖަލްސާ ވަނީ ކުޑަ ވަގުތުކޮޅަކަށް މެދުކަނޑާލާފަ އެވެ. އެއަށްފަހު ޖަލްސާ އަލުން ފެށީ ނަން އިއްވި މެންބަރުން މަޖިލީހުގެ ތަޅުމުން ބޭރު ކުރުމަށްފަހުގަ އެވެ.

މައުރޫފް ޒާކިރުހުސައިން ޒިޔާދުއަބްދުއްރަހީމް އަބްދުﷲއެމްޑީޕީރައްޔިތުންގެ މަޖިލިސްމީކާއިލް އަހުމަދު ނަސީމްކެޔޮދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިއުޝާދު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މެންބަރު މައުރޫފް ގެ ނަން އިއްވާ ތަޅުމުން ބޭރު ކޮށްފި

މެންބަރު މައުރޫފް ގެ ނަން އިއްވާ ތަޅުމުން ބޭރު ކޮށްފި

10 ފެބުރުއަރީ 2026
 ހެންވޭރު ދެކުނު ދާއިރާ އިން އެމްޑީޕީ އަށް ބޮޑު ތަރުހީބެއް

ހެންވޭރު ދެކުނު ދާއިރާ އިން އެމްޑީޕީ އަށް ބޮޑު ތަރުހީބެއް

10 ފެބުރުއަރީ 2026
ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް ބައިވެރިވަޑައިގެންނެވި، އެމްޑީޕީގެ މާފަންނު ދެކުނު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތަށް ހޫނު ތަރުހީބެއް

ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް ބައިވެރިވަޑައިގެންނެވި، އެމްޑީޕީގެ މާފަންނު ދެކުނު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތަށް ހޫނު ތަރުހީބެއް

10 ފެބުރުއަރީ 2026
ފަސް މިނެޓުން ގާނޫނު އަސާސީ އަށް ބަދަލު ގެންނަން ކޮމިޓީން ފާސް ކޮށް ދެ އިންތިހާބު އެއްކޮށްލާ ބިލުގެ ރިޕޯޓު އަންގާރަ ދުވަހުގެ ޖަލްސާގެ އެޖެންޑާގައި ހިމަނައިފި

ފަސް މިނެޓުން ގާނޫނު އަސާސީ އަށް ބަދަލު ގެންނަން ކޮމިޓީން ފާސް ކޮށް ދެ އިންތިހާބު އެއްކޮށްލާ ބިލުގެ ރިޕޯޓު އަންގާރަ ދުވަހުގެ ޖަލްސާގެ އެޖެންޑާގައި ހިމަނައިފި

09 ފެބުރުއަރީ 2026
ދެ އިންތިޚާބު އެއްކޮށްލުމުގެ ބިލް ކޮމިޓީން ފާސްކުރަން ނެގީ އެންމެ 5 މިނެޓް

ދެ އިންތިޚާބު އެއްކޮށްލުމުގެ ބިލް ކޮމިޓީން ފާސްކުރަން ނެގީ އެންމެ 5 މިނެޓް

09 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު