Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެށ. ފޯކައިދޫ

ކެންޑިޑޭޓުންނާ އެކު ރައީސް ސޯލިޙް ފޯކައިދޫގައި ދޮރުން ދޮރަަށް

ށ. ފޯކައިދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް އެ ރަށުގެ ގެތަކަށް ވަނީ ޒިޔާރާތްކުރައްވާފައި. މި ހަރަކާތުގައި ރަށުގެ ތަރައްގީއަށް އެމްޑީޕީގެ ކައުންސިލެއް އޮތުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއިރު، ރަށުގެ ތަރައްގީ މަޑުޖެހިފައިވާތީ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ. މީގެ އިތުރުން މި ދަތުރުފުޅުގައި އެ ރަށުގެ އާ ވޮލީ ކޯޓާއި ކެމްޕޭން ޖަގަހަ ހުޅުއްވައިދެއްވައި، ހާއްސަ ޖަލްސާއެއްގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވި.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 8 ފެބުރުއަރީ 2026 | އާދީއްތަ 06:24
ރައީސް ސޯލިޙް ށ. ފޯކައިދޫގައި ދޮރުން ދޮރަށް ހަރަކާތުގައި އާންމުންނާއެކު

ރައީސް ސޯލިޙް ށ. ފޯކައިދޫގައި ދޮރުން ދޮރަށް ހަރަކާތުގައި އާންމުންނާއެކު | ރާއްޖެ އެމްވީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް އެމްޑީޕީ ގެ ޓިކެޓުގައި ވާދަކުރާ ށ. ފޯކައިދޫގެ ކެންޑިޑޭޓުންނާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް ދޮރުން ދޮރަށް ހިންގަވައިފި އެވެ. 

އާދީއްތަ ދުވަހުގެ ހެނދުނު އެމަނިކުފާނު ވަނީ އެމްޑީޕީގެ ޓިކެޓުގައި ކައުންސިލަށް ވާދަކުރާ 5 ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ 5 މެންބަރުންނާ އެކު ފޯކައިދޫގެ ގެތަކަށް ޒިޔާރާތް ކުރައްވާފަ އެވެ. މި ހަރަކާތުގައި ކެންޑިޑޭޓުންނަށް ތާއީދު ހޯދުމާއި އެމްޑީޕީގެ ކެންޑިޑޭޓުން ހޮވަންޖެހޭ ސަބަބުތައް އެމަނިކުފާނު ހިއްސާ ކުރެއްވި އެވެ. 

Advertisement - newsAdvertisement

އެގޮތުން މިހާރުވެސް އެމްޑީޕީ ކައުންސިލެއް އޮވެ ރަށަށް ގެނެސްދޭ ތަރައްގީ ކުރިއަށް އޮތްތަނުގައި ވެސް ގެނައުމާއި، މައި ސަރުކާރު ޖަވާބުދާރީކޮށް ރައްޔިތުންގެ ފަރާތުން ވަކާލާތު ކުރާނެ ކައުންސިލެއް އޮތުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ. 

ގެތަކަށް އެމަނިކުފާނު ވަޑައިގަތުމުން ރައްޔިތުންގެ ފަރާތުން ވަނީ އެމްޑީޕީ ގެ ކެންޑިޑޭޓުން ހޮވަން ވޯޓު ދޭނެ ކަމުގެ ޔަގީންކަން އަރުވާފަ އެވެ. ރައްޔިތުންގެ ފަރާތުން އައި މައިގަނޑު ޝަކުވާއަކަށްވީ ސަރުކާރު ބަދަލުވި ގޮތަށް ރަށުގެ ތަރައްގީ ހުއްޓިފައި އޮތުމާއި، އިގްތިސާދީ ހަރަކާތްތައް ހުއްޓިފައި އޮތުމެވެ. މީގެ އިތުރުން ބާކީ ކޮށްލާފައި އޮތްކަމުގެ އިހުސާސް އަލުން ވާން ފެށުމާއި ސަރުކާރުން އަޅާނުލުން ކަމަށް ރައްޔިތުން ޝަކުވާ ކޮށްފައިވެ އެވެ. 

ރައީސްގެ މި ދަތުރުފުޅަކީ ފޯކައިދޫ ކައުންސިލްގެ ދައުވަތަކަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ކައުންސިލުން ތަރައްގީ ކުރި ވޮލީ ކޯޓު ހުޅުވައިދެއްވާފަ އެވެ. މީގެ އިތުރުން ކައުންސިލް އިންތިހާބުގެ ކެމްޕޭނުގައި ބޭނުން ކުރާ “ނު ބަހާރު ޖަގަހަ” ހުޅުވައިދެއްވި އެވެ. މީގެ އިތުރުން “ހޭވައްލާތައްޔާރު، ނޫ ބަހާރަކަށް ށ. ފޯކައިދޫ” ބޮޑު ޖަލްސާ އެމަނިކުފާނު ޝަރަފުވެރިކޮށްދެއްވި އެވެ.

ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙުއެމްޑީޕީށ ފޯކައިދޫލޯކަލް ކައުންސިލް އިންތިޚާބު 2026

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2026

ކުޅުދުއްފުށީގެ ތަރައްޤީއަށް މި ސަރުކާރު ފެއިލްވެއްޖެ, ޕީއެންސީގެ ކެމްޕެއިން ޖަލްސާ ނިމުނީ އެންޓި ކެމްޕޭނުން!

08 ފެބުރުއަރީ 2026
ކުޅުދުއްފުށީގެ ތަރައްޤީއަށް މި ސަރުކާރު ފެއިލްވެއްޖެ, ޕީއެންސީގެ ކެމްޕެއިން ޖަލްސާ ނިމުނީ އެންޓި ކެމްޕޭނުން!
07 ފެބުރުއަރީ 2026

ވިލިމާލެ ރައްޔިތުން ތިބީ އެމްޑީޕީ އާއި އެކު ގަދަކޮށް

07 ފެބުރުއަރީ 2026
 ވިލިމާލެ ރައްޔިތުން ތިބީ އެމްޑީޕީ އާއި އެކު ގަދަކޮށް
07 ފެބުރުއަރީ 2026

ށ.ފޯކައިދޫގެ ހުކުރު މިސްކިތް ތަޅާލާ މަލްޓިޕަރޕަސް ހޯލުގައި ނަމާދު ކުރަން ރައްޔިތުންނަށް ޖެއްސުން ނޫނީ މި ސަރުކާރުން އެ ރަށަށް ކޮށްދެވުނު ކަމެއް ނެތް: ކައުންސިލް ރައީސް

07 ފެބުރުއަރީ 2026
ށ.ފޯކައިދޫގެ ހުކުރު މިސްކިތް ތަޅާލާ މަލްޓިޕަރޕަސް ހޯލުގައި ނަމާދު ކުރަން ރައްޔިތުންނަށް ޖެއްސުން ނޫނީ މި ސަރުކާރުން އެ ރަށަށް ކޮށްދެވުނު ކަމެއް ނެތް: ކައުންސިލް ރައީސް
07 ފެބުރުއަރީ 2026

ފޯކައިދޫގެ ތަރައްގީއަށްޓަކައި ރައީސް ސޯލިޙް ކޮށްދެއްވި ކަންކަން ފާހަގަކޮށް އެމަނިކުފާނުގެ އަގު ވަޒަންކޮށްފި

07 ފެބުރުއަރީ 2026
ފޯކައިދޫގެ ތަރައްގީއަށްޓަކައި ރައީސް ސޯލިޙް ކޮށްދެއްވި ކަންކަން ފާހަގަކޮށް އެމަނިކުފާނުގެ އަގު ވަޒަންކޮށްފި
07 ފެބުރުއަރީ 2026

ލާމަރުކަޒީ ނިޒާމް ދަމަހައްޓާ ރަށްރަށް ތަރައްގީކުރަން އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓުދޭންޖެހޭ: ރައީސް ސޯލިޙް

07 ފެބުރުއަރީ 2026
ލާމަރުކަޒީ ނިޒާމް ދަމަހައްޓާ ރަށްރަށް ތަރައްގީކުރަން އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓުދޭންޖެހޭ: ރައީސް ސޯލިޙް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު