Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުތަކެތީގެ އަގު

މޭވާގެ ބާވަތްތަކުގެ އަގުތައް 10% މައްޗަށް ހިނގައްޖެ

އަސާސީ ކާބޯތަކެތީގެ އަގުތައް މައްޗަށް ދާއިރު އެންމެ ބޮޑަށް އުފުލިފައިވަނީ، މޭވާއާއި ތަރުކާރީގެ އަގުތަކެވެ.

ރާއްޖެ އެމްވީ | 5 ސެޕްޓެމްބަރު 2025 | ހުކުރު 17:32
މޭވާ

މޭވާ

2025 ވަނަ އަހަރުގެ ޖުލައި މަހާ އަޅާ ބަލާއިރު އޮގަސްޓް މަހު ކާބޯތަކެތީގެ އަގުތައް +1.62% މައްޗަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެފިއެވެ.

އެ ބިއުރޯ އިން ސެޕްޓެމްބަރު މަހުގެ 2 ވަަނަ ދުވަހު ޝާއިރު ކުރި 'އެސެންޝަލް ކޮމޯޑިޓީސް ޕްރައިސް އިންޑެކްސް' ގައި ފާހަގަ ކޮށްފައިވާ ގޮތުން އެންމެ ބޮޑަށް އަގު މައްޗަށް ގޮސްފައިވަނީ މޭވާގެ ބާވަތްތަކުންނާއި (+6.13%) ތަރުކާރީގެ (+2.23%) ބާވަތްތަކުނެވެ.

އަހަރުން އަހަރަށް އަންނަ ބަދަލަށް ބަލާއިރު، 2024 ވަނަ އަހަރުގެ އޮގަސްޓް މަހާ އަޅާ ބަލާއިރު 2025 ވަނަ އަހަރުގެ އޮގަސްޓް މަހު، ކާބޯތަކެތީގެ އަގުތައް 1.96% ވަނީ މައްޗަށް ގޮސްފައެވެ. މީގެ ތެރެއިން އެންމެ ބޮޑު އިތުރުވުމެއް ފެނިފައި ވަނީ ވެސް މޭވާގެ (+10.20%) ބާވަތްތަކުންނެވެ. އަދި ތެލާއި ފެޓްސް ގެ (+5.34%) ބާވަތްތަކުންނެވެ.

ހުސްވި އަހަރުގެ އޮގަސްޓް މަހުގެ އަގުތަކާ އަޅާ ބަލާއިރު، ލުއި ބުއިންތަކުގެ އަގުތައް +1.58% އަށް މައްޗަށް ގޮސްފައިވެއެވެ. މީގެ ތެރެއިން އެންމެ ބޮޑަށް ފާހަގަ ވެފައިވަނީ ކޮފީ އަދި ކޮފީގެ ބަދަލުގައި ބޭނުންކުރާ ތަކެތީގެ އަގުތައް މައްޗަށް ގޮސްފައިވާ ކަމެވެ. އެ ފަަދަ ބާވަތްތަކުގެ އަގުތައް +8.22% އަށް މައްޗަށް ގޮސްފައިވާއިރު، އަދި މޭވާ އާއި ތަރުކާރީގެ ޖޫހުގެ ބާވަތްތަކުގެ އަގުތައް +6.97% އަށް މައްޗަށް ގޮސްފައިވެ އެވެ.

2025 ވަނަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 2025 ވަނަ އަހަރުގެ އޮގަސްޓް މަހު ޕާރސަނަލް ކެއަރ ގެ ގޮތުގައި ބޭނުން ކުރާ ތަކެތީގެ އަގުތައް ވެސް ވަނީ އުފުލިފައެވެ.

2024 ވަނަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު 2025 ވަނަ އަހަރުގެ އޮގަސްޓް މަހު މި ބައިގެ އަގުތައް +4.33% އިތުރުވެފައިވެއެވެ.

އެމްބީއެސްކާބޯތަކެތީ އަގުތައްމޭވާތަރުކާރީމޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ހަކުރު، ކޮފީ އަދި ސައިފަތުގެ އަގު މައްޗަށް ހިނގައްޖެ

07 ޑިސެމްބަރު 2025
ހަކުރު، ކޮފީ އަދި ސައިފަތުގެ އަގު މައްޗަށް ހިނގައްޖެ
05 ސެޕްޓެމްބަރު 2025

ގައުމު މިދަނީ ފާލުން ނެއްޓެން: ޝެއިޚް ޒައިދު

05 ސެޕްޓެމްބަރު 2025
ގައުމު މިދަނީ ފާލުން ނެއްޓެން: ޝެއިޚް ޒައިދު
01 ޖުލައި 2023

އުފުލިފައިވާ، މޭވާއާއި ތަރުކާރީގެ އަގުތަކުގެ ނޭދެވޭ އަސަރު އިންޑިއާގެ ބޯޑަރުން ބޭރަށް ފޯރަފާނެބާ؟

01 ޖުލައި 2023
އުފުލިފައިވާ، މޭވާއާއި ތަރުކާރީގެ އަގުތަކުގެ ނޭދެވޭ އަސަރު އިންޑިއާގެ ބޯޑަރުން ބޭރަށް ފޯރަފާނެބާ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު