Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޮރިޝަސް-ރާއްޖެ

މުއިއްޒުގެ މައްޗަށް ރިޔާސީ ކޮމިޝަނެއް ހަދައިގެން ތަހުގީގު ކުރާ ހިސާބަށް ގައުމުގެ ހާލަތު އަދި ދާނެ: ލޯޔަރު ނިޝާން

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު ކަމަށް ބުނެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދައްކަވާ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް ވިދާޅުވެ ގާނޫނީ ވަކީލު މުޙައްމަދު ނިޝާން އިބްރާހިމް ފާޑުވިދާޅުވެއްޖެ. ފޯޅަވަހީގެ މައްސަލައިގައި ބައިނަލްއަގްވާމީ ކޯޓުން ނިންމި ނިންމުމަކީ ރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް ނިންމި ނިންމުމެއް ކަމަށާއި، މިކަމުގައި ސަރުކާރުން ގާނޫނީ އިމުން ބޭރުން އަމަލުކުރާނަމަ ކުރިމަތީގައި އޮތީ ނުރައްކާތެރި ހާލަތެއްކަން އޭނާ ފާހަގަކުރެއްވި. އެހެންކަމުން، ސިޔާސީ ބޭނުމަށްޓަކައި ރިޔާސީ ކޮމިޝަންތައް ހަދައިގެން މައްސަލަ ބެލުމުގެ ނަތީޖާ ހިތިވާނެ ކަމަށްވެސް ނިޝާން ވިދާޅުވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 6 ފެބުރުއަރީ 2026 | ހުކުރު 13:56
ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް

ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް | އެމްޑީޕީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމަލުތަކުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި އެމަނިކުފާނުގެ މައްސަލަ ބަލާނެ ރިޔާސީ ކޮމިޝަނެއް ހައްދައިގެން މައްސަލަ ތަހުގީގު ކުރާ ހިސާބަށް މި ގައުމުގެ ހާލަތު ދާނެ ކަމަށް ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ އިން ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނިޝާން ވިދާޅުވީ ވެރިކަމަށް އައުމަށްޓަކައި ވެސް މުއިއްޒު އެންމެ ބޮޑަށް ދެއްކެވީ ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލުނު ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަ ކަމަށެވެ. އަދި މިއަދު ވެސް އެ ވާހަކަ ދައްކަވަމުން ދާ ކަމަށް ނިޝާން ވިދާޅުވި އެވެ. 

Advertisement - newsAdvertisement

ނިޝާން ވިދާޅުވީ އެމަނިކުފާނު ގެ 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނުން ހާމަވީ ފޯޅަވަހީގެ މައްސަލައިގައި މޮރިޝަސްގެ ބޮޑު ވަޒީރަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް ފޮނުއްވި ސިޓީ އަނބުރާ ގެނައުމަށް މި ސަރުކާރުން އިތުރު ސިޓީ އެއް ލިޔާ ކަން ކަމަށެވެ. 

ނަމަވެސް މި ސަރުކާރަށް އެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ހަގީގަތުގައި ނޭނގެނީތޯ ނިޝާން ސުވާލު އުފައްދަވާ އެކަމުގެ ތަފްސީލް ހިއްސާ ކުރެއްވި އެވެ. 

އެ މައްސަލައަކީ، އެ މައްސަލައިގެ ހާދިސާގައި ކަން ހިނގާފައިވާ ގޮތަކީ އޭރު އެ ސަރުކާރުގަ ރައީސް އިބްރާހިމް މުހައްމަދު ޞާހިލު ގެ ސަރުކާރުން މި ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދު ހިމާޔަތް ކުރުމަށްޓަކައި ގާނޫނީ ގޮތުން ކުރި މަސައްކަތް. ގާނޫނީ ގޮތުން އޭރުވެސް އޮތީ ދިވެހިރާއްޖޭ ގެ އެބުނާ ސަރަހައްދެއް، މުއިއްޒު އެ ވިދާޅުވާ ސަރަހައްދަކީ ގާނޫނީ ގޮތުން މޮރިޝަސް ގެ ބައެއްގެ ގޮތުގައި އޮތް ތަނެއް. މޮރިޝަސް އާ އިނގިރޭސިވިލާތާ ދެމެދު ހިނގައިދިއަ މައްސަލައެއްގެ ތެރެއިން ދިވެހިރާއްޖެ ވަންނަން ނުޖެހޭ، ހަގީގަތުގައި ވަންނަން ނުޖެހޭ ކަމެއްގެ ތެރެއަށް ރާއްޖެ އޭރު ވަދެގެން ދިޔައީ ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ބޮޑުބައެއް ހޯދުމުގެ ބޭނުމުގަ.
ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް

ނިޝާން ވިދާޅުވީ ދުނިޔޭގެ ކަނޑާ ބެހޭ ގާނޫނު ބުނާ ގޮތުން ދިވެހިރާއްޖެ އަކީ އާކިޕެލާޖިކް ގައުމެއް ކަމަށެވެ. އެހެން ކަމުން މި ގައުމުގެ ސިޔާދަތީ ސަރަހައްދުގެ ގޮތުގައި ކަނޑައަޅާފައި އޮންނާނީ ހިކިފަސްތަނުގެ އެންމެ ބޭރަށް ހިކޭ ސަރަހައްދުން ފެށިގެން އޭގެ ބޭރަށް ވަކި އަދަދަކަށް ނޯޓިކަލް މޭލެއް ކަނޑައެޅުއްމަށް ފަހުގައި ކަމަށެވެ. 

ރާއްޖޭގެ ސިޔާދަތީ ސަރަހައްދާ ދުނިޔޭގެ ތިން ގައުމެއްގެ ސިޔާދަތީ ސަރަހައްދާ ފުށު އަރާ ކަމަށް ވެސް ނިޝާން ވިދާޅުވި އެވެ. އެއީ އަވަށްޓެރި ސްރީލަންކާ އާ، އިންޑިއާ އަދި މޮރިޝަސް ކަމަށާ ފުށު އަރާ މިފަދަ މައްސަލަތަކުގައި ބައިނަލްއަގްވާމީ ކަނޑާ ބެހޭ ގާނޫނު ބުނެފަ އޮންނަނީ ކަނޑުގެ ސަރަހައްދު ދެ ގައުމަށް އެއްވަރަށް ބަހަން ޖެހޭ ގޮތަށް ކަމަށް ވެސް ނިޝާން ވިދާޅުވި އެވެ.

އެކަމު މޮރިޝަސް ގެ ސަރަހައްދުން ރާއްޖެއަށް ލިބިފަ އޮންނަ ސަރަހައްދު ބޮޑުވާނެ. އެއްވަރަށް ބޮޑަށް ރާއްޖެއިން އޮންނާނެ ބައެއް ހޯދާފަ. އެހެންވީމަ ރާއްޖެއިން ކަނޑުގެ ސަރަހައްދު ވިއްކާލީ އޭ ކިޔާފަ މިހާރު ރައީސް މުއިއްޒު އެ މަސައްކަތް ކުރަނީ ރިޔާސީ ކޮމިޝަނެއް ހަދަން. ރައީސް މުުއިއްޒު އެކަމުގައި ރިޔާސީ ކޮމިޝަނެއް ހަދައިގެން މައްސަލަ ތަހުގީގު ކޮށްފަ ކުރާނެ ވަރަކަށް ކުރަން މައްސަލައެއް ނެތް. ކުރޭ. އެހެން ނަމަވެސް އެކަން އެގޮތަށް ކޮށްގެން ނިކުންނަ ނަތީޖާ ތަކާ އެކަން ގާނޫނީ އިމުން ބޭރުން މުއިއްޒު ކުރައްވައިގެން ނިކުންނަ ނަތީޖާތައް ތަހުގީގު ކޮށް، ފަހުގެ ޒަމާނެއްގައި އަދި މުއިއްޒުގެ މައްޗަށް ރިޔާސީ ކޮމިޝަނެއް ހަދައިގެން ތަހުގީގު ކުރާ ހިސާބަށް މި ރާއްޖޭގެ ހާލަތު ދާނެ. 
ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް

މިކަމާ ގުޅިގެން އިޓްލޮސް އިން ގޮތެއް ނިންމީ، 2022 ވަނަ އަހަރު މޮރިޝަސް އިން އިޓްލޮސްއަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ފުށުއަރާ ކަނޑުގެ ސަރަހައްދު ބެހުމަށް މޮރިޝަސް އިން ހުށަހެޅުމުން އިޓްލޮސް އިން އެ ސަރަހައްދު ދެ ގައުމަށް ބަހާލީ ރާއްޖެ އަށް މުޅި ޖުމްލަ 47،232 އަކަކިލޯމީޓަރު އަދި މޮރިޝަސްއަށް 45،331 އަކަކިލޯމީޓަރު ލިބޭ ގޮތަށެވެ.

މުހައްމަދު ނިޝާން އިބްރާހިމްރައީސް އިބްރާހީމް މުޙައްމަދު ސޯލިޙުފޯޅަވެހިއިޓްލޮސްރައީސް ޑރ. މުހައްމަދު މުއިއްޒުމޮރިޝަސް-ރާއްޖެ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައީސް މުއިއްޒުގެ ވާހަކަފުޅާއި ބައިނަލްއަޤްވާމީ މަސްރަހާ ދެމެދު ބޮޑު "ފުށުއެރުން"

ރައީސް މުއިއްޒުގެ ވާހަކަފުޅާއި ބައިނަލްއަޤްވާމީ މަސްރަހާ ދެމެދު ބޮޑު "ފުށުއެރުން"

06 ފެބުރުއަރީ 2026
އެމް.އެމް.އޭގެ ކޮންޓްރޯލްގެ ދަށުގައި ހުރީ 129 މިލިއަން ޑޮލަރު، އެންމެ ބޮޑު ލާރިއެއް ވެސް އިތުރަށް ނެތް: ޣަފޫރު

އެމް.އެމް.އޭގެ ކޮންޓްރޯލްގެ ދަށުގައި ހުރީ 129 މިލިއަން ޑޮލަރު، އެންމެ ބޮޑު ލާރިއެއް ވެސް އިތުރަށް ނެތް: ޣަފޫރު

06 ފެބުރުއަރީ 2026
ކައުންސިލް އިންތިޚާބުގައި ނުބައިކޮށް ވޯޓު ލައިފި ނަމަ، މިއީ ދިވެހިންލާ ވޯޓުގެ ފާހަގަ ފެންނާނެ ފަހު ފަހަރަށް ވެދާނެ: މައުރޫފް

ކައުންސިލް އިންތިޚާބުގައި ނުބައިކޮށް ވޯޓު ލައިފި ނަމަ، މިއީ ދިވެހިންލާ ވޯޓުގެ ފާހަގަ ފެންނާނެ ފަހު ފަހަރަށް ވެދާނެ: މައުރޫފް

06 ފެބުރުއަރީ 2026
ލާމަރުކަޒީ ނިޒާމުގެ ބާރުތައް ނަގަނީ ސަރުކާރަށް ވުރެ ބޮޑަށް ކައުންސިލްތަކުން މަޝްރޫއުތައް ހިންގާތީ: ކެނދިކުޅުދޫ ކައުންސިލްގެ ރައީސް ރައޫފް

ލާމަރުކަޒީ ނިޒާމުގެ ބާރުތައް ނަގަނީ ސަރުކާރަށް ވުރެ ބޮޑަށް ކައުންސިލްތަކުން މަޝްރޫއުތައް ހިންގާތީ: ކެނދިކުޅުދޫ ކައުންސިލްގެ ރައީސް ރައޫފް

06 ފެބުރުއަރީ 2026
މިސަރުކާރުން އަތޮޅު ކައުންސިލުންތައް އުވާލީ އަތޮޅުގެ އެސެޓް ސަރުކާރަށް ނެގުމަށް: ނ.އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް ޒާފިރު

މިސަރުކާރުން އަތޮޅު ކައުންސިލުންތައް އުވާލީ އަތޮޅުގެ އެސެޓް ސަރުކާރަށް ނެގުމަށް: ނ.އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް ޒާފިރު

06 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

26 ފެބުރުއަރީ
ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!
20233 އަހަރު ކުރިން
ރިޕޯޓު

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް
20215 އަހަރު ކުރިން
ދުނިޔެ

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!
20188 އަހަރު ކުރިން
ރާއްޖެ

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު