Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކޮރަޕްޝަން ހުރި މިންވަރު

ސީޕީއައި ގައި ދިވެހިރާއްޖެ އަށް ލިބުނު ނަތީޖާ އިން ދައްކަނީ ބާރުތައް މަރުކަޒީވެ، ނޫސްވެރިކަމުގެ މިނިވަންކަން ހަނިވެ، ނިޒާމީ ގޮތުން ކޮރަޕްޝަނަށް މަގުފަހިވެފައިވާ މިންވަރު: ޓްރާންސްޕޭރެންސީ މޯލްޑިވްސް

2025 ވަނަ އަހަރުގެ ކޮރަޕްޝަން ޕާސެޕްޝަންސް އިންޑެކްސްގައި 39 ޕޮއިންޓާއެކު ރާއްޖެ އޮތީ 182 ގައުމުގެ ތެރެއިން 91 ވަނައިގަ. ވޭތުވެދިޔަ ފަސް އަހަރު ރާއްޖޭގެ ނަތީޖާ އެއް މިންވަރެއްގައި ހިފެހެއްޓިފައި ހުރުމަކީ ނިޒާމީ ކޮރަޕްޝަން ހުއްޓުވުމުގައި ކުރިއެރުން ލިބޭ މިންވަރު މަދުކަން ހާމަވާ ކަމެއް ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނޭ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 10 ފެބުރުއަރީ 2026 | އަންގާރަ 14:20
2025 ވަނަ އަހަރުގެ ސީ.ޕީ.އައިގައި ރާއްޖެ ހިމެނެނީ 182 ގައުމުގެ ތެރެއިން 91 ވަނައިގައި.

2025 ވަނަ އަހަރުގެ ސީ.ޕީ.އައިގައި ރާއްޖެ ހިމެނެނީ 182 ގައުމުގެ ތެރެއިން 91 ވަނައިގައި. | ރާއްޖެއެމްވީ

ކަރަޕްޝަން ޕަރސެޕްޝަން އިންޑެކްސް (ސީޕީއައި) 2025 ގައި ދިވެހިރާއްޖެ އަށް ލިބުނު ނަތީޖާ އިން ދައްކަނީ ބާރުތައް މަރުކަޒީވެ، ނޫސްވެރިކަމުގެ މިނިވަންކަން ހަނިވެ، ނިޒާމީ ގޮތުން ކޮރަޕްޝަނަށް މަގުފަހިވެފައިވާ މިންވަރު ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފި އެވެ.

ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލް އިން އާންމުކުރި 2025 ވަނަ އަހަރުގެ ކޮރަޕްޝަން ޕާސެޕްޝަންސް އިންޑެކްސް (ސީޕީއައި) ގައި ދިވެހިރާއްޖެ އަށް ލިބިފައިވަނީ 39 ޕޮއިންޓުގެ ނަތީޖާ އެކެވެ. ވޭތުވެދިޔަ 5 އަހަރަށް ބަލާއިރު، ރާއްޖޭގެ ސީޕީއައި ނަތީޖާ ހުރީ އެއް މިންވަރެއްގައި ހިފެހެއްޓިފައި ކަމަށާއި، މިއިން ދޭހަވަނީ ނިޒާމީ ކޮރަޕްޝަން ހުއްޓުވުމުގައި ލިބިފައިވާ ކުރިއެރުން މަދުކަން ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެ އެވެ. ޓްރާސްންސްޕޭރެންސީ މޯލްޑިވްސް އިން ބުނީ މިއިން ދޭހަވަނީ ނިޒާމީ ކޮރަޕްޝަން ހުއްޓުވުމުގައި ލިބިފައިވާ ކުރިއެރުން މަދުކަމެވެ. 

Advertisement - newsAdvertisement

ސީޕީއައި އަކީ ދުނިޔޭގެ 182 ގައުމަކާއި ސަރަހައްދެއްގެ ދައުލަތުގެ އިދާރާތަކުގައި ކޮރަޕްޝަން އަށަގަނެފައިވާ މިންވަރު ބަލައި، ސާވޭތަކާއި މާހިރުންގެ ވަޒަންކުރުންތަކުގެ މައްޗަށް ބިނާކޮށް ކޮންމެ އަހަރު އެކުލަވާލާ އިންޑެކްސް ކަމަށް ޓްރާންސްޕޭރެންސީ އިން ބުނެ އެވެ. އަދި މި އިންޑެކްސްގައި ނަތީޖާ ދެނީ 0 އާއި 100 އާ ދެމެދުގައި ކަމަށާއި، 0 އަކީ ކޮރަޕްޝަން އެންމެ ބޮޑު ގައުމުތަކަށް ދެވޭ ނަތީޖާ ކަމަށް ބުނެ އެވެ. އަދި 100 އަކީ ކޮރަޕްޝަން އެންމެ ކުޑަ ގައުމުތަކަށް ދެވޭ ނަތީޖާ ކަމަށާއި، 39 ގެ ނަތީޖާއެކު 2025 ވަނަ އަހަރުގެ ސީޕީއައިގައި ރާއްޖެ ހިމެނެނީ 182 ގައުމުގެ ތެރެއިން 91 ވަނައިގައި ކަމަށް ޓްރާންސްޕޭރެންސީ އިން ބުނެ އެވެ. 

ޓްރާސްންސްޕޭރެންސީ މޯލްޑިވްސް އިން ބުނީ 2025 ވަނަ އަހަރު ރާއްޖެ އަށް ލިބުނު ނަތީޖާ ބިނާވެފައިވަނީ ބައިނަލްއަގުވާމީ ތިން މަސްދަރަކުން ލިބުނު މައުލޫމާތުގެ މައްޗަށް ކަމަށެވެ. މި މަސްދަރުތަކަކީ ގްލޯބަލް އިންސައިޓް ކަންޓްރީ ރިސްކް ރޭޓިންގްސް، ވެރައިޓީޒް އޮފް ޑިމޮކްރަސީ ޕްރޮޖެކްޓް އަދި ވޯލްޑް ބޭންކް ކަންޓްރީ ޕޮލިސޫ އެންޑް އިންސްޓިޓިއުޝަނަލް އެސެސްމަންޓް އެވެ. 

ޓްރާންސްޕޭރެންސީ އިން ބުނީ  މި ނަތީޖާ އިން ދައްކައިދެނީ މިނިވަން މުއައްސަސާތަކުގެ މިނިވަންކަން ގެއްލި، ދައުލަތުގެ ކުންފުނިތަކާއި މަޝްރޫޢުތައް ހިންގުމުގައި ހާމަކަން ކުޑަވުމުން ރައްޔިތުންގެ އިތުބާރު ގެއްލިގެންދާ ކަންކަމެވެ.

މުއައްސަސާތަކުގެ ނަޒާހަތްތެރިކަން އަލުން ގާއިމުކޮށް، ކޮރަޕްޝަނާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އެ ޖަމްއިއްޔާއިން ވަނީ ގޮވާލާފަ އެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލްކޮރަޕްޝަން ޕާސެޕްޝަންސް އިންޑެކްސްކޮރަޕްޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުން މިސާލު ނަގަނީ އުމަރު ބިން އަބްދުލް އަޒީޒްގެ ހަޔާތްޕުޅުން، އެކަމަކު ދައުލަތުގެ ވަސީލަތް ނަހަމަ ގޮތުގައި ބޭނުން ކުރުމުގައި އަވަދިނެތި!

ސަރުކާރުން މިސާލު ނަގަނީ އުމަރު ބިން އަބްދުލް އަޒީޒްގެ ހަޔާތްޕުޅުން، އެކަމަކު ދައުލަތުގެ ވަސީލަތް ނަހަމަ ގޮތުގައި ބޭނުން ކުރުމުގައި އަވަދިނެތި!

02 ފެބުރުއަރީ 2026
މިނިވަން މުސްތަގިއްލު މުއައްސަސާތައް މިއަދު ތިބީ ސަރުކާރުގެ ނުފޫޒަށް ތަބާވެގެން ސަރުކާރު ދިފާއުކުރުމުގައި: ވަހީދު

މިނިވަން މުސްތަގިއްލު މުއައްސަސާތައް މިއަދު ތިބީ ސަރުކާރުގެ ނުފޫޒަށް ތަބާވެގެން ސަރުކާރު ދިފާއުކުރުމުގައި: ވަހީދު

01 ފެބުރުއަރީ 2026
ސިޔާސީ މަންފާ ހޯދުމަށް ބިން ހިއްކުމުގެ މަޝްރޫޢުތައް ހުއްޓުވާ ދިނުމަށް އެދި އޭސީސީ އަށް މައްސަލަ އެއް ހުށަހަޅައިފި

ސިޔާސީ މަންފާ ހޯދުމަށް ބިން ހިއްކުމުގެ މަޝްރޫޢުތައް ހުއްޓުވާ ދިނުމަށް އެދި އޭސީސީ އަށް މައްސަލަ އެއް ހުށަހަޅައިފި

27 ޖެނުއަރީ 2026
278 މިލިއަން ރުފިޔާ ހަރަދުކޮށް ހިޔާގެ އަށް ޓަވަރުގެ ލިފްޓު މަސައްކަތް ނިންމައި ހުޅުވާލައިފި

278 މިލިއަން ރުފިޔާ ހަރަދުކޮށް ހިޔާގެ އަށް ޓަވަރުގެ ލިފްޓު މަސައްކަތް ނިންމައި ހުޅުވާލައިފި

25 ޖެނުއަރީ 2026
އިސްލާމްދީނުގެ އަސްލުތަކާ ހިލާފު ކަމަކީ، ސަރުކާރުގަ އަށަގެންފައިވާ މުންކަރާތްތައް ފޮރުވުން، އަދަދު ނޫހުގެ ކުރެހުމެއް ނޫން: ކުރީގެ އުއްތަމަ ފަނޑިޔާރު ޑީޑީ

އިސްލާމްދީނުގެ އަސްލުތަކާ ހިލާފު ކަމަކީ، ސަރުކާރުގަ އަށަގެންފައިވާ މުންކަރާތްތައް ފޮރުވުން، އަދަދު ނޫހުގެ ކުރެހުމެއް ނޫން: ކުރީގެ އުއްތަމަ ފަނޑިޔާރު ޑީޑީ

25 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު