Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސްގެ ރިޔާސީ ބަޔާން

އެމް.އެމް.އޭގެ ކޮންޓްރޯލްގެ ދަށުގައި ހުރީ 129 މިލިއަން ޑޮލަރު، އެންމެ ބޮޑު ލާރިއެއް ވެސް އިތުރަށް ނެތް: ޣަފޫރު

ރަސްމާލެ މަޝްރޫޢުގެ 27 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، ބޯހިޔާވަހިކަމުގެ ވަޢުދުތައް ފުއްދުމުގައި ސަރުކާރުން ނާކާމިޔާބުވެފައިވާ ކަމަށް ޣަފޫރު ވިދާޅުވި. މީގެ އިތުރުން ދައުލަތުގެ ރިޒާވްގެ ހަޤީޤީ ހާލަތު އޮޅުވާލައި، ޓެކްސް ބޮޑުކޮށްގެން ލިބޭ އާމްދަނީއަކީ ސަރުކާރުގެ ހިންގުންތެރިކަން ކަމަށް ދެއްކުމަށް މަސައްކަތް ކުރާ ކަމަށް އޭނާ ތުހުމަތުކުރެއްވި.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 6 ފެބުރުއަރީ 2026 | ހުކުރު 12:46
އެމްޑީޕީގެ ޗެއަރޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސަ

އެމްޑީޕީގެ ޗެއަރޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސަ | ރާއްޖެ އެމްވީ

އެމް.އެމް.އޭގެ ކޮންޓްރޯލްގެ ދަށުގައި ހުރީ 129 މިލިއަން ޑޮލަރު ކަމަށާއި، އިތުރަށް އެންމެ ބޮޑު ލާރިއެއް ވެސް ނެތް ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ހަރުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޣަފޫރު ވިދާޅުވީ ރައީސް މުއިއްޒުގެ ރިޔާސީ ބަޔާނުގައި ދެއްކެވި ވާހަކަތައް ހަޤީޤަތާ ޚިލާފު ކަމަށެވެ. ރަސްމާލޭ ހިއްކުމުގައި ސަރުކާރުން ވަޢުދުފުއްދައިފައި ނުވާކަން ފާހަގަކުރައްވައި، ދައުލަތުގެ މާލީ ހާލަތުގެ ހަޤީޤަތް ސަރުކާރުން ފޮރުވަމުން ގެންދާކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

Advertisement - newsAdvertisement

ރަސްމާލޭ ހިއްކުމުގެ ވާހަކަ ދައްކަވަމުން މެންބަރު އަބްދުލްޣަފޫރު ވިދާޅުވީ، 2025 ވަނަ އަހަރު ހިއްކާ ނިންމަން ބުނި ރަސްމާލޭގައި މިހާތަނަށް ހިއްކުނީ ހަމައެކަނި 288 ހެކްޓަރު ބިންކަމަށެވެ. ހިއްކަން ހަމަޖެހިފައި އޮތީ 1009 ހެކްޓަރުގެ ބިންކަމަށާއި، މިއީ ހަމައެކަނި 27 ޕަސެންޓްކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އޭގެ މާނައަކީ، ވަޢުދާ އެއްގޮތަށް ހިއްކަން ބުނީ، އަހަރެއް ނިމިގެންދިޔައިރު ހިއްކުނީއޭ 27 ޕަސެންޓޭ. އަޅުގަނޑު ދިވެހި ރައްޔިތުންނަށް ގޮވާލަން، ތިޔަބޭފުޅުންނަށް ހުޅުމާލެއިންނާއި، ގުޅީފަޅުންނާއި، އަދި ގިރާވަރުފަޅުންނާއި، އަދި އެހެން ތާކުން ލިބުނު ގޯއްޗެއް ވެސް މި ހުވަފެނުގެ ތެރޭގައި ތިޔަބޭފުޅުން ބަދަލު ނުކުރައްވައްޗޭ. އެއީ ވަރަށް ބޮޑު ގޯހެއް. މި ތަނަކީ ހިއްކޭނެ ތަނެއް ނޫން. ހިކިގެން ރައްޔިތުންނަށް އުޅެވޭނެ ތަނެއް ނޫން. އަޅުގަނޑު މި ދެންނެވީ ހަމަ ތަފާސް ހިސާބުތައް ބަލާފައި މިކަން އޮތް ގޮތުގެ ވާހަކަ. އެހެންވީމާ، ދޮގު ހެދިދާނެ ކިތަންމެ ވަރަކަށް ވެސް. މިހާރުގެ އަޅުގަނޑު މި ދަންނަވަނީ އަދި ހިކުނީ 288 ހެކްޓަރު މިދިޔަ އަހަރު ހިއްކައި ނިންމަން ބުނެފައި އެބައޮތޭ 1009 ހެކްޓަރުގެ ބިން. 27 ޕަސެންޓްގެ ބިމޭ މި ހިއްކުނީ. ދެން ކިހިނެއްހޭ މިކަން ކުރާނީ. މީކީ ވާނެ ކަމެއް ނޫން. އެހެންވީމާ، ތި ބޭފުޅުން އެ ގޯތި ދަމައިގަންނަންވެގެން ދައްކާ ވާހަކައެއް. އެވެސް ބޭފުޅަކު ގޯތި ބަދަލު ނުކުރައްވާތި. 
ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ

ދައުލަތުގެ މާލީ ހާލަތުގެ ވާހަކަ ދައްކަވަމުން މެންބަރު އަބްދުލްޣަފޫރު ވިދާޅުވީ، ރައީސް ރިޔާސީ ބަޔާނުގައި ގުރޮސް ރިޒާވްގެ ވާހަކަ ދެއްކެވީ ރައްޔިތުން އޮޅުވާލުމަށް ކަމަށެވެ. ގުރޮސް ރިޒާވަކީ ޚަރަދު ނުކަޑާ އެއަހަރެއްގެ ތެރޭގައި ލިބޭ މިންވަރުކަމަށާއި، މިއީ ދުނިޔޭގެ އެއްވެސް ތަނެއްގައި ބޭނުންކުރާ އިބާރާތެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ޓީ.ޖީ.އެސް.ޓީއަށް އެއްޕަސެންޓް އިތުރުކޮށް، މަތިންދާބޯޓް ބިޒްނަސް ކުލާސް އަދި ފަސްޓް ކުލާސް ޓިކެޓަށް އަގު އިތުރުކުރުމުން ލިބުނު ފައިސާގެ ވާހަކަ ދައްކަނީކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. މިއީ ސަރުކާރުގެ ހިނގުންތެރިކަމަކުން ހޯދުނު ލާރިއެއް ނޫންކަމަށާއި، ފެލައިގެން ހޯދި ލާރިކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދު އެއަރޕޯޓް ޓެކްސްގެ ގޮތުގައި ދައްކަންޖެހޭނެ ސަތޭކަވިހި ޑޮލަރު. ދެގުނަ. އޭގެ ބަދަލުގައި ފަސްޓް ކުލާސް ޓިކެޓަކަށް ނުވަދިހަ ޑޮލަރު ނަގަމުންދިޔަ ޓިކެޓަކަށް މިއަދު އެއަރޕޯޓް އެކްސްގެ ގޮތުގައި ދައްކަން. މި އިތުރުކުރި އިތުރުކުރުމުން، ލިބުނު ފައިސާގެ ގްރޮސް ޕްރޮފިޓްގެ ވާހަކަ އެ ވިދާޅުވީ. މީކީ މޮޅު ކަމަކުން، ސަރުކާރުގެ ހިނގުންތެރިކަމަކުން ހޯދި ލާރިއެއް ނޫން. ފެލައިގެން ހޯދި ލާރި މިއީ. މިކަން ކުރެވެނީ މޮޔައަކަށް ވެސް. މިއީ ކަނޑައެޅިގެން ހަދާ ބުހުތާނު ދޮގު. އަޅުގަނޑު ސަރުކާރަށް ޗެލެންޖުކޮށް މި ދަނީ. މިއަދު ސަރުކާރު އެމް.އެމް.އޭގެ ކޮންޓްރޯލްގެ ދަށުގައި ހުރީ 129 މިލިއަން ޑޮލަރު. އެންމެ ބޮޑު ލާރިއެއް ވެސް އިތުރަށް ނެތް. ޔޫޒަބަލް ރިޒާވްގެ ގޮތުގައި 244 މިލިއަން ޑޮލަރު އެ ދައްކަނީ އިންޑިއާގެ ރޯލްއޯވަރއިން ބޭންކުތަކަށް ދީފައި އޮތް 115 މިލިއަން ޑޮލަރު. އޭގައި ހިމަނައިގެން، އެއީކީ އެމް.އެމް.އޭގެ ކޮންޓްރޯލްގައި އޮތް ފައިސާއެއް ނޫން ، ދައުލަތުގެ ޔޫސަބަލް ރިޒާވް ގޮތުގައި ނުވަތަ ދައުލަތުގެ ނެޓް ރިޒާވް ގޮތުގައި ބޭނުންކުރަން މިއަދު އެމް.އެމް.އޭގެ ހުންނާނީ 129 މިލިއަން ޑޮލަރު.
ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ

މެންބަރު ޣަފޫރު ވިދާޅުވީ ނެޓް ރިޒާވްގެ ގޮތުގައި ސެންޓްރަލް ބޭންކުގައި އަތްލެވޭ ގޮތަށް ހުންނާނީ 129 މިލިއަން ޑޮލަރުކަމަށާއި، ރައްޔިތުންނަށް ކަންކަން އޮޅުވައިލައި ދޮގުހެދުމަކީ މި ސަރުކާރުގެ މައިގަނޑު ފަލްސަފާކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުން ހެދި ހުރިހާ ދޮގެއް އެންމެންނަށް ހާމަކުރަމުން ގެންދާނެކަމުގެ ޔަޤީންކަން އޭނާ ދެއްވި އެވެ.

އަބްދުލްޣަފޫރު މޫސާއެމްޑީޕީރަސްމާލެމޯލްޑިވްސް މަނިޓަރީ އޮތޯރިޓީރައީސް ޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައީސް މުއިއްޒުގެ ރިޔާސީ ބަޔާނަކީ އަވާމެންދުރެއް ފަދަ އެއްޗެއް، ރިޔާސީ ބަޔާނަށް ދޮގުބަޔާނޭ ރައްޔިތުން ކިޔަން ފަށައިފި: އެމްޑީޕީގެ ރައީސް ޝާހިދު

ރައީސް މުއިއްޒުގެ ރިޔާސީ ބަޔާނަކީ އަވާމެންދުރެއް ފަދަ އެއްޗެއް، ރިޔާސީ ބަޔާނަށް ދޮގުބަޔާނޭ ރައްޔިތުން ކިޔަން ފަށައިފި: އެމްޑީޕީގެ ރައީސް ޝާހިދު

06 ފެބުރުއަރީ 2026
ރައީސް މުއިއްޒު ދެތިން ގަޑި އިރުގެ ސްޕީޗްއެއް އެދެއްވީ ކައުންސިލް އިންތިހާބުގައި ސަރުކާރު ރީތިކޮށް ބަލިވާނެތީ: ރީކޯ މޫސާ

ރައީސް މުއިއްޒު ދެތިން ގަޑި އިރުގެ ސްޕީޗްއެއް އެދެއްވީ ކައުންސިލް އިންތިހާބުގައި ސަރުކާރު ރީތިކޮށް ބަލިވާނެތީ: ރީކޯ މޫސާ

06 ފެބުރުއަރީ 2026
ކައުންސިލް އިންތިޚާބުގައި ނުބައިކޮށް ވޯޓު ލައިފި ނަމަ، މިއީ ދިވެހިންލާ ވޯޓުގެ ފާހަގަ ފެންނާނެ ފަހު ފަހަރަށް ވެދާނެ: މައުރޫފް

ކައުންސިލް އިންތިޚާބުގައި ނުބައިކޮށް ވޯޓު ލައިފި ނަމަ، މިއީ ދިވެހިންލާ ވޯޓުގެ ފާހަގަ ފެންނާނެ ފަހު ފަހަރަށް ވެދާނެ: މައުރޫފް

06 ފެބުރުއަރީ 2026
އީ-ވޯޓު މެދުވެރިކޮށް 2028 ގައި އިންތިހާބެއް ބާއްވައިފި ނަމަ ޖަހާ ފާހަގަ ވެސް ނުފެންނާނެ: މައުރޫފް

އީ-ވޯޓު މެދުވެރިކޮށް 2028 ގައި އިންތިހާބެއް ބާއްވައިފި ނަމަ ޖަހާ ފާހަގަ ވެސް ނުފެންނާނެ: މައުރޫފް

06 ފެބުރުއަރީ 2026
ކައުންސިލް އިންތިހާބު ކެމްޕޭނަށް އެމްޑީޕީގެ ލީޑަރޝިޕް އަތޮޅު ތެރެއަށް

ކައުންސިލް އިންތިހާބު ކެމްޕޭނަށް އެމްޑީޕީގެ ލީޑަރޝިޕް އަތޮޅު ތެރެއަށް

06 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

26 ފެބުރުއަރީ
ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!
20233 އަހަރު ކުރިން
ރިޕޯޓު

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް
20215 އަހަރު ކުރިން
ދުނިޔެ

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!
20188 އަހަރު ކުރިން
ރާއްޖެ

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު