Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބ. މާޅޮސް

ބ. މާޅޮހުގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ދަނީ ފިނިހަކަ ސްޕީޑްގައި، މިފަސް އަހަރު ނިމޭއިރު ވެސް ބަނދަރުގެ މަސައްކަތް ނުނިމޭނެ: އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހިތާދޫ ދާއިރާގެ ރައީސް

މާޅޮސް ބަނދަރު މަރާމާތު ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ 1 މާރޗް 2023 ގައި. މި މަޝްރޫއުގެ ޖުމްލަ އަގަކީ 69.47 މިލިއަން ރުފިޔާ އެވެ. އެމްޓީސީސީ އާއި މި މަޝްރޫއު ހަވާލުކުރީ 450 ދުވަސްތެރޭގައި ނިންމާ ގޮތަށް. މީގެ އިތުރުން އާޔަތުﷲ ވަނީ މާޅޮހުގެ ތަރައްގީ ހުއްޓިފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް ފާޅު ކުރައްވާފައި.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 8 ފެބުރުއަރީ 2026 | އާދީއްތަ 08:34
މާޅޮހުގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ

މާޅޮހުގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ | އެމްޓީސީސީ

ބ. މާޅޮހުގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ދަނީ ފިނިހަކަ ސްޕީޑްގައި ކަމަށާއި، ރައީސް ޑރ.މުހައްމަދު މުއިއްޒުގެ މިފަސް އަހަރު ނިމޭއިރު ވެސް ބަނދަރުގެ މަސައްކަތް ނުނިމޭނެ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހިތަދޫ ދާއިރާގެ ރައީސް އާޔަތުﷲ ހުސެއިން ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ވައުދުނާމާ ޕްރޮގްރާމްގައި އާޔަތުﷲ ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރައްޔިތުން އެންމެ ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ބާރު ސްޕީޑްގައި ކުރިއަށް ގެންދިޔަ ކަމަށާއި، ބަނދަރު ވެސް ޒާމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް ފެށި ކަމަށެވެ. ނަމަވެސް ވެރިކަން ބަދަލުވެގެން ދިއުމާއެކު މަޝްރޫއުތައް ކުރިއަށް ދަނީ ފިނިހަކަ ސްޕީޑްގައި ކަަމަށް އޭނާ ވިދާޅުވި އެވެ. 

ބަނދަރުގެ މަސައްކަތް ވަރަށް އަވަހަށް ނިންމާނެ ކަމަށް މިދިޔަ އަހަރުގެ ރައީސް މުއިއްޒު ވިދާޅުވެފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި އާޔަތުﷲ ވިދާޅުވީ ވެރިކަމުގެ މިދައުރު ނިމޭއިރު ވެސް ބަނދަރުގެ މަސައްކަތް އެއްކޮށް ނުނިމޭނެ ކަމަށެވެ. 

ބަނދަރުގެ މަސައްކަތް ފަށާއިގެން މިހާރު ދެ އަހަރަށް ވުރެ ގިނަ ދުވަސްވީ. އަދިވެސް ބަނދަރުގެ މަސައްކަތް ނުނިމޭ. ރައީސް މުއިއްޒު ވަޑައިގެން ވިދާޅުވި ތިމަންނަ ކުރިއަށް އޮތް އަހަރެއްހާ ދުވަސް ތެރޭގައި ނިންމާ ދޭނަމޭ. ރައީސް މުއިއްޒުގެ ވެރިކަން ނިމޭއިރު ވެސް ބަނދަރުގެ މަސައްކަތް ނިމިދާނެ ކަމާ ދޭތެރޭގައި އެއީ ރައީސް މުއިއްޒު ކްރެޑިޓް ނަންގަވަން ޖެހޭ ކަމެއް ނޫން. ސީދާ އެމްޑީޕީ ސަރުކާރުން ފަށާދިން ކަމެއް އެއީ. މިހާރު ހަމަ ގިނަ ރައްޔިތުން އެބަ އެއްބަސްވޭ އެމްޑީޕީ ސަރުކާރުން ބަނދަރުގެ މަސައްކަތް ނުފެށި ނަމަ ތިމަންނަމެންނަށް މި ބަނދަރެއް ނުލިބޭނޭ.  
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހިތާދޫ ދާއިރާގެ ރައީސް އާޔަތުﷲ ހުސެއިން

ނުނިމި ދިގުލަމުންދާ މާޅޮހުގެ ބަނދަރުގެ މަސައްކަތް ލަސްނުވެ ކުރިއަށްދާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވީ ބ.އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން 14 އޯގަސްޓް 2025 ގައި މާޅޮހަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލު ކުރެއްވުމުގަ އެވެ. 

ރައީސް މުއިއްޒު ވިދާޅުވީ، މާޅޮހު ބަނދަރުގެ މައްސަލައަކީ އެންމެ މުހިއްމު ކަމެއް ދީގެން ހައްލު ކުރައްވާނެ ކަމަށް ދެންނެވި އެއް މައްސަލަ ކަމަށާއި މި ސަރުކާރުން ބަނދަރުގެ މަސައްކަތް ނިންމާނޭ ކަމަށެވެ. މީގެ ކުރިން ބަނދަރު މަރާމާތުކުރުން ލަސްވެގެން ދިޔަ ނަމަވެސް ބަނދަރުގެ މަސައްކަތް ލަސްނުވާނޭ ކަމަށް ރައިސް މުއިއްޒު ވިދާޅުވި އެވެ.

މާޅޮހު ބަނދަރު ހަލާކުވީ 2004 ވަނަ އަހަރުގެ ޑިސެމްބަރުމަހު ރާއްޖެއަށް އެރި ސުނާމީ ކާރިސާގަ އެވެ. މާޅޮހު ބަނދަރަކީ އަމިއްލަ ފަރާތެއްގެ ދީލަތި އެހީއާއެކު 1999 ވަނަ އަހަރު ހެދި ބަނދަރެކެވެ. 

މާޅޮސް ބަނދަރު މަރާމާތު ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ 1 މާރޗް 2023 ގަ އެވެ. މި މަޝްރޫއުގެ ޖުމްލަ އަގަކީ 69.47 މިލިއަން ރުފިޔާ އެވެ. އެމްޓީސީސީ އާއި މި މަޝްރޫއު ހަވާލުކުރީ 450 ދުވަސްތެރޭގައި ނިންމާ ގޮތަށެވެ.

މީގެ އިތުރުން އާޔަތުﷲ ވަނީ މާޅޮހުގެ ތަރައްގީ ހުއްޓިފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް ފާޅު ކުރައްވާފަ އެވެ.

އާޔަތުﷲ ވިދާޅުވީ މާޅޮހަކީ ކުޑަ އާބާދީއެއް ނަމަވެސް މިއީ ހައްގު މިންވަރު ނޫން ކަމަށެވެ. ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް މަޝްރޫއުތައް ކުރިއަށް ގެންދަން ޖެހޭކަން ފާހަގަކުރައްވައި އާޔަތުﷲ ވިދާޅުވީ ސިއްހީ މަރުކަޒު ބޮޑު ކުރުމުގެ މަޝްރޫއު އަމަލީ މަސައްކަތް ފެށި ނަމަވެސް ބޯޑެއް ޖަހާ ބަންދު ކުރުން ފިޔަވައި އިތުރު ކަމެއް ނުކުރާ ކަމަށެވެ. އަދި ވިދާޅުވީ ޕޮލިސް ސްޓޭޝަންގެ މަސައްކަތް ވެސް 6 މަސް ދުވަހުން ނިންމޭނެ ކަމަށާއި، ނަމަވެސް އެ މަސައްކަތް ވެސް އެކަށީގެންވާ ބާރު މިނުގައި ކުރިއަށް ނުދާ ކަމަށް އާޔަތުﷲ ވިދާޅުވި އެވެ.

މާޅޮސްރައީސް ޑރ. މުހައްމަދު މުއިއްޒުއާޔަތުﷲ ހުސެއިންއެމްޓީސީސީ

ކޮމެންޓް

އިތުރަށް ކިޔާލަން

މުއިއްޒުގެ މައްޗަށް ރިޔާސީ ކޮމިޝަނެއް ހަދައިގެން ތަހުގީގު ކުރާ ހިސާބަށް ގައުމުގެ ހާލަތު އަދި ދާނެ: ލޯޔަރު ނިޝާން

މުއިއްޒުގެ މައްޗަށް ރިޔާސީ ކޮމިޝަނެއް ހަދައިގެން ތަހުގީގު ކުރާ ހިސާބަށް ގައުމުގެ ހާލަތު އަދި ދާނެ: ލޯޔަރު ނިޝާން

06 ފެބުރުއަރީ 2026
އެމް.އެމް.އޭގެ ކޮންޓްރޯލްގެ ދަށުގައި ހުރީ 129 މިލިއަން ޑޮލަރު، އެންމެ ބޮޑު ލާރިއެއް ވެސް އިތުރަށް ނެތް: ޣަފޫރު

އެމް.އެމް.އޭގެ ކޮންޓްރޯލްގެ ދަށުގައި ހުރީ 129 މިލިއަން ޑޮލަރު، އެންމެ ބޮޑު ލާރިއެއް ވެސް އިތުރަށް ނެތް: ޣަފޫރު

06 ފެބުރުއަރީ 2026
ކައުންސިލް އިންތިޚާބުގައި ނުބައިކޮށް ވޯޓު ލައިފި ނަމަ، މިއީ ދިވެހިންލާ ވޯޓުގެ ފާހަގަ ފެންނާނެ ފަހު ފަހަރަށް ވެދާނެ: މައުރޫފް

ކައުންސިލް އިންތިޚާބުގައި ނުބައިކޮށް ވޯޓު ލައިފި ނަމަ، މިއީ ދިވެހިންލާ ވޯޓުގެ ފާހަގަ ފެންނާނެ ފަހު ފަހަރަށް ވެދާނެ: މައުރޫފް

06 ފެބުރުއަރީ 2026
ލާމަރުކަޒީ ނިޒާމުގެ ބާރުތައް ނަގަނީ ސަރުކާރަށް ވުރެ ބޮޑަށް ކައުންސިލްތަކުން މަޝްރޫއުތައް ހިންގާތީ: ކެނދިކުޅުދޫ ކައުންސިލްގެ ރައީސް ރައޫފް

ލާމަރުކަޒީ ނިޒާމުގެ ބާރުތައް ނަގަނީ ސަރުކާރަށް ވުރެ ބޮޑަށް ކައުންސިލްތަކުން މަޝްރޫއުތައް ހިންގާތީ: ކެނދިކުޅުދޫ ކައުންސިލްގެ ރައީސް ރައޫފް

06 ފެބުރުއަރީ 2026
މިސަރުކާރުން އަތޮޅު ކައުންސިލުންތައް އުވާލީ އަތޮޅުގެ އެސެޓް ސަރުކާރަށް ނެގުމަށް: ނ.އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް ޒާފިރު

މިސަރުކާރުން އަތޮޅު ކައުންސިލުންތައް އުވާލީ އަތޮޅުގެ އެސެޓް ސަރުކާރަށް ނެގުމަށް: ނ.އަތޮޅު ކައުންސިލްގެ ކުރީގެ ރައީސް ޒާފިރު

06 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

11 އެޕްރީލު
ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!

އަނެކާއަށް ދުޢާކޮށްދޭށެވެ.
20233 އަހަރު ކުރިން
އިސްލާމް

އަނެކާއަށް ދުޢާކޮށްދޭށެވެ.

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟
20224 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު