Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ދެ ވަނަ ހާފުގައި ޖެހި ލަނޑު ތަކުން މޮޅުވެ، ބާސެލޯނާ އަލުން އެއް ވަނަ އަށް

26 ޖެނުއަރީ 2026 | ހޯމަ 04:44

މޮޅާ އެކު ބާސެލޯނާ އިން އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅެފައިވާ 21 މެޗުން 52 ޕޮއިންޓާ އެކު.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 ޖެނުއަރީ 2026 | ހޯމަ 04:44
މެޗުގައި ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | ރޮއިޓަސް

ސްޕެނިޝް ލީގުގައި ރެއާލް އޮވިއޭޑޯއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އިން އަނެއްކާ ވެސް ލީގު ތާވަލްގެ އެއް ވަނަ މަގާމަށް ޖެހިލައިފި އެވެ. 

ބާސެލޯނާގެ އަމިއްލަ ދަނޑުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-0 އިންނެވެ. މެޗުގައި ބާސެލޯނާ އިން އެ ޓީމުގެ ތިން ލަނޑު ވެސް ޖެހީ މެޗުގެ ދެ ވަނަ ހާާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ވެސް ބާސެލޯނާ އިން ވަނީ ރަނގަޅަށް ކުޅެ ލަނޑު ޖަހަން މަސައްކަތް ކޮށްފަ އެވެ. އެގޮތުން ބާސެލޯނާ އަށް ލީޑު ނަގައިދޭން ރޮބާޓް ލެވަންޑޯސްކީ އަށް ދެ ފުރުސަތެއް ލިބުނު ނަމަވެސް، ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ.

މެޗުގެ ދެ ވަނަ ހާާފު ފަށައިގެން ހަތް ވަނަ މިނެޓުގައި ބާސެލޯނާ އަށް ލީޑު ނަގައިދިނީ ޑެނީ އޮލްމޯ އެވެ. އެއީ އޮވިއޭޑޯގެ އޭރިޔާ ތެރެއިން ލިބުނު ބޯޅަ ތިރި ތިރިން ގޯލިގެ ކަނަށް އަމާޒު ކޮށްލައިގެންނެވެ. އޭގެ ފަސް މިނެޓު ފަހުން ބާސެލޯނާގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ ރަފީނިއާ އެވެ. މެޗުގައި ބާސެލޯނާގެ ތިން ވަނަ ލަނޑު 73 ވަނަ މިނެޓުގައި ޖެހީ ސްޕެއިންގެ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލް އެވެ. 

މޮޅާ އެކު ބާސެލޯނާ އިން އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅެފައިވާ 21 މެޗުން 52 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން، ދެ ވަނައިގައި އޮތް ވާދަވެރި ރެއާލް މެޑްރިޑަށް ލިބެނީ 51 ޕޮއިންޓެވެ. ދެ ޓީމުގެ ދެ މެދުގައި ޕޮއިންޓެއްގެ ފަރަގު އޮތްއިރު، ލީގުގެ ވާދަވެރިކަން މި ވަނީ ބޮޑުވެފަ އެވެ.

ސްޕެނިޝް ލީގުބާސެލޯނާ

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2026

ވިޔަރެއާލް ބަލިކޮށް، ރެއާލް އިން އެއް ވަނަ އަށް ޖެހިލައިފި

25 ޖެނުއަރީ 2026
ވިޔަރެއާލް ބަލިކޮށް، ރެއާލް އިން އެއް ވަނަ އަށް ޖެހިލައިފި
22 ޖެނުއަރީ 2026

ފާމިން ލޮޕޭޒްގެ ދެ ލަނޑާ އެކު ބާސެލޯނާ މޮޅުވެއްޖެ

22 ޖެނުއަރީ 2026
ފާމިން ލޮޕޭޒްގެ ދެ ލަނޑާ އެކު ބާސެލޯނާ މޮޅުވެއްޖެ
21 ޖެނުއަރީ 2026

ސްޕެއިންގެ ބާސެލޯނާގައި ރޭލެއް ފާރެއްގައި ޖެހި، ޑްރައިވަރު މަރުވެ، އެތައް ބަޔަކަށް އަނިޔާވެއްޖެ

21 ޖެނުއަރީ 2026
ސްޕެއިންގެ ބާސެލޯނާގައި ރޭލެއް ފާރެއްގައި ޖެހި، ޑްރައިވަރު މަރުވެ، އެތައް ބަޔަކަށް އަނިޔާވެއްޖެ
20 ޖެނުއަރީ 2026

މޮޅުވުން ހައްގު، ރެފްރީ އަކީ ކާކުކަން އިނގޭ: ފްލިކް

20 ޖެނުއަރީ 2026
މޮޅުވުން ހައްގު، ރެފްރީ އަކީ ކާކުކަން އިނގޭ: ފްލިކް
19 ޖެނުއަރީ 2026

ސޮސިއެޑާޑް އަތުން ބަލިވެ، ބާސެލޯނާ އަށް ފައިދާ ނުނެގުނު

19 ޖެނުއަރީ 2026
ސޮސިއެޑާޑް އަތުން ބަލިވެ، ބާސެލޯނާ އަށް ފައިދާ ނުނެގުނު
18 ޖެނުއަރީ 2026

ލެވަންޓޭ ބަލިކޮށް، ރެއާލް އަށް ހަމަޖެހުމެއް

18 ޖެނުއަރީ 2026
ލެވަންޓޭ ބަލިކޮށް، ރެއާލް އަށް ހަމަޖެހުމެއް
15 ޖެނުއަރީ 2026

ކަންސޭލޯ އަލުން ބާސެލޯނާ އަށް ބަދަލުވެއްޖެ

15 ޖެނުއަރީ 2026
ކަންސޭލޯ އަލުން ބާސެލޯނާ އަށް ބަދަލުވެއްޖެ
13 ޖެނުއަރީ 2026

ރެއާލްއާ ދެކޮޅަށް ކުޅެ ސުޕަ ކަޕް ކާމިޔާބު ވުމަކީ ބޮޑު ކާމިޔާބެއް: ފްލިކް

13 ޖެނުއަރީ 2026
ރެއާލްއާ ދެކޮޅަށް ކުޅެ ސުޕަ ކަޕް ކާމިޔާބު ވުމަކީ ބޮޑު ކާމިޔާބެއް: ފްލިކް
12 ޖެނުއަރީ 2026

ރެއާލް ބަލިކޮށް، ބާސެލޯނާ އިން ސުޕަ ކަޕް ދިފާއު ކޮށްފި

12 ޖެނުއަރީ 2026
ރެއާލް ބަލިކޮށް، ބާސެލޯނާ އިން ސުޕަ ކަޕް ދިފާއު ކޮށްފި
11 ޖެނުއަރީ 2026

ފައިނަލްގެ ކުރިން ފްލިކް: "ޓީމާ މެދު އަހަރެން ވަރަށް ހިތްހަމަ ޖެހޭ"

11 ޖެނުއަރީ 2026
ފައިނަލްގެ ކުރިން ފްލިކް: "ޓީމާ މެދު އަހަރެން ވަރަށް ހިތްހަމަ ޖެހޭ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް