Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެޕްސްޓީން ފައިލްސް

އެޕްސްޓީން މައްސަލައިގެ ތުހުމަތު އަމާޒުވުމުން މެންޑެލްސަން، ބޮޑު ވަޒީރު ސްޓާމާގެ ލޭބާ ޕާޓީ އިން އިސްތިއުފާ ދީފި

ލޭބާ ޕާޓީ އަށް މެންޑެލްސަން ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ، އެޕްސްޓީންގެ މައްސަލައިގައި އޭނާގެ ނަން ހިމެނިފައިވާ ކަމަށް މި ހަފުތާގެ ތެރޭގައި އިތުރަށް ހާމަވެފައިވާތީ އެކަމާ ހިތާމަ ކުރައްވާ ކަމަށް. އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓް އިން އެޕްސްޓީންގެ ފައިލް ތަކެއް އާންމު ކޮށްފައިވާއިރު، އެޕްސްޓީން ވަނީ މެންޑެލްސަން އަށް ފައިސާގެ އެހީތެރިކަން ދީފައި ކަމަަށް އިނގިރޭސި މީޑިއާ ތަކުގައި ވަނީ ބުނެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 2 ފެބުރުއަރީ 2026 | ހޯމަ 06:37
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު އަދި ލޭބާ ޕާޓީގެ ލީޑަރު ސްޓާމާ އާއި، އިނގިރޭސި ސަރުކާރުގެ ކުރީގެ މިނިސްޓަރު މެންޑެލްސަން

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު އަދި ލޭބާ ޕާޓީގެ ލީޑަރު ސްޓާމާ އާއި، އިނގިރޭސި ސަރުކާރުގެ ކުރީގެ މިނިސްޓަރު މެންޑެލްސަން | ގެޓީ އިމޭޖަސް

އިނގިރޭސި ސަރުކާރުގެ ކުރީގެ މިނިސްޓަރު ޕީޓާ މެންޑެލްސަން، ބޮޑު ވަޒީރު ކިއާ ސްޓާމާ ލީޑަރުކަން ކުރައްވާ ލޭބާ ޕާޓީގެ މެމްބަރުން ކަމުން އިސްތިއުފާ ދެއްވައިފި އެވެ.

އާދީއްތަ ދުވަހުގެ ވަގުތެއްގައި މެންޑެލްސަން ލޭބާ ޕާޓީ އިން އިސްތިއުފާ ދެއްވާފައި ވަނީ، އެމެރިކާގެ ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީން އާއި އޭނާއާ ދެމެދު ގުޅުމެއް އޮތް ކަމަށް ތުހުމަތު ކުރެވުމާ އެކު އެވެ. 

މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، ލޭބާ ޕާޓީ އިން މެންޑެލްސަން އިސްތިއުފާ ދެއްވާފައި ވަނީ އެ ޕާޓީ އަށް އިތުރު ދެރައެއް، ނުވަތަ ބަދުނާމެއް ލިބެން ބޭނުން ނުވާތީ އެވެ. މީގެ ކުރިން ވެސް އެޕްސްޓީން އާއި މެންޑެލްސަންއާ ދެމެދު ގުޅުމެއް އޮތް ކަމަށް ހާމަވުމާ އެކު، އެމެރިކާގައި ހުންނަވާ އިނގިރޭސިވިލާތުގެ ސަފީރުކަމުން އޭނާ ވަކި ކުރެއްވީ ބޮޑު ވަޒީރު ސްޓާމާ އެވެ.

ލޭބާ ޕާޓީ އަށް މެންޑެލްސަން ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ، އެޕްސްޓީންގެ މައްސަލައިގައި އޭނާގެ ނަން ހިމެނިފައިވާ ކަމަށް މި ހަފުތާގެ ތެރޭގައި އިތުރަށް ހާމަވެފައިވާތީ އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ. އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓް އިން އެޕްސްޓީންގެ ފައިލް ތަކެއް އާންމު ކޮށްފައިވާއިރު، އެޕްސްޓީން ވަނީ މެންޑެލްސަން އަށް ފައިސާގެ އެހީތެރިކަން ދީފައި ކަމަަށް އިނގިރޭސި މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ. 

ނަމަވެސް މެންޑެލްސަން ވިދާޅުވެފައި ވަނީ އެޕްސްޓީންގެ ފަރާތުން އޭނާ އަށް ފައިސާ އާއި މާލީ މަންފާ ލިބިފައިވާ ކަމަށް އިނގިރޭސި މީޑިއާ ތަކުގައި ބުނެފައިވާ ވާހަކަ އަކީ ދޮގެއް ކަމަަށެވެ. އަދި އެ ތުހުމަތުތައް އިތުރަށް ބައްލަވާނެ ކަމަށް ވެސް މެންޑެލްސަން ވަނީ ވިދާޅުވެފަ އެވެ. އެއާ އެކު، އޭނާ ނިސްބަތްވާ، އަދި އިނގިރޭސިވިލާތުގައި ވެރިކަން ކުރަމުން އަންނަ ލޭބާ ޕާޓީ އަށް އިތުރު ދެރައެއް ލިބެން ބޭނުން ނުވާތީ، މެންޑެލްސަން ވަނީ އެ ޕާޓީ އިން އިސްތިއުފާ ދެއްވައިފަ އެވެ. 

މެންޑެލްސަން އަކީ އިނގިރޭސިވިލާތުގެ ސިޔާސީ މަސްރަހުގައި ނުފޫޒު ގަދަ ބޭފުޅެކެވެ. އެގޮތުން އިނގިރޭސިވިލާތުގެ ކުރީގެ ބޮޑު ވަޒީރު ޓޯނީ ބްލެއާ ވެެރިކަން ކުރެއްވި ދުވަސްވަރު، ލޭބާ ޕާޓީ އަށް އިންތިޚާބުތައް ކާމިޔާބު ކުރުމުގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާ ކުރައްވައިފަ އެވެ. 

މިދިޔަ އަހަރުގެ ތެރޭގައި އެެމެރިކާާގެ ޤާނޫނު ހަދާ މަޖިލީހުގެ ނެރުނު ލިޔުން ތަކުގައި، އެޕްސްޓީން ވަނީ މެންޑެލްސަން އަކީ އޭނާގެ އެންމެ ގާތް އެކުވެރިޔާ ކަމަށް ބުނެފަ އެވެ. އެއާ އެކު، އެމެރިކާގައި ހުންނަވާ އިނގިރޭސިވިލާތުގެ ސަފީރުގެ މަގާމުން މެންޑެލްސަން ވަކި ކުރެއްވި އެވެ. 

މެންޑެލްސަންގެ ސިޔާސީ ޙަޔާތުގައި މީގެ ކުރިން ބައެއް އެހެން މައްސަލަތަކާ ވެސް ކުރިމަތިލާން ޖެހިފައިވެ އެވެ. އެގޮތުން 1998 ވަނަ އަހަރު ގެއެއް ގަތުމަށް އެހެން މިނިސްޓަރެއްގެ އަތުން ދަރަންޏަށް ފައިސާ ހޯއްދެއްވުމާ ގުޅިގެން ޖެހުނު މައްސަލައިގައި، އޭނާ ވަނީ ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ޓްރޭޑް އެންޑް އިންޑަސްޓްރީގެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. 

މަސްދަރު: ރޮއިޓާސް

ޕީޓާ މެޑެލްސަންކިއަރ ސްޓާމާލޭބާ ޕާޓީ - ޔޫކޭޖެފްރީ އެޕްސްޓީންއިނގިރޭސިވިލާތްއެޕްސްޓީން ފައިލްސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރާއްޖެ އަށް 4 ބިލިއަން ޑޮލަރު ގެންނާނެ ކަމަށް ބުނެ ވަހީދުގެ ފިނޭންސް މިނިސްޓަރުގެ ބޮލަށް އެރިގެން މީހަކު އުޅުނު މައްސަލައިގައި ވެސް ލަފާ ހޯދީ އެޕްސްޓީންގެ ފަރާތުން

ރާއްޖެ އަށް 4 ބިލިއަން ޑޮލަރު ގެންނާނެ ކަމަށް ބުނެ ވަހީދުގެ ފިނޭންސް މިނިސްޓަރުގެ ބޮލަށް އެރިގެން މީހަކު އުޅުނު މައްސަލައިގައި ވެސް ލަފާ ހޯދީ އެޕްސްޓީންގެ ފަރާތުން

01 ފެބުރުއަރީ 2026
ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ގޮތާ ގުޅިގެން ކޮމަންވެލްތުން ކުރަމުން ދިޔަ ޕްރެޝަރ ކުޑަ ކުރުމަށް އެޕްސްޓީން ޑރ. ވަހީދަށް އެހީތެރިވެދިން

ރައީސް ނަޝީދުގެ ވެރިކަން ބަދަލުވި ގޮތާ ގުޅިގެން ކޮމަންވެލްތުން ކުރަމުން ދިޔަ ޕްރެޝަރ ކުޑަ ކުރުމަށް އެޕްސްޓީން ޑރ. ވަހީދަށް އެހީތެރިވެދިން

01 ފެބުރުއަރީ 2026
އެޕްސްޓީން އާ މެސެޖުތަކެއް ބަދަލުކުރިކަން ފަޅާ އެރުމާ އެކު ސްލޮވާކިއާގެ ރައީސް ގެ މުޝީރު މަގާމުން އިސްތިއުފާ ދެއްވައިފި

އެޕްސްޓީން އާ މެސެޖުތަކެއް ބަދަލުކުރިކަން ފަޅާ އެރުމާ އެކު ސްލޮވާކިއާގެ ރައީސް ގެ މުޝީރު މަގާމުން އިސްތިއުފާ ދެއްވައިފި

01 ފެބުރުއަރީ 2026
ޑރ. ވަހީދު އެޕްސްޓީން އަށް: މިއުޅެނީ މުސްކުޅި ރައީސް މައުމޫނަށް ރަނގަޅު ފިލާވަޅެއް ދޭން، ސިޔާސީ ކަންކަމުން ދުރަށް ގޮސް، ރިޓަޔަރ ކޮށްގެން ހުންނަވަން ދަސްކޮށްދޭން!

ޑރ. ވަހީދު އެޕްސްޓީން އަށް: މިއުޅެނީ މުސްކުޅި ރައީސް މައުމޫނަށް ރަނގަޅު ފިލާވަޅެއް ދޭން، ސިޔާސީ ކަންކަމުން ދުރަށް ގޮސް، ރިޓަޔަރ ކޮށްގެން ހުންނަވަން ދަސްކޮށްދޭން!

01 ފެބުރުއަރީ 2026
އެޕްސްޓީން ފައިލްސް ގައި ކުރީގެ ރައީސް ޑރ. ވަހީދު ގެ ނަން މަދުވެގެން 240 ފަހަރު، ވަހީދު އާއި އެޕްސްޓީން އަކީ ވަރަށް ގާތް ދެ މީހުން، ވަހީދުގެ އިންތިޚާބުގައި އެޕްސްޓީންގެ އެހީތެރިކަން!

އެޕްސްޓީން ފައިލްސް ގައި ކުރީގެ ރައީސް ޑރ. ވަހީދު ގެ ނަން މަދުވެގެން 240 ފަހަރު، ވަހީދު އާއި އެޕްސްޓީން އަކީ ވަރަށް ގާތް ދެ މީހުން، ވަހީދުގެ އިންތިޚާބުގައި އެޕްސްޓީންގެ އެހީތެރިކަން!

31 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު