Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެޕްސްޓީން ފައިލްސް

އެޕްސްޓީންއާ ގުޅުން އޮތް މެންޑެލްސަންގެ މައްސަލައިގައި، އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ ހޫނު ފެނަށް

ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެފައި ވަނީ، އެންމެ ފުރަތަމަ މަރުހަލާގެ ތެރޭގައި ވެސް އެޕްސްޓީން އާ އޮތް ގުޅުމާ ގުޅޭ ގޮތުން މެންޑެލްސަން މައުލޫމާތު ދީފައިވާ ކަމަށް. ނަމަވެސް، އެޕްސްޓީންއާ އޮތް ގާތް ގުޅުމުގެ ކަންތަކުގައި އޭނާ ދޮގު ހަދާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ސްޓާމާ ވިދާޅުވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 5 ފެބުރުއަރީ 2026 | ބުރާސްފަތި 08:57
ބޮޑު ވަޒީރުގެ ސުވާލު ސެޝަން އަށް ވަޑައިގެންނެވުމަށް އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ، 10 ޑައުނިން ސްޓްރީޓް އިން ނިކުމެ ވަޑައިގަންނަވަނީ.

ބޮޑު ވަޒީރުގެ ސުވާލު ސެޝަން އަށް ވަޑައިގެންނެވުމަށް އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ، 10 ޑައުނިން ސްޓްރީޓް އިން ނިކުމެ ވަޑައިގަންނަވަނީ. | ގެޓީ އިމޭޖަސް

އެމެރިކާގެ ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީންއާ ގާތް ގުޅުމެއް ބޭއްވި، އިނގިރޭސިވިލާތުގެ ކުރީގެ މިނިސްޓަރު ޕީޓާ މެންޑެލްސަންގެ މައްސަލައިގައި އެ ޤައުމުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ ހޫނު ފެނަށް ވެއްޓިއްޖެ އެވެ. 

އެޕްސްޓީންގެ މައްސަލައިގައި އެމެރިކާހެ ޖަސްޓިސް ޑިޕާޓްމަންޓް އިން އެންމެ ފަހުން އާންމު ކުރި ލިޔުން ތަކުން އިނގޭ ގޮތުގައި، މެންޑެލްސަން އާއި އެޕްސްޓީންއާ ދެމެދު ގާތް ގުޅުމެއް އޮތެވެ. އެއާ އެކު، މިދިޔަ ހަފުތާގެ ތެރޭގައި މެންޑެލްސަން ވަނީ ވެރިކަން ކުރާ ލޭބާ ޕާޓީ އިން އިސްތިއުފާ ދީފަ އެވެ. އޭގެ ކުރިން އޭނާއާ އެޕްސްޓީންއާ ދެެމެދު މުއާމަލާތް ތަކެއް ކޮށްފައިވާކަން ހާމަވުމާ އެކު، އެމެރިކާ އަށް އިނގިރޭސިވިލާތުން ކަނޑައަޅާފައި ހުންނެވި ސަފީރުގެ މަގާމުން ވެސް އޭނާ ވަނީ ވަކި ކޮށްފަ އެވެ. 

ބުދަ ދުވަހު ކުރިއަށް ދިޔަ ޤާނޫނު ހަދާ މަޖިލީހުގެ ބައްދަލުވުމުގައި ގިނަ މެމްބަރުން ވަނީ އެ މައްސަލައާ ގުޅިގެން ވާހަކަ ދައްކައިފަ އެވެ. އަދި އެ މައްސަލައިގައި ކަންކަން ހިނގައި ދިޔަ ގޮތް ފުރިހަމަ އަށް ހާމަ ކުރުމަށް ވަނީ، ބޮޑު ވަޒީރު ސްޓާމާ އާއި ސަރުކާރަށް ގޮވާލައިފަ އެވެ. އޭގެ ތެރޭގައި ސްޓާމާ ލީޑަރުކަން ކުރައްވާ ލޭބާ ޕާޓީގެ މެމްބަރުން ވެސް ހިމެނެ އެވެ. 

މެމްބަރުން ބުނެފައި ވަނީ، ބޮޑު ވަޒީރާއި، ސަރުކާރަށް އޮންނަ އިތުބާރު ކުޑަ ވަމުން އަންނަ ކަމަށާއި، އިތުބާރު ނެތް ކަމުގެ ވޯޓަކާ ކުރިމަތިލާން ޖެހިއްޖެ ޙާލަތެއްގައި ބޮޑު ވަޒީރަށް ތާއީދު ކުރެވޭނެކަން ޔަޤީން ނޫން ކަމަށެވެ. 2024 ވަނަ އަހަރު އިންތިޚާބުވި، ސަރުކާރަށް ވަފާތެރި މެމްބަރުން ބުނެފައި ވަނީ، އެންމެ ބޮޑަށް ނުތަނަވަސްކަން އޮތީ ސަރުކާރަށް ވަފާވެރި މެމްބަރުންގެ ތެރޭގައި ކަމަށެވެ.

ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެފައި ވަނީ، އެންމެ ފުރަތަމަ މަރުހަލާގެ ތެރޭގައި ވެސް އެޕްސްޓީންއާ އޮތް ގުޅުމާ ގުޅޭ ގޮތުން މެންޑެލްސަން މައުލޫމާތު ދީފައިވާ ކަމަށެވެ. ނަމަވެސް، އެޕްސްޓީންއާ އޮތް ގާތް ގުޅުމުގެ ކަންތަކުގައި އޭނާ ދޮގު ހަދާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށް ސްޓާމާ ވިދާޅުވި އެވެ. ސްޓާމާގެ ވާހަކަތަކާ ގުޅޭ ގޮތުން ބޮޑު ވަޒީރުގެ އޮފީސް، 10 ޑައުނިން ސްޓްރީޓް އިން ބުނެފައި ވަނީ، ބޮޑު ވަޒީރަށް އެނގިވަޑައިގަންނަވަނީ އާންމުނަށް ވެސް އެނގިފައިވާ ކަންކަމުގެ މައުލޫމާތު ކަމަށެވެ. 

މެންޑެލްސަން އަށް ވަޒީފާ ދީފައި ވަނީ، އޭނާ އާއި އެޕްސްޓީންއާ ދެމެދު ގުޅުން އޮތްކަން އެނގިހުރެ ކަމަށް ގިނަ މެމްބަރުން ތުހުމަތު ކޮށްފައިވެ އެވެ. މެމްބަރަކު ބުނެފައި ވަނީ، މިއީ ކްރިސް ޕިންޗާގެ މައްސަލަ އަށް ވުރެ ވެސް ބޮޑު މައްސަލައެއްގެ ގޮތުގައި ބޮޑު ވަޒީރު ސްޓާމާ ޤަބޫލު ކުރައްވަން ޖެހޭ ކަމަށެވެ. 

މެންޑެލްސަންގެ މައްސަލައިގައި ސްޓާމާ އަށް އެތައް ފާޑު ކިޔުން ތަކެއް އަމާޒުވެފައިވާއިރު، ސްޓާމާ ވިދާޅުވެފައި ވަނީ މެންޑެލްސަންގެ ލަގަބު އަތުލުމަށް ޤާނޫނެއް ހަދަން ފަށާނެ ކަމަށާއި، ޕްރިވީ ކައުންސިލް ލިސްޓުން އޭނާ އުނި ކުރުމަށް ރަސްގެފާނު ޗާލްސްގެ ކިބައިން ވެސް އެދިވަޑައިގެންފައިވާ ކަަމަށެވެ. 

މަސްދަރު: ދި ގާޑިއަން

ޖެފްރީ އެޕްސްޓީންޕީޓާ މެޑެލްސަންކިއަރ ސްޓާމާލޭބާ ޕާޓީ - ޔޫކޭއިނގިރޭސިވިލާތްއެޕްސްޓީން ފައިލްސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރައީސް ވަހީދު ގެ މައްޗަށް ތަހުގީގު ހިންގުމަކީ ރައީސް މުއިއްޒު ކުރައްވަންޖެހޭނެ ކަމެއް: ރީކޯ މޫސަ

ރައީސް ވަހީދު ގެ މައްޗަށް ތަހުގީގު ހިންގުމަކީ ރައީސް މުއިއްޒު ކުރައްވަންޖެހޭނެ ކަމެއް: ރީކޯ މޫސަ

05 ފެބުރުއަރީ 2026
ރައީސް ވަހީދު ކުރެއްވި ހުވަޔާ ޚިލާފް! ތަހުޤީގު ކުރަންޖެހޭ!!!

ރައީސް ވަހީދު ކުރެއްވި ހުވަޔާ ޚިލާފް! ތަހުޤީގު ކުރަންޖެހޭ!!!

04 ފެބުރުއަރީ 2026
އެޕްސްޓީން މައްސަލައިގެ ވާހަކަ ދެއްކުން ހުއްޓާލައި، އެހެން ކަންކަމަށް ސަމާލުކަން ދޭން ޖެހޭ: ޓްރަމްޕް

އެޕްސްޓީން މައްސަލައިގެ ވާހަކަ ދެއްކުން ހުއްޓާލައި، އެހެން ކަންކަމަށް ސަމާލުކަން ދޭން ޖެހޭ: ޓްރަމްޕް

04 ފެބުރުއަރީ 2026
އެޕްސްޓީން ފައިލްސް ގައި ކުރީގެ ރައީސް ވަހީދުގެ ނަން ހިމެނިފައި ވަނިކޮށް، ޕްރެޝަރ ބޮޑުވެ ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއިގެ މަޤާމުން އިސްތިއުފާދެއްވައިފި

އެޕްސްޓީން ފައިލްސް ގައި ކުރީގެ ރައީސް ވަހީދުގެ ނަން ހިމެނިފައި ވަނިކޮށް، ޕްރެޝަރ ބޮޑުވެ ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއިގެ މަޤާމުން އިސްތިއުފާދެއްވައިފި

03 ފެބުރުއަރީ 2026
އެޕްސްޓީން ބައިވެރިކޮށްގެން ރާއްޖޭ ގައި ރިސޯޓް ތަރައްގީ ކުރަން ޑރ. ވަހީދު އުޅުއްވި

އެޕްސްޓީން ބައިވެރިކޮށްގެން ރާއްޖޭ ގައި ރިސޯޓް ތަރައްގީ ކުރަން ޑރ. ވަހީދު އުޅުއްވި

02 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

26 ފެބުރުއަރީ
ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!
20233 އަހަރު ކުރިން
ރިޕޯޓު

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް
20215 އަހަރު ކުރިން
ދުނިޔެ

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!
20188 އަހަރު ކުރިން
ރާއްޖެ

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު