Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން-ސައުދީ އަރަބިއްޔާ

އީރާން އެމެރިކާ ހަމަ ނުޖެހުމުގައި ސައުދީ ސިޔާސަތަށް ބަދަލެއް ނާންނަ ކަމަށް ކަށަވަރުކޮށްދީފި

އީރާނަށް ދޭ އެއްވެސް އަސްކަރީ ހަމަލާއެއްގައި ސައުދީގެ ވައިގެ ސަރަހައްދު ނުވަތަ ބިން ބޭނުންކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް ސައުދީ ވަލީއަހުދު ވަނީ ވިދާޅުވެފައި. އީރާނުގެ މިނިވަންކަމާއި ސިޔާދަތަށް ސައުދީއިން އިހުތިރާމްކުރާކަމަށް ވެސް ވިދާޅުވި.

ރާއްޖެ އެމްވީ | 1 ފެބުރުއަރީ 2026 | އާދީއްތަ 06:44
ސައުދީ އަރަބިއްޔާގެ ދިފާއީ ވަޒީރު ޚާލިދު ބިން ސަލްމާން، އީރާނުގެ ވެރިރަށް ތެހެރާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ އާ 2025 އޭޕްރިލް 17 ގައި ބައްދަލު ކުރައްވަނީ. މި ބައްދަލުކުރެއްވުމުގައި، ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ފޮނުއްވި ސިޓީފުޅެއް ޚާލިދު ބިން ސަލްމާން ވަނީ އާޔަތުﷲ އަލީ ޚާމަނާއީ އަށް އެރުވި.

ސައުދީ އަރަބިއްޔާގެ ދިފާއީ ވަޒީރު ޚާލިދު ބިން ސަލްމާން، އީރާނުގެ ވެރިރަށް ތެހެރާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީ އާ 2025 އޭޕްރިލް 17 ގައި ބައްދަލު ކުރައްވަނީ. މި ބައްދަލުކުރެއްވުމުގައި، ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ފޮނުއްވި ސިޓީފުޅެއް ޚާލިދު ބިން ސަލްމާން ވަނީ އާޔަތުﷲ އަލީ ޚާމަނާއީ އަށް އެރުވި. | ގެޓީ އިމޭޖަސް

ސަރަހައްދީ ހަމަނުޖެހުންތަކާ ގުޅޭގޮތުން ސައުދީ އަރަބިއްޔާއިން ގެންގުޅޭ ސިޔާސަތަށް ބަދަލުތަކެއް އައިސްފައިވާ ކަމަށް ބައެއް މީޑިއާތަކުން ފަތުރަމުންދާ ޚަބަރުތަކަކީ ދޮގު ޚަބަރުތަކެއް ކަމަށް، ސައުދީ ސަރުކާރުގެ އިސް އޮފިޝަލަކު ހޮނިހިރު ދުވަހު "އަޝަރަގް އަލް-އައުސަތު" ނޫހަށް ކަށަވަރުކޮށްދީފިއެވެ.

އެ އޮފިޝަލް ފާހަގަކުރެއްވި ގޮތުގައި، އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ހުރިހާ މައްސަލަތަކަކަށް ވާހަކަދައްކައިގެންނާއި ޑިޕްލޮމެޓިކް އުސޫލުން ސުލްހަވެރި ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތްތަކަށް ސައުދީ އަރަބިއްޔާއިން ތާއީދުކުރެއެވެ. އަދި އީރާނާ ދެކޮޅަށް ހިންގާ އެއްވެސް އަސްކަރީ ހަރަކާތެއްގައި ސައުދީގެ ވައިގެ ސަރަހައްދު ނުވަތަ ބިން ބޭނުންކުރުމާ މެދު އެ ގައުމުން ދެކޮޅު ހަދާކަން އޭނާ ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން މިދިޔަ ހަފުތާގައި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާނަށް ގުޅުއްވައި ވިދާޅުވީ، އީރާނަށް ދޭ އެއްވެސް އަސްކަރީ ހަމަލާއެއްގައި ސައުދީގެ ވައިގެ ސަރަހައްދު ނުވަތަ ބިން ބޭނުންކުރުމުގެ ފުރުސަތު އެ ގައުމުން ނުދޭނެ ކަމަށެވެ.

އީރާނަށް ހަމަލާއެއް ދޭން ޖެހިދާނެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މަތިންދާބޯޓު އުފުލާ މަނަވަރަކާއި އިތުރު އަސްކަރީ ވަސީލަތްތައް އެ ސަރަހައްދަށް ފޮނުވުމަށް އަމުރުކުރައްވާފައެވެ.

ދެ ބޭފުޅުންގެ ފޯނު ކޯލާ ގުޅޭގޮތުން ނެރުނު ބަޔާނުގައިވާ ގޮތުން، އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާގެ މިނިވަންކަމާއި ސިޔާދަތަށް ސައުދީ އަރަބިއްޔާއިން އިހުތިރާމްކުރާކަން ވަލީއަހުދު ވަނީ ފާހަގަކުރައްވާފައެވެ. އަދި އީރާނާ ދެކޮޅަށް ހިންގާ އެއްވެސް އަސްކަރީ ހަރަކާތެއްގައި ނުވަތަ ކޮންމެ ފަރާތަކުން ކޮންމެ މިސްރާބަކަށް ދޭ ހަމަލާއެއްގައި ވިޔަސް، ސައުދީގެ ވައިގެ ސަރަހައްދު ނުވަތަ ބިން ބޭނުންކުރުމުގެ ހުއްދަ އެ ގައުމުން ނުދޭނެ ކަމަށް ވަލީއަހުދު ވަނީ ވިދާޅުވެފައެވެ.

އެމެރިކާ-ސައުދީ އަރަބިއްޔާއީރާންއެމެރިކާމުޙައްމަދު ބިން ސަލްމާންމަސްޢޫދު ޕެޒެޝްކިއަންރައީސް ޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2026

އީރާން އިން ބުނީ، އެމެރިކާ އާއެކު މަޝްވަރާ ކުރުމަށް ބޭނުންވާ އޮނިގަނޑު ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް

01 ފެބުރުއަރީ 2026
އީރާން އިން ބުނީ، އެމެރިކާ އާއެކު މަޝްވަރާ ކުރުމަށް ބޭނުންވާ އޮނިގަނޑު ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް
31 ޖެނުއަރީ 2026

އެމެރިކާ އިން މެދުއިރުމަތީގައި އަސްކަރީ ބާރުގަދަކުރާއިރު އިޒްރޭލުން މާ ހިމޭނުން މި އޮންނަނީ ކީއްވެ؟

31 ޖެނުއަރީ 2026
އެމެރިކާ އިން މެދުއިރުމަތީގައި އަސްކަރީ ބާރުގަދަކުރާއިރު އިޒްރޭލުން މާ ހިމޭނުން މި އޮންނަނީ ކީއްވެ؟
31 ޖެނުއަރީ 2026

ކޮންގްރެސް އިން ބަޖެޓް ފާސްކޮށް ނުދީގެން އެމެރިކާގެ މައި ސަރުކާރުގެ ބައެއް މަސައްކަތްތައް ހުއްޓުމަކަށް

31 ޖެނުއަރީ 2026
ކޮންގްރެސް އިން ބަޖެޓް ފާސްކޮށް ނުދީގެން އެމެރިކާގެ މައި ސަރުކާރުގެ ބައެއް މަސައްކަތްތައް ހުއްޓުމަކަށް
31 ޖެނުއަރީ 2026

އީރާނުގެ އަސްކަރިއްޔާ އޮތީ އެންމެ މަތީ ތައްޔާރީ ހާލަތުގައި: ކޮމާންޑަރު

31 ޖެނުއަރީ 2026
އީރާނުގެ އަސްކަރިއްޔާ އޮތީ އެންމެ މަތީ ތައްޔާރީ ހާލަތުގައި: ކޮމާންޑަރު
31 ޖެނުއަރީ 2026

މެކްރޯންގެ އައިނަށް ދުނިޔޭގެ ސަމާލުކަން، ފަރަންސޭސި ކުންފުންޏަށް ބޮޑު ކުރިއެރުމެއް

31 ޖެނުއަރީ 2026
މެކްރޯންގެ އައިނަށް ދުނިޔޭގެ ސަމާލުކަން، ފަރަންސޭސި ކުންފުންޏަށް ބޮޑު ކުރިއެރުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު