Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެޕްސްޓީން ފައިލް

ރައީސް ވަހީދު ގެ މައްޗަށް ތަހުގީގު ހިންގުމަކީ ރައީސް މުއިއްޒު ކުރައްވަންޖެހޭނެ ކަމެއް: ރީކޯ މޫސަ

ޖެފްރީ އެޕްސްޓީންއާ ގުޅުންހުރި ގިނަ އަދަދެއްގެ ފައިލްތަކެއް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އާންމުކުރިއިރު، އޭގެ ތެރޭގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދާ ގުޅޭ ގިނަ މައުލޫމާތުތަކެއް ހިމެނޭތީ އެ މައްސަލަ ތަހުގީގު ކުރަން ޖެހޭނެ ކަމަށް ވިދާޅުވި. މި ލިޔެކިޔުންތަކުން ހާމަވާގޮތުގައި ޑރ. ވަހީދު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވިއިރު، ދައުލަތް ހިންގުމުގެ އެކި ކަންކަމުގައި އެޕްސްޓީންއާ މަޝްވަރާކޮށް އަމިއްލަފުޅަށް އީމެއިލްތައް ބަދަލުކުރައްވާފައިވޭ.

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 5 ފެބުރުއަރީ 2026 | ބުރާސްފަތި 01:36
އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު

އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު | ރާއްޖެއެމްވީ

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ގެ މައްޗަށް ތަހުގީގު ހިންގުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަންޖެހޭނެ ކަމެއް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މޫސާ މަނިކު (ރީކޯ މޫސާ) ވިދާޅުވެއްޖެ އެވެ. 

މޫސަ މިފަދައިން ވިދާޅުވީ އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން، ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީން އާ ގުޅުންހުރި އެތައް މިލިއަން އާ ފައިލްތަކެއް އާންމުކުރި އިރު އޭގެ އެތައް ތަނެއް ގައި ރާއްޖޭގެ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ނަން އައިސްފައިވާތީ އެވެ. 

Advertisement - newsAdvertisement

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަމާއްދާގައި ބުނާ މަޤާމެއް ކަމުގައިވާ ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަމުގެހުވާ (މުޙައްމަދު ވަޙީ ދުހަސަންމަނިކު) ކޮށްގެންހުރެ އަދި އެމައްޗަށް ރައީސުލްޖުމްޙޫރިއްޔާގެ ހުވާ ވެސް ކޮށްގެންހުރެ ޤާނޫނުއަސާސީގެ 115 ވަނަމާއްދާއިން ބާރުލިބިގެން ދައުލަތް ހިނގުމުގާ ދާޚިލީ އަދި ޚާރިޖީ ކަންކަމުގާ މަޝްވަރާކުރާނެ ވަޒީރުންގެ މަޖިލީހަކާއި، ޤާނޫނީ ކަންކަމުގާ ލަފާއަހާނޭ ބަންޑާރަ ނައިބަކު ހުއްޓާ، ބޭރުޤައުމެއްގެ ރައްޔިތެއް ކަމުގައިވާ "އެޕްސްޓިން" ފަދަ ކުޑަކުދިންނަށް ޖިންސީއަނިޔާކޮށް އެއްޖިއްސުން ގުޅުނހިންގާ މީހެއްގެ ފަރާތުން ދިވެހި ދަވްލަތް ހިނގުމުގެ ލަފާހޯދާފައިވާ ކަމަށެވެ.

އަދި ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުރެ ކޮށްގެން ނުވާނެ އެތަށް ކަމެއް ކުރުމަށް މަޝްވަރާ ކޮށްފައިވާކަމުގެ ލިޔުންތަކެއް އެމެރިކާގެ ސްޓޭޓްޑިޕާޓް މަންޓުން ނެރެފައިވާތީ އިނގިރޭސީވިލާތުގެ ސިޔާސީ ބައެއް ފަރާތްތަކާމެދު އެޕްސްޓިން ފައިލުން ހަމާވާ ކަންކަމުގާ ކުރަމުންގެންދާ ފަދަ ތަޙުޤީގެއް ރައީސް މުޙައްމަދު ވަޙީދު ގެ މައްޗަށް ހިނގުމަކީ މިއަދުގެ ރައީސުލްޖުމްޙޫރިއްޔާ ޑރ.  މުޢިޒު ކުރައްވަން ޖެހޭނެކަމެއްކަމުގާދެކޭ ކަމަށެވެ. 

މިދިޔަ ހުކުރު ދުވަހު އާންމުކުރި މި މައުލޫމާތުތަކުގެ ތެރޭގައި ތިން މިލިއަން ސަފުހާގެ ލިޔެކިޔުމާއި، 180،000 ފޮޓޯ އަދި 2،000 ވީޑިއޯ ހިމެނެ އެވެ. މި ތަކެތި އާންމުކޮށްފައި ވަނީ، އެޕްސްޓީން އާ ގުޅުންހުރި ހުރިހާ ލިޔެކިޔުންތަކެއް ހާމަކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޮއިކުރެއްވި ގާނޫނުގައި ބަޔާންކޮށްފައިވާ ސުންގަޑި ހަމަވިތާ ހަ ހަފުތާ ފަހުންނެވެ.

އެމެރިކާ ސަރުކާރުން ހާމަ ކުރި ލިޔުންތަކަށް ބަލާއިރު ރައީސް ޑރ. މުއިއްޒުގެ ޚާއްޞަ މަންދޫބުގެ މަޤާމު ދެއްވާފައިވާ، ކުރީގެ ރައީސް ޑރ. ވަހީދު އާ އެޕްސްޓީން އާ ވަރަށް ގާތް ގުޅުމެއް އޮތް ކަން ހާމަވާ އެތައް އީމެއިލް އެއް ދެފަރާތުގެ ދެމެދުގައި ބަދަލުކޮށްފައިވެ އެވެ.

އެޕްސްޓީން އާ ޑރ. ވަހީދު އާ ދެމެދު އުފެދިފައިވާ ގާތް ކަމުގެ ތެރެއިން ވަހީދުގެ ދަރިކަލުން ޖެފްރީ ސާލިމް ވެސް އެޕްސްޓީން އަށް ތައާރުފް ކޮށްދެއްވާ މުއާމަލާތްތައް ތިން ފަރާތުގެ މެދުގައި ހިނގާފައިވާ ކަން ވެސް ފާހަގަ ކުރެވެ އެވެ.

ޑރ. ވަހީދު އެޕްސްޓީން އަށް ފޮނުއްވާފައިވާ މެއިލް ތަކަކީ މީހަކު މެދުވެރި ކުރުމެއް ނެތި ވެރިކަމުގައި ހުންނަވައިގެން އަމިއްލަ އަށް ފޮނުއްވާފައިވާ މެއިލްތަކެއްކަން ފާހަގަ ކުރެވެ އެވެ.

ޑރ. މުހައްމަދު ވަހީދު ހަސަންރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުމޫސާ މަނިކުޖެފްރީ އެޕްސްޓީން

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2026

ރައީސް ވަހީދު ކުރެއްވި ހުވަޔާ ޚިލާފް! ތަހުޤީގު ކުރަންޖެހޭ!!!

04 ފެބުރުއަރީ 2026
ރައީސް ވަހީދު ކުރެއްވި ހުވަޔާ ޚިލާފް! ތަހުޤީގު ކުރަންޖެހޭ!!!
03 ފެބުރުއަރީ 2026

އެޕްސްޓީން ފައިލްސް ގައި ކުރީގެ ރައީސް ވަހީދުގެ ނަން ހިމެނިފައި ވަނިކޮށް، ޕްރެޝަރ ބޮޑުވެ ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއިގެ މަޤާމުން އިސްތިއުފާދެއްވައިފި

03 ފެބުރުއަރީ 2026
އެޕްސްޓީން ފައިލްސް ގައި ކުރީގެ ރައީސް ވަހީދުގެ ނަން ހިމެނިފައި ވަނިކޮށް، ޕްރެޝަރ ބޮޑުވެ ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއިގެ މަޤާމުން އިސްތިއުފާދެއްވައިފި
03 ފެބުރުއަރީ 2026

ސަރުކާރުގެ ހެޔޮކަން ދައްކަން ޖެހެނީ މަސް ދަޅު ކޭސް ބަހައިގެނެއް ނޫން!

03 ފެބުރުއަރީ 2026
ސަރުކާރުގެ ހެޔޮކަން ދައްކަން ޖެހެނީ މަސް ދަޅު ކޭސް ބަހައިގެނެއް ނޫން!
02 ފެބުރުއަރީ 2026

އެޕްސްޓީން ބައިވެރިކޮށްގެން ރާއްޖޭ ގައި ރިސޯޓް ތަރައްގީ ކުރަން ޑރ. ވަހީދު އުޅުއްވި

02 ފެބުރުއަރީ 2026
އެޕްސްޓީން ބައިވެރިކޮށްގެން ރާއްޖޭ ގައި ރިސޯޓް ތަރައްގީ ކުރަން ޑރ. ވަހީދު އުޅުއްވި
02 ފެބުރުއަރީ 2026

ތަރައްޤީގެ މަޝްރޫޢުތައް ހިންގަން ރައީސް އަށް ފުރުސަތު ނުލިބެނީ އިންތިޚާބުތަކުގައި ދައުލަތް ތަޅު ލެވިފައި އޮތުމުން ކަމަށް އާދަމް ޝަރީފް ވިދާޅުވެއްޖެ

02 ފެބުރުއަރީ 2026
ތަރައްޤީގެ މަޝްރޫޢުތައް ހިންގަން ރައީސް އަށް ފުރުސަތު ނުލިބެނީ އިންތިޚާބުތަކުގައި ދައުލަތް ތަޅު ލެވިފައި އޮތުމުން ކަމަށް އާދަމް ޝަރީފް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު