Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ

އެޕްސްޓީން ދުނިޔޭގައި ހުރިއިރު އެކަކު ވެސް އަޅާ ނުލި، މަރުވީމަ އެންމެން އެ ވާހަކަ ދައްކަނީ: ޓްރަމްޕް

އެއީ ރިޕަބްލިކަން ޕާޓީގެ މައްސަލައެއް ނޫން ކަމަށް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވި. އޭނާ ވިދާޅުވީ ރިޕަބްލިކަން ޕާޓީ އަށް އޮތީ ދެ މައްސަލައެއް ކަމަށް. ފުރަތަމަ މައްސަލަ އަކީ ޤައުމު ހިންގުމުގެ މައްސަލަ ކަމަށާއި، ދެ ވަނަ މައްސަލަ އަކީ ރިޕަބްލިކަން ޕާޓީ އިން ކުރަމުން އަންނަނީ ރަނގަޅު މަސައްކަތް ތަކެއްކަން އާންމުންނަށް ބުނެދިނުން ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 7 ފެބުރުއަރީ 2026 | ހޮނިހިރު 06:56
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ގެޓީ އިމޭޖަސް

އެމެރިކާގެ ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީން ދުނިޔޭގައި ހުރިއިރު އެއްވެސް މީހަކު އެކަމާ އަޅާލައި އޭނާގެ ވާހަކަ ނުދައްކާ ކަމަށާއި، އެންމެން ވެސް އެ ވާހަކަ ދައްކަނީ އޭނާ މަރުވުމުން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އެތައް ކުޑަ ކުދިންތަކަކާއި، އަންހެނުންނަށް ޖިންސީ އަނިޔާ އާއި، ގޯނާ ކޮށްފައިވާ ކަމުގެ ތުހުމަތު އެޕްސްޓީންގެ މައްޗަށް އަމާޒުވެފައި އޮތްއިރު، އޭނާ ޖަލަށް ލާފައިވެ އެވެ. ޖަލުގައި ހުއްޓާ އޭނާ މަރުވެފައި ވަނީ 2019 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭނާގެ މައްސަލައިގައި އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓް އިން އާންމު ކުރި ލިޔުން ތަކުގައި، ދުނިޔޭގެ އެތައް ލީޑަރުންނާ އެޕްސްޓީންއާ ދެމެދު ގާތް ގުޅުމެއް އޮތް ކަމަށް ވަނީ ފާހަގަވެފަ އެވެ.

ޓްރަމްޕް ވިދާޅުވީ އެޕްސްޓީން ދުނިޔޭގައި ހުރިއިރު އޭނާގެ ވާހަކަ ދެއްކި އެއްވެސް މީހަކު ނެތް ކަމަށާއި، އެންމެން ވެސް އޭނާގެ ވާހަކަ މިއަދު ދައްކަނީ އޭނާ މަރުވީ ފަހުން ކަމަށެވެ. އެއީ ޑިމޮކްރަޓިކް ޕާޓީ އަށް ނިސްބަތްވާ މައްސަލައެއް ކަމަށް މީގެ ކުރިން ވެސް ޓްރަމްޕް ވިދާޅުވެފައިވާއިރު، އޭނާ ވަނީ އެކަން އަނެއްކާ ވެސް ތަކުރާރު ކުރައްވައިފަ އެވެ.

އެއީ ރިޕަބްލިކަން ޕާޓީގެ މައްސަލައެއް ނޫން ކަމަށް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރިޕަބްލިކަން ޕާޓީ އަށް އޮތީ ދެ މައްސަލައެއް ކަމަށެވެ. ފުރަތަމަ މައްސަލަ އަކީ ޤައުމު ހިންގުމުގެ މައްސަލަ ކަމަށާއި، ދެ ވަނަ މައްސަލަ އަކީ ރިޕަބްލިކަން ޕާޓީ އިން ކުރަމުން އަންނަނީ ރަނގަޅު މަސައްކަތް ތަކެއްކަން އާންމުންނަށް ބުނެދިނުން ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. 

އެކަން ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، ދުނިޔޭގެ ތާރީޚުގައި ވެސް އެންމެ ރަނގަޅު އަދި އެންމެ ވަރުގަދަ އިޤްތިޞާދު އޮތީ އެމެރިކާގައި ކަމަށެވެ. އެގޮތުން އެމެރިކާ އިން އަންނަނީ ޤައުމުގެ ކަންކަމާއި، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތް ތަކަށް އެތައް ޚަރަދެއް ކުރަމުން ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އެގޮތުން އެމެރިކާ އިން 18 ޓްރިލިއަން ޑޮލަރު ޚަރަދު ކުރަން އޮތް ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

އެޕްސްޓީންގެ މައްސަލައިގެ ވާހަކަ ދައްކަމުން އަންނަ ފަރާތްތަކަށް މީގެ ކުރިން ވެސް ޓްރަމްޕް ނުރުހުން އަމާޒުކޮށްފައިވާއިރު، އޭނާ އާއި އެޕްސްޓީންއާ ދެމެދު ވެސް ގާތް ގުޅުމެއް އޮތީ އުފެދިފަ އެވެ. ޓްރަމްޕް އާއި އެޕްސްޓީންއާ ދެމެދު ގުޅުމެއް އޮތް ކަމަށް ފާހަގަވުމާ އެކު ޓްރަމްޕް ވިދާޅުވެފައި ވަނީ، އެއީ މާ ކުރީގެ ގުޅުމެއް ކަމަށެވެ. އަދި އެޕްސްޓީންގެ ކަންކަން އެނގުނު ހިސާބުން ފެށިގެން އެ ގުޅުން ކެނޑިފައިވާ ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.

މަސްދަރު: ޔޫރޯ ނިއުސް

ޖެފްރީ އެޕްސްޓީންރައީސް ޑޮނަލްޑް ޓްރަމްޕްއެމެރިކާޑިމޮކްރެޓިކް ޕާޓީޖުމްހުރީ ޕާޓީޖަސްޓިސް ޑިޕާޓްމަންޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ޓްރަމްޕްގެ ބޯޑް އޮފް ޕީސްގެ ފުރަތަމަ ބައްދަލުވުން މި މަހުގެ 19 ގައި އެމެރިކާގައި

ޓްރަމްޕްގެ ބޯޑް އޮފް ޕީސްގެ ފުރަތަމަ ބައްދަލުވުން މި މަހުގެ 19 ގައި އެމެރިކާގައި

07 ފެބުރުއަރީ 2026
މަޝްވަރާތައް ކާމިޔާބު، އީރާން އިން އެއްބަސްވުމަކަށް ނުގޮސްފި ނަމަ ނަތީޖާ ހިތި ވާނެ: ޓްރަމްޕް

މަޝްވަރާތައް ކާމިޔާބު، އީރާން އިން އެއްބަސްވުމަކަށް ނުގޮސްފި ނަމަ ނަތީޖާ ހިތި ވާނެ: ޓްރަމްޕް

07 ފެބުރުއަރީ 2026
އިރާނާއި އެމެރިކާގެ ނިއުކްލިއާ މަޝްވަރާތައް "ރަނގަޅު ފެށުމެއް" ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

އިރާނާއި އެމެރިކާގެ ނިއުކްލިއާ މަޝްވަރާތައް "ރަނގަޅު ފެށުމެއް" ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

06 ފެބުރުއަރީ 2026
ރައީސް މުއިއްޒުގެ ވާހަކަފުޅާއި ބައިނަލްއަޤްވާމީ މަސްރަހާ ދެމެދު ބޮޑު "ފުށުއެރުން"

ރައީސް މުއިއްޒުގެ ވާހަކަފުޅާއި ބައިނަލްއަޤްވާމީ މަސްރަހާ ދެމެދު ބޮޑު "ފުށުއެރުން"

06 ފެބުރުއަރީ 2026
ޗާގޯސް މޮރިޝަސް އަށް ހަވާލު ކުރުމަށް އިނގިރޭސިން ނިންމި ނިންމުމަށް މުއިއްޒު ގޮން ޖެއްސެވިތަނުން ޓްރަމްޕް އިނގިރޭސިވިލާތައް ތާއީދު ކުރައްވައިފި

ޗާގޯސް މޮރިޝަސް އަށް ހަވާލު ކުރުމަށް އިނގިރޭސިން ނިންމި ނިންމުމަށް މުއިއްޒު ގޮން ޖެއްސެވިތަނުން ޓްރަމްޕް އިނގިރޭސިވިލާތައް ތާއީދު ކުރައްވައިފި

06 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

7 ފެބުރުއަރީ
"އަޅުގަނޑުގެ އަނބިމީހާ އެއް އެނބުރި ނާންނާނެ، ދަރިފުޅެއް ނާންނާނެ، އެކަމަކު ދިރިތިބި ދެ ކުދިން ދާން އޮތީ މިތަން، އެތަނުގެ ޚިދުމަތް ރަނގަޅުކޮށް ދެއްވާށޭ"
20251 އަހަރު ކުރިން
ރިޕޯޓު

"އަޅުގަނޑުގެ އަނބިމީހާ އެއް އެނބުރި ނާންނާނެ، ދަރިފުޅެއް ނާންނާނެ، އެކަމަކު ދިރިތިބި ދެ ކުދިން ދާން އޮތީ މިތަން، އެތަނުގެ ޚިދުމަތް ރަނގަޅުކޮށް ދެއްވާށޭ"

ނައީމާ މޫސާ މަރާލުމުގެ އަގެއްގެ ގޮތުން ދިނީ މަސްތުވާތަކެތި: ޕީޖީ އޮފީސް
20242 އަހަރު ކުރިން
ރާއްޖެ

ނައީމާ މޫސާ މަރާލުމުގެ އަގެއްގެ ގޮތުން ދިނީ މަސްތުވާތަކެތި: ޕީޖީ އޮފީސް

މަރާއި ހަނގުރާމަކުރަމުންދިޔަ މައިމީހާ، ދަރިފުޅު ވިހާފައި ވަނީ ސުންނާފަތިވެފައިވާ ގެތަކުގެ ދަށުގައި
20233 އަހަރު ކުރިން
ރިޕޯޓު

މަރާއި ހަނގުރާމަކުރަމުންދިޔަ މައިމީހާ، ދަރިފުޅު ވިހާފައި ވަނީ ސުންނާފަތިވެފައިވާ ގެތަކުގެ ދަށުގައި

އަންހެން ފުލުހެއް ނެތި އަންހެނަކު ގެސްޓްހައުސްއެއްގައި ގިނަ އިރު ގެންގުޅެފައިވުމަކީ އަހުލާގީ ކުށެއް: ޙުކުމް
20224 އަހަރު ކުރިން
ރާއްޖެ

އަންހެން ފުލުހެއް ނެތި އަންހެނަކު ގެސްޓްހައުސްއެއްގައި ގިނަ އިރު ގެންގުޅެފައިވުމަކީ އަހުލާގީ ކުށެއް: ޙުކުމް

ޑރ. ޝިރާނީގެ އުންމީދީ މެސެޖު: ދެން އުދަރެހުގައި ފިޔަ ޖަހާލާ!
20215 އަހަރު ކުރިން
ރިޕޯޓު

ޑރ. ޝިރާނީގެ އުންމީދީ މެސެޖު: ދެން އުދަރެހުގައި ފިޔަ ޖަހާލާ!

ފުވައްމުލައް އަދި ފަރެސް މާތޮޑާއާ ދެމެދު ލޯންޗް ފެރީގެ ޚިދުމަތް އިފްތާހުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ފުވައްމުލައް އަދި ފަރެސް މާތޮޑާއާ ދެމެދު ލޯންޗް ފެރީގެ ޚިދުމަތް އިފްތާހުކޮށްފި

ރައީސް މައުމޫންގެ އަސަރުން ފުރިގެންވީ ހިތްވަރުގަދަ ވަގުތުކޮޅު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް މައުމޫންގެ އަސަރުން ފުރިގެންވީ ހިތްވަރުގަދަ ވަގުތުކޮޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު