Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ރައީސް ވަހީދު ކުރެއްވި ހުވަޔާ ޚިލާފް! ތަހުޤީގު ކުރަންޖެހޭ!!!

ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ޖެފްރީ އެޕްސްޓީންއާ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ބޭއްވި ގާތް ގުޅުމާއި، ރާއްޖޭގެ ރަށްތަކެއް ވިއްކުމަށް ކުރި މަސައްކަތްތަކެއް ލީކުވި ފައިލްތަކުން ވަނީ ހާމަވެފަ. އެޕްސްޓީންގެ އަނދިރި ފަރާތް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި ނަމަވެސް، އަމިއްލަ އެދުމާއި ބާރުގެ ބޭނުމުގައި ގައުމުގެ އަބުރާއި އިންސާނީ ކަރާމާތް ނަގާލި ކަމުގެ ތުހުމަތު އެމަނިކުފާނަށް ވަނީ އަމާޒުވެފަ. އެހެންކަމުން، ސިޔާސީ ގޮތުން ދެފުށްދެގޮތް އުސޫލުތަކެއް ގެންގުޅުއްވާ ވަހީދަކީ މިއަދު ގައުމީ މަސްލަހަތަށްވުރެ އަމިއްލަ ފައިދާ އިސްކުރެއްވި ބޭފުޅެއްގެ ގޮތުގައި ވަނީ ސިފަވެފަ.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 4 ފެބުރުއަރީ 2026 | ބުދަ 12:01
ޑރ. މުޙައްމަދު ވަޙީދާއި ޖެފްރީ އެޕްސްޓީން.

ޑރ. މުޙައްމަދު ވަޙީދާއި ޖެފްރީ އެޕްސްޓީން. | ރާއްޖެއެމްވީ ގްރެފިކްސް

ދިވެހިރާއްޖޭގެ ސިޔާސީ ތާރީޚުގައި، އިލްމީ ގޮތުން އެންމެ މަތީ ދަރަޖަތަކަށް ކިޔަވައިގެން ހުންނެވި ބޭފުޅެއްގެ ގޮތުގައި ފެނިގެން ދިޔަ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަކީ، މިއަދު މުޅި މި ދިވެހި ގައުމަށް ހުރި "ލަދަކަށް" ވެ ނިމިއްޖެ އެވެ. ރާއްޖޭގެ އެންމެ މަތީ ދެ މަގާމު ފުރުއްވި ބޭފުޅަކު ފަހުގެ ތާރީޚެއްގައި މި ދުނިޔެ ދުށް އެންމެ ނުބައި، މުޑުދާރު ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓީންއާ ބޭއްވި ގާތް ގުޅުމުގެ ވާހަކަތަކަކީ ހަމައެކަނި ސިޔާސީ މައްސަލައެއް ނޫނެވެ. މިއީ އިންސާނީ ކަރާމާތާއި، އަޚްލާގިއްޔާތުގެ އެންމެ ދަށު ދަރަޖައަށް އެމަނިކުފާނު ވެއްޓިވަޑައިގެންފައިވާ ކަމުގެ ހެކިތަކެކެވެ. އެމަނިކުފާނު ދައްކަވާ ވާހަކަފުޅުތަކާއި އަމަލުފުޅުތަކުން ފެންނަނީ ނަޒާހަތްތެރިކަމުގެ ކަންފުޅެއްވެސް ނެތް، އިންތިހާ ދަރަޖައިގެ ދެފުށްދެގޮތް ސިޔާސަތެކެވެ.

ޑރ. ވަހީދުގެ ސިޔާސީ ހަޔާތަށް ބަލާއިރު ފެންނަނީ އަބަދުވެސް ބާރު ހުރި ދިމާއަކަށް މޫނު އަނބުރާލައްވާ މަންޒަރެވެ. 2012 ވަނަ އަހަރު ބަގާވަތެއްގެ ތެރެއިން ވެރިކަމަށް ވަޑައިގެންނެވި ގޮތުން ފެށިގެން، މިއަދާ ހަމައަށްވެސް އެމަނިކުފާނުގެ އަސްލު ސިޔާސީ ކުލައެއް ނޭނގެ އެވެ. އެކި ދުވަސްވަރު އެކި ޕާޓީތަކަށް ސަނާ ކިޔުއްވައި، ފުރުސަތެއް ލިބޭއިރަށް ބަސްމަގު ބަދަލުކުރެއްވުމަކީ އެމަނިކުފާނުގެ އާދައެކެވެ. ޕީޕީއެމްގެ ތެރޭގައި ހުންނަވައިގެން، އެ ޕާޓީގެ ލީޑަރޝިޕާ މައްސަލަ ޖެހުމުން، އެތަނުން ވަކިވެވަޑައިގެން ދެން ކިޔުއްވި އެއްޗެހި މިއަދު އާންމުންގެ ކުރިމަތީގައި އެހުރީ ހާމައަށް ފެންނާށެވެ. އެމަނިކުފާނަކީ ވަކި ފިކުރެއް ނުވަތަ ވަކި ގައުމީ މަސްލަހަތެއް އޮވެގެން މަސައްކަތް ކުރައްވާ ބޭފުޅެއް ނޫންކަން، މި ފަހުން ފެންމަތިވި ޚަބަރުތަކުން އެކަނި ވެސް ސާފު ވެ އެވެ.

ދެން އޮތީ ޑރ. ވަހީދު އަށް އެނގިވަޑައިނުގަންނަވާ އެމަނިކުފާނު އެންމެ ބޮޑު އެހީތެރިކަމެއް އަދި ޚާއްސަ ގުޅުމެއް ބޭއްވި، ދުނިޔޭގެ ނުފޫޒުގަދަ މުއްސަނދިން ކުޑަކުދިން ގޮވައިގެން މުޑުދާރު އަމަލުތައް ހިންގި ޖެފްރީ އެޕްސްޓީން އާ އެމަނިކުފާނުގެ ގުޅުމުގެ ވާހަކަ އެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް، އިންސާނީ ވަގު ވިޔަފާރި ހިންގިކަން ދުނިޔެއަށް ބޭޒާރުވެފައި އޮތް އެޕްސްޓީން އަށް، ރާއްޖޭގެ ރައީސްކަމުގައި ހުންނަވައިގެން ވަހީދު ފޮނުއްވި އީމެއިލް ތަކުގައި "ޔޫ އާރ މައި ސޭވިއަރ" އޭ ވިދާޅުވީމާ ދެން ބުނާނެ އެއްޗެއް ހަގީގަތުގައި ނެތެވެ. 

ދުނިޔޭގެ ނުފޫޒުގަދަ މުއްސަނދިން ކުޑަކުދިން ގޮވައިގެން މުޑުދާރު އަމަލުތައް ހިންގި ކަމަށް ބުނާ އެޕްސްޓީންގެ އަމިއްލަ ރަށް، "ލިޓްލް ސެއިންޓް ޖޭމްސް" އަށް ވަހީދު ޒިޔާރަތްކުރެއްވި ކަމުގެ ހެކިތަކާއި " ތޭންކްސް  ފޯރ ވެލްކަމިންގ މީ ޓު ދަ ކްލަބް " އޭވިދާޅުވުމަކީ، "އިއްތިފާގުން" ވީ ކަމެއް ކަމަށް ބުނެ ނިންމާލެވޭނެ ވާހަކަތަކެއް ނޫނެވެ.  ރާއްޖޭގެ ރައްޔިތުންގެ އިއްޒަތާއި ގަދަރާ ކުޅެލައި، އެފަދަ ނުތާހިރު މަޖިލިސްތަކުގައި ބައިވެރިވެވަޑައިގަތުމަށްފަހު، މިއަދު މުޖުތަމައުގެ ތެރޭގައި އިސްލާހީ ވާހަކަ ދައްކަވަން ނުކުމެވަޑައިގަތުމަކީ ހަގީގަތުގައި ވެސް މުނާފިގުކަމުގެ އިންތިހާ އެވެ.

ލީކުވި ފައިލްތަކުން ހާމަވާ ގޮތުގައި، ވަހީދު ވަނީ އެޕްސްޓީން އާއެކު ރާއްޖޭގެ ފަޅު ރަށްތައް ޕްރައިވެޓް އައިލެންޑްތަކުގެ ގޮތުގައި ތަރައްގީކޮށް، "ރަޝިޔާގެ މުއްސަނދިންނާއި އަރަބި ޝޭޚުންނަށް" ވިއްކުމުގެ ވިޔަފާރި ރޭވުންތައް ރާއްވަވާފަ އެވެ. "ފުއްގިރި" ފަދަ މަޝްރޫއުތަކުގެ ޕްލޭންތައް އެޕްސްޓީންގެ މޭޒުމައްޗަށް އުކާލެއްވީ، ދިވެހި ފަސްގަނޑަށްވުރެ އެމަނިކުފާނަށް އަމިއްލަ ޖީބު ބޮޑުވީމާ ނޫން ދެން ކޮން ކަމަކާ ހުރެ ހެއްޔެވެ؟ ޖިންސީ ކުށްވެރިއެއްގެ މާލީ އެހީތެރިކަމަށް އެދި، އަމިއްލަ ދަރިފުޅު މެދުވެރިކޮށް އެޕްސްޓީންއާ ގުޅުން ބޭއްވުމަކީ ބައްޕައެއްގެ ހައިސިއްޔަތުން ވެސް އަދި ގައުމެއްގެ ވެރިއެއްގެ ހައިސިއްޔަތުން ވެސް ހިންގި އެންމެ ދަށު ދަރަޖައިގެ ޖަރީމާ އޭ ބުނުމުން ދޮގަކަށް ނުވާނެ އެވެ. 

ވަހީދުގެ އޮފީހުން މިހާރު ނެރޭ ބަޔާންތަކުގައި އެޕްސްޓީންގެ "އަނދިރި ފަރާތް" އެނގިވަޑައިނުގަންނަވާ ކަމަށް ބުނުމަކީ ކުޑަކުދިން ވެސް ގަބޫލުކުރާނެ ވާހަކައެއް ނޫނެވެ. 2008 ވަނަ އަހަރުން ފެށިގެން އެޕްސްޓީން އަކީ ކުށްވެރިއެއްކަން މުޅި ދުނިޔެއަށް އެނގިފައި އޮތްއިރު ޔުނިސެފް ފަދަ ކުޑަކުދިންގެ ހައްގުގައި މަސައްކަތްކުރާ އިދާރާއެއްގެ އިސް މަގާމުތައް ފުރުއްވި ވަހީދަށް އެކަން ނޭނގުމަކީ ބޮޑު ޖޯކެކެވެ. ހަގީގަތަކީ އެމަނިކުފާނަށް ބޭނުންވީ ބާރާއި ފައިސާ ކަމެވެ. އެކަން ހާސިލްކުރުމަށްޓަކައި ކުޑަކުދިންގެ އިއްފަތްތެރިކަން ފޭރިގަތް މީހެއްގެ ފައިބުޑަށް ވެއްޓެންވެސް އެމަނިކުފާނު ހުންނެވީ ތައްޔާރަށް ކަން މިއަދު މިވަނީ ހާމަވެފަ އެވެ. 

ޑރ. ވަހީދު، ޖެފްރީ އެޕްސްޓީން އަށް ފޮނުއްވި އީމެއިލް ނިންމަވާލައްވަމުން އޭނާ ގެ "ސްޓޫޑެންޓް" އިން ގެ ވާހަކަ ފާހަގަ ކޮށްފައިވާއިރު އެޕްސްޓީން ދަރިވަރުން ނުވަތަ "ސްޓޫޑެންޓުން" ގެ ނަމުގައި ކުޑަކުދިންނާއި ޒުވާން އަންހެން ކުދިން ގެންގުޅުނީ، އެކުދިންނަށް ޖިންސީ އަނިޔާކޮށް، އިންސާނީ ވަގުފާރީގެ މުޑުދާރު ޖަރީމާ ހިންގުމަށްކަން މުޅި ދުނިޔެއަށް މިއަދު އޮތީ ބޭޒާރުވެފަ އެވެ. ދެންވެސް އެމަނިކުފާނު މި ވިދާޅުވަނީ އެޕްސްޓީންގެ "އަނދިރި ފަރާތް" އެނގިވަޑައިނުގަންނަވާ ކަމަށެވެ. 

ޑރ. ވަހީދު އަބަދުވެސް މަސައްކަތް ކުރައްވަނީ އެމަނިކުފާނަކީ ވަރަށް "އިލްމީ" އަދި "ޑިޕްލޮމެޓިކް" ބޭފުޅެއްގެ ގޮތުގައި ދެއްކެވުމަށެވެ. ނަމަވެސް، ހަގީގަތަކީ އެމަނިކުފާނަކީ ސިޔާސީ ގޮތުން އެއްވެސް ތާއީދެއް ނެތް، ހަމައެކަނި "އިއްތިފާގުން" ވެރިކަމުގެ ލަގަން ލިބިވަޑައިގެންނެވި ބޭފުޅެއް ކަމެވެ. 2013 ގެ އިންތިހާބުން ލިބިވަޑައިގެންނެވި މަދު ވޯޓުކޮޅަކީ އެމަނިކުފާނުގެ ސިޔާސީ ބަރުދަން އަންގައިދިން ހެއްކެކެވެ. އެހެންކަމުން، މިއަދު ގައުމީ ބޮޑެތި މައްސަލަތަކުގައި އިރުޝާދު ދެއްވަން ނުކުމެވަޑައިގަތުމަކީ، ރައްޔިތުންނަށް ކުރާ މަލާމާތެކެވެ.

އެޕްސްޓީންގެ ފައިލްތައް ބޭޒާރުވުމުން މިއަދު ރައީސްގެ ސްޕެޝަލް އެންވޯއިގެ މަގާމުން އިސްތިއުފާ ދެއްވުމަކީ ވަހީދަށް މިކަމުން ރެކެގަތުމަށް ފުރުސަތު ދެވިގެންވާނެ ކަމެއް ނޫނެވެ. އެމަނިކުފާނަކީ ދިވެހި ގައުމުގެ އަބުރާއި އިއްޒަތް ބޭރުގެ މުޑުދާރު މަހުޖަނުންގެ ކުރިމަތީގައި ނީލަން ކިޔުއްވި ބޭފުޅެކެވެ. އިލްމީ ސެޓުފިކެޓުތަކާއި، މަޑުމައިތިރި ބަސްމަގުގެ ފުރަގަހުގައި ފޮރުވިގެން ހުރީ އަމިއްލަ އެދުމުން ފޯވެފައިވާ، އަޚްލާގީ އެއްވެސް މިންގަނޑެއް ނެތް ޝަހުސިއްޔަތެކެވެ.

ޑރ. ވަހީދުގެ ފަރާތުން ފެންނަނީ އަމިއްލަ އެދުމާއި، ބާރުގެ ބޭނުމުގައި ކޮންމެ ފަދަ މާސްކެއް ވެސް އަޅުއްވަން ތައްޔާރަށް ހުންނެވި މަންޒަރެވެ. އިއްޔެ އެއް ވާހަކައެއް، މިއަދު އަނެއް ވާހަކައެއް ދައްކަވައިގެން، އަމިއްލަ ޝަހުސިއްޔަތު ކިލަނބުކުރެއްވުން ފިޔަވައި އިތުރު ކަމެއް އެމަނިކުފާނަކަށް ނުކުރެއްވެ އެވެ. ރައްޔިތުން މިއަދު ތިބީ ހޭލައެވެ. ތައުލީމީ ސެޓުފިކެޓުތަކަކީ މުނާފިގުކަން ފޮރުވޭނެ އައްޑަނައެއް ނޫނެވެ. ދިވެހި ތާރީޚުގައި ވަހީދުގެ ނަން ލިޔެވިގެންދާނީ، އަމިއްލަ ސިޔާސީ ކުރިމަގަށްޓަކައި ގައުމުގެ ޝަރަފާއި، އިންސާނީ ހަމަތައް ކުޑަކުދިންގެ ޝިކާރަވެރިއެއްގެ ފައިބުޑަށް ދޫކޮށްލި "މުނާފިގު" ވެރިއެއްގެ ގޮތުގަ އެވެ.

ނައިބު ރައީސްގެ މަގާމުގައި ހުންނަވައިގެން އަދި ފަހުން ރައީސްގެ މަގާމުގައި ހުންނަވައިގެން, ދިވެހިދައުލަތުގެ   ސިއްރު މައުލޫމާތުތައް އެކި  ފަހަރު މަތިން އެޕްސްޓީންއަށް ހިއްސާ ކުރައްވާފައި ވެއެވެ. މީގެ ތެރޭގައި ހާރިޖީ ސިޔާސަތާ މާލީ ހަލަތު ހިމެނެއެވެ. މި ކަމަކީ އާމުން ދެކެގޮތުގައި  އެމަނިކުފަނު ކުރައްވަފައިވާ ނައިބް ރަޢިސް ކަމާ ރަޢީސުލްޖުމްހޫރިއްޔާ ކަމުގެ ހުވައައި ޚިލާފް ކަންކަމެވެ. ތަހުޤީގް ކޮށް ސަރިއަތް ކުރެވެންޖެހޭނެ ކަންކަމެވެ. 

ދިވެހިރާއްޖޭގެ ޢިއްޒަތުގެ ޤާނޫނުގައި ބަޔާންކުރާ ގޮތުން, ދައުލަތުން އިއްޒަތް ނުވަތަ ލަގަބު އަރުވައިފައި މީހަކު ދައުލަތާ އިދިކޮޅު ޢަމަލެއް ހިންގައިފިނަމަ އެ ލަގަބު އަތުލެވޭނެެވެ.

ކުުރީގެ ރައީސެއްގެ ހައިސިއްޔަތުން ވަހީދަށް ލިބޭ އިނާޔަތްތައް އަތުލުމަށް ވެސް ގިނަ ބަޔަކު ދަނީ ގޮވަމުންނެވެ. 

ޑރ. މުހައްމަދު ވަހީދު ހަސަންޖެފްރީ އެޕްސްޓީންލިޓްލް ސެއިންޓް ޖޭމްސްޔުނިސެފްމަގޭ ރިޕޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

އެޕްސްޓީން ފައިލްސް ގައި ކުރީގެ ރައީސް ވަހީދުގެ ނަން ހިމެނިފައި ވަނިކޮށް، ޕްރެޝަރ ބޮޑުވެ ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއިގެ މަޤާމުން އިސްތިއުފާދެއްވައިފި

އެޕްސްޓީން ފައިލްސް ގައި ކުރީގެ ރައީސް ވަހީދުގެ ނަން ހިމެނިފައި ވަނިކޮށް، ޕްރެޝަރ ބޮޑުވެ ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއިގެ މަޤާމުން އިސްތިއުފާދެއްވައިފި

03 ފެބުރުއަރީ 2026
ސަރުކާރުގެ ހެޔޮކަން ދައްކަން ޖެހެނީ މަސް ދަޅު ކޭސް ބަހައިގެނެއް ނޫން!

ސަރުކާރުގެ ހެޔޮކަން ދައްކަން ޖެހެނީ މަސް ދަޅު ކޭސް ބަހައިގެނެއް ނޫން!

03 ފެބުރުއަރީ 2026
އެޕްސްޓީން ބައިވެރިކޮށްގެން ރާއްޖޭ ގައި ރިސޯޓް ތަރައްގީ ކުރަން ޑރ. ވަހީދު އުޅުއްވި

އެޕްސްޓީން ބައިވެރިކޮށްގެން ރާއްޖޭ ގައި ރިސޯޓް ތަރައްގީ ކުރަން ޑރ. ވަހީދު އުޅުއްވި

02 ފެބުރުއަރީ 2026
އެޕްސްޓީން މައްސަލައިގެ ތުހުމަތު އަމާޒުވުމުން މެންޑެލްސަން، ބޮޑު ވަޒީރު ސްޓާމާގެ ލޭބާ ޕާޓީ އިން އިސްތިއުފާ ދީފި

އެޕްސްޓީން މައްސަލައިގެ ތުހުމަތު އަމާޒުވުމުން މެންޑެލްސަން، ބޮޑު ވަޒީރު ސްޓާމާގެ ލޭބާ ޕާޓީ އިން އިސްތިއުފާ ދީފި

02 ފެބުރުއަރީ 2026
ރާއްޖެ އަށް 4 ބިލިއަން ޑޮލަރު ގެންނާނެ ކަމަށް ބުނެ ވަހީދުގެ ފިނޭންސް މިނިސްޓަރުގެ ބޮލަށް އެރިގެން މީހަކު އުޅުނު މައްސަލައިގައި ވެސް ލަފާ ހޯދީ އެޕްސްޓީންގެ ފަރާތުން

ރާއްޖެ އަށް 4 ބިލިއަން ޑޮލަރު ގެންނާނެ ކަމަށް ބުނެ ވަހީދުގެ ފިނޭންސް މިނިސްޓަރުގެ ބޮލަށް އެރިގެން މީހަކު އުޅުނު މައްސަލައިގައި ވެސް ލަފާ ހޯދީ އެޕްސްޓީންގެ ފަރާތުން

01 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު