Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިނގިރޭސިވިލާތް-ޗައިނާ

އަށް އަހަރު ފަހުން އިނގިރޭސި ބޮޑު ވަޒީރަކު ފުރަތަމަ ފަހަރަށް ޗައިނާ އަށް

މިއީ 2018 ވަނަ އަހަރުގެ ފަހުން އިނގިރޭސިވިލާތުގެ ބޮޑު ވަޒީރަކު ޗައިނާ އަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރު. ސްޓާމާގެ ކުރިން، އެންމެ ފަހުން ޗައިނާ އަށް ވަޑައިގެންނެވީ އިނގިރޭސިވިލާތުގެ ކުރީގެ ބޮޑު ވަޒީރު ތެރީސާ މޭ. އެކަމަނާ ވަނީ 2018 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ޗައިނާ އަށް ވަޑައިގެންފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 ޖެނުއަރީ 2026 | ބުދަ 09:05
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ، ބުރާސްފަތި ދުވަހު ސްޓާމާ ޗައިނާ އަށް ވަޑައިގަންނަވާއިރު، މިއީ 2018 ވަނަ އަހަރުގެ ފަހުން އިނގިރޭސި ބޮޑު ވަޒީރަކު ޗައިނާ އަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރު

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ، ބުރާސްފަތި ދުވަހު ސްޓާމާ ޗައިނާ އަށް ވަޑައިގަންނަވާއިރު، މިއީ 2018 ވަނަ އަހަރުގެ ފަހުން އިނގިރޭސި ބޮޑު ވަޒީރަކު ޗައިނާ އަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރު | ރޮއިޓާސް

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ، ރަސްމީ ދަތުރުފުޅެއްގައި ޗައިނާ އަށް ފުރައި ވަޑައިގެންފި އެވެ. 

މިއީ 2018 ވަނަ އަހަރުގެ ފަހުން އިނގިރޭސިވިލާތުގެ ބޮޑު ވަޒީރަކު ޗައިނާ އަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. ސްޓާމާގެ ކުރިން، އެންމެ ފަހުން ޗައިނާ އަށް ވަޑައިގެންނެވީ އިނގިރޭސިވިލާތުގެ ކުރީގެ ބޮޑު ވަޒީރު ތެރީސާ މޭ އެވެ. އެކަމަނާ ވަނީ 2018 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ޗައިނާ އަށް ވަޑައިގެންފަ އެވެ.

އޭގެ ފަހުން ބޮރިސް ޖޮންސަން އާއި، ލިޒް ޓްރަސް އަދި ރިޝީ ސުނާކް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުކަން ކުރެއްވިއިރު، އެ މުއްދަތުގައި އެއްވެސް ބޭފުޅަކު ޗައިނާ އަށް ވަޑައިގެންފައި ނުވެ އެވެ. ބުރާސްފަތި ދުވަހު ޗައިނާ އަށް ކުރައްވާ ދަތުރުފުޅުގައި ބޮޑު ވަޒީރު ސްޓާމާ، އެ ޤައުމުގެ ރައީސް ޝީ ޖިން ޕިންގއާ ބައްދަލު ކުރައްވާނެ އެވެ. 

ބޮޑު ވަޒީރުގެ މި ދަތުރުފުޅުގައި އިނގިރޭސިވިލާތުގެ ވިޔަފާރީގެ ދާއިރާ އާއި، ސަގާފީ ދާއިރާގެ 60 އަށް ވުރެ ގިނަ ލީޑަރުން ވެސް ބައިވެރިވެ އެވެ. އޭގެ ތެރޭގައި އެޗްއެސްބީސީ ބޭންކު، ޖީއެސްކޭ ފާމަސިއުޓިކަލް ކުންފުނި، ޖަގުއާ އެންޑް ރޯޔަލް އަދި ނެޝަނަލް ތިއޭޓާ ތަމްސީލު ކުރާ ފަރާތްތައް ވެސް ބައިވެރިވެ އެވެ. 

މި ދަތުރުފުޅަކީ ޗައިނާ އާއި އިނގިރޭސިވިލާތާ ދެމެދު އޮތް ގުޅުން ރަނގަޅު ކުރުމަށް، އިނގިރޭސި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ މުހިންމު ބައެއްގެ ގޮތުގައި މާހިރުން ވަނީ ފާހަގަ ކޮށްފަ އެވެ. ނަމަވެސް، އެކަމަށް ފާޑު ކިޔާ ފަރާތްތަކުން ބުނެފައި ވަނީ ޗައިނާ އަކީ މުޅިން ތަފާތު ދުނިޔެއްގެ ނަޒަރަކުން ބަލާ ޤައުމެއް ކަމަށެވެ. އަދި އެއީ އިތުބާރު ކުރެވޭނެ ޤައުމެއް ނޫން ކަމަށާއި، ޗައިނާގެ ކޮމިއުނިސްޓް ޕާޓީ އާއެކު މަޝްވަރާ ކުރުމުގައި އިނގިރޭސި ސަރުކާރުން ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ ކަމަށް ބުނެފައިވެ އެވެ. 

އިންސާނީ ހައްގު ތަކުގެ މައްސަލަގައި، އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ، ޗައިނާގެ ރައީސްއާ ކަންބޮޑުވުން ހިއްސާ ކުރައްވާނެތޯ ސުވާލު ކުރުމުން، ބޮޑު ވަޒީރުގެ އޮފީން ޑައުނިން ސްޓްރީޓް އިން ބުނީ އެންމެ މުހިންމު ކަންތައްތަކާއި މައްސަލަ ތަކުގައި ބޮޑު ވަޒީރު ވާހަކަ ދައްކަވާނެ ކަމަށެވެ. ޗައިނާގެ ޝަންޝިޔާންގް ސަރަހައްދުގައި ޔުއިގާ ރައްޔިތުންނާއި، އެހެނިހެން މުސްލިމް ގުރޫޕު ތަކުގެ މައްޗަށް އިންސާނިއްޔަތާ ދެކޮޅަށް ގިނަ ކަންކަން ކުރެ އެވެ. 

ބޮޑު ވަޒީރުގެ އޮފީހުން ބުނެފައި ވަނީ، ސްޓާމާގެ މި ދަތުރުފުޅަކީ ވަރަށް މުހިންމު ދަތުރުފުޅެއް ކަމަށެވެ. އެ ދަތުރުފުޅުގެ ކުރިން މީޑިއާ ތަކާ ވާހަކަ ދައްކަވަމުން ބޮޑު ވަޒީރު ސްޓާމާ ވިދާޅުވީ، ޗައިނާ އަކީ އިނގިރޭސިވިލާތަށް މުހިންމު ޤައުމެއް ކަމަށެވެ. އަދި ޗައިނާ އާއެކު އޮންނަ ގުޅުން އަހަރު ތަކެއް ވަންދެން ހީނަރުވެފައި އޮތް ކަމަށް ފާހަގަ ކުރެއްވި އެވެ. 

މީގެ ކުރިން ބްރެޒިލްގައި ކުރިއަށް ދިޔަ ޖީ20 ސަމިޓުގައި ވެސް ސްޓާމާ ވަނީ ޗައިނާގެ ރައީސްއާ ބައްދަލު ކުރައްވައިފަ އެވެ.

މަސްދަރު: ބީބީސީ

ކިއަ ސްޓާމާޔޫކޭ-ޗައިނާރައީސް ޝީ ޖިންޕިންއިނގިރޭސިވިލާތް

ކޮމެންޓް

އިތުރަށް ކިޔާލަން

އަވި އައިނާ ގުޅޭ ގޮތުން، މެކްރޮން އާއި ސްޓާމާ ޓިކް ޓޮކްގައި މަޖާ ކުރައްވައިފި

އަވި އައިނާ ގުޅޭ ގޮތުން، މެކްރޮން އާއި ސްޓާމާ ޓިކް ޓޮކްގައި މަޖާ ކުރައްވައިފި

28 ޖެނުއަރީ 2026
ޗައިނާގެ ރައީސް ޝީ ގެ އަރިސް އަދި އަސްކަރިއްޔާގެ އެންމެ މަތީ ފަންތީގެ ޖެނެރަލެއްގެ މައްސަލަ ތަހުގީގުކުރަން ފަށައިފި

ޗައިނާގެ ރައީސް ޝީ ގެ އަރިސް އަދި އަސްކަރިއްޔާގެ އެންމެ މަތީ ފަންތީގެ ޖެނެރަލެއްގެ މައްސަލަ ތަހުގީގުކުރަން ފަށައިފި

25 ޖެނުއަރީ 2026
ޓްރަމްޕްގެ ޣައްޒާ ސުލްޙަ ބޯޑުގައި ބައިވެރިވުމަށް ސްޓާމާ ވިސްނަވަނީ

ޓްރަމްޕްގެ ޣައްޒާ ސުލްޙަ ބޯޑުގައި ބައިވެރިވުމަށް ސްޓާމާ ވިސްނަވަނީ

14 ޖެނުއަރީ 2026
އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ އެކްސް "ބޮއިކޮޓް" ކުރައްވައިފި

އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ އެކްސް "ބޮއިކޮޓް" ކުރައްވައިފި

14 ޖެނުއަރީ 2026
އަންނަ އަހަރު ވެސް ބޮޑު ވަޒީރު ކަމުގައި ހުންނާނީ އަހަރެން: ސްޓާމާ

އަންނަ އަހަރު ވެސް ބޮޑު ވަޒީރު ކަމުގައި ހުންނާނީ އަހަރެން: ސްޓާމާ

07 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު