Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ސްޓާމަރ-މެކްރޮން

އަވި އައިނާ ގުޅޭ ގޮތުން، މެކްރޮން އާއި ސްޓާމާ ޓިކް ޓޮކްގައި މަޖާ ކުރައްވައިފި

އަންގާރަ ދުވަހު ސްޓާމާ އޭނާގެ ޓިކް ޓޮކް އެކައުންޓުގައި ޕޮޑްކާސްޓުގައި އައިނު އަޅުއްވައިގެން އިށީންނަވާ ވީޑިއޯ ޕޯސްޓު ކުރެއްވި. މެކްރޮން ވަނީ ސްޓާމާގެ އެ ވީޑިއޯ އަށް ކޮމެންޓު ކުރައްވާފައި. ކެޕްޝަންގައި "އިމެނުއެލް މެކްރޮން ޓޯކް ޓު މީ، ގޫސް" ޖައްސަވާފައިވާ އެ ވީޑިއޯ އަށް މެކްރޮން ކޮމެންޓު ކުރެއްވީ "ފޯރ ޝުއަރ" ޖައްސަވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 ޖެނުއަރީ 2026 | ބުދަ 08:52
ސްޓާމާ އާއި މެކްރޮން ފެންނަ ގޮތަށް އެޑިޓް ކޮށްފައިވާ ޕޯސްޓަރު، މި ޕޯސްޓަރު ޓިކް ޓޮކްގައި ހިއްސާ ކުރެއްވީ ސްޓާމާ

ސްޓާމާ އާއި މެކްރޮން ފެންނަ ގޮތަށް އެޑިޓް ކޮށްފައިވާ ޕޯސްޓަރު، މި ޕޯސްޓަރު ޓިކް ޓޮކްގައި ހިއްސާ ކުރެއްވީ ސްޓާމާ | ސޯޝަލް މީޑިއާ

ސްވިޒަލެންޑުގައި ޑާވޯސްގައި ކުރިއަށް ދިޔަ ވޯލްޑް އިކޮނޮމިކް ފޯރަމްގައި ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އަވި އައިނެއް އަޅުއްވައިގެން ހުންނެވުމުން އެތައް ބައެއްގެ ސަމާލުކަން ލިބިފައި ވަނިކޮށް، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ އެކަމާ މަޖާ ކުރައްވައިފި އެވެ. 

ހޯމަ ދުވަހުގެ ރޭ ކޮމެޑިއަން މެޓް ފޯޑްގެ ދަ ޕޮލިޓިކަލް ޕާޓީގެ ޕޮޑްކާސްޓަށް އިނގިރޭސި ބޮޑު ވަަޒީރު ސްޓާމާ ވަޑައިގެންނެވީ އަވި އައިނެއް އަޅުއްވައިގެންނެވެ. ސްޓޭޖުގައި ހުރި ގޮނޑިއެއްގައި އިށީންނަވަމުން ސްޓާމާ އައިނު އަޅުއްވަން ފެއްޓެވުމުން، ހާޒިރުވެ ތިބި މީހުން ހޭ އަޑު އިވެ އެވެ. އެއާ އެކު، ހިނިފުޅުވަޑުވަމުން ސްޓާމާ ވިދާޅުވީ "ބޮންޖޫރ" އެވެ. 

ވޯލްޑް އިކޮނޮމިކް ފޯރަމްގައި މެކްރޮން އަވި އައިނު އަޅުއްވައިގެން ތަޤުރީރު ކުރެއްވުމުން، ގިނަ ބައެއްގެ ސަމާލުކަން ވަނީ އެކަމަށް ލިބިފަ އެވެ. ނަމަވެސް، އެއީ ލޮލުގެ އިންފެކްޝަނެއްގެ ސަބަބުން މެކްރޮން ކުރެއްވި ކަމެކެވެ. އެގޮތުން އެ އިންފެކްޝަންގެ ސަބަބުން މެކްރޮންގެ ކަނާއަތު ލޮލަށް ލޭ އަރާފައިވާތީ، އެކަން ފޮރުވުމަށް އޭނާ އައިނު އަޅުއްވައިގެން އުޅުއްވީ އެވެ. 

އެ ފޯރަމްގައި މެކްރޮން ދެއްވި ތަޤުރީރުގައި "ފޯރ ޝުއަރ" ވިދާޅުވެފައިވާތީ، އެ ތަންކޮޅަށް ވެސް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ. ސޯޝަލް މީޑިއާގައި އެ ކްލިޕް ކޮޅު ދައުރުކޮށް، އެތައް ބަޔަކު ވަނީ މަޖާ ވީޑިއޯތައް ހަދައިފަ އެވެ. އޭގެ ފަހުން އަންގާރަ ދުވަހު ސްޓާމާ އޭނާގެ ޓިކް ޓޮކް އެކައުންޓުގައި ޕޮޑްކާސްޓުގައި އައިނު އަޅުއްވައިގެން އިށީންނަވާ ވީޑިއޯ ޕޯސްޓު ކުރެއްވި އެވެ. 

އެ ވީޑިއޯގައި ސްޓާމާ ވަނީ މެކްރޮން އަށް ޓެގް ވެސް ކުރައްވައިފަ އެވެ. އިރުކޮޅެއްގެ ތެރޭގައި މެކްރޮން ވަނީ ސްޓާމާގެ އެ ވީޑިއޯ އަށް ކޮމެންޓު ކުރައްވައިފަ އެވެ. ކެޕްޝަންގައި "އިމެނުއެލް މެކްރޮން ޓޯކް ޓު މީ، ގޫސް" ޖައްސަވާފައިވާ އެ ވީޑިއޯ އަށް މެކްރޮން ކޮމެންޓު ކުރެއްވީ "ފޯރ ޝުއަރ" ޖައްސަވައިފަ އެވެ. އެ ކޮމެންޓެއް 31،000 (ތިރީސް އެއް ހާސްް) އަށް ވުރެ ގިނަ ލައިކް ލިބިފައިވެ އެވެ.

މެކްރޮން ކޮމެންޓު ކުރެއްވިތާ ގަޑިއިރެއް ފަހުން ސްޓާމާ ވަނީ މެކްރޮންގެ ކޮމެންޓަށް ވެސް ރިޕްލައި ދެއްވައިފަ އެވެ. އެގޮތުން "ޓޮފް ގަން" ފިލްމުގެ ޕޯސްޓަރެއްގައި ސްޓާމާ އާއި މެކްރޮން ފެންނަ ގޮތަށް އެޑިޓް ކުރައްވާފައިވާއިރު، އެ ދެ ބޭފުޅުންގެ ފަހަތުން ފައިޓާ ޖެޓު ތަކެއް ފެނެ އެވެ. އެ ޕޯސްޓުގައި މެކްރޮން އާއި ސްޓާމާ ވެސް ހުންނެވީ އަވި އައިނު އަޅުއްވައިގެންނެވެ. ސްޓާމާގެ އެ ކޮމެންޓަށް ވަނީ 17،000 (ސަތާރަ ހާސް) އަށް ވުރެ ގިނަ ލައިކް ލިބިފަ އެވެ.

ސޯޝަލް މީޑިއާގެ މަޝްހޫރު ޕްލެޓްފޯމެއް ކަމަށްވާ ޓިކް ޓޮކްގައި މި ދެ ލީޑަރުން މަޖާ ކުރައްވާފައިވާއިރު، ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ލިބިގެން ގޮސްފައިވެ އެވެ. ސްޓާމާ އާއި މެކްރޮން އަކީ ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ދެ ލީޑަރުންކަން ވެސް ފާހަގަ ކުރެވެ އެވެ.

މަސްދަރު: އެންޑީ ޓީވީ

އެމެނުއެލް މެކްރޮންކިއަ ސްޓާމާވޯލްޑް އިކޮނޮމިކް ފޯރަމްއިނގިރޭސިވިލާތް

ކޮމެންޓް

އިތުރަށް ކިޔާލަން

ޗައިނާ އާ އެކު ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކޮށްފި ނަމަ ކެނެޑާ އިން އެމެރިކާ އަށް އެތެރެކުރާ މުދަލުން ސަތޭކަ އިންސައްތަ ޑިއުޓީ ނަގާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

ޗައިނާ އާ އެކު ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކޮށްފި ނަމަ ކެނެޑާ އިން އެމެރިކާ އަށް އެތެރެކުރާ މުދަލުން ސަތޭކަ އިންސައްތަ ޑިއުޓީ ނަގާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

24 ޖެނުއަރީ 2026
މަގާމަށް ކުފޫ ހަމަނުވާ މީހުން ލައިގެން ގައުމު ހިންގަން އުޅުމުން އެ ލިބޭ ގެއްލުމަށް ޒިންމާ ނަގާނީ ކާކު ހެއްޔެވެ؟

މަގާމަށް ކުފޫ ހަމަނުވާ މީހުން ލައިގެން ގައުމު ހިންގަން އުޅުމުން އެ ލިބޭ ގެއްލުމަށް ޒިންމާ ނަގާނީ ކާކު ހެއްޔެވެ؟

23 ޖެނުއަރީ 2026
މިނިސްޓަރ ސައީދު ވިއޮން އަށް އިނގިރޭސިބަހުން ދެއްވި އިންޓަރވިއުގެ ފެންވަރު ދަށްކަމުން އެތައް ބައެއްގެ ފާޑުކިޔުން އޮއްސާލައިފި

މިނިސްޓަރ ސައީދު ވިއޮން އަށް އިނގިރޭސިބަހުން ދެއްވި އިންޓަރވިއުގެ ފެންވަރު ދަށްކަމުން އެތައް ބައެއްގެ ފާޑުކިޔުން އޮއްސާލައިފި

22 ޖެނުއަރީ 2026
ޔޫކްރެއިންގެ ސުލްޙައިގެ މަޝްވަރާތައް، އެންމެ މައްސަލަ އަކަށް ކުޑައަޑި ވެއްޖެ: ވިޓްކޮފް

ޔޫކްރެއިންގެ ސުލްޙައިގެ މަޝްވަރާތައް، އެންމެ މައްސަލަ އަކަށް ކުޑައަޑި ވެއްޖެ: ވިޓްކޮފް

22 ޖެނުއަރީ 2026
ހަމާސް އިން ޖެހޭނީ ހަތިޔާރު ބަހައްޓަން، އެހެން ނޫނީ ނައްތާލާނަން: ޓްރަމްޕް

ހަމާސް އިން ޖެހޭނީ ހަތިޔާރު ބަހައްޓަން، އެހެން ނޫނީ ނައްތާލާނަން: ޓްރަމްޕް

22 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

23 ޖޫން
ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ފޯނުން ގުޅުއްވައި ރައީސް ޞާލިހު ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން
20242 އަހަރު ކުރިން
ރާއްޖެ

13.7 ބިލިއަން ރުފިޔާ ނެގީ އެމްއެމްއޭ އިން، މިއީ ހަމަ ފައިސާ ޗާޕްކުރުން - ކުރީގެ ރައީސް ޔާމީން

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"
20233 އަހަރު ކުރިން
ރިޕޯޓު

"ޓައިޓަން ސަބްމަރސިބަލް ގޮވި ގޮވުމަކީ ރަހުމަތެއް"

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟
20224 އަހަރު ކުރިން
ރިޕޯޓު

ޔޫކްރެއިން-ރަޝިއާ ހަނގުރާމައަށް 4 މަސް: ޔޫކްރެއިނަށް އީޔޫގެ މެމްބަރުކަން. ރަޝިއާއަށް ސިއެވިއެރޮޑެނެސްކް؟

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ނަޝީދުއަށް ލިބިވަޑައިގެންނެވި އެންމެ ޒަޚަމެއް ފިޔަވައި އެހެން ހުރިހާ ޒަޚަމެއް ފަސޭހަވެއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެެ އަދަދު 7 އަށް ބަދަލުކުރަނީ

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާއިން ރާއްޖެއަށް ދިން ވިޔަފާރީގެ އިންޒާރު، ވަރަށް ހިތްދަތި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު