Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ޓްރަމްޕްގެ ޣައްޒާ ސުލްޙަ ބޯޑުގައި ބައިވެރިވުމަށް ސްޓާމާ ވިސްނަވަނީ

ދަ ސަންޑޭ ޓައިމްސް އިން އެންމެ ފުރަތަމަ ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެ ބޯޑުގައި ބައިވެރިވުމުގެ ދައުވަތު އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ އަށް ވަނީ ދެއްވާފައި. ނަމަވެސް، އިނގިރޭސި ސަރުކާރުގެ ބައެއް މަސްދަރު ތަކުން ބީބީސީ އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ، ރަސްމީ ދައުވަތެއް ލިބިފައި ނުވާ ކަމަށާއި، އެކަމުގައި ވަކި ނިންމުމެއް ވެސް ނިންމާފައި ނެތް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 ޖެނުއަރީ 2026 | ބުދަ 06:51
އެމެރިކާގެ ރައީސް ޓްރަމްޕް އަދި އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ

އެމެރިކާގެ ރައީސް ޓްރަމްޕް އަދި އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ | ގެޓީ އިމޭޖަސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޣައްޒާ ސުލްޙަ ބޯޑުގައި ބައިވެރިވުމާ މެދު، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ ވިސްނަމުން ގެންދަވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ. 

މި ބޯޑަކީ އެމެރިކާ އިން ހުށަހަޅާފައިވާ 20 ނުކުތާގެ މައްޗަށް އެކުލެވިގެންވާ ޕްލޭންގެ ބައެއް ކަމަށްވާއިރު، އިސްރާއީލް އާއި ހަމާސްއާ ދެމެދު ކުރިއަށްދާ ހަނގުރާމަ ނިންމުމަށް އެ ބޯޑުން ފުރިހަމަ އަށް ބާރު އަޅާނެ ކަމަށް ބުނެފައިވެ އެވެ. 

މި ބޯޑުގައި ދުނިޔޭގެ އެކި ޤައުމު ތަކުގެ ލީޑަރުން ބައިވެރި ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި ބޯޑުން ޣައްޒާގެ ހިންގުން ވަގުތީ ގޮތުން ބަލަހައްޓައި، ޣައްޒާ އަލުން އާރާސްތު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ. މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން އިނގިރޭސި ސަރުކާރުގެ ބައެއް އިސްވެރިން މިހާރު އަންނަނީ، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓާ އެކު މަޝްވަރާތައް ކުރިއަށް ގެންދަމުންނެވެ. 

ދަ ސަންޑޭ ޓައިމްސް އިން އެންމެ ފުރަތަމަ ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެ ބޯޑުގައި ބައިވެރިވުމުގެ ދައުވަތު އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ އަށް ވަނީ ދެއްވައިފަ އެވެ. ނަމަވެސް، އިނގިރޭސި ސަރުކާރުގެ ބައެއް މަސްދަރު ތަކުން ބީބީސީ އަށް މައުލޫމާތު ދެމުން ބުނެފައި ވަނީ، ރަސްމީ ދައުވަތެއް ލިބިފައި ނުވާ ކަމަށާއި، އެކަމުގައި ވަކި ނިންމުމެއް ވެސް ނިންމާފައި ނެތް ކަމަށެވެ. 

އެމެރިކާ ސަރުކާރުގެ ބައެއް އޮފިޝަލުންނާ ހަވާލާދީ އެ ޤައުމުގެ މީޑިއާ ތަކުގައި ބުނެފައި ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިއަށް އޮތް ދުވަސް ތަކުގެ ތެރޭގައި ބޯޑުގައި ހިމެނޭ މެމްބަރުންގެ ނަންތައް އިއުލާން ކުރައްވާނެ ކަމަށެވެ. 

މި ބޯޑުގައި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑު ވަޒީރު ޓޯނީ ބްލެއާ ހިމެނިވަޑައިގަންނަވާނެ ކަމަށް ރިޕޯޓު ކޮށްފައިވާއިރު، ބޯޑުގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާނީ ބްލެއާ ކަމަށް ބުނެފައިވެ އެވެ. ހަމަ އެއާ އެކު، ޓްރަމްޕްގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އާއި، ޓްރަމްޕްގެ ދަނބި ދަރިކަލުން ޖެރާޑް ކުޝްނާ ވެސް މި ބޯޑުގައި ހިމެނޭނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ. 

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އެމެރިކާ އިން ބުނެފައި ވަނީ، ބްލެއާ އަކީ ސުލްޙައިގެ ޕްލޭންގައި ހިމެނިވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ. ލޭބާ ޕާޓީ އަށް ނިސްބަތްވެ ވަޑައިގަންނަވާ ކުރީގެ ބޮޑު ވަޒީރު ބްލެއާ ކުރިން ވިދާޅުވެފައި ވަނީ، އެމެރިކާ އިން ހުށަހަޅާފައިވާ ޕްލޭން އަކީ ދެ އަހަރަށް ދެމިގެން ގޮސްފައިވާ ހަނގުރާމަ ނިންމުމަށް ލިބޭ އެންމެ ރަނގަޅު ފުރުސަތު ކަމަށެވެ. 

ނަމަވެސް، ސުލްޙައިގެ ބޯޑުގައި ބްލެއާގެ ދައުރު މިހާތަނަށް މުޅިން ކަށަވަރުވެފައި ނުވެ އެވެ. ސަބަބަކީ، މެދު އިރުމަތީގެ ބައެއް ޤައުމު ތަކުން ބްލެއާ އަށް ދައުރެއް ދިނުމާ ދެކޮޅު ހަދަމުން އައިސްފައިވާތީ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެއީ އިރާޤުގައި އެމެރިކާގެ ސިފައިން ހިންގި އޮޕަރޭޝަންގައި އިނގިރޭސިވިލާތުގެ ސިފައިން ބައިވެރި ކުރި ބޮޑު ވަޒީރު ކަމަށް ވާތީ އެވެ. 

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ، ޣައްޒާ ސުލްޙައިގެ ބޯޑު އުފެއްދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި އެ ބޯޑަކީ އެންމެ މުހިންމު ޤައުމު ތަކުގެ، މުހިންމު ލީޑަރުން ވެސް ހިމެނޭ ބޯޑަކަށް ވާނެ ކަމަށެވެ. އެގޮތުން އެކަމުގައި ބައިވެރިވުމަށް ބައިނަލްއަޤުވާމީ މުޖުތަމައުން  ވަރަށް ބޮޑު ޝައުޤުވެރިކަަމެއް ދައްކަމުން އަންނަ ކަމަށާއި، ހުރިހާ ފަރާތްތަކެއް ވެސް ހިމެނޭ ބޯޑެއް އެކުލަވަލާން ބޭނުންވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. 

އަންގާރަ ދުވަހު އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގައި ވަނީ ފޮރިން ސެކްރެޓަރީ އައިވެޓް ކޫޕާއާ ސުވާލު ކޮށްފަ އެވެ. އެގޮތުން އެމެރިކާގެ ރައީސް ޓްރަމްޕްގެ ސުލްޙައިގެ ބޯޑުގައި ސްޓާމާ ބައިވެރިވެ ވަޑައިގެންނެވީތޯ ވަނީ ސުވާލު ކޮށްފަ އެވެ. ނަމަވެސް، އެ ސުވާލަށް ސީދާ ޖަވާބެއް ދެއްވުމަށް ފޮރިން ސެކްރެޓަރީ ވަނީ ދެކޮޅު ހައްދަވައިފަ އެވެ. އޭގެ ބަދަލުގައި އޭނާ ވިދާޅުވީ، ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާ އިން ހުށަހަޅާފައިވާ 20 ނުކުތާގެ ޕްލޭނަށް އިނގިރޭސިވިލާތުން ތާއީދު ކޮށްފައިވާ ކަމަށެވެ. 

މަސްދަރު: ބީބީސީ

ރައީސް ޑޮނަލްޑް ޓްރަމްޕްކިއަ ސްޓާމާޓޮނީ ބްލެއަރއިޒްރޭލު-ހަމާސްއިނގިރޭސިވިލާތްޣައްޒާ ހަނގުރާމަޔޫކޭ-ޔޫއެސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ އެކްސް "ބޮއިކޮޓް" ކުރައްވައިފި

އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ އެކްސް "ބޮއިކޮޓް" ކުރައްވައިފި

14 ޖެނުއަރީ 2026
މުޒަހާރާ ކުރާ މީހުން ހައްޔަރު ކުރާ ނަމަ، ވަރުގަދަ ފިޔަވަޅު ތަކެއް އަޅުއްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

މުޒަހާރާ ކުރާ މީހުން ހައްޔަރު ކުރާ ނަމަ، ވަރުގަދަ ފިޔަވަޅު ތަކެއް އަޅުއްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

14 ޖެނުއަރީ 2026
މުޒާހަރާތައް ހުއްޓާ ނުލާ ކުރިއަށް ގެންގޮސް ދައުލަތުގެ ތަންތަން ހިފުމަށް އީރާނުގެ ރައްޔިތުންނަށް ޓްރަމްޕް ގޮވާލައްވައިފި

މުޒާހަރާތައް ހުއްޓާ ނުލާ ކުރިއަށް ގެންގޮސް ދައުލަތުގެ ތަންތަން ހިފުމަށް އީރާނުގެ ރައްޔިތުންނަށް ޓްރަމްޕް ގޮވާލައްވައިފި

13 ޖެނުއަރީ 2026
ސުލްހައިގެ އެއްބަސްވުމުގެ ފަހުން ޣައްޒާ ގައި 100 އަށް ވުރެ ގިނަ ކުޑަކުދިން އިޒްރޭލުން ޝަހީދު ކޮށްލައިފި

ސުލްހައިގެ އެއްބަސްވުމުގެ ފަހުން ޣައްޒާ ގައި 100 އަށް ވުރެ ގިނަ ކުޑަކުދިން އިޒްރޭލުން ޝަހީދު ކޮށްލައިފި

13 ޖެނުއަރީ 2026
އީރާނަށް ދެވިދާނެ ހަމަލާތަކާ ގުޅޭ މައުލޫމާތު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އަރުވައިފި

އީރާނަށް ދެވިދާނެ ހަމަލާތަކާ ގުޅޭ މައުލޫމާތު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އަރުވައިފި

13 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

23 ފެބުރުއަރީ
ރެފްކޫލް އިން ރޯދަމަހަށް ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތެއް ބާއްވަނީ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރެފްކޫލް އިން ރޯދަމަހަށް ވީޑިއޯ ކޮންޓެންޓް އުފެއްދުމުގެ މުބާރާތެއް ބާއްވަނީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ އަރިހުން މަސްވެރި އަލިބެ މައާފަށް އެދިއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިިހުގެ އަރިހުން މަސްވެރި އަލިބެ މައާފަށް އެދިއްޖެ

ޖޫސް ޓައިމަށް ހަމާލާދިނުން: ފުނޑުފުނޑުކޮށްލީ އުމުރުން ދުވަސްވީ މީހެއްގެ މުޅި ދިރިއުޅުން
20233 އަހަރު ކުރިން
ރިޕޯޓު

ޖޫސް ޓައިމަށް ހަމާލާދިނުން: ފުނޑުފުނޑުކޮށްލީ އުމުރުން ދުވަސްވީ މީހެއްގެ މުޅި ދިރިއުޅުން

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟
20224 އަހަރު ކުރިން
ރިޕޯޓު

ރަޝިއާއިން ޔޫކްރޭން ހިފަން ބޭނުންވާ ސަބަބު: ޕުޓިން ބޭނުންފުޅުވަނީ ކޮންކަމެއް؟

ޑރ. އަލީ ލަތީފްގެ ދައްތަ ފާތިމަތު އަބްދުﷲ ލަތީފް ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. އަލީ ލަތީފްގެ ދައްތަ ފާތިމަތު އަބްދުﷲ ލަތީފް ނިޔާވެއްޖެ

ޝިމާ ގެއްލުނު ހާދިސާ ޑިންގީ ދުއްވި ފަޒީލްގެ ދުލުން
20197 އަހަރު ކުރިން
ރިޕޯޓު

ޝިމާ ގެއްލުނު ހާދިސާ ޑިންގީ ދުއްވި ފަޒީލްގެ ދުލުން

ފުލުހުންގެ ބެލުމުގެދަށުގައި، ފުލުހުންގެ ވެހިކަލްގައި އިން މީހަކަށް ބަޔަކު އަނިޔާކުރާ ވީޑިއޯ އެއް އާންމުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ ބެލުމުގެދަށުގައި، ފުލުހުންގެ ވެހިކަލްގައި އިން މީހަކަށް ބަޔަކު އަނިޔާކުރާ ވީޑިއޯ އެއް އާންމުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު