Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިނގިރޭސިވިލާތް

އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ އެކްސް "ބޮއިކޮޓް" ކުރައްވައިފި

ބޮޑު ސްޓާމާގެ ރަސްމީ އެކްސް އެކައުންޓުގައި އެންމެ ފަހުން ޕޯސްޓެއް ކުރައްވާފައި ވަނީ، ޖަނަވަރީ މަހުގެ އަށެއްވީ ބުރާސްފަތި ދުވަހު. އެކްސްގައި ސްޓާމާ އޭގެ ފަހުން އެއްވެސް ޕޯސްޓެއް ކުރައްވާފައި ނެތް ނަމަވެސް، އެމަނިކުފާނުގެ ރަސްމީ ފޭސްބުކު އެކައުންޓާއި، އިންސްޓަގްރާމް އެކައުންޓުގައި ބަރާބަރަށް ޕޯސްޓުތައް ކުރައްވަމުން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 ޖެނުއަރީ 2026 | ބުދަ 06:29
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ | ގެޓީ އިމޭޖަސް

ސޯޝަލް މީޑިއާ ޕްލެޓްފޯމެއް ކަމަށް އެކްސްގައި ބޭނުން ކުރާ އޭއައި ޓެކްނޮލޮޖީގެ މައްސަލަ ބޮޑުވެފައިވާ ދަނޑިވަޅެއްގައި އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ އެކްސްގައި ޕޯސްޓު ކުރުން ހުއްޓާލައްވައިފި އެވެ.

މަހުޖަނު އީލޮން މަސްކުގެ އެކްސް ކުންފުނިން ތައާރަފު ކޮށްފައިވާ "ގްރޮކް" ބޭނުން ކޮށްގެން، އެތައް ބަޔަކު ވަނީ ބަދު އަޚުލާޤީ، އަދި ހަޑި ހުތުރު މަންޒަރު ފެންނަ ފޮޓޯތައް ހަދައިފަ އެވެ. އެގޮތުން ޤައުމުގެ ލީޑަރުންނާއި، ސިޔާސީ ވެރިން އަދި އާންމުންގެ އެ ފަދަ ފޮޓޯތައް ވެސް ހަދާފައިވާތީ، އެތައް ބައެއްގެ ފާޑު ކިޔުން އެކަމަަށް އަމާޒުވި އެވެ.

އެކަން ބޮޑުވެފައި ވަނިކޮށް ގްރޮކް އިން ބުނެފައި ވަނީ، ފޮޓޯ އުފެއްދުމާއި ފޮޓޯ އަށް ބަދަލު ގެނައުމުގެ ފުރުސަތު މިހާރު އޮންނާނީ ހަމައެކަނި ފައިސާ ދައްކައިގެން ޚިދުމަތް ހޯދާ ފަރާތްތަކަށް އެކަނި ކަމަށެވެ. އެއާ އެކު، ގްރޮކް ބޭނުން ކޮށްގެން ކޮންމެ ކޮންމެ މީހަކަށް ފޮޓޯ ހެދުމުގެ ފުރުސަތު ނޯންނައިރު، އެ ފުރުސަތު އޮތީ ފައިސާ ދައްކައިގެން ޚިދުމަތް ހޯދާ ސަބްސްކްރައިބަރުންނަށް އެކަނި ކަމަށް ބުނެފައިވެ އެވެ. 

ގްރޮކް އިން ފޮޓޯ އެޑިޓު ކޮށްގެން މީހުން ފަޟީހަތް ކުރުމާ ދެކޮޅަށް އެންމެ ގަދަ އަށް ވަކާލާތު ކޮށްފައިވާ އެއް ޤައުމަކީ އިނގިރޭސިވިލާތެވެ. ގްރޮކްގެ ސަބަބުން އެތައް ބައިވަރު ގެއްލުން ތަކެއް މުޖުތަމައު އަށް ލިބެމުން އަންނައިރު، އިނގިރޭސިވިލާތުގައި އެކްސް މަނާ ކުރުމުގެ ވިސްނުން އެ ޤައުމުގެ ސަރުކާރުން ގެން ގުޅޭ ކަމަށް މީޑިއާ ތަކުގައި ބުނެފައިވެ އެވެ.

އެކަން އެހެން އޮތްއިރު، އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ ވަނީ އެކްސް ގައި ޕޯސްޓު ކުރުން ހުއްޓާލައްވައިފަ އެވެ. ބޮޑު ސްޓާމާގެ ރަސްމީ އެކްސް އެކައުންޓުގައި އެންމެ ފަހުން ޕޯސްޓެއް ކުރައްވާފައި ވަނީ، ޖަނަވަރީ މަހުގެ އަށެއްވީ ބުރާސްފަތި ދުވަހު އެވެ. އެ ދުވަހު ސްޓާމާ ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައި ވަނީ ގާތް ގަނޑަކަށް ބައި މިލިއަން ކުޑަ ކުދިން ފަޤީރު ކަމުން ސަލާމަތް ކޮށްދިނުމަކީ މައާފަށް އެދެން ޖެހޭ ކަމެއް ނޫން ކަމަށެވެ.

ސްޓާމާގެ އެ ޕޯސްޓުގައި ވިދާޅުވެފައި ވަނީ، އަލުން އަނެއްކާ ވެސް ރައްޔިތުންގެ ޖީބަށް ފައިސާ ވަންނަން ފަށާފައިވާއިރު، އެކަމާ މައާފަށް އެދެން ނުޖެހޭނެ ކަމަށެވެ. އިނގިރޭސި ސަރުކާރުން އެ ކުދިންގެ ލިމިޓު އުވާލަން ނިންމަނީ އެ ސަބަބާ ހުރެ ކަމަށް ސްޓާމާ ވިދާޅުވެފައިވެ އެވެ. އޭގެ ފަހުން ހަފުތާއެއް ވާން ކައިރިވެފައިވާއިރު، މިހާތަނަށް އެކްސްގައި އިތުރު ޕޯސްޓެއް ސްޓާމާ ކުރައްވާފައި ނުވެ އެވެ.

އެކްސްގައި ސްޓާމާ އޭގެ ފަހުން އެއްވެސް ޕޯސްޓެއް ކުރައްވާފައި ނެތް ނަމަވެސް، އެމަނިކުފާނުގެ ރަސްމީ ފޭސްބުކު އެކައުންޓާއި، އިންސްޓަގްރާމް އެކައުންޓުގައި ބަރާބަރަށް ޕޯސްޓުތައް ކުރައްވަމުންނެވެ. އެގޮތުން ސްޓާމާ ޒިޔާރާތް ކުރައްވާ ތަންތަނާއި، ބައްދަލު ކުރައްވާ ފަރާތްތަކުގެ އިތުރުން، އިނގިރޭސި ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭ ގޮތުން ވެސް ސްޓާމާ ވަނީ ޕޯސްޓުތައް ކުރައްވައިފަ އެވެ.

ސްޓާމާގެ ރަސްމީ އެކްސް އެކައުންޓުގައި ދެ މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން އެތަ ތިއްބެވެ. އާންމު ގޮތެއްގައި ސްޓާމާ އަކީ ސަރުކާރުގެ ސިޔާސަތުތަކާއި، ސަރުކާރުން ކުރަމުން އަންނަ މަސައްކަތް އަދި ދުނިޔޭގެ މަޝްރަހުގައި ހިނގަމުން އަންނަ ކަންތައްތަކާ ގުޅޭ ގޮތުން އެކްސްގައި ޕޯސްޓު ކުރައްވާ ބޭފުޅެކެވެ. އެކްސްއާ ރައްޓެހި ބޭފުޅެއްގެ ގޮތުގައި ސްޓާމާ ފާހަގަ ވެފައި ވީ ނަމަވެސް، ގްރޮކް މައްސަލައިގެ ފަހުން ސްޓާމާ ވަނީ އެކްސްގައި ޕޯސްޓު ކުރެއްވުން ހުއްޓާލައްވައިފަ އެވެ.

އިނގިރޭސި މީޑިއާ ތަކުގައި އެކަން ސިފަ ކޮށްފައި ވަނީ، އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ އެކްސް "ބޮއިކޮޓް" ކުރެއްވީ ކަމަށެވެ. ސްޓާމާގެ އިތުރުން، އިނގިރޭސި ބޮޑު ވަޒީރުގެ ރަސްމީ އޮފީސް، 10 ޑައުނިން ސްޓްރީޓް އިން ވެސް ޕޯސްޓު ކުރުން ވަނީ މެދު ކެނޑިފަ އެވެ. ޑައުނިން ސްޓްރީޓްގެ ރަސްމީ އެކްސް އެކައުންޓުގައި އެންމެ ފަހުން ޕޯސްޓެއް ކޮށްފައި ވަނީ ޖަނަވަރީ މަހުގެ ހަތް ވަނަ ދުވަހު އެވެ. އެހެން ނަމަވެސް، ޑައުނިން ސްޓްރީޓްގެ ފޭސްބުކް އެކައުންޓާއި، އިންސްޓަގްރާމް އެކައުންޓުގައި ޕޯސްޓު ކޮށްފައި އެބަ ހުއްޓެވެ. 

ގްރޮކްކިއަ ސްޓާމާއީލޮން މަސްކްއިނގިރޭސިވިލާތްޑައުނިންގ ސްޓްރީޓްއެކްސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އީރާން އަށް އިންޓަނެޓު ދިނުމާ ގުޅޭ ގޮތުން ޓްރަމްޕް މަސްކާ ވާހަކަ ދައްކަވަނީ

އީރާން އަށް އިންޓަނެޓު ދިނުމާ ގުޅޭ ގޮތުން ޓްރަމްޕް މަސްކާ ވާހަކަ ދައްކަވަނީ

12 ޖެނުއަރީ 2026
ފޭކް ބަދުއަޚުލާގީ މަންޒަރުތައް ފެތުރުމުގެ ނުރައްކާ އޮތުމުން "ގްރޮކް" ޗެޓްބޮޓް ބްލޮކްކުރި ދުނިޔޭގެ ފުރަތަމަ ގައުމަކަށް އިންޑޮނޭޝިއާ ވެއްޖެ

ފޭކް ބަދުއަޚުލާގީ މަންޒަރުތައް ފެތުރުމުގެ ނުރައްކާ އޮތުމުން "ގްރޮކް" ޗެޓްބޮޓް ބްލޮކްކުރި ދުނިޔޭގެ ފުރަތަމަ ގައުމަކަށް އިންޑޮނޭޝިއާ ވެއްޖެ

10 ޖެނުއަރީ 2026
އެކްސް ގެ ސޯޝަލް މީޑިއާ ގައި ޗެޓްބޮޓް ގްރޮކް ބޭނުންކޮށްގެން ބަދުއަޚުލާގީ ފޮޓޯ އުފެއްދުމުގެ ފުރުސަތު ބަންދުކޮށްފި

އެކްސް ގެ ސޯޝަލް މީޑިއާ ގައި ޗެޓްބޮޓް ގްރޮކް ބޭނުންކޮށްގެން ބަދުއަޚުލާގީ ފޮޓޯ އުފެއްދުމުގެ ފުރުސަތު ބަންދުކޮށްފި

09 ޖެނުއަރީ 2026
އަންނަ އަހަރު ވެސް ބޮޑު ވަޒީރު ކަމުގައި ހުންނާނީ އަހަރެން: ސްޓާމާ

އަންނަ އަހަރު ވެސް ބޮޑު ވަޒީރު ކަމުގައި ހުންނާނީ އަހަރެން: ސްޓާމާ

07 ޖެނުއަރީ 2026
ޔޫކްރެއިން އަށް ސަލާމަތީ ޔަޤީންކަން ދިނުމަށް، ޔޫރަޕާއި އެމެރިކާގެ އިއްތިހާދުން އެއްބަސްވެއްޖެ

ޔޫކްރެއިން އަށް ސަލާމަތީ ޔަޤީންކަން ދިނުމަށް، ޔޫރަޕާއި އެމެރިކާގެ އިއްތިހާދުން އެއްބަސްވެއްޖެ

07 ޖެނުއަރީ 2026

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު