Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މާލޭ ސިޓީ ކައުންސިލް

އިންޓަރނަލް އޮޑިޓް އާއްމުކޮށް ހާމަކުރުމަކީ ފޮރުވުމެއް ނެތި ކައުންސިލް ހިންގަމުންދާކަން ސާފުކޮށް ދައްކުވައިދޭ ކަމެއް: އާޒިމް

މާލެ ސިޓީ ކައުންސިލަކީ ޒިންމާދާރު އަދި ދެފުށް ފެންނަ މުއައްސަސާއަކަށް ހެދުމަށްޓަކައި ހިންގުމުގެ ނިޒާމު ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވި. މިގޮތުން ކައުންސިލްގެ ބިންތަކުގެ ލިސްޓު އާންމުކުރުމުގެ އިތުރުން، ބިންތައް އެއްހަމައަކުން ދޫކުރުމަށްޓަކައި ހުރިހާ ބިމެއްގެ ބޭސް ރޭޓް ހިމެނޭ އުސޫލެއް މި މަހުގެ ތެރޭގައި އެކުލަވާލައި ނިންމާނެ ކަމަށް މޭޔަރު ފާހަގަކުރެއްވި.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 8 ފެބުރުއަރީ 2026 | އާދީއްތަ 19:27
މާލޭގެ މޭޔަރ އާދަމް އާޒިމް، ސިޓީ ކައުންސިލް ރައްޔިތުންގެ ބައްދަލުވުމުގަައި ވާހަކަދައްކަވަނީ

މާލޭގެ މޭޔަރ އާދަމް އާޒިމް، ސިޓީ ކައުންސިލް ރައްޔިތުންގެ ބައްދަލުވުމުގަައި ވާހަކަދައްކަވަނީ | ރާއްޖެ އެމްވީ

މާލެ ސިޓީ ކައުންސިލްގެ ދިގު މާޒީގައި ފުރަތަަމަ ފަހަރަށް އިންޓަރނަލް އޮޑިޓެއް ހިންގާ އާއްމު ކުރުމަށް ތައްޔާރުވެފައި ވުމަކީ ފޮރުވުމެއް ނެތި ސިޓީ ކައުންސިލްގެ މަސައްކަތްތައް އެ ކައުންސިލުން ހިންގަމުންދާ މިންވަރު ކަމަށް މާލޭގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ސިޓީ ކައުންސިލް ރައްޔިތުންގެ ބައްދަލުވުމުގަައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ މާލޭގެ ދެމެހެއްޓެނެވި ތަރައްޤީ އަށް ޒިންމާދާރުކަމާއި އެކު މަސައްކަތް ކުރުމަށް މާލޭގެ މޭޔަރގެ ހައިސިއްޔަތުން ވަރަށް ބޮޑަށް އަހައްމިއްޔަތުކަން ދެއްވާ ކަމަށެވެ. އެގޮތުން އެންމެ ބޮޑު އިސްކަމެއް ދެއްވާފައިވާނީ ޒިންމާދާރު މުއައްސަސާ އަކަށް ސިޓީ ކައުންސިލް ހެދުމަށް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އާޒިމް ވިދާޅުވީ އެ މަގްސަދު ހާސިލްކުރުމަށް ހިންގުމުގެ ނިޒާމް ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައި ވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

Advertisement - newsAdvertisement

"އިންޓަރނަލް އޮޑިޓް އާއްމުކޮށް ހާމަކުރުމަކީ އެތެރޭގެ ހިންގުމަށް ފާޑުކިޔުމަށް ފާޅުކޮށް ތަރުޚީބު ދޭ ކަމާއި، އެތެރޭގައި ހުރި ރަނގަޅު ކުރަން ޖެހޭ ކަންތައްތައް ފޮރުވުމުގެ ބަދަލުގައި ރަނގަޅުކުރަން ބޭނުންވާ ކަމުގެ އަލިގަދަ ހެއްކެއް. ގަވަރނަންސް ހަރުދަނާ ކުުރުމަށް ހިންގާ ކަންކަމުގެ ތެރޭގައި އޮޑިޓަރ ޖެނެރަލްގެ ޒިންމާގެ ތެރެއިން ހިންގާ އޮޑިޓް ވެސް ހިނގަމުން އެބަދޭ." އާޒިމް ވިދާޅުވި އެވެ. 

އާޒިމް ވަނީ ހިންގުމުގައި ދެ ފުށް ފެންނަ އުސޫލްތައް ޚިޔާރުކުރުމަށް އިސްކަން ދެއްވާ ކަމަށެވެ. މާލޭ ސިޓީގެ ބިންތަކުގެ ލިސްޓު އާއްމުކުރުމަކީ ވެސް ހިންގުން ހަރުދަނާ ކުރުމަށާއި އާއްމުންނަށް ހަމަހަމަ ޚިދުމަތެއް ދިނުމަށް ކުރި ކަމެއް ކަމަށް އާޒިމް ވިދާޅުވި އެވެ. އެކަމުގެ ބޭނުމަކީ އޮޅުވާލައިގެން ރައްޔިތުން ބިންތައް ދިނުމަށް މަގުފަހި ނުވާކަން ކަށަވަރުކުރުން ކަމަށް ވެސް އާޒިމް ވަނީ ވިދާޅުވެފަ އެވެ. 

އާޒިމް ވަނީ މާލޭގެ ހުރިހާ ބިމެއްގެ ބޭސް ރޭޓް ހިމެނޭ އުސޫލެއް މި މަހުގެ ތެރޭގައި ނިންމާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. އެއީ މާލޭގެ ބިން އެއް ހަމައަކުން ދޫކުރުމަށް މަގުފަހި ވެގެން ދާނެ ކަމެއްކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.  

މާލޭ ސިޓީ ކައުންސިލްއާދަމް އާޒިމްމާލެއިންޓަރނަލް އޮޑިޓް

ކޮމެންޓް

އިތުރަށް ކިޔާލަން

 ވިލިމާލެ ރައްޔިތުން ތިބީ އެމްޑީޕީ އާއި އެކު ގަދަކޮށް

ވިލިމާލެ ރައްޔިތުން ތިބީ އެމްޑީޕީ އާއި އެކު ގަދަކޮށް

07 ފެބުރުއަރީ 2026
ހުޅުމާލެ އުތުރު ދާއިރާގައި އެމްޑީޕީ އިން ކުރިޔަށް ގެންދިޔަ ދޮރުން ދޮރަށް ހަރަކާތަށް ހޫނު ތަރުހީބެއް

ހުޅުމާލެ އުތުރު ދާއިރާގައި އެމްޑީޕީ އިން ކުރިޔަށް ގެންދިޔަ ދޮރުން ދޮރަށް ހަރަކާތަށް ހޫނު ތަރުހީބެއް

07 ފެބުރުއަރީ 2026
ކައުންސިލް އިންތިހާބު ކެމްޕޭނަށް އެމްޑީޕީގެ ލީޑަރޝިޕް އަތޮޅު ތެރެއަށް

ކައުންސިލް އިންތިހާބު ކެމްޕޭނަށް އެމްޑީޕީގެ ލީޑަރޝިޕް އަތޮޅު ތެރެއަށް

06 ފެބުރުއަރީ 2026
މާލެ ސިޓީގެ ކައުންސިލް އިންތިޚާބަށް އެމްޑީޕީ އިން ނުކުންނަ ކެންޑިޑޭޓުންނާ އެކު ރައީސް ސޯލިހް ދޮރުން ދޮރަށް ހިންގަވައިފި

މާލެ ސިޓީގެ ކައުންސިލް އިންތިޚާބަށް އެމްޑީޕީ އިން ނުކުންނަ ކެންޑިޑޭޓުންނާ އެކު ރައީސް ސޯލިހް ދޮރުން ދޮރަށް ހިންގަވައިފި

05 ފެބުރުއަރީ 2026
އެމްޑީޕީގެ ކެންޑިޑޭޓުން މައްޗަންގޮޅި އުތުރު ދާއިރާގައި ކުރިޔަށް ގެންދިޔަ ދޮރުން ދޮރަށް ހަރަކާތަށް ހޫނު ތަރުހީބެއް

އެމްޑީޕީގެ ކެންޑިޑޭޓުން މައްޗަންގޮޅި އުތުރު ދާއިރާގައި ކުރިޔަށް ގެންދިޔަ ދޮރުން ދޮރަށް ހަރަކާތަށް ހޫނު ތަރުހީބެއް

05 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު