Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އައްްޑޫ ސިޓީ

އައިސީޓީ ހަބެއް ތަރައްގީކުރުމުގެ ނަމުގައި ސަރުކާރުން ބިން ހޯދާފައިވަނީ، ލޭންޑް ޔޫސް ޕްލޭން ފާސްކޮށްނުދީ ހިފަހައްޓައި އޮޅުވާލުމެއްގެ ތެރެއިން: ނިޒާރު

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މި މަޝްރޫއުގެ ފޮނި އުންމީދުތަކެއް ދެއްވި ނަމަވެސް، މިއީ އަމަލީ ސިފައެއް ނުޖެހޭ އަދި އިގްތިސާދީ ފައިދާ ސާފުނުވާ ކަމެއްގެ ގޮތުގައި މޭޔަރު ވަނީ ސިފަކުރައްވާފަ. އެހެންކަމުން މި މަޝްރޫއުގެ ސަބަބުން އައްޑޫގެ އިގްތިސާދަށް ކުރާނެ އަސަރާ މެދު ނިޒާރު ވަނީ ސުވާލު އުފައްދާފަ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 8 ފެބުރުއަރީ 2026 | އާދީއްތަ 19:03
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު | ރާއްޖެއެމްވީ

އައްޑޫ ސިޓީގައި އައިސީޓީ ހަބެއް ގާއިމުކުރުމަށް ސަރުކާރުން ބިން ހޯދާފައިވަނީ، އެ ސިޓީގެ ލޭންޑް ޔޫސް ޕްލޭން ފާސްކޮށްނުދީ ހިފެހެއްޓުމަށްފަހު އޮޅުވާލުމެއްގެ ތެރެއިން ކަމަށް، އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ތުހުމަތުކުރައްވައިފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ޕީއެންސީން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، އިކޮނޮމިކް މިނިސްޓަރ ސަޢީދު ވިދާޅުވީ އެ މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ. 

އެ ޖަލްސާގައި ވާހަކަދައްކަވަމުން ވަޒީރު ސައީދު ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ މަޝްހޫރު ކުންފުނި ގޫގުލްގެ ކޭބަލް އިންޑިއާ ކަނޑު ހުރަސްކޮށް އޮމާނާ ގުޅާލުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ ހިތަދޫ މެދުވެރިކޮށެވެ. މީގެ ސަބަބުން އައްޑޫގެ އިގްތިސާދީ ގޮތުން  ވަރުގަދަވެގެންދާނެ އެވެ. ހާއްސަކޮށް ޑިޖިޓަލް އިގްތިސާދުގެ މާހައުލަށް ބަލާއިރު، މި މަޝްރޫއާއެކު އައްޑޫ ސިޓީއަކީ ބައިނަލްއަގުވާމީ ފެންވަރުގެ އައިސީޓީ ހަބަކަށް ވެގެންދިއުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

ސައީދުގެ އެ ވާހަކަތަކާއި ގުޅިގެން ނިޒާރު ވިދާޅުވީ އެ ކަމަށް ބޭނުންވާ ބިން ހޯދީ ވެސް އޮޅުވާލުމުގެ ތެރެއިން ކަމަށެވެ. 

"މި ބިމަކީ ސަރުކާރުގެ ބޭނުމަށް ކަމަށް ބުނެ ހޯދި ބިމެއް. އަޅުގަނޑުމެން ތަކުރާރުކޮށް ސުވާލު ކުރިން ކީއްކުރާ ބިމެއްތޯ ސާފުކޮށެއް ނުދެއްވާ. ދެން ލޭންޑް ޔޫޒް ޕްލޭން ފާސްކޮށްދޭނީ އެ ބިން ދިނީމަ އޭ ބުނީމަ ބިން ދިނީ. އެއީ އެކަން ހިނގި ގޮތަކީ." ނިޒާރު ވިދާޅުވި އެވެ.

ނިޒާރު ފާހަގަކުރެއްވި ގޮތުގައި، އޭޝިއާ ސަރަޙައްދުގައި ވެސް އެފަދަ ދެވަނަ އެހެން ތަނެއް ނެތް ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ ޙަޤީޤަތާ ޚިލާފު އޮޅުވާލުމަކަށް ވުމުގެ ފުރުސަތު ބޮޑެވެ. އަދި ސަރުކާރުން މިހާތަނަށް މިފަދަ ފޮނި ވާހަކަ ދައްކާފައިވީ ނަމަވެސް، އެ ކަންކަމުގެ އެއްވެސް އަމަލީ ސިފައެއް މިހާތަނަށް ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން ނިޒާރު ވިދާޅުވީ، އައްޑޫގެ އިޤްތިޞާދަށް ފައިދާވާނެ ކަމަށް ބުނި ނަމަވެސް، އެކަން ވާނެ ގޮތެއް ސައީދަށް ސާފުކޮށްދެއްވިފައި ނުވާ ކަމަށެވެ. އަދި އައްޑޫގެ ރައްޔިތުންނަށް ލިބޭނެ ވަޒީފާގެ ފުރުސަތުތަކާއި ކުރާނެ މަންފާ ނޭނގި، މި މަޝްރޫޢުން އައްޑޫއަށް ކުރިއެރުން ލިބޭނެ ކަމަށް ބުނުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ނިޒާރު ފާހަގަކުރެއްވި އެވެ.

"ބަޔަކު ކޮމިއުނިކޭޝަނަށް ބޭނުންކުރާ ކޭބަލެއް މިތަނުން ދިއުމުން އަދި ވަޒީފާ އެއް ނު އުފެދޭނެ. އައިޓީ ހަބަކަށް އަދި ބަދަލެއް ނުވާނެ. އެކަމުގެ ޓެކްނިކަލް ޑީޓެއިލް އެއް ވެސް ނުދެއްވާ. ފްލޯކް ވާހަކަ އެއީ. ވަރަށް ބޮޑު އޮޅުވާލުމެއް އެއީ." ނިޒާރު ވިދާޅުވި އެވެ.

އެ ބިމުގެ ކުލި ސަރުކާރަށް ލިބޭ ގޮތަށް އޮތުމުން، އޭގެ ސަބަބުން ރައްޔިތުންނަށް އެއްވެސް މަން ފާއެއް ނުކުރާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. މީގެއިތުރުން، އިންތިޚާބާ ދިމާކޮށް ރައްޔިތުންނަށް މިފަދަ ގޮތްގޮތަށް އޮޅުވާލުމަކީ ދެރަވަރު ކަމެއް ކަމަށާއި، އެފަދަ ކަންކަމުގެ މަޅީގައި ރައްޔިތުން ނުޖެހުމަށް ނިޒާރު ވަނީ އިލްތިމާސްކުރައްވާފަ އެވެ.

އައްްޑޫ ސިޓީއަލީ ނިޒާރުމިނިސްޓަރ މުޙައްމަދު ސަޢީދުސ.ހިތަދޫޕީއެންސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީއެންސީ އައްޑޫ ޖަލްސާ އަށް ފިނި ތަރުހީބެއް!

ޕީއެންސީ އައްޑޫ ޖަލްސާ އަށް ފިނި ތަރުހީބެއް!

08 ފެބުރުއަރީ 2026
ޕީއެންސީގެ ސިޔާސަތަކީ ލާމަރުކަޒީ ނިޒާމަށް ބީރައްޓެހި ސިޔާސަތެއް، ލާމަރުކަޒުކޮށް ތަރައްގީ ގެނެވޭނީ އެމްޑީޕީއަށް: ރައީސް ސޯލިހު

ޕީއެންސީގެ ސިޔާސަތަކީ ލާމަރުކަޒީ ނިޒާމަށް ބީރައްޓެހި ސިޔާސަތެއް، ލާމަރުކަޒުކޮށް ތަރައްގީ ގެނެވޭނީ އެމްޑީޕީއަށް: ރައީސް ސޯލިހު

08 ފެބުރުއަރީ 2026
ޤާނޫނު ހުއްޓުވި ޕްލޭސްކޫލް އަލުން އައުޓްސޯސް ކުރަން ވޯޓު ދެވުނު އިރުވެސް ސަރުކާރު ކައުންސިލަރަކަށް ނޭނގުނު

ޤާނޫނު ހުއްޓުވި ޕްލޭސްކޫލް އަލުން އައުޓްސޯސް ކުރަން ވޯޓު ދެވުނު އިރުވެސް ސަރުކާރު ކައުންސިލަރަކަށް ނޭނގުނު

08 ފެބުރުއަރީ 2026
މިސަރުކާރުގެ ''ދަ ގްރޭޓަރ އައްޑޫ'' ގެ ސިޔާސަތަކީ ''އިންޑިއާ އައުޓް'' ކަހަލަ ދަންތުރައެއް: މޭޔަރު ނިޒާރު

މިސަރުކާރުގެ ''ދަ ގްރޭޓަރ އައްޑޫ'' ގެ ސިޔާސަތަކީ ''އިންޑިއާ އައުޓް'' ކަހަލަ ދަންތުރައެއް: މޭޔަރު ނިޒާރު

08 ފެބުރުއަރީ 2026
ޕީއެންސީގެ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވި ރައޫފް ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކޮށްފި

ޕީއެންސީގެ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވި ރައޫފް ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކޮށްފި

08 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

11 އެޕްރީލު
ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ފޫޖީ ސްޓާ ބްރޭންޑްގެ އެލެވޭޓާގެ ރާއްޖޭގެ ސޯލް އޮތޮރައިޒް ޑިސްޓިބިއުޓަރުކަން ބިލްޑްޓެކް އަށް

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ކެންސަރާ ދެކޮޅަށް އިންޤިލާބީ އީޖާދެއް!

އަނެކާއަށް ދުޢާކޮށްދޭށެވެ.
20233 އަހަރު ކުރިން
އިސްލާމް

އަނެކާއަށް ދުޢާކޮށްދޭށެވެ.

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟
20224 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންނަށް ނޭނގޭގޮތަށް ޓެކްސީތަކުގެ އަގު މިނިސްޓްރީން ފާސްކޮށްފައި ފިލީ؟

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

ކަނޑަށް ތެޔޮ އެޅުމުގެ ބަދަލުގައި 17 މިލިއަން ޑޮލަރު ހޯދަން ލަންކާ ސަރުކާރުން ދައުވާ ކޮށްފި

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!
20197 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި އެންމެ ގިނަ ވޯޓް ހޯއްދެވި ބޭފުޅުން!

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މޯލްޑިވް ގޭސްގެ އެމްޑީ މައުމޫން މާލެއިން ބިމެއް ބައްލަވައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު