Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޕީއެންސީ އައްޑޫ ޖަލްސާ

ޕީއެންސީ އައްޑޫ ޖަލްސާ އަށް ފިނި ތަރުހީބެއް!

ޕީއެންސީ އައްޑޫ ޖަލްސާ ބާއްވާފައި ވަނީ ވަރަށް ބޮޑަށް އިޝްތިހާރު ވެސް ކޮށްގެން ނަމަވެސް އެ ޖަލްސާގައި ހުސް ގޮނޑިތައް ގިނަ އަދަދަކަށް ހުރި. މިއީ އައްޑޫ އިން ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީ އިންތިޚާބުގައި ކުރި ހޯދަން ދަތިވާނެކަން ހާމަކޮށްދޭ ކަމަކަށް ކަމަށް އާއްމުން ބުނޭ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 8 ފެބުރުއަރީ 2026 | އާދީއްތަ 14:56
ޕީއެންސީ ޖަލްސާގައި ހުރި ހުސް ގޮނޑިތައް

ޕީއެންސީ ޖަލްސާގައި ހުރި ހުސް ގޮނޑިތައް | ސޯޝަލް މީޑިއާ

ރާއްޖޭގެ އެންމެ ދެކުނަށް އޮންނަ އައްޑޫ އަކީ ހުރިހާ ގޮތަކުން ބެލިޔަސް ކައުންސިލް އިންތިޚާބުގައި އެންމެ ވާދަވެރި އެއް ސަރަހައްދެވެ. އައްޑޫ އަކީ މި ވެރިކަމުގައި ވެސް އެންމެ ބޮޑު އިސްކަމެއް ދެއްވާނެ އެއް ސަރަހައްދު ކަަމަށް ސަރުކާރު ހިންގާ ޕީއެންސީ އިން އެކި ޕްލެޓްފޯމްތަކުގައި ބުނެފައި އެބަ ވެ އެވެ.

ކަން މިހެން އޮތް އިރު ޕީއެންސީ އިން އައްޑޫގައި ބޭއްވި ޖަލްސާ އިން ފެނުނީ އައްޑޫ އިން ޕީއެންސީ އަށް އޮތް ކަމަށް ބުނާ ހޫނު ތަރުޚީބާއި ދިމާ އިދިކޮޅު މަންޒަރެކެވެ. އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވާހަކަ ދައްކަވަނިކޮށް ނަގާފައިވާ ވީޑިއޯ އެއް މީސްމީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯ އިން ފެންނަނީ ޖަލްސާގެ މެދެއްހާ ހިސާބުން ފެށިގެން ފަހަތަށް ހުރި ގޮނޑި ބަރިތައް އެއްކޮށް ހުސްކޮށް އޮތް މަންޒަރެވެ.

އައްޑޫގެ ޖަލްސާ ގެ ބޮޑުބައި މި ގޮތަށް ހުސްކޮށް އޮތް އިރު ސަރުކާރުގެ ކުންފުނިތަކާއި އިދާރާތަކުގެ މުވައްޒަފުން އައްޑޫގެ މި ޖަލްސާގައި ބައިވެރިވުމަށް ބާރު އަޅާ، ނުފޫޒު ފޯރުވާފައިވާ ކަމަށް ވަނީ އަޑު ފެތުރިފަ އެވެ. އަދި ކުރިއަށް އޮތްތަނުގައި އިއުލާން ކުރާ ވަޒީފާތައް ދޭނެ ކަމަށް ބުނެ މީހުން ޖަލްސާ އަށް ގެންދިއުމަށް ވެސް ޕީއެންސީގެ އެކްޓިވިސްޓުން ވަނީ މަސައްކަތް ކޮށްފަ އެވެ.

އެހެންކަމުން އެހާ މިންވަރަށް ނުފޫޒު ފޯރުވައިގެން ވެސް މިހާ މަދު މީހުން ޖަލްސާ އަށް ހާޒިރު ވުމަކީ އައްޑޫ އޮތީ ސަރުކާރާއި މެދު ރުހިގެން ނޫންކަން ހާމަވާ ކަމެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި އައްޑޫ އަކީ ވައުދު ވުމަށް ފަހު ވައުދު ނުފުއްދުމުން ވަރިހަމަކޮށްގެން ތިބޭނެ ބައެއް ނޫން ކަަމަށާއި އާއްމުންނަށް ނުފޫޒު ވެސް ފޯރުވޭނީ ވަކި މިންވަރަކަށް ކަމަށް ފާޑުކީ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

ޕީއެންސީ އައްޑޫ ޖަލްސާ ބާއްވާފައި ވަނީ ވަރަށް ބޮޑަށް އިޝްތިހާރު ވެސް ކޮށްގެންނެވެ. މިއީ އައްޑޫ އިން ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީ އިންތިޚާބުގައި ކުރި ހޯދަން ދަތިވާނެކަން ހާމަކޮށްދޭ ކަމަކަށް ކަމަށް ވެސް އާއްމުން ވަނީ ބުނެފަ އެވެ.

އައްޑޫޕީއެންސީމިނިސްޓަރ މުޙައްމަދު ސަޢީދުކައުންސިލް އިންތިޚާބު

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީއެންސީގެ ސިޔާސަތަކީ ލާމަރުކަޒީ ނިޒާމަށް ބީރައްޓެހި ސިޔާސަތެއް، ލާމަރުކަޒުކޮށް ތަރައްގީ ގެނެވޭނީ އެމްޑީޕީއަށް: ރައީސް ސޯލިހު

ޕީއެންސީގެ ސިޔާސަތަކީ ލާމަރުކަޒީ ނިޒާމަށް ބީރައްޓެހި ސިޔާސަތެއް، ލާމަރުކަޒުކޮށް ތަރައްގީ ގެނެވޭނީ އެމްޑީޕީއަށް: ރައީސް ސޯލިހު

08 ފެބުރުއަރީ 2026
ޤާނޫނު ހުއްޓުވި ޕްލޭސްކޫލް އަލުން އައުޓްސޯސް ކުރަން ވޯޓު ދެވުނު އިރުވެސް ސަރުކާރު ކައުންސިލަރަކަށް ނޭނގުނު

ޤާނޫނު ހުއްޓުވި ޕްލޭސްކޫލް އަލުން އައުޓްސޯސް ކުރަން ވޯޓު ދެވުނު އިރުވެސް ސަރުކާރު ކައުންސިލަރަކަށް ނޭނގުނު

08 ފެބުރުއަރީ 2026
ޕީއެންސީގެ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވި ރައޫފް ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކޮށްފި

ޕީއެންސީގެ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވި ރައޫފް ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކޮށްފި

08 ފެބުރުއަރީ 2026
ލާމަރުކަޒީ ނިޒާމް ދަމަހައްޓާ ރަށްރަށް ތަރައްގީކުރަން އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓުދޭންޖެހޭ: ރައީސް ސޯލިޙް

ލާމަރުކަޒީ ނިޒާމް ދަމަހައްޓާ ރަށްރަށް ތަރައްގީކުރަން އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓުދޭންޖެހޭ: ރައީސް ސޯލިޙް

07 ފެބުރުއަރީ 2026
ރައީސް މުއިއްޒު އެވެ. ރައްޔިތުންގެ އަޑު ނީވެނީ އޮފީހެއް ނެތިގެންތޯ އެވެ؟

ރައީސް މުއިއްޒު އެވެ. ރައްޔިތުންގެ އަޑު ނީވެނީ އޮފީހެއް ނެތިގެންތޯ އެވެ؟

07 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު