Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫ ސިޓީ

މިސަރުކާރުގެ ''ދަ ގްރޭޓަރ އައްޑޫ'' ގެ ސިޔާސަތަކީ ''އިންޑިއާ އައުޓް'' ކަހަލަ ދަންތުރައެއް: މޭޔަރު ނިޒާރު

8 ފެބުރުއަރީ 2026 | އާދީއްތަ 09:15

ނިޒާރު ވިދާޅުވީ، އައްޑޫ ސިޓީއެއްގެ ގޮތުގައި އޮންނަ އޮތުން ހަޖަމް ނުކުރެވި، ރައީސް މުއިއްޒުގެ ސީދާ މަޝްވަރާގެ މަތިން އައްޑޫ ރޫޅާލާފައިވާ ކަމަށް. އަދި އެކަމަށް މަސައްކަތް ކުރި މީހުން "ދަ ގްރޭޓަރ އައްޑޫ" ކިޔަނީ އޭގެ މާނަ އެނގިގެން ކަމާމެދު ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި.

އަމްނާ އިމާދު
އަމްނާ އިމާދު | 8 ފެބުރުއަރީ 2026 | އާދީއްތަ 09:15
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ރާއްޖެެއެމްވީއަށް ދެއްވި ޚާއްސަ އިންޓަވިޔުއެއްގެ ތެރެއިން

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ރާއްޖެެއެމްވީއަށް ދެއްވި ޚާއްސަ އިންޓަވިޔުއެއްގެ ތެރެއިން | ރާއްޖެއެމްވީ

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން މިހާރު އައްޑޫ ސިޓީއާ މެދު ގެންގުޅޭ ''ދަ ގްރޭޓަރ އައްޑޫ'' ގެ ސިޔާސަތަކީ ''އިންޑިއާ އައުޓް'' ކަހަލަ ދަންތުރަ އެއް ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އައްޑޫ ފޭދޫއަށް ނިސްބަތްވެވަޑައިގަންނަވާ ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ "ގްރޭޓާ އައްޑޫ" ޖަހައިފައިވާ ޕޯސްޓަރެއް ހިއްސާކުރައްވައިފަ އެވެ.

Advertisement - newsAdvertisement

އެޕޯސްޓަށް ރައްދު ދެއްވައި މޭޔަރު ނިޒާރު ވިދާޅުވީ، އައްޑޫ ސިޓީއެއްގެ ގޮތުގައި އޮންނަ އޮތުން ހަޖަމް ނުކުރެވި، ރައީސް މުއިއްޒުގެ ސީދާ މަޝްވަރާގެ މަތިން އައްޑޫ ރޫޅާލާފައިވާ ކަމަށެވެ. އަދި އެކަމަށް މަސައްކަތް ކުރި މީހުން "ދަ ގްރޭޓަރ އައްޑޫ" ކިޔަނީ އޭގެ މާނަ އެނގިގެން ކަމާމެދު ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

މީގެ އިތުރުން ނިޒާރު ވިދާޅުވީ '' ދަ ގްރޭޓަރ އައްޑޫ '' ގެ ސިޔާސަތަކީ ''އިންޑީއާ އައުޓް '' ކަހަލަ ބުހުތާން ދަންތުރައެއް ކަމަށެވެ. އަދި ރައްޔިތުން އޭގައި ނުޖެހުމަށް ވެސް އޭނާ ގޮވާލެއްވި އެވެ. 

ނިޒާރު މިހެން ވިދާޅުވިއިރު، މިސަރުކާރުން ވަނީ މިދިޔަ އަހަރުގެ ތެރޭގައި އައްޑޫ ސިޓީ ކައުންސިލް އެއް ކައުންސިލެއްގެ ގޮތުގައި ބޭއްވުމާއި މެދު ސުވާލު އުފައްދާ ރައްޔިތުންގެ މެދުގައި ވޯޓެއް ނަގާފަ އެވެ. އެ ވޯޓަށްފަހު މިހާރު އައްޑޫ ސިޓީ ކައުންސިލްގައި މިހާރު ހިމެނެނީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، އަދި ފޭދޫ އެވެ. އަދި މީދޫ އާއި ހުޅުދޫ އަކީ ވަކި ދެ ރަށެއް ކަމަށް ވަނީ ނިންމަވާފަ އެވެ.

މީގެ ކުރިން ވެސް ނިޒާރު ވަނީ އައްޑޫގެ ތަރައްގީ މިސަރުކާރުން ހުއްޓުވާފައިވާތީ އެކަމަށް ފާޑު ވިދާޅުވެ ވާހަކަ ދައްކާވާފަ އެވެ. މިހާތަނަށް އައްޑޫގެ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ކުރިއަށް ނުދާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އަސާސީ ޚިދުމަތެއް ކަމަށްވާ ކަރަންޓުގެ ޚިދުމަތް ވެސް ރަނގަޅަށް ނުލިބޭ ކަމަށެވެ. 

މީގެ އިތުރުން ނިޒާރު ވަނީ ގޫގުލް ކޭބަލް އައްޑޫގައި އެޅުމުން އައްޑޫ ތަރައްގީވާނެ ކަމަށް ދެކެވޭ ވާހަކަ ތަކަށް ވެސް ރައްދު ދެއްވާފަ އެވެ. އޭނާ ވިދާޅުވީ މި މަޝްރޫއާ ގުޅޭ މައުލޫމާތު ސަރުކާރުން ކައުންސިލްއާ ހިއްސާ ކޮށްފައިނުވާ ކަމަށާއި، ވާނުވާ ނޭނގޭ ކަމަށެވެ. 

ނިޒާރު ވިދާޅުވީ ކޭބަލް ކަނެކްޝަނަށް ހިތަދޫ އިން ބޮޑު ބިމެއް ނަގައި، އެ ތަނުގައި ލޭންޑިން ސްޓޭޝަނެއް ހަދާފައިވާއިރު، ހަމައެކަނި ކުރާ މަސައްކަތަކީ ސެކިއުރިޓީ ބެލެހެއްޓުން ކަމަށެވެ. އަދި އެ ބިމުން އެއްވެސް ރުފިޔާއެއް ކައުންސިލަށް ނުލިބޭ ކަމަށާއި ރައްޔިތުންނަށް އަދި އައްޑޫގެ ތަރައްގީ އަށް ލިބޭނެ ކުރިއެރުމެއް ނުފެންނަ  ކަަމަށެވެ. މި މަޝްރޫއުގައި ވެސް ސަރުކާރުން މަސައްކަތް ކުރަނީ ވަރަށް ބޮޑަށް އޮޅުވާލަން ކަމަށް އޭނާ ވިދާޅުވި އެވެ. 

އައްްޑޫ ސިޓީއަލީ ނިޒާރުމިނިސްޓަރު އަލީ އިހުސާންދަ ގްރޭޓަރ އައްޑޫ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2026

ތަރައްގީގެ މަޝްރޫއުތައް ހިނގާނީ ކައުންސިލަށް އެމްޑީޕީ ކެންޑިޑޭޓުން ހޮވައިގެން، ނޫނީ ކުރިއަށް އޮތް 3 އަހަރު ވެސް މަޝްރޫއުތައް ނުހިނގާނެ: ފައިސަލް

07 ފެބުރުއަރީ 2026
ތަރައްގީގެ މަޝްރޫއުތައް ހިނގާނީ ކައުންސިލަށް އެމްޑީޕީ ކެންޑިޑޭޓުން ހޮވައިގެން، ނޫނީ ކުރިއަށް އޮތް 3 އަހަރު ވެސް މަޝްރޫއުތައް ނުހިނގާނެ: ފައިސަލް
07 ފެބުރުއަރީ 2026

ކުރިއަށް އޮތް ރަމަޟާން މަހު ކަރަންޓު ލިބޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް: މޭޔަރު ނިޒާރު

07 ފެބުރުއަރީ 2026
ކުރިއަށް އޮތް ރަމަޟާން މަހު ކަރަންޓު ލިބޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތް: މޭޔަރު ނިޒާރު
06 ފެބުރުއަރީ 2026

އައްޑޫ ރައްޔިތުން އެމްޑީޕީ އަށް ވޯޓުދޭންވީ އައްޑޫގެ ރައްޔިތުން ތާއަބަދު ގުނބޯހެއްދުމަށް ސަރުކާރަށް ފުރުސަތު ނުލިބޭނެކަން ދައްކަން: ޝުއާއު

06 ފެބުރުއަރީ 2026
އައްޑޫ ރައްޔިތުން އެމްޑީޕީ އަށް ވޯޓުދޭންވީ އައްޑޫގެ ރައްޔިތުން ތާއަބަދު ގުނބޯހެއްދުމަށް ސަރުކާރަށް ފުރުސަތު ނުލިބޭނެކަން ދައްކަން: ޝުއާއު
03 ފެބުރުއަރީ 2026

ޕީއެންސީގެ ލަދެއް ހަޔާތެއް ހުރި ނަމަ ކެންޑިޑޭޓުން ނެރެގެން، ލޯގޯ ޖަހައިގެން ކައުންސިލް އިންތިޚާބަށް ނުނިކުންނާނެ - އައްޑޫ މޭޔަރ

03 ފެބުރުއަރީ 2026
ޕީއެންސީގެ ލަދެއް ހަޔާތެއް ހުރި ނަމަ ކެންޑިޑޭޓުން ނެރެގެން، ލޯގޯ ޖަހައިގެން ކައުންސިލް އިންތިޚާބަށް ނުނިކުންނާނެ - އައްޑޫ މޭޔަރ
01 ފެބުރުއަރީ 2026

ކަރެކްޝަން ގެ މުސާރަ ވަޒީރު އިހުސާން ވިދާޅުވި ގޮތަށް ޖެނުއަރީ މަހު ބޮޑެއް ނުކުރެވުނު! ކުރިން ވަޒީރު ވިދާޅުވީ ޖެނުއަރީގައި މުސާރަ ބޮޑު ނުވާ ނަމަ އިސްތިއުފާ ދެއްވާނެ ކަމަށް

01 ފެބުރުއަރީ 2026
ކަރެކްޝަން ގެ މުސާރަ ވަޒީރު އިހުސާން ވިދާޅުވި ގޮތަށް ޖެނުއަރީ މަހު ބޮޑެއް ނުކުރެވުނު! ކުރިން ވަޒީރު ވިދާޅުވީ ޖެނުއަރީގައި މުސާރަ ބޮޑު ނުވާ ނަމަ އިސްތިއުފާ ދެއްވާނެ ކަމަށް
31 ޖެނުއަރީ 2026

ފުވައްމުލަކުން އައްޑޫ އަށް ދެވެނީ ދޮޅު ގަޑި އިރުން ކަަމަށް ވިދާޅުވެ މިނިސްޓަރ އިހުސާން ހެއްދެވީ އިތުރުފުޅެއް!

31 ޖެނުއަރީ 2026
ފުވައްމުލަކުން އައްޑޫ އަށް ދެވެނީ ދޮޅު ގަޑި އިރުން ކަަމަށް ވިދާޅުވެ މިނިސްޓަރ އިހުސާން ހެއްދެވީ އިތުރުފުޅެއް!
31 ޖެނުއަރީ 2026

ކައުންސިލް އިންތިޚާބާ ދިމާކޮށް ދެކުނުގެ ހަތަރު އަތޮޅު ވައިގެ މަގުން ގުޅާލައި، އަގުތައް އާއްމު ކޮށްފި

31 ޖެނުއަރީ 2026
ކައުންސިލް އިންތިޚާބާ ދިމާކޮށް ދެކުނުގެ ހަތަރު އަތޮޅު ވައިގެ މަގުން ގުޅާލައި، އަގުތައް އާއްމު ކޮށްފި
26 ޖެނުއަރީ 2026

މިސަރުކާރުން އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ގެންނަނީ ބައު ޖަނަރޭޓަރުތައް: މެންބަރު އަހުމަދު ދީދީ

26 ޖެނުއަރީ 2026
މިސަރުކާރުން އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ގެންނަނީ ބައު ޖަނަރޭޓަރުތައް: މެންބަރު އަހުމަދު ދީދީ
23 ޖެނުއަރީ 2026

ރިޔާސީ އިންތިޚާބު ޕީއެންސީ އިން ކާމިޔާބު ކުރީ ދޮގުތަކެއްގެ މައްޗަށް، އޭގެ ހިތި ރަހަ އަދިވެސް ދިވެހިންގެ ކަރު ބުޑުގައި އެބަ ލާ: ނިޒާރު

23 ޖެނުއަރީ 2026
ރިޔާސީ އިންތިޚާބު ޕީއެންސީ އިން ކާމިޔާބު ކުރީ ދޮގުތަކެއްގެ މައްޗަށް، އޭގެ ހިތި ރަހަ އަދިވެސް ދިވެހިންގެ ކަރު ބުޑުގައި އެބަ ލާ: ނިޒާރު
23 ޖެނުއަރީ 2026

އައްޑޫ ސިޓީ ހިތަދޫގައި އަލިފާނުގެ ހާދިސާ އެއް ހިނގައިފި

23 ޖެނުއަރީ 2026
އައްޑޫ ސިޓީ ހިތަދޫގައި އަލިފާނުގެ ހާދިސާ އެއް ހިނގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް