Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

ހޯމަ ދުވަހު ގެ މަޖިލީހުގެ ޖަލްސާ ފަސްކޮށްފި، ސަބަބެއް ނާންގާ

މަޖިލީހުގެ އިދާރާއިން ވަކި ސަބަބެއް ހާމަނުކޮށް މި ޖަލްސާ އަންގާރަ ދުވަހަށް ފަސްކުރިކަން މެންބަރުންނަށް އަންގާފައި ވަނީ އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި. އެ ޖަލްސާ އަށް ހާރިޒުވާން މެމްބަރުންނަށް އެންގީ އާދިއްތަ ދުވަހު ހަވީރު.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 9 ފެބުރުއަރީ 2026 | ހޯމަ 04:23
މުޅި މަޖިލީހުގެ ޖަލްސާ އެއްގެ ތެރެއިން

މުޅި މަޖިލީހުގެ ޖަލްސާ އެއްގެ ތެރެއިން | ރައްޔިތުންގެ މަޖިލިސް

ހޯމަ ދުވަހު ބާއްވާނެ ކަމަށް އިއުލާންކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ދެވަނަ ޖަލްސާ ފަސްކޮށްފި އެވެ.

މަޖިލީހުގެ އިދާރާ އިން ބުނީ އެ ޖަލްސާ ފަސްކޮށްފައި ވަނީ އަންގާރަ ދުވަހަށް ކަމަށެވެ. ނަމަވެސް އެ ޖަލްސާ ފަސްކުރި ވަކި ސަބަބެއް މަޖިލީހުގެ އިދާރާ އިން ހާމަކޮށްފަ އެއް ނުވެ އެވެ. 

Advertisement - newsAdvertisement

މަޖިލީހުގެ މި ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވާފައި ވަނީ ނިމިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އެވެ. އެ ޖަލްސާގައި އޮތީ މި އަހަރުގެ ދައުރު ފެށުމާއި، ރައީސް ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވެވުމެވެ. 

ހޯމަ ދުވަހު ޖަލްސާ އެއް އޮންނާނެ ކަަމަށް އަންގާފައި ވަނީ އެ ދުވަހުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. އެ ޖަލްސާ އަށް ހާޒިރުވާން މެމްބަރުންނަށް އަންގާފައި ވަނީ އާދިއްތަ ދުވަހު ހަވީރު ގާތްގަނޑަކަށް 5 ޖަހަނިކޮށެވެ. 

އެ ޖަލްސާ ފަސްވިކަން މެމްބަރުންނަށް އަންގާފައި ވަނީ އާދިއްތަ ދުވަހުގެ 23:12އިގަ އެވެ. މި ޖަލްސާ ފަސްކޮށްފައި ވާ އިރު ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ މަޖިލީހުގެ ބައެއް މެމްބަރުން މި ވަގުތު ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން އަށް އަތޮޅުތެރޭގެ އެކި ހިސާބުތަކުގައި ހަރަކާތްތެރި ވެވަޑައިގަންނަވަމުންދާކަން ފާހަގަކޮށްލެވެ އެވެ.

ރައްޔިތުންގެ މަޖިލިސްޕީއެންސީ

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2026

އައިސީޓީ ހަބެއް ތަރައްގީކުރުމުގެ ނަމުގައި ސަރުކާރުން ބިން ހޯދާފައިވަނީ، ލޭންޑް ޔޫސް ޕްލޭން ފާސްކޮށްނުދީ ހިފަހައްޓައި އޮޅުވާލުމެއްގެ ތެރެއިން: ނިޒާރު

08 ފެބުރުއަރީ 2026
އައިސީޓީ ހަބެއް ތަރައްގީކުރުމުގެ ނަމުގައި ސަރުކާރުން ބިން ހޯދާފައިވަނީ، ލޭންޑް ޔޫސް ޕްލޭން ފާސްކޮށްނުދީ ހިފަހައްޓައި އޮޅުވާލުމެއްގެ ތެރެއިން: ނިޒާރު
08 ފެބުރުއަރީ 2026

ޕީއެންސީ އައްޑޫ ޖަލްސާ އަށް ފިނި ތަރުހީބެއް!

08 ފެބުރުއަރީ 2026
ޕީއެންސީ އައްޑޫ ޖަލްސާ އަށް ފިނި ތަރުހީބެއް!
08 ފެބުރުއަރީ 2026

ޕީއެންސީގެ ސިޔާސަތަކީ ލާމަރުކަޒީ ނިޒާމަށް ބީރައްޓެހި ސިޔާސަތެއް، ލާމަރުކަޒުކޮށް ތަރައްގީ ގެނެވޭނީ އެމްޑީޕީއަށް: ރައީސް ސޯލިހު

08 ފެބުރުއަރީ 2026
ޕީއެންސީގެ ސިޔާސަތަކީ ލާމަރުކަޒީ ނިޒާމަށް ބީރައްޓެހި ސިޔާސަތެއް، ލާމަރުކަޒުކޮށް ތަރައްގީ ގެނެވޭނީ އެމްޑީޕީއަށް: ރައީސް ސޯލިހު
08 ފެބުރުއަރީ 2026

ކައްޗަށް އެޅި ބިންގަލެއްގެ މައްޗަށް ބިނާކުރި ވެރިކަން އޮތީ "ގަދަކޮށް": ކިހާ ދުވަހަކަށް؟

08 ފެބުރުއަރީ 2026
ކައްޗަށް އެޅި ބިންގަލެއްގެ މައްޗަށް ބިނާކުރި ވެރިކަން އޮތީ "ގަދަކޮށް": ކިހާ ދުވަހަކަށް؟
08 ފެބުރުއަރީ 2026

ޤާނޫނު ހުއްޓުވި ޕްލޭސްކޫލް އަލުން އައުޓްސޯސް ކުރަން ވޯޓު ދެވުނު އިރުވެސް ސަރުކާރު ކައުންސިލަރަކަށް ނޭނގުނު

08 ފެބުރުއަރީ 2026
ޤާނޫނު ހުއްޓުވި ޕްލޭސްކޫލް އަލުން އައުޓްސޯސް ކުރަން ވޯޓު ދެވުނު އިރުވެސް ސަރުކާރު ކައުންސިލަރަކަށް ނޭނގުނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު