Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކައުންސިލަރު އިބްރާހިމް

ޤާނޫނު ހުއްޓުވި ޕްލޭސްކޫލް އަލުން އައުޓްސޯސް ކުރަން ވޯޓު ދެވުނު އިރުވެސް ސަރުކާރު ކައުންސިލަރަކަށް ނޭނގުނު

ކުޅުދުއްފުށީ ޕްލޭ ސްކޫލުގެ ޚިދުމަތް ދޭނެ ފަރާތެއް ބީލަމުގެ އުސޫލުން ހޯދުމަށް ކައުންސިލުން ނިންމި ނިންމުމަށް ވޯޓު ދެއްވުމަށްފަހު، އެކަން ހިނގާދިޔަ ގޮތް ނޭނގޭ ކަމަށް ވިދާޅުވެ ސަރުކާރު ތަމްސީލުކުރާ ކައުންސިލަރު އިބްރާހިމް އަޙުމަދު ދެއްކެވި ވާހަކަފުޅަށް އާންމުންގެ ފާޑުކިޔުން އަމާޒުވެއްޖެ.

ޢާއިޝަތު އައިނީ އާމިރު
ޢާއިޝަތު އައިނީ އާމިރު, ރާއްޖެ އެމްވީ | 8 ފެބުރުއަރީ 2026 | އާދީއްތަ 11:51
ސަރުކާރު ތަމްސީލުކުރާ ކުޅުދުއްފުށީ ކަައުންސިލް މެންބަރު އިބްރާހިމް އަޙުމަދު

ސަރުކާރު ތަމްސީލުކުރާ ކުޅުދުއްފުށީ ކަައުންސިލް މެންބަރު އިބްރާހިމް އަޙުމަދު | ކުޅުދުއްފުށި ސިޓީ ކައުންސިލް

ސަރުކާރުން ލާމަރުކަޒީ ޤާނޫނަށް ގެނައި ބަދަލުތަކާއެކު، ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ މަސައްކަތްތައް ހުއްޓި، ކުޅުދުއްފުށީ ޕްލޭ ސްކޫލުގެ ޚިދުމަތް ދިނުމަށް ބީލަމަށްލާން ކައުންސިލުން ނިންމި ނިންމުމަށް ވޯޓު ދެއްވުމަށްފަހުވެސް، އެކަން ހިނގާދިޔަ ގޮތް ނޭނގޭ ކަމަށް ސަރުކާރު ކައުންސިލަރު އިބްރާހިމް އަޙުމަދު ވިދާޅުވެއްޖެއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ކުޅުދުއްފުށީގައި ޕީއެންސީގެ ކެމްޕެއިން ރަސްމީކޮށް އިފްތިތާޙުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލަރު އިބްރާހިމް ވިދާޅުވީ، ޕްލޭ ސްކޫލުގެ ޚިދުމަތް ދިނުމަށް ނިންމާނީ ކައުންސިލްގެ ކުންފުނިން ކަމަށެވެ. އަދި ކައުންސިލްގެ ކުންފުނި ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ފެށުނީ އަދި ކިރިޔާކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

Advertisement - newsAdvertisement

އެރޭގެ ޖަލްސާގައި އިބްރާހިމް މިހެން ވިދާޅުވި ނަމަވެސް ކުޅުދުއްފުށި ސިޓީ ކައުންސިލުން ވަނީ ރައީސް މުޢިއްޒު ލާމަރުކަޒީ ޤާނޫނަށް ގޯސް ބަދަލުތައް ގެނައުމުގެ ކުރިން, 2025 ވަނަ އަހަރު ޕްލޭ ސްކޫލު މަރަމާތުކޮށް ނިންމައި ހުޅުވަން ތައްޔާރުކޮށްފައެވެ.

އެހެންނަމަވެސް, ޕްލޭ ސްކޫލް ނުހުޅުވި ލަސްވަނީ އަބަދު "ގޮތް ބަދަލުކުރަން" އުޅޭތީ ކަމަށް ވިދާޅުވެ އިތުރުފުޅުހައްދަވާފައިވާއިރު، ޖަލްސާގެ ޕޯޑިއަމްގައި ހުންނަވައި އޭނާ ދެން ވިދާޅުވީ ހައިރާންކުރުވަނިވި ވާހަކަފުޅެކެވެ.

"ޕްލޭ ސްކޫލު ކަންތައް ނުހިނގަ އޮތީ ދެން އަޅުގަނޑަކަށް ނޭނގެ ކިހިނެތް ކަމެއް ވެފަ މި އޮތީކީ"
ސަރުކާރުގެ ކައުންސިލަރު އިބްރާހީމް ވިދާޅުވެފައިވެއެވެ.

އިބްރާހިމް މިފަދައިން ވިދާޅުވެފައިވީ ނަމަވެސް، ކުޅުދުއްފުށި ސިޓީ ކައުންސިލް ވެބްސައިޓުގައި ހިއްސާކޮށްފައިވާ ރަސްމީ ލިޔެކިޔުންތަކުން ދައްކާ ގޮތުގައި މިދިޔަ ނޮވެމްބަރު 24، 2025 ވީ ހޯމަ ދުވަހު ބޭއްވި ކުޅުދުއްފުށީ ކައުންސިލުގެ ހަތަރުވަނަ ދައުރުގެ 232 ވަނަ ޢާންމު ބައްދަލުވުމުގައި ވަނީ މުހިންމު ނިންމުމެއް ނިންމާފައެވެ.

އެއީ ޕްލޭ ސްކޫލުގެ ޚިދުމަތްދޭނެ ފަރާތެއް ބީލަން އުޞޫލުން ހޯދުމަށެވެ. މި ނިންމުމަށް ވޯޓު ދެއްވި 6 ކައުންސިލަރުންގެ ތެރޭގައި ކައުންސިލަރު އިބްރާހިމް އަޙުމަދުގެ ނަންވެސް ހިމެނެއެވެ.

މިކަމާ ގުޅިގެން ކުޅުދުއްފުށީގެ ގިނަ ރައްޔިތުންގެ ފާޑުކިޔުންތަށް ކައުންސިލަރަށް އަމާޒުވަމުންދާއިރު, ޚާއްޞަކޮށް 2024 ވަނަ އަހަރު ބޭއްވި ބައި-އިލެކްޝަނުގައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެޖޯރިޓީ ރައްޔިތުން އޭނާ އިންތިޚާބު ކުރެއްވީ ސަރުކާރުގެ މައި ޕާޓީ ތަމްސީލުކޮށް، ސިޓީގެ ތަރައްޤީއަށް މަސައްކަތް ކުރުމަށް ކަމަށްވާއިރު، ކައުންސިލުން ނިންމާ މުހިންމު ނިންމުންތަކާ މެދު "އަޅުގަނޑަކަށް ނޭނގެ" އޭ ވިދާޅުވުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި ރައްޔިތުން ދަނީ ސިފަކުރަމުންނެވެ.

އަމިއްލައަށް ވޯޓު ދެއްވައިގެން ނިންމި ކަމެއްގެ މަޢުލޫމާތު ނޭނގޭ ކަމަށް ބޮޑު ޖަލްސާއެއްގައި ވިދާޅުވުމުން، މިއީ ސިޓީގެ މުހިންމު މަޝްރޫޢުތަކާ މެދު ސަރުކާރުގެ ކެނޑިޑޭޓުން ބަހައްޓަވާ ފަރުވާކުޑަކަން ހާމަވާ ކަމެއްގެ ގޮތުގައި ހާމަވާއިރު, ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ހުރިހާ ގޮނޑިއެއް ޕީއެންސީއަށް ލިބިއްޖެނަމަ މަޝްރޫޢުތަކުގެ ވާނުވާ ކައުންސިލަރުންނަށް އެނގިވަޑައިގެންފާނެކަމާ މެދު ޝައްކު ކުރާކަމުގައި ގިނަ ރައްޔިތުން ދެކެއެވެ.

ކުޅުދުއްފުށިއިބްރާހިމް އަހުމަދުޕީއެންސީކުޅުދުއްފުށި ސިޓީ ކައުންސިލްލާމަރުކަޒީ ގާނޫނު

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީއެންސީގެ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވި ރައޫފް ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކޮށްފި

ޕީއެންސީގެ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވި ރައޫފް ހައިކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކޮށްފި

08 ފެބުރުއަރީ 2026
ލާމަރުކަޒީ ނިޒާމް ދަމަހައްޓާ ރަށްރަށް ތަރައްގީކުރަން އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓުދޭންޖެހޭ: ރައީސް ސޯލިޙް

ލާމަރުކަޒީ ނިޒާމް ދަމަހައްޓާ ރަށްރަށް ތަރައްގީކުރަން އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓުދޭންޖެހޭ: ރައީސް ސޯލިޙް

07 ފެބުރުއަރީ 2026
ރައީސް މުއިއްޒު އެވެ. ރައްޔިތުންގެ އަޑު ނީވެނީ އޮފީހެއް ނެތިގެންތޯ އެވެ؟

ރައީސް މުއިއްޒު އެވެ. ރައްޔިތުންގެ އަޑު ނީވެނީ އޮފީހެއް ނެތިގެންތޯ އެވެ؟

07 ފެބުރުއަރީ 2026
ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަށްފަހު، ފަލާހު އެދުނީ ކައުންސިލްތަކުން އެހީތެރިކަން ދިނުމަށް

ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަށްފަހު، ފަލާހު އެދުނީ ކައުންސިލްތަކުން އެހީތެރިކަން ދިނުމަށް

07 ފެބުރުއަރީ 2026
އެއްވެސް ވައުދެއް ނުފުއްދައި, ރައްޔިތުން "ގުނބޯ ހައްދަން" ޕީއެންސީގެ ލީޑަރޝިޕް ކުޅުދުއްފުއްޓަށް

އެއްވެސް ވައުދެއް ނުފުއްދައި, ރައްޔިތުން "ގުނބޯ ހައްދަން" ޕީއެންސީގެ ލީޑަރޝިޕް ކުޅުދުއްފުއްޓަށް

06 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު