Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީއެންސީ ކެމްޕެއިން ފަށަނީ

އެއްވެސް ވައުދެއް ނުފުއްދައި, ރައްޔިތުން "ގުނބޯ ހައްދަން" ޕީއެންސީގެ ލީޑަރޝިޕް ކުޅުދުއްފުއްޓަށް

ކުޅުދުއްފުށީގައި ބާއްވާ ޕީއެންސީގެ ކެމްޕެއިން ޖަލްސާގައި ބައިވެރިވުމަށް ސަރުކާރުގެ އިސް ވަފުދެއް އެ ސިޓީއަށް ވަޑައިގަތުމުން، ރަށުގެ ތަރައްޤީއަށް ވެފައިވާ ވައުދުތައް ނުފުއްދާތީ އާންމު ރައްޔިތުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. މި ދަތުރުފުޅަކީ އިންތިޚާބާ ދިމާކޮށް ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ހިންގާ ސިޔާސީ ސްޓަންޓެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާއިރު، މިރޭގެ ޖަލްސާއަށްފަހު އައްޑޫ ސިޓީގައިވެސް ކެމްޕެއިން ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ. އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ތުހުމަތުތަކާއެކު، ކުރީގެ ވައުދުތަކަށް ވީގޮތެއް ނޭނގި ރައްޔިތުން ތިބީ ނުހަނު ކަންބޮޑުވުމެއްގެ ތެރޭގައެވެ.

ޢާއިޝަތު އައިނީ އާމިރު
ޢާއިޝަތު އައިނީ އާމިރު | 6 ފެބުރުއަރީ 2026 | ހުކުރު 14:03
ޕީއެންސީ ލީޑަރޝިޕް ކުޅުދުއްފުއްޓަށް ވަޑައިގެންނެވި ދަތުރުފުޅުގެ ތެރެއިން

ޕީއެންސީ ލީޑަރޝިޕް ކުޅުދުއްފުއްޓަށް ވަޑައިގެންނެވި ދަތުރުފުޅުގެ ތެރެއިން | ޕީއެންސީ

މި އަހަރުުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ކުޅުދުއްފުށި ސިޓީގައި ރަސްމީކޮށް އިފްތިތާޙްކުރުމަށްޓަކައި ސަރުކާރު ހިންގާ މައި ޕާޓީ، ޕީއެންސީގެ އިސް ލީޑަރޝިޕްގެ ވަފުދެއް މިއަދު އެ ސިޓީއަށް ވަޑައިގެންފިއެވެ.

މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މި ޚާއްޞަ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙްގެ އިތުރުން، ދައުލަތުގެ ބައެއް ވަޒީރުންނާއި މުއައްސަސާތަކުގެ އިސްވެރިން ހިމެނެއެވެ.

Advertisement - newsAdvertisement

ނަމަވެސް، މި ދަތުރުފުޅާ ގުޅިގެން ކުޅުދުއްފުށީގެ ގިނަ ރައްޔިތުން ނުރުހުން ފާޅުކުރަމުންދާއިރު, ރަށުގެ ތަރައްޤީއަށްޓަކައި ވެފައިވާ ގިނަގުނަ ވައުދުތަކުގެ ތެރެއިން އެއްވެސް ކަމެއް ފުރިހަމައަށް ކޮށްނުދެވި، ރައްޔިތުންގެ ހާލަތު އޮތް ގޮތް ބެލުމެއް ނެތި އަނެއްކާވެސް އިންތިޚާބަކާ ދިމާކޮށް ވޯޓު ހޯދަން އައުމަކީ ރައްޔިތުން "ގުނބޯ ހެއްދުން" ކަމުގައި ގިނަ ބަޔަކު ސިފަކުރެއެވެ.

މިގޮތުން ސަރުކާރުގެ އިސް ބޭފުޅުން ބޯޓުބޯޓަށް އަރައި ސަލާމް ޖަހަމުން މި އަންނަނީ ރަށުގެ ތަރައްޤީއަށް އިޚްލާޞްތެރި މަސައްކަތެއް ކޮށްދިނުމުގެ ބަދަލުގައި، ސިޔާސީ މަންފާއެއް ހޯދުމުގެ ބޭނުމުގައެވެ. މިކަމުން ހާމަވަނީ, ކަނޑައެޅިގެން ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައި, އެއްވެސް މަޝްރޫޢުއެއް ރަނގަޅަށް ނުހިންގައި އިންތިޚާބު ކައިރިވީމާ ކެމްޕެއިން ކުރުމަށް ޖައްސާ ސިޔާސީ "ސްޓަންޓް" އެއްގެ ގޮތުގައެވެ.

މިރޭ ބާއްވާ ޖަލްސާގައި ކައުންސިލް އިންތިޚާބަށް އަމާޒުކޮށް ގިނަ ވައުދުތަކެއް ވާނެ ކަމަށް ބެލެވޭއިރު، ރައްޔިތުން ތިބީ ކުރީގެ ވައުދުތަކަށް ވީގޮތެއް ނޭނގި ސުވާލު މާކެއްގެ ތެރޭގައެވެ. އަދި ސަރުކާރުގެ މި ހަރަކާތަކީ ކުރިއަށް އޮތް އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކުރެވޭ މަސައްކަތެއް ކަމުގައިވެސް ފާހަގަކުރެވެއެވެ.

މީގެ އިތުރުން މިރޭ ކުޅުދުއްފުށީގައި ބާއްވާ ޖަލްސާ އަށްފަހު, ޕީއެންސީ ލީޑަރޝިޕުން އައްޑޫ ސިޓީގައި ރަސްމީކޮށް ކެމްޕެއިން އިފްތިތާޙްކުރުމަށް ޖަލްސާ އެއް ބާއްވަން ހަމަޖެހިފައިވާ ކަމަށްވެސް އެ ޕާޓީން ވަނީ އިއުލާނުކޮށްފައެވެ.

ލޯކަލް ކައުންސިލް އިންތިޚާބު 2026ކުޅުދުއްފުށި ސިޓީޕީއެންސީއިބްރާހިމް ފަލާހްއިނގުރައިދޫ ދާއިރާ

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2026

އަބްދުއްރަހީމްގެ ކޮއްކޮ ޕީއެންސީ އާއި ދެކޮޅަށް ވާދަކުރަން ނިންމާފައި ވަނިކޮށް އޭނާގެ ދެ ދަރިން ސަރުކާރު ވަޒީފާ އިން ވަކިކޮށްފި

06 ފެބުރުއަރީ 2026
 އަބްދުއްރަހީމްގެ ކޮއްކޮ ޕީއެންސީ އާއި ދެކޮޅަށް ވާދަކުރަން ނިންމާފައި ވަނިކޮށް އޭނާގެ ދެ ދަރިން ސަރުކާރު ވަޒީފާ އިން ވަކިކޮށްފި
06 ފެބުރުއަރީ 2026

އީ-ވޯޓު މެދުވެރިކޮށް 2028 ގައި އިންތިހާބެއް ބާއްވައިފި ނަމަ ޖަހާ ފާހަގަ ވެސް ނުފެންނާނެ: މައުރޫފް

06 ފެބުރުއަރީ 2026
އީ-ވޯޓު މެދުވެރިކޮށް 2028 ގައި އިންތިހާބެއް ބާއްވައިފި ނަމަ ޖަހާ ފާހަގަ ވެސް ނުފެންނާނެ: މައުރޫފް
06 ފެބުރުއަރީ 2026

ކައުންސިލް އިންތިހާބު ކެމްޕޭނަށް އެމްޑީޕީގެ ލީޑަރޝިޕް އަތޮޅު ތެރެއަށް

06 ފެބުރުއަރީ 2026
ކައުންސިލް އިންތިހާބު ކެމްޕޭނަށް އެމްޑީޕީގެ ލީޑަރޝިޕް އަތޮޅު ތެރެއަށް
05 ފެބުރުއަރީ 2026

މާލެ ސިޓީގެ ކައުންސިލް އިންތިޚާބަށް އެމްޑީޕީ އިން ނުކުންނަ ކެންޑިޑޭޓުންނާ އެކު ރައީސް ސޯލިހް ދޮރުން ދޮރަށް ހިންގަވައިފި

05 ފެބުރުއަރީ 2026
މާލެ ސިޓީގެ ކައުންސިލް އިންތިޚާބަށް އެމްޑީޕީ އިން ނުކުންނަ ކެންޑިޑޭޓުންނާ އެކު ރައީސް ސޯލިހް ދޮރުން ދޮރަށް ހިންގަވައިފި
05 ފެބުރުއަރީ 2026

އެމްޑީޕީގެ ކެންޑިޑޭޓުން މައްޗަންގޮޅި އުތުރު ދާއިރާގައި ކުރިޔަށް ގެންދިޔަ ދޮރުން ދޮރަށް ހަރަކާތަށް ހޫނު ތަރުހީބެއް

05 ފެބުރުއަރީ 2026
އެމްޑީޕީގެ ކެންޑިޑޭޓުން މައްޗަންގޮޅި އުތުރު ދާއިރާގައި ކުރިޔަށް ގެންދިޔަ ދޮރުން ދޮރަށް ހަރަކާތަށް ހޫނު ތަރުހީބެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު