Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިބްރާހިމް ފަލާހު

ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަށްފަހު، ފަލާހު އެދުނީ ކައުންސިލްތަކުން އެހީތެރިކަން ދިނުމަށް

ކުޅުދުއްފުށީގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ފަލާހު މިފަދައިން ވިދާޅުވިއިރު، ސަރުކާރުން ވަނީ ގާނޫނަށް ބަދަލުތަކެއް ގެނެސް ކައުންސިލްތަކުން މުވައްޒަފުން ނެގުމާއި، ބިން ކުއްޔަށް ދިނުން ފަދަ ބާރުތައް ހަނިކޮށްފަ. މީގެ އިތުރުން ކައުންސިލްތަކުގެ ބޭންކު އެކައުންޓުތައް ހިންގުމުގައި ފިނޭންސް މިނިސްޓްރީގެ އުސޫލުތަކަށް ތަބާވާންޖެހޭ ގޮތަށް މިހާރު ވަނީ ހަމަޖައްސާފަ.

އަލީ ޝާހީން
އަލީ ޝާހީން | 7 ފެބުރުއަރީ 2026 | ހޮނިހިރު 08:34
ރައްޔިތުން މަޖިލީހުގެ މެންބަރު އިބްރާހިމް ފަލާހު

ރައްޔިތުން މަޖިލީހުގެ މެންބަރު އިބްރާހިމް ފަލާހު | ސޯޝަލް މީޑިއާ

މުޢިއްޒުގެ ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހު ތަސްދީގުކޮށް ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަށްފަހު ރައްޔިތުން މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ކައުންސިލްތަކުގެ އެހީތރެިކަމަށް އެދިއްޖެ އެވެ. 

މިއަހަރުގެ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ކުޅުދުއްފުށިން ވާދަކުރާ ޕީއެންސީ ކެންޑިޑޭޓުންގެ ކެމްޕޭން އިފްތިތާހުކުރުމުގެ ޖަލްސާގައި ފަލާހު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އަކީ ރައްޔިތުންނަށް ވައުދުވެވަޑައިގަންނަވާ ވައުދު ފުއްދައިދޭ ހިތުން، ފުއްދައިދިނުމުގެ ހެޔޮ ނިޔަތުގައި އެކަން ކުރައްވާ ބޭފުޅެއް ކަމަށެވެ. 

Advertisement - newsAdvertisement
އަޅުގަނޑުމެންގެ އިއްޒަތެރި ރައީސުލްޖުމްހޫރިއްޔާއަކީ ތަކުރާރުކޮށް ދަންނަވާލަން ޖެހޭނީ އެ މަނިކުފާނަކީ ރައްޔިތުންނަށް ވައުދުވެވަޑައިގަންނަވާ ވައުދުފުޅު، ފުއްދައިދޭ ހިތުން، ފުއްދައިދިނުމުގެ މަގުސަދުގައި، ނިޔަތުގާ، ހެޔޮ ނިޔަތުގާ އެކަން ކުރައްވާ ބޭފުޅެއް. އެހެންވީމާ އެ މަނިކުފާނު މި ތަރައްގީއަށްޓަކާ، ރާއްޖޭގެ އެކި ކަންކޮޅުތަކުގަ، މިފަދަ ސިޓީތަކުގަ ފައްޓަވާފަ މިހިރަ މަޝްރޫއުތައް، ބޮޑެތި ބިޔަ މަޝްރޫއުތައް ނިންމުމަށްޓަކާ ކައުންސިލްތަކުގެ އެހީ ވަރަށް ބޮޑަށް ބޭނުންވާނެ.
ޕީއެންސީ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު

ފަލާހު އެފަދައިން ވިދާޅުވިއިރު މުޢިއްޒު ސަރުކާރުން ވަނީ ކައުންސިލްތަކުގެ ބާރުތައް ހަނިކޮށް ކައުންސިލްތަކުގެ އަމިއްލާ ބާރު ކަނޑުވާލާފަ އެވެ. އެގޮތުން ކައުންސިލުތަކުގެ ދައުރުގެ ފަހު އަހަރުގެ ތެރޭގައި ދާއިމީ މުވައްޒަފުންނާއި، ކޮންޓްރެކްޓް މުވައްޒަފުން ނުނެގޭ ގޮތައް ހެދުމުގެ އިތުރުން، ބިމާއި ފަޅު ކުއްޔަށް ނުދެވޭ ގޮތަށް ހަދައި ތަރައްގީގެ އައު މަޝްރޫއުތައް ހިންގުން ހުއްޓުމަކަށް ގެނެސް މުޢިއްޒު ސަރުކާރުން ވަނީ ގާނޫނަށް ބަދަލުގެނެސްފަ އެވެ. 

އޭގެ އިތުރުން މިހާރު ކައުންސިލުގެ ބޭންކު އެކައުންޓުތައް ވެސް ހިންގަންޖެހޭނީ ފައިނޭންސް މިނިސްޓްރީ އިން ކަނޑައަޅާ އުސޫލެއްގެ ދަށުންނެވެ. 

ޑރ. މުއިއްޒުއިބްރާހިމް ފަލާހްޕީއެންސީކުޅުދުއްފުށި

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2026

އެއްވެސް ވައުދެއް ނުފުއްދައި, ރައްޔިތުން "ގުނބޯ ހައްދަން" ޕީއެންސީގެ ލީޑަރޝިޕް ކުޅުދުއްފުއްޓަށް

06 ފެބުރުއަރީ 2026
އެއްވެސް ވައުދެއް ނުފުއްދައި, ރައްޔިތުން "ގުނބޯ ހައްދަން" ޕީއެންސީގެ ލީޑަރޝިޕް ކުޅުދުއްފުއްޓަށް
06 ފެބުރުއަރީ 2026

އަބްދުއްރަހީމްގެ ކޮއްކޮ ޕީއެންސީ އާއި ދެކޮޅަށް ވާދަކުރަން ނިންމާފައި ވަނިކޮށް އޭނާގެ ދެ ދަރިން ސަރުކާރު ވަޒީފާ އިން ވަކިކޮށްފި

06 ފެބުރުއަރީ 2026
 އަބްދުއްރަހީމްގެ ކޮއްކޮ ޕީއެންސީ އާއި ދެކޮޅަށް ވާދަކުރަން ނިންމާފައި ވަނިކޮށް އޭނާގެ ދެ ދަރިން ސަރުކާރު ވަޒީފާ އިން ވަކިކޮށްފި
05 ފެބުރުއަރީ 2026

މުއިއްޒޫ، ތިޔޭ އެއްކަލަ!. ހަމަ މޮޅު އެއްޗެއް އަނެއްކާވެސް ބުނެލީ

05 ފެބުރުއަރީ 2026
މުއިއްޒޫ، ތިޔޭ އެއްކަލަ!. ހަމަ މޮޅު އެއްޗެއް އަނެއްކާވެސް ބުނެލީ
03 ފެބުރުއަރީ 2026

އެމްޑީޕީގެ ހޫނު ރައްދެއް ފަސްޓްލޭޑީ ސާޖިދާ އަށް: މި 2 އަހަރު ރައްޔިތުންނަށް މި ސަރުކާރުން ނުދެނީ ކޮން ގެއްލުމެއްތޯ؟

03 ފެބުރުއަރީ 2026
އެމްޑީޕީގެ ހޫނު ރައްދެއް ފަސްޓްލޭޑީ ސާޖިދާ އަށް: މި 2 އަހަރު ރައްޔިތުންނަށް މި ސަރުކާރުން ނުދެނީ ކޮން ގެއްލުމެއްތޯ؟
03 ފެބުރުއަރީ 2026

އެޕްސްޓީން ފައިލްސް ގައި ކުރީގެ ރައީސް ވަހީދުގެ ނަން ހިމެނިފައި ވަނިކޮށް، ޕްރެޝަރ ބޮޑުވެ ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއިގެ މަޤާމުން އިސްތިއުފާދެއްވައިފި

03 ފެބުރުއަރީ 2026
އެޕްސްޓީން ފައިލްސް ގައި ކުރީގެ ރައީސް ވަހީދުގެ ނަން ހިމެނިފައި ވަނިކޮށް، ޕްރެޝަރ ބޮޑުވެ ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއިގެ މަޤާމުން އިސްތިއުފާދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު